ކުރީގެ ރައީސް މައުމޫން، އެމަނިކުފާނުގެ ދަރިކަލުން ފާރިސްގެ ޝަރީއަތަކަށް ކްރިމިނަލް ކޯޓަށް ވަޑައިގަންނަވަނީ.---ފޮޓޯ: ރާއްޖެޑޮޓްއެމްވީ
16 ޖެނުއަރީ 2018 - 22:27
ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ން ކަނޑައަޅާފައިވާ އިދިކޮޅު މެމްބަރުން، ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލަތަކުގެ ޖަވާބު ނުދީ އެ ކޯޓުން ބަހެއް ނުބުނެ، ތިބެގެން ނުވާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ހަރަކާތްތަކުގެ އެންމެ އިސް ލީޑަރެއްގެ ގޮތުގައި ރާއްޖޭގައި މިވަގުތު ހުންނެވި މައުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ ބަހެއް ހޯދަން މެމްބަރުން މަސައްކަތް ކުރެއްވުމަކީ އެބޭފުޅުންނަށް ލިބިގެންވާ ހައްގެއް ކަމަށާއި އެކަން ސާފު ކުރައްވަން ޖެހޭނެ ކަމަށެވެ.
Our MPs have every right to demand a clear and unambiguous word from Maldives Supreme Court on the status of their membership. Supreme Court cannot keep silent any more on this landmark issue.
— Maumoon Abdul Gayoom (@maumoonagayoom) January 16, 2018
މައުމޫން ކުރެއްވި ޓުވީޓު.
މަޖިލީހުގެ، އިދިކޮޅު 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އީސީން ވަނީ ކަނޑައަޅައިފަ އެވެ. މިއީ، ގާނޫނުއަސާސީއާ ކަނޑައެޅިގެން ޚިލާފަށް ނިންމި ނިންމުމެއް ކަމަށް ވިދާޅުވެ ހައްލެއް ހޯއްދައިދޭން އެ މެމްބަރުން ވަނީ ސުޕްރީމް ކޯޓަށް މައްސަލަތަކެއް ހުށަހަޅުއްވައިފަ އެވެ. އަދި އެ މައްސަލަ ނުހިނގައި ދިގުލައިގެންދާތީ މެމްބަރުން ސުޕްރީމް ކޯޓަށް ވަޑައިގަންނަވާތާ މިއަދަށް ވަނީ ތިން ދުވަސްވެފަ އެވެ.
މިދިޔަ އާދީއްތަ ދުވަހުން ފެށިގެން ކޮންމެ ދުވަހަކު ވެސް މެމްބަރުން ސުޕްރީމް ކޯޓަށް ވަޑައިގަންނަވަނީ މައްސަލަތަކާ މެދު ގޮތެއް ނިންމުން ލަސްވާތީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ބައްދަލު ކުރެއްވުމަށެވެ. އެކަމަކު، އެއްވެސް މެމްބަރަކަށް ފަނޑިޔާރުންނާ ބައްދަލު ކުރެއްވޭ ގޮތެއް އަދިއެއް ނުވެ އެވެ.
މެމްބަރުން ވިދާޅުވާ ގޮތުގައި މައްސަލަތަކުގެ ޖަވާބު ލަސްވާ ކޮންމެ ދުވަހަކީ އެ މެމްބަރުން ތަމްސީލް ކުރައްވާ ދާއިރާތަކުގެ ގާތްގަނޑަކަށް 60،000 ރައްޔިތުންގެ ހައްގު ގެއްލިގެންދާ ދުވަހެކެވެ.
އެ މެމްބަރުން ވިދާޅުވާ ގޮތުގައި މެމްބަރުންގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަނުން ކަނޑައެޅިޔަސް، ސުޕްރީމް ކޯޓުން މިހާތަނަށް ވަކި ގޮތެއް ނުނިންމާ ކަމަށެވެ. އޭގެ މާނައަކީ، އެ ކޯޓުން ވަކި ގޮތެއް ނުނިންމާހާ ހިނދަކު އެއްވެސް މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ވެސް މެމްބަރުން ވިދާޅުވި އެވެ.
މަޖިލީހުން ހުސްވެފައިވާ ކަމަށް އީސީ އިން ކަނޑައެޅި ދާއިރާތަކުގެ ބައި އިލެކްޝަން ބާއްވަން، ސަޕްލިމެންޓްރީ ބަޖެޓުން ފައިސާ ހަމަޖައްސައިދީ، މިދިޔަ އަހަރު ނިމުނުއިރު ވެސް އެ އިންތިޚާބުތަކެއް ނުބޭއްވެ އެވެ. އެހެންވެ، އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން އީސީއަށް ވަނީ އަމާޒުވެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަޅުވެރިން
17 January 2018
މައުމޫނުގެ ޖުމްލަ ތިޔައޮތީ ފުރިހަމަ ނުވެއޭ! ބުނަންޖެހޭނީ ތިމަންނައޭ ސުޕްރީމް ކޯޓަކީ، އެހެންވީމާ ޚުދު ތިމަންނައޭ ނިންމާނީ! މައުމޫނަށް ހީވަނީދޯ އަދިވެސް މިއީ ތިންބާރު އެއްވެފައި އޮތް ތިރީސް އަހަރުގެ ޒަމާންކަމަށް؟ ސުޕްރީމް ކޯޓުގެ ބަސް އެއޮތީ ބުނެފައި ނިމިފައި! ކަލޭމެން ކިތަންމެ ފޮނެއް އެރުވިއަސް ވާނެ ހަމަ އެއްވެސް ކަމެއް ނޯންނާނެ! ތިޔަކުރާ ކަންތަކުން ވާނެ ގޮތަކީ، ބާކީވެފައި ތިބި މެންބަރުން ކުރާނެ މަސައްކަތެއް ލިބޭނެ! އަނެއް ކަމަކަށް އޮންނާނީ ނޫސްތަކުގެ ސުރުޚީތަކުން ޖާގަލިބޭނެ! ދެން އެހެން ގޮތެއް ވާކަމަށް ވާނަމަ، ވާނެ ގޮތަކީ ކޯޓުގެ ޙުރުމަތް ކެނޑި ކަންމައްޗަށް އެމީހުން އިތުރު ގޮޅިއަކަށް ފެތުން!! މިހާރުވެސް އޭގެތެރެއިން ގިނަ މީހުން ތިބީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި ކަމުގެ ގޮޅިއަށް ފެތިފައި! މައުމޫނާއި، ނަޝީދު ތިޔަކުރާ ކަމަކީ، ޚުދު ތިމާމެން ނިކަން ރަނގަޅަށް ދަފަރާވެ ތިބެގެން، އެހެން ބަޔަކު ކުށްވެރިންތަކަކަށް ހެދުން!!
މުހައްމަދު އަހްމަދު
17 January 2018
މީހަކު ނުބައިކޮށް ކަމެއް ކުރުމުން އެމީހަކާ އަބަދު ހަސަދަ ލުމަކީ ރަނގަޅު ކަމެއްނުން... ނަމަވެސް އިސްލާމީ ޤައުމެއްގެ ވެރިކަމަށް ގެންނަން ހެޔޮނުވާވަރުގެ މީހަކު އެ މަޤާމަށް ގެންނަން ސަޕޯޓް ކުރުމަކީ ވަރަށް ނުބައި ކަމެއް... މިހާރުވެސް ނަޝީދު ދަނީ އިސްލާމް ދީނަށް ހަޖޫ ޖަހަމުން.... ޔާމީނު ގޯސް ވީމާ އެއަށްވުރެ ނުބައި މީހެއްގެ ފަހަތަށް އެރުން އެއީ ހެދި އެންމެ ބޮޑު ގޯސް... އެހެންވީމާ މި ދަންނަވަނީ އުމަރު ނަސީރު ފަދަ ބޭފުޅަކު ނެތޭ....
ހޭކެނޑޭ
16 January 2018
ސާބަހޭ މަޢުމޫނު ތި ކުރައްވާ މަސައްކަތް ޕުޅައް. ހުރިހާ ދިވެހި ރައްޔިތުން މިހާރު ތިބީ ތި ޓީމުގެ ފޯވާރޑުންގެ ފަހަތުގައި. މާތްﷲ ގެ ހެޔޮ ރަހުމަތްފުޅުން މިފަހަރު ހަމަ ލާހިކެއްނޫން އެވެރިންނަކަށް ގޯލެއް ޖަހާކަށް. މަމެން މި ތިބީ ގޯލު ދިފާޢު ކުރުމަށްޓަކައި ގޯލުގެ ކުރިމަތީގައި ޗައިނާގެ ބޮޑު ފާރު ރާނައިގެން. ބެރިކޭޑް މަތިން ފުންމާލިއަސް މި ފާރުގެ މަތިންނެއް އެވެރިންނަކަށް ފުންމާލުމުގެ ޤާބިލު ކަމެއް ﷲ ގެ ހެޔޮ ރަހުމަތް ފުޅުން ލިބިގެނެއްނުވޭ. މަނިކުފާނު ގެ ޓީމުގެ ފޯރވާޑުން ބޫޓުގެ ނާޑުވާތައް ރަގަލަށް ދަމާ ވާންކޮއް ބަނދެގެން ދަނޑުމަތީގައި ކުޅުއްވަމުން ގެންދަވާ. އޭރުން ހާސްފުޅު ވާކަށް ނުޖެހޭނެ. ކޯޓުގައި ތިއްބަވާ ރެފްރީން އެވެރިންނަށް ރަތް ކާރޑް ދައްކަންދެން ގޭމު ކުޅުއްވަމުން ގެންދަވާ.
ސަބްނަމް
16 January 2018
ތިޔައީ ހަމަ އެގެންޖެހޭ ކަމެއް. މެމްބަރުންނަށް ލިބޭނިކަމެތިކަމެއްނޫން. ރައްޔިތުންނަށް ލިބޭ ނިކަމެތިކަމެއް
މަހަށް
16 January 2018
ކޮން ގެއްލުމެއް ރައްޔިތުންނަށް ލިބޭނީ. ނުލިބޭނެ އެއްވެސް ގެއްލުމެއް. ތަމެން މަހަށް ދޭބަލަ ދެން. މަހަށް ދޭބަލަ.
ކާށިހޮވާ
16 January 2018
ސްޕްރީމް ކޯޓުން ބުނަން ޖެހޭ ހުރިހާ އެއްޗެއް އެއޮތީ ސްޕްރީމް ކޯޓުގެ އެންމެ ފަހުގެ ހުކުމް ގައި ބުނެފައޭ ދެން ތަމެން އުޅުނަސް ތަމެންގެ ގޮނޑި ހަަމަ ތިޔާ އޮތީ ގެއްލިފައޭ ދެން އެއިއާދަ ކުރެވޭނެ ގޮތް އެއީ ވާނެ ކަމެއް ނޫނޭ ތަމެން އެކަން ކުރަން ދެން ނޫޅޭށޭ އޭގެ ބަދަލުގައި ދެން ތަމެން ރަށުތެރޭން މުޑި ކާށި ހޮވުން ފަދަ ކަމަކާއި ގެން އުޅެންވީ ނޫންތޭ. ދަގަ ކާށި ހޮވަން. ކާށިހޮވާދޯ.