ޚަބަރު / މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް

ކުޅުދުއްފުށީ ހޮސްޕިޓަލްގެ މައްސަލަ 10 ދުވަސް ތެރޭގައި ހައްލު ނުވެއްޖެ ނަމަ ގާނޫނީ ފިޔަވަޅު އަޅަނީ

ހެލްތު މިނިސްޓަރު ނާޒިމް މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: ކުޅުދުއްފުށީ ހޮސްޕިޓަލް މައްސަލައަށް ސަރުކާރަށް ހައްލު ހޯދޭނެ ކަމަށް ވިދާޅުވި.---ފޮޓޯ: ނިޝާން އަލީ/މިހާރު

ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ހިންގުމުގައި ކުރިމަތިވެފައިވާ މައްސަލަ 10 ދުވަސް ތެރޭގައި ހައްލު ނުވެއްޖެ ނަމަ، އެއްބަސްވުން ބާތިލްކޮށްގެން ވިޔަސް ހޮސްޕިޓަލުގެ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް މިއަދު ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ ނިމްސް ހޮސްޕިޓަލް ވެސް ހިންގާ ނޫރުލް އިސްލާމް އެޑިއުކޭޝަނަލް ޓްރަސްޓްގެ 80 ޕަސެންޓް ހިއްސާ އޮންނަ ނޫރުލް އިސްލާމް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް (އެންއައިއައިއާ) ކުޅުދުއްފުށީ ހޮސްޕިޓަލް ހަވާލުކުރީ 50 އަހަރަށެވެ. އެ ކުންފުނީގެ ދެ ހިއްސާދާރުންގެ މެދުގައި އުފެދުނު މައްސަލަތަކާ ހެދި އެއްބަސްވުމާ އެއްގޮތަށް ހޮސްޕިޓަލް ނުހިންގުމުން، ހެލްތު މިނިސްޓްރީން ވަނީ ވަގުތީ ގޮތުން ހަވާލުވެފަ އެވެ.

ހެލްތު މިނިސްޓްރީގައި ބޭއްވި ނިއުސް ކޮންފަރެންސެއްގައި މިނިސްޓަރު ނާޒިމް ވިދާޅުވީ، ހިއްސާދާރުންގެ މެދުގައި އުފެދުނު މައްސަލަތަކާ ހެދި ކުޅުދުއްފުށީ ހޮސްޕިޓަލުގެ ފެންވަރު ދަށްވެ، ރައްޔިތުންނަށް ތަކުލީފުތަކެއް އުފުލަން ޖެހުމަކީ ސަރުކާރުން ކަންބޮޑުވާ ކަމެއް ކަމަށެވެ. އެހެންވެ، ހޮސްޕިޓަލާ ވަގުތީ ގޮތުން މިނިސްޓްރީން ހަވާލުވުމަށް ފަހު، އެންއައިއައި އަށް 10 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ވިދާޅުވި އެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލް ހިންގުމުގައި ދިމާވެފައިވާ މައްސަލަތަކާ މެދު ރައްޔިތުން ކަންބޮޑު ނުވުމަށް އެދިވަޑައިގަންނަވަމުން މިނިސްޓަރު ވިދާޅުވީ އެ ހޮސްޕިޓަލުގެ ކަންކަން ސަރުކާރުން އަންނަނީ ވަރަށް ގާތުން ބަލަމުން ކަމަށެވެ. ހެލްތު މިނިސްޓްރީ އާއި އެންއައިއައިއާ ދެމެދު އެއްބަސްވުމެއް އެކުލަވާލާފައި އޮތުމުން، ގާނޫނީ ގޮތުން ފުރިހަމަ ކުރަން ޖެހޭ މަރުހަލާތަކެއް ހުރި ކަމަށް ވިދާޅުވި އެވެ.

"ވަކި ފަރާތަކަށް ބުރަ ނުވެ މިތިބީ، ގާނޫނީ ހުރިހާ މަރުހަލާތައް ފުރިހަމަވުމުން އެގްރިމެންޓް ބާތިލްކުރަން ޖެހިއްޖެ ނަމަ އެކަން ނުވަތަ ދެން ހުރި ކަމެއް ކުރަން ވެއްޖެ ނަމަ އެކަން ވެސް ކުރާނަން،" މިނިސްޓަރު ވިދާޅުވި އެވެ.

"ސަރުކާރުން، ދިވެހި ރައްޔިތުންނާއި ކުޅުދުއްފުށީގެ ރައްޔިތުންނަށް ޔަގީންކަން ދޭން ބޭނުންވަނީ އެ މައްސަލަ ހައްލުކޮށްދީ، ރައްޔިތުންނަށް ދަތިނުވާ ގޮތަށް ހުރިހާ ކަމެއް ހައްލުކޮށްދޭނެ ކަމަށް."

ކުޅުދުއްފުށީ ހޮސްޕިޓަލް ހިންގަން ނިމްސްއާ ހަވާލުކުރުމުގެ ރަސްމިއްޔާތުގައި އެ ކުންފުންޏާއި ހެލްތު މިނިސްޓްރީގެ އިސް ވެރިން ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ކުޅުދުއްފުށީ ހޮސްޕިޓަލް ހިންގުމާ ނޫރުލް އިސްލާމް ކުންފުނިން ހަވާލުވުމުން، އެތަނުގެ ފެންވަރު ދަށްވެ ހިދުމަތްތަކަށް ބޫރުއެރިކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ހެލްތު މިނިސްޓްރީން ހޮސްޕިޓަލާ ހަވާލުވެ އަށް މެޑިކަލް އޮފިސަރުންނާއި 15 ސްޕެޝަލިސްޓު ޑޮކްޓަރުން ވަނީ ހަމަޖައްސައިފަ އެވެ.

މީގެ އިތުރުން ހެލްތު މިނިސްޓްރީން ހަވާލުވިއިރު، ލެބޯޓްރީގައި ހުސްވެފައިވާ ކެމިކަލް އާއި އެހެން ވެސް ސާމާނު މިހާރު ހޯދާފައިވާ ކަމަށް ވިދާޅުވި އެވެ.

"ލެބޯޓްރީގެ ހިދުމަތް ވެސް މެދުނުކެނޑި ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދައި، ރާވައި މިއަދު ވެސް ބައެއް ސާމާނު ހޮސްޕިޓަލަށް ހަމަކުރާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

އެއްބަސްވުމުގައިވާ ގޮތުން ކުޅުދުއްފުށީ ހޮސްޕިޓަލުގައި ތިބި ސިވިލް ސާވިސްގެ މުވައްޒަފުން މި މަހުން ފެށިގެން އެންއައިއައިގެ ދަށަށް ބަދަލުވާނެ އެވެ. އެ މައްސަލާގައި އެ މުވައްޒަފުންގެ އޮތް ކަންބޮޑުވުންތަކަށް ޖަވާބު ދެއްވަމުން ވިދާޅުވީ އެ މައްސަލާގައި ވެސް ސަރުކާރުން ހައްލުތަކެއް ހޯދައިދޭނެ ކަމަށެވެ.

"އެއްވެސް މުވައްޒަފެއްގެ މުސާރަ އަށް އެލަވަންސަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދިވެހި ސަރުކާރުގެ ފަރާތުން އަރުވަން،" ނާޒިމް ވިދާޅުވި އެވެ.

މައްސަލަ ހައްލު ނުވެއްޖެ ނަމަ ދެން އޮންނާނެ ގޮތަކީ އެއްބަސްވުން ބާތިލްކުރުން ކަން ފާހަގަކުރައްވަމުން ވިދާޅުވީ "ނިމްސް ދިއުމަކީ، ކުޅުދުއްފުށީ ހޮސްޕިޓަލް ޓާޝަރީ ހޮސްޕިޓަލަކަށް ހަދަން ހުރި ހުރިހާ ދޮރުތަކެއް ބަންދުވުމެއް ނޫން" ކަމަށެވެ.

14 ކޮމެންޓް, 34 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 9%
icon angry icon angry 41%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނެޝަނަލިސްޓް

23 January 2018

މީގެން މި ފެންނަނީ ހެލްތހް މިނިސްޓަރ ގެ ނާގާބިލްކަން! ކުޅުދުއްފުށީ ގައި ރަގަޅު ފެންވަރުގެ ޕްރައިވެޓް ހޮސްޕިޓަލެއް ހިންގުމުގެ ފުރުސަތު ދިނުމަކީ ރަގަޅު ކަމެއް! ނަމަވެސް އެއީ ސަރުކާރުން ހިންގާ ސަރަހައްދީ ހޮސްޕިޓަލިގެ އިތުރުން!

The name is already taken The name is available. Register?

މަލަސްތާ

10 January 2018

ކޮސްގޮވުމާއި ކޮސްވިދާޅުވުންމިއީ އެބައެއްގެ ނިކަމެތިކަން، ހުނަރު ނެތްކަން، ކުފޫ ހަމަނުވާކަން، ހޮރު އޮންނަ ކަކުނިވެސް ނޫޅޭ ބޮޑު އިމާރާތް އަޅާކަށް، ހޮރު ބަނދުވާއިރަށް އޭތި އަނެއްކާވެސް ކޮންނާނީ ހަމަ ހޮރެއް، އެސޮރުގެ ސައިޒުން، އެއްބަސްވުމެއް ހަދާއިރުގަ އެކި ވަރުވަރުން ލޯޔަރުންތައް ތިބުމުގެ ބޭނުމަކީ ފަހުން ދިމާވެދާނެ އެހެންމެހާ ކަމެއް ހައްލުކުރެވޭނެ ކަންކަން އެއްބަސް ވުމުގައި ހިމެނުން، ލޫޕް ހޯލުތައް ގިނަވެ ކަޅުއޮށް ދަލެއްހެން އެއްބަސްވުން ހަދަންޏާ ލޯޔަރުންގެ ބޭނުމެއް ނެތް، މިވަރު ކަންކަން ހާވާލުވެގެން ތިބޭ ވެރިންނަށް ނޭގެންޏާ އެވެރިން ތިބުމުބުމުގެ ބޭނުމެއް އަމުދަކުން ނެތް،

The name is already taken The name is available. Register?

falaku ain

09 January 2018

ތިއީ ފެށުނީއްސުރެ ބާޠިލު އެއްބަސްވުމެއް. ސަރުކާރަށް އޮތީ ދެގޮތް ތިޔަކަމުގައި. އެއްގޮތަކީ ރައްޔިތުންގެ ފައިސާއިން ބޮޑު ބަދަލެއް ދީފައި އެއްބަސްވުން ބާޠިލުކުރުން. ދެވަނަ ގޮތަކީ އިންޑިޔާ މީހުން ކައިރީ އާދޭސް ކޮށްގެން އެމީހުން ލައްވައި އެއްބަސްވުން ބާޠިލު ކުރުވުން. ފަހުން މިބުނިގޮތަކީ ކުރީމާ ނޫނީ ކުރާނޭކަމަށް ގަބޫލުކުރެވޭ ވަރުގެ ކަމެއް ނޫން.

The name is already taken The name is available. Register?

މޮލީ

09 January 2018

ކޮންމެހެން މޮޅުވާހަކަ ނުދައްކާ ހޮސްޕިޓަލް ހިންގަން ހަވާލުނުކޮށް އޮތްގޮތަށް ބޭއްވިނަމަ 4 އަތޮޅުމީހުންނަށް މާފައިދާވާނެ. އެއްބަސްވުން ބާތިލުކުރަން ވާހަކަދައްކަނީ ކޮންބޭނުމަކު. އަނެއްކާ ކަޓެއް ލިބޭގޮތަށް އަނެއްބަޔަކަށްވިއްކާފައި, ސަރުކާރުން ދަތި ކުރުމުގެ ފިޔަވަޅު އަޅާފައި ނުހިންގުނިއްޔޭ ކިޔާފައި, ވޯޓް ކައިރިވާ ވަރަކަށް ތިޔަކަހަލަ އަޑު އަދަވާނެ.

The name is already taken The name is available. Register?

ހަސަންބޭ

10 January 2018

ޚާއިނުންނާއި ޚާއިނުންނަށް ވާގިވެރިވާ މީހުނަށް އަބަދުވެސް ހީވާނީ ދެން ތިބި އެންމެންނަކީ ޚާއިނުން ހެން

The name is already taken The name is available. Register?

ތިަލަދުންމަތި

09 January 2018

އިންޑިއާ މީހުނަކައް ނުވާނެ އެއްކަމެއްވެސް

The name is already taken The name is available. Register?

ޢަބްދުﷲނާފިޒު

09 January 2018

އެހެންވިއްޔަ އިންޑިއަން އައިޑަލް ބަލައިގެން މަހަކު ދެފަހު އެއެއްޗެއް ބޭއްވޭތޯ ބަލާ، ދެން އަތް ޖަހާ.

The name is already taken The name is available. Register?

ހަސަންބެ

09 January 2018

މިހާރުން މިހާރަށް ގާނޫނީ ފިޔަވަޅު އަޅައިން ވިޔަސް ތިކަން އެބަޖެހޭ ދޯ ރަނގަޅު ކުރަން

The name is already taken The name is available. Register?

ނަސީރާ އަލީ

09 January 2018

ނާޒީމު.. ކަލެޔައް އަލްޓީމޭޓަމެއް ސަރުކާރުން ދީނީ ދޯ.. ބަަލަގަ މީހީތީ ކަލޭމެންގެ ދޯހަޅީކަން އަފ ނާގާބީލުކަން.. މީވަރު ބޮޑު މަސައްކަތެއް ހަވާލުކުރީއީރު އެއީފުރަތަމަ ވީޔަފާރީކުރާ ބަޔެއްތޯވެސް ނެތޭ ބަލާލާފަކާ.. އެއީ ޗެރީޓީއޯގަނައީޒޭޝަނެއްކަން ވެސް މީ އެނގުނީ ވާނެ ހަތެރެތީ ވީފަހުން.. ދެން އަހަރެމެން ކުޅުދުފުޝީމީހުން ކީހީނެތް މީސަރުކާރައް އީތުބާރުކުރާނީ..

The name is already taken The name is available. Register?

ފާތީ

09 January 2018

އިންޑިއާގެ ކުނފުނިތަށް ގައުމުންބޭރުގައިނެތް މާބޮޑުކާމިޔާބެއްހޯދިފައެއް. ނަމަވެސް އިންޑިޔާމީހުން ބޭނުންކޮށްގެން ދުނިޔޭގެ ގިނަބޮޑެތިކުންފުނިތައް ކާމިޔާބުހޯދާފައިހުރީ. އިންޑިއާ މެނޭޖްމަންޓްތައްހަމަ ކަޑައީ!

The name is already taken The name is available. Register?

ދަވޭ

09 January 2018

ކުޅުދުއްފުށީ ހޮސްޕިޓަލުގެ މައްސަލަ ހައްލު ކުރަން 10 ދުވަސް ދިން ނަމަވެސް އިންޑިއާގެ ނިމްސް ހޮސްޕިޓަލަށް އެކަން ރަނގަޅު ނުުކުރެވޭނެއޭ އިންޑިއާ ކުންފުނި ތަކަކީ އެއީ ރާއްޖޭގައި ކަމެއް ކުރެވޭނެ ޕޮޓެންޝަލް ހުރި ކުންފުނި ތަކެއް ނޫނޭ އެމެން ސައްޕެއް ޖަހާ ބޭރު ކުރާށޭ ޖީއެމްއާރު ބޭރު ކުރި ގޮތަށް މީއޭ މީގައި ދެން ކުޅުދުއްފުށީ ހޮސްޕިޓާ ރަނގަޅު ވާނެ ގޮތަކީ. ތިޔާ ތަން ދީ ޓްރީ ޓޮޕް ހޮސްޕިޓަލަށް އެއިރުން ހުންނާނީ ރަނގަޅަށް. ބަދަލެއްގެ ގޮތުން ހދ. މަކުނުދޫ ފަޅު މަކުނުދޫން މީހުން ބާލާފައި މަކުނުދޫ އާއި އެއްކޮށް 100 އަހަރަށް ދިނީމާ ހުންނާނީ ރަނގަޅަށޭ މަމެން ބުނަން ނެތީމު ދޯ. ދިސް އިޒް އޯލް ޓޫ ވެލް.

The name is already taken The name is available. Register?

ނަޒިމް

09 January 2018

ނާޒިމް އިސްތިއުފާ

The name is already taken The name is available. Register?

ތާތު

09 January 2018

އެއްވެސް ބަޔަކަށް މީގެ ދަށުން ލިބެންޖެހޭ އެއްޗެއް ނުލިބި އޮތީބާ؟

The name is already taken The name is available. Register?

ކޮކްޓެއިލްރައީސް

09 January 2018

ހީވަނީ ކަޓުގެ މައްސަލައެއް އުޅޭހެން، އެހެން ނޫނީ ތިވަރަކުން ނޫޅޭނެ، މީ ރައްޔިތުންނަށް މާހެޔޮއެދޭ ބައެއް ނޫން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454