ރިޕޯޓް / ގޭންގް ހަމަނުޖެހުން

ދަރިވަރުންނަށް ދިން ދެ ހަމަލާއިން އަނެއްކާވެސް ބިރުވެރިކަމެއް!

ސްކޫލުގައި ދެ ދަރިވަރެއްގެ މެދުގައި ޖެހޭ މައްސަލައެއްގެ ބަދަލުހިފަން ގޭންގްތަކަށް ނިސްބަތްވާ މީހުން ގޮވައިގެން ގޮސް ސްކޫލަށް ވަދެ ދަރިވަރުންނަށް ހަމަލާ ދޭ ހިސާބަށް ކަންކަން ދިއުމަކީ ބޮޑު ބިރެކެވެ. އެކަމަކު ވޭތުވެދިޔަ ދެ ދުވަހު ދެ ސްކޫލެއްގެ ދެ ދަރިވަރަކަށް ވަނީ ނުރައްކާތެރި ދެ ހަމަލާ ދީފަ އެވެ.

ސްކޫލްތަކުގެ މާހައުލު ވެސް ބިރުވެރި ތަނަކަށް ވަމުންދާކަމުގެ ރަނގަބީލެވެ.

"އަހަރެމެން ދަރިން މި ފޮނުވަނީ ކިޔަވައިދޭން. އެތަނުގައި މާރާމާރީ ހިންގާ، ޒަހަމްކުރަން ފެށީމަ މިއީ ހާދަ ބޮޑު މައްސަލައެކޭ. ދަރިން ކިޔަވަން ފޮނުވަން މިޖެހެނީ ބިރުން ހުރެ. މިއީ ބޮޑުވަރު،" މާލޭގެ ސެކަންޑަރީ ސްކޫލެއްގައި ކިޔަވާ ކުއްޖެއްގެ ބެލެނިވެރިޔަކު، ނަން ނުޖަހަން އެދި ވާހަކަ ދައްކަމުން، ބުންޏެވެ.

ސްކޫލުތަކުގައި ކުށުގެ ވެއްޓެއް!

ރާއްޖޭގެ ސްކޫލުތަކުގައި ދޭތެރެ ދޭތެރެއިން މާރާމާރީތަކާއި ހަމަނުޖެހުންތައް ހިންގަ އެވެ. އެ ހުރިހާ ކަމެއް ގުޅެނީ ބައެއް ކުދިންގެ ނުބައި އަހުލާގާ އެވެ. އެއް ބަޔަކު ދެކޭ ގޮތުގައި އޭގެ ތެރެއިން ބައެއް ކުދިން ނުރައްކާތެރި ގޭންގްތަކާ އޮންނަނީ ގުޅިފަ އެވެ.

"ބައެއް ކުދިން ދެކޭ ގޭންގަކަށް ނިސްބަތް ވުމަކީ ފަހުރެކޭ. ގަދަބާރުން ކަންކަން ކުރުމަކީ މޮޅު ކަމެކޭ،" ރާއްޖޭގެ އެންމެ ދުވަސްވީ އެއް ސްކޫލުގެ ލީޑިން ޓީޗަރަކު، ނަން ނުޖަހާ ގޮތަށް، ވިދާޅުވި އެވެ.

"ޓީޗަރު އެއްޗެކޭ ބުނީމަ ޓީޗަރާ ދިމާލަށް ވެސް އެބަ ބުނޭ އެނގޭ ހެއްޔޭ ތިމަންނަ މިއީ ކޮން ހިސާބެއްގެ މީހެއްކަން. މިހާ ހިސާބުގައި ކަންކަން އޮތީ."

ތަޖުރިބާކާރު ޓީޗަރުންގެ ފަރާތުން އެނގިފައިވާ ގޮތުގައި ސްކޫލުތަކުގެ ތެރޭގައި ނުކުރާ ކުށެއް މިހާރު މަދެވެ. މަސްތުވާތަކެތީގެ މައްސަލަތަކާއި މާރާމާރީތަކާއި ބަދުއަހުލާގީ މައްސަލަތަކާއި ބިރުދައްކައިގެން ކަންކަން ކުރުން ފަދަ ކުށްތަކެވެ.

"އަޅުގަނޑުގެ ދަރިފުޅު ގްރޭޑް ހަތެއްގައި ކިޔެވިއިރު އަޅުގަނޑަށް އެބަ ކިޔައިދޭ މަސްތުވާތަކެތީގެ އެކިއެކި ނަންތައް. އަޅުގަނޑު ހަމަ ކޮސްވޭ. ކިހިނެއްހޭ އެނގެނީ އެހީމަ ބުނަނީ ކުލާސް ކުދިން ކިޔައިދެނީއޭ،" ކުރިން ފުލުހުންގެ ތެރޭގައި މަސައްކަތް ކުރި ބެލެނިވެރިއަކު ބުންޏެވެ.

ބޮޑެތި އެތައް ކުށެއްގެ ތަހުގީގުގައި ބައިވެރިވެފައިވާ ފުލުހުންގެ އިސް ބޭފުޅަކު، ނަން ނުޖަހާ ގޮތަށް، ވިދާޅުވީ މާލޭގެ ކޮންމެ ގޭންގެއްގައި ވެސް ކުޑަކުދިން ހިމެނޭ ކަމަށެވެ. ގޭންގްތަކާ އެ ކުދިން އާންމުކޮށް ގުޅެނީ އުމުރުން އެންމެ 12 ވަރަކަށް އަހަރުގައި ކަމަށާއި އެއީ ނުރައްކާތެރި ބައެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިކުޑަ ގުރޫޕް މާ ވައިލެންޓް ވާނެ ބޮޑެތި މީހުންނަށް ވުރެ. މި ފަހުން ހިނގި މާރާމާރީތަކަށް ވިސްނަވާ. މަދުވާނެ 16 އަހަރުން ދަށުގެ ކުދިން ނުހިމެނި ހިނގާފައިވާ މާރާމާރީއެއް،" އޭނާ ވިދާޅުވި އެވެ.

އެފަދަ ކުދިން ސްކޫލްގައި އުޅޭލެއް ވެސް ވަކި ތަފާތެއް ނޫނެވެ. ފުލުހުންގެ އޮފިސަރު ވިދާޅުވި ގޮތުގައި ގޭންގްތަކަށް ނިސްބަތްވާ ކުދިން އެމީހުންގެ ބާރުވެރިކަން ދައްކައިގެން ސްކޫލުތަކުގައި ކުދިން ބްލީކުރުމާއި އަނިޔާކުރުން ފަދަ ކަންކަން ހިންގަ އެވެ. އަދި އެފަދަ ބައެއް ކަންކަމުގައި ފިޔަވަޅު އަޅާފައިވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ނުހުއްޓުވެނީ ކީއްވެ؟

ތާޖުއްދީން ސްކޫލަށް ވަދެ ދިން ހަމަލާ އާއި ދަރުމަވަންތަ ސްކޫލްގެ ދަރިވަރަކު ސްކޫލް ނިންމާފައި ގެޔަށް ދަނިކޮށް ގްރޫޕަކުން ދިން ހަމަލާގެ ސަބަބުން ގިނަ ބަޔަކު ވަނީ ކަންބޮޑުވެފަ އެވެ. ތާޖުއްދީންގައި ދަރިވަރަކަށް ހަމަލާދިނީ އެ ސްކޫލްގެ އެހެން ދަރިވަރެކެވެ. އެކަމަކު ދަރުމަވަންތަ ސްކޫލްގެ ދަރިވަރަށް ވަޅިން ހަމަލާދިނީ، އާއިލާ އިން ލަފާކުރާ ގޮތުގައި، ސްކޫލް ކުދިންތަކެއް ނޫނެވެ. އެކަމަކު އެ ހަމަލާއާ، ސްކޫލް ތެރޭގައި އެހެން ދަރިވަރަކާ ދެމެދު ޖެހުނު މައްސަލައަކާ ގުޅުން ހުރެދާނެ ކަމަށް ބެލެވެ އެވެ.

"ސުކޫލަކީ ގޭންގް ވައިލަންސަށް މަގުފަހިކުރާ ތަންތަނެއް ނޫން، އެ ފުރުސަތެއް ނޯންނާނެ." އެޑިޔުކޭޝަން

ކޮންމެ ސަބަބެއް އޮތަސް މި ދެ ހަމަލާއިން ދައްކައިދެނީ ބައެއް ދަރިވަރުން ރުޅިއައިސް ކޮންމެ ފަދަ ކަމަކަށް ވެސް އަރައިގެންފާނެ ދަރަޖައަކަށް އަހުލާގު ގޯސްވެފައިވާ ކަމެވެ. އަދި އެ ދަރިވަރުން ސީދާ ބައިވެރިނުވިޔަސް އެ މީހުން ނިސްބަތްވާ ގޭންގެއްގެ ބަޔަކު ލައްވާ ވެސް ނުރައްކާތެރި އަމަލެއް ހިންގާފާނެ ކަމެވެ.

އިޖުތިމާއީ މި ބޮޑު މައްސަލައާ މެދު ވިސްނާ ތަޖުރިބާކާރުން ބުނާ ގޮތުގައި މިއީ ކުދިންގެ ތަރުބިއްޔަތު ގޯސްވުމުގެ ނަތީޖާ އެވެ.

ލިލީމަގުން ހިނގާފަައި ދަނިކޮށް އިއްޔެ ވަޅި ހެރުމުން ޒަޚަމްވި ދަރުމަވަންތަ ސްކޫލްގެ ދަރިވަރަށް ފުލުހުންގެ މީހަކު އެހީތެރިވެދެނީ.--- ފޮޓޯ ސޯޝަލް މީޑިއާ

"ސްކޫލު ކުދިން ބޭނުން ގަޑިއެއްގައި ބޭރަށް އެބަ ދެވޭ. އެންމެ އަގު ބޮޑެތި ފޯނުތައް އެބަ ގެންގުޅޭ. އިންތިހާއަށް ފައިސާ އެބަ ގެންގުޅޭ. އެކަމަކު ބެލެނިވެރިޔާ ބަލާނުލާ މިއީ ކިހިނެއް ހިނގާ ކަމެއްތޯ. މިހާ ހިސާބަށް ކަންކަން ދިޔައިމަ އެކުއްޖާ މިވަނީ މުޖުރިމަކަށް،" ފުލުސް އޮފިސަރު ވިދާޅުވި އެވެ.

ތަޖުރިބާކާރު ޓީޗަރަކު ވިދާޅުވި ގޮތުގައި ސްކޫލްތަކުގައި ހިންގާ ކުށްތައް ނުހުއްޓުވުމުގެ އެއް ސަބަބަކަށް ސްކޫލްތަކުގެ މެނޭޖްމަންޓުން ގެންގުޅޭ ވިސްނުން ވެސް ހިމެނިދާނެ އެވެ. އެގޮތުން އެފަދަ ކުށްތަކުގެ ވާހަކަ އާންމުންނާ ހަމައަށް ހިނގައްޖެ ނަމަ ސްކޫލުގެ އަގު ވެއްޓިދާނެ ކަމުގެ ބިރަށް އެކަންކަން ސިއްރުކުރުން އާދައަކަށް ވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މަސްތުވާތަކެތި ވިއްކާ ކުއްޖާ އެކަން ކުރީމަ މި ސިއްރު ކުރަނީ އެކަން މީޑިއާއަށް އެނގިދާނެތީ. ސްކޫލުގެ އަގު ވެއްޓިދާނެތީ ކަމާ ބެހޭ ފަރާތްތަކަށް އެކަން އޮންނަނީ ހުށަނާޅާ،" އެ ޓީޗަރު ވިދާޅުވި އެވެ.

"އެހެންވީމާ މިވާ ގޮތަކީ ކުށްކުރާ ކުއްޖާ މި އިންނަނީ ކުލާހުގެ ތެރޭގައި. އޭނާ ކުށެއްކުރީމަ އަދަބެއް ނުލިބޭ."

އޭނާ ގަބޫލުކުރައްވާ ގޮތުގައި އަހުލާގު ދަށް ކުދިންނާ މެދު ސްކޫލްތަކަށް އެޅޭނެ ފިޔަވަޅުތައް ވެސް މަދެވެ.

"ހަގީގަތުގައި ޕްރިންސިޕަލުންނަށް މިވަނީ ގޮތްހުސްވެފައި. ކުއްޖަކާ މެދު ފިޔަވަޅެއް އަޅައިފި ނަމަ ކުޑަކުދިންނާ ބެހޭ ޔުނިޓުން އެކަން އެބަ ހުއްޓުވާ. ނޫނީ ކޮންމެވެސް އެހެން ގޮތަކުން އެކަން އެބަ ހުއްޓުވާ. އެހެންވެ ނޯވެ އެކުއްޖާ އެކުރީ ކުށެއްކަން އެކުއްޖާއަށް އިހުސާސްވާނެ ފަދަ ފިޔަވަޅެއް ވެސް އެޅޭކަށް،" ޓީޗަރު ވިދާޅުވި އެވެ.

އިސްލާހީ ފިޔަވަޅުތަކެއް އަޅަން ޖެހިފައި

ފުލުހުންގެ ތެރޭގައި 19 އަހަރަށް ވުރެ ގިނަ ދުވަހު އުޅުއްވާފައިވާ ކްރައިމް އިންވެސްޓިގޭޝަންގެ ތަޖުރިބާކާރަކު ވިދާޅުވި ގޮތުގައި ޅައުމުރުގައި ކުށްކުރާ ކުދިން ހުއްޓުވޭނީ ދިގު މުއްދަތަކަށް ވިސްނައިގެން އަޅާ ފިޔަވަޅުތަކުންނެވެ. އެފަދަ ކުދިންނަށް އަމާޒުކޮށްގެން ރިހިބިލިޓޭޝަން ޕުރޮގްރާމްތައް ހިންގުމުގެ އިތުރުން އެ ކުދިން ލައްވާ ކުށްކުރުވުމުގެ އަޑީގައި ތިބި މީހުންގެ މައްޗަށް ގާނޫނު ތަންފީޒު ވާން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިންތިހާއަށް ފައިސާ އެބަ ގެންގުޅޭ. އެކަމަކު ބެލެނިވެރިޔާ ބަލާނުލާ މިއީ ކިހިނެއް ހިނގާ ކަމެއްތޯ. މިހާ ހިސާބަށް ކަންކަން ދިޔައިމަ އެކުއްޖާ މިވަނީ މުޖުރިމަކަށް،"

ތައުލީމީ ދާއިރާގައި އުޅުއްވާތާ 20 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ ބޭފުޅަކު ވިދާޅުވީ ކުށުގެ ވެށީގައި އުޅޭ ކުދިންނާއި ރަނގަޅު ދަރިވަރުން ވަކިކުރަން ޖެހޭ ކަމަށެވެ. އޭގެ އިތުރުން ގޯސް ކުދިންނަށް ހާއްސަ ކުލާސްތަކެއް ހިންގަން ޖެހޭ ކަމަށް ވެސް އޭނާ ދެކެވަޑައިގަންނަވަ އެވެ.

"ނޯމަލް ކުދިންނާއި ކުށްކުރަން މިއުޅޭ ކުދިންނާ އެކުގައި ގެންގުޅެގެން ނަތީޖާއެއް ނުނެރެވޭނެ،" އޭނާ ވިދާޅުވި އެވެ.

"އެކުއްޖަކު ރަނގަޅު ވަންދެން އެބަ ޖެހޭ ވަކި ކުލާސްތަކެއް ނަގައިދޭން. ކަންކަން ކުރަންވާނީ ގަދަ ބާރުން ނޫންކަން އެބަ ޖެހޭ އަންގައިދޭން. ކުށުގެ ވެއްޓަކީ ރަނގަޅު ވެށި ނޫންކަން އެބަ ޖެހޭ ބުނެދީ ވިސްނައިދޭން."

ކުށުގެ ވެށިން ކުޑަކުދިން ސަލާމަތް ކުރަން އަމާޒުކޮށްގެން މިހާރު ވެސް ޕްރޮގްރާމްތަކެއް ހިންގަ އެވެ. ފުލުހުންގެ އިސް އޮފިޝަލަކު ވިދާޅުވީ އެފަދަ ކުދިންނަށް އަމާޒުކޮށްގެން އިތުރު ޕުރޮގުރާމްތަކެއް ކުރިއަށް އޮތް ތަނުގައި ވެސް ހިންގާނެ ކަމަށެވެ.

ސްކޫލުތައް ރައްކާތެރި: އެޑިއުކޭޝަން

ދަރިވަރުންނާ ގުޅޭ ނުރައްކާތެރި ދެ ހާދިސާގެ ސަބަބުން ބެލެނިވެރިންގެ ކަންބޮޑުވުންތައް ގިނަ އެވެ. އެކަމަކު އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު ވިދާޅުވީ ސްކޫލު ވެއްޓަކީ ކުދިންނަށް ރައްކާތެރި ތަނެއް ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

"ސުކޫލަކީ ގޭންގް ވައިލަންސަށް މަގުފަހިކުރާ ތަންތަނެއް ނޫން، އެ ފުރުސަތެއް ނޯންނާނެ." ޝަފީއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އާދަޔާ ހިލާފަށް އަހުލާގު ގޯސް ކުދިންނާއި ކުށަށް އަރައިގަންނާނެ ކަމަށް ބެލެވޭ ކުދިން ސްކޫލު މާހައުލުގެ ތެރެއިން ދެނެގަނެ ކަމާ ގުޅޭ އިދާރާތައް މެދުވެރިކޮށް އިސްލާހުކުރުމުގެ ފިޔަވަޅުތައް އަންނަނީ އަޅަމުންނެވެ.

ޝަފީއު ވަނީ ބައެއް ފިޔަވަޅުތަކުގެ ތަފްސީލު ވެސް ދެއްވައިފަ އެވެ. އެގޮތުން ސްކޫލަށް ނައިސް ބޭރުތެރެއަށް ގިނަވެގެން އުޅޭ ކުދިން ދެނެގަންނަ ކަމަށާއި އެކުދިން ސްކޫލަށް ނާންނަ ނަމަ ބެލެނިވެރިޔާއަށް ގުޅައިގެން ސަބަބު އޮޅުންފިލުވާ ކަމަށް ވިދާޅުވި އެވެ. އޭގެ އިތުރުން، އޭނާ ވިދާޅުވީ، ބެލެނިވެރިޔަކާ ނުގުޅޭ ހާލަތްތަކުގައި އެކުދިންގެ ގޭގެއަށް ގޮސްގެން ވެސް ސަބަބު އޮޅުންފިލުވާ ކަމަށެވެ.

އެކަމަކު ފަހުގެ ދެ ހަމަލާ އިން އަންގައިދެނީ، އެ ހުރިހާ ފިޔަވަޅުތަކާ އެކު ވެސް، ބައެއް ދަރިވަރުންގެ ނުރައްކާތެރިކަން ބޮޑުކަމެވެ. ހައްލު އޮތީ އެންމެ ފަރާތެއްގެ އަތަކު ނޫނެވެ. ބެލެނިވެރިންގެ ޒިންމާ ބެލެނިވެރިން ނަގަން ޖެހެ އެވެ. ކަމާ ގުޅުން ހުރި ދައުލަތުގެ އިދާރާތަކުން އެތަންތަނުގެ މަސްއޫލިއްޔަތު ވެސް އަދާކުރަން ޖެހެ އެވެ.

50 ކޮމެންޓް, 79 ރިއެކްޝަންސް

icon happy icon happy 10%
icon sad icon sad 25%
icon angry icon angry 65%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޢުސްތާޒާ

20 January 2018

މިހާރަކު ތައުލީމީ ނިޒާމެއްނެތް. މިހުރިހާ ޒިންމާއެއް ނަގަންވާ ބަޔަކީ އެޑިއުކޭސަން އަދި މައިންބަފައިން. ޢެޑިއުކޭސަނުން މިބަލަނީ ޔޫކޭޖީ ދަރިން ހައްދާލައިގެން ޅޮސްއުނދޯލި ހެއްލާ ސިސްޓަމް ތަންފީޒު ކުރެވޭތޯ. ކުށެއް ކޮށްފިއްޔާ އޭގެ އަދަބު އެންމެ ދަށުދަރަޖައިން ފެށިގެން ވެސް ދެވެންވާނެ. އަހަރުމެންނަށް އޮންނަނީ ކުދި ކުށްތަކުންފެށިގެން ބޮޑެތި ކުށްތަކަށް އަރައިގަތަސް ބޭނުން ކުރަން އެންމެ ސްޓްރެޓެޖީއެއް. ޢެއީ ކޮއްޅަށް ހުރެ ނަސޭހަތް ދިނުން އޮށޯވެ އޮވެ ނަސޭހަތް ދިނުން އިށިންދެ އިނދެ ނަސޭހަތްދިނުން. މި ނޫންގޮތެއް ނެތް. ނަތީޖާއަކި ދުވަހަކު މައްސަލައަށް ހައްލެއް ނުލިބި އަތުންބީވެދަނީ. ދެން އޮތީ މައިންބަފައިންގެ ބާބު. މިގައުމުގަ އަތަށް 500ރ ހަމަޔަށް އަރައިފިތާ އަމިއްލަ ރަށެއް ކަމަކު ނުދާނެ. ދަރި ފޮނުވަންޖެހޭނީ އެދަރީގެ އެއްވެސް ކަމެއް ނުފެންނަހާ ދުރު ސުކޫލަކަށް. ނޫނީ ރަށްދޫކޮށް ފުރައިގެން މާލެ. ޢަމިއްލަ ރަށުގަ ކިޔެވޭނެމަގު ތަނަވަސްވެފަ އޮށްވާ ގުންފައިޖަހަމުން ބަހަށް ކާރަށް އަރައިގެން އެހެން ސްކޫލްތަކަށް

The name is already taken The name is available. Register?

އައިމިން

18 January 2018

އާމަންހަޖެއް ތައާރަފް ކޮށގެން ކުދިންގެ ކިޔެވުން މުޅިން ހަލާކު!! ( ދިރިއުޅުމަށް ތައްޔާރު ކުރަނީޔޯ)

The name is already taken The name is available. Register?

ޓީޗަރު

18 January 2018

އަހަރެންގެ ހުރީ އެންމެ ކުއްޖެއް. މިއަދު އެސޮރު ސްކޫލަށް ފޮނުވާކަށް ނުކެރުނު. އޭނަ ބުނާގޮތުގަ ފާހަނާގަ ވޭޕް ކުރުމާ ސިގިރޭޓް ބުއިން އާންމު. ފިރިހެން ކުޅިވެސް އޮންނަކަމަށްވަނީ. އެހާ އަނގަހަޑި. އެބަ ހިތައްއަރާ އަމިއްލައަށް ގޭގަ ކިޔަވާދީފާނަމޭ. މަށަކީ އެއަށްވުރެ ބޮޑެތި ކުދިންނަށް ކިޔަވާދޭ ޓީޗަރެއް. އެކަން އިނގިގެން ވެސް މިދިޔަ އަހަރު އެސޮރަށް ވަރަށް ބުލީކުރި މަ ކިޔަވާދޭ ކްލާހެއްގަ އުޅޭ ގޭންގަކަށް ނިސްބަތްވާ ކަމަށް ކިޔާއުޅޭ ކުއްޖެއް. އޭނަ ސިނގިރޭޓު ވިއްކާތީ އޮފީހަށް ގެންދިޔައިމަ. ސަސްޕެންޑަށް ފަހު އައިސް އަދި ވަކިން އުނދަގޫ ބޮޑު. މަ މިއަހަރު ރައްކަލަކަށް ދަރިފުޅާ އެއް ސްކޫލަކު މި މަސައްކަތް ކުރަނީ އޭނަގެ ސްކޫލުވެސް ބަދަލު ކޮއްފަ.

The name is already taken The name is available. Register?

2222

18 January 2018

ރަށު މީހެއްތަ؟ ރަށަށް ބަދަލުވާންވީނު. މާލޭ މީހުންނަށްވެސް މިތަނުގައި ނޫޅެ ބިން ތަނަވަސް ރަށްރަށަށް ބަދަލުވުމަށް ނަސޭހަތް ތެރިވަން. ހެޔޮ ނުބައި ވަކިނުވާ ޅަކުދިން ގެންގުޅެން ހެޔޮވާވަރު ތަނެއްނޫން މީ. 18 ފުރުނަސް ޑިގްރީ ހަދަން ފޮނުވާ ރާއްޖެއިން ބޭރަށް. މި މާލެއަށް ވައިވެސް އަޅުވާނެ ކަމެއްނެތް.

The name is already taken The name is available. Register?

ޙިރުނދު

18 January 2018

ސްކޫލް ތައް އުވާލަންވީ އެހެން ނޫނަސް ޓިއުޝަން ނަގައިދީގެން ކުދީން މޮޅުވަނީ... ކިޔަވަަ ކުދީން ގެ ޓިއުޝަން ޓީޗަރސް ރެޖިސްޓަރ ކޮށް ފައި އެމީހުން އަށް އެޑިއުކޭޝަން އިން ފީ ދައްކަދޭން ވީ އަދި އެކްޒޭމް ހެދޭނެގޮތް ހަމަ ޖައްސަންވީ އޭރުން ކުދީން ބޭނުންވާ ސަބްޖެކްޓްސް ހެދިފައި ކުދިން ބޭރަށް ނުކުމެ ގޭންގު ތަކާ ގުޅުން މަދުވާނެ

The name is already taken The name is available. Register?

ޥިސްނޭ

18 January 2018

ތާކުން ތާކު ނުޖެހޭ ވާހަކަ ނުދައްކަބަ. މައިންބަފައިންނަށް މައިންބަފައިންނަށް ވާން ދަސްކޮށްދޭ ޓިއުޝަން ތައް ހެދިއްޔާ ކީއްތަވާނީ

The name is already taken The name is available. Register?

ސުވާދީބުރާނީ

18 January 2018

ސަރުކާރުގެ ތޮއްޖެހުމުގެ ސިޔާސަތުގެ ދަށުން އެންމެން އެއްވަމުން މިއަންނަނީ މިކުޑަކުޑަ މާލެއަށް. ތައުލީމާއި، ސިއްހީ ފަރުވާއާއި ވަޒީފާގެ ބޭނުމުގައި މިތަނަށް ނައިސްނުވޭ. މާލެ އަންނަ ހުރިހާ ކުދީންގެ ބެލެނެވެރިންނަކީ މައިންބަފައިންނެއްނޫން. ތަރުބިއްޔަތުގެ ވާހަކަ ދައްކަން ކީއްކުރަން މާލޭގަ މިކުދީން އުޅޭގޮތްވެސް އެކުދީންނާ ހަވާލުވާ މީހުންނަށް ނުބެލޭ. 2008 ވަނައހަރު އަހަރެން ކުއްޔަށް އުޅުނު ގެއަކަށް އައިސް އިން އަންހެންކުއްޖެއް ކާރީ ކާގަޑިވީމާ ކާން އަންނާށޭ ބުނިން. އެގޭގަ އެންމެންވެސްކަނީ ތިރީގަ. އެމަންޖެގެ ފަރާތުން އެގުނީ އެހެން ކުއްޖަކު އެގޭގަ އުޅޭ ފިރިހެންކުއްޖެއް ކާރިއަށް ގެނެސްގެންކަން މިއުޅެނީ. އެކުއްޖާގެ ގޭ މީހުން ކާރީގަ ބުނީ ކިޔަވާށޭ މިދަނީ. މިކުއްޖާގެ ވާހަކައިން އޭނައަކީ ރައްޓެހި އެހެން އަންހެނެކުދީން އެކި ފިރިހެނުންނަށް ގެންގޮސްދޭ މީހެއްކަން އެނގުނު. މިބުނީ ސާނަވީގައި ތަޢުލީމު ހާސިލްކުރާކުދީން. އާބަދީ ތޮއް ނުޖައްސާ ތަރައްގީކުރުން މުހިންމު ކަންތައްތައް އިސްލާހުކުރަން ބޭނުން ނަމަ.

The name is already taken The name is available. Register?

1234

18 January 2018

ބަސްނާހަ ނުކިޔަވާ މިކަހަލަ ކުދިން ފޮނުވަންވީ އިސްލާހިއްޔާއަށް. އޭރުން ދެންވެސް ބާކީތިބި ރަނގަޅުކުދިންކޮޅު ސަލާމަތްވާނީ

The name is already taken The name is available. Register?

ސުވާދީބުރާނީ

18 January 2018

މާލެ ތޮއްޖެއްސުމުގެ ނަތީޖާ މިފެންނަނީ. ރަށްރަށުން ކުދީން ފޮނުވާއިރު މައިންބަފައިންނަކަށޤ ނޭގޭ މިތާގެ ޙާލަތު. މާލޭގަ ޢިމާރާތްތައް ހަދާ މީހުން ބޭނުންވަނީ އެމަސައްކަތްކޮށްގެން ލާރި ހޯދަން. ރަށްރަށުން މަޖުބޫރުވެގެން މާލެ އަންނަނީ. މާލެއަކީ އިންސާނުން ދިރިއުޅެން އެކަށޭނަ ވެއްޓެއްނޫން. ގޭންގާ ޑްރަގް އެއީ މާލޭގަ އެންމެ ވަރުގަދައަށް ހިނގާ ދެކަންތައް. ޢާއިލާ ނެތި އަދި ޢާއިލާއެއް އޮތަސް ރަގަޅަށް އަޅާނުލެވޭނަމަ ކުދީން މިވަނީ ގޭންގްތަކާ ޑްރަގްގެ ޝިކާރައަކަށް. ސަރުކާރުގެ އާބަދީ އެއްފަސްކުރުމުެގ ސިޔާސަތު ބަދަލުކޮށްގެން މިކަން ހައްލުވާނީ. ރައީސް ޔާމީނު އެވިދާޅުވަނީ މާލެ އަންނާށޭ. އަޅުގަނޑު ދަންނަވާނީ މަނިކުފާނު އިސްތިއުފާ ދެއްވާފަ ގެއަށް ވަޑައިގަންނަވާށޭ.

The name is already taken The name is available. Register?

ޙަދީޖާ

18 January 2018

ތިމަންނާމެނަށް ދަރިން ރަގަޅު ގޮތުގައި ތަރުބިއްޔަތު ކުރެވޭނެ ވަރުގެ ޔަޤީންކަމެއް ނެތިއްޔާ ނުހޯދަންވީ.. މިބުނީ މައިންބަފައިންގެ އަޤީދާ ވަރުގަދަވެގެންނޭ ދަރިންނަށް ވެސް ރަނގަޅު ނުބައި ވަކިކޮށްދެވޭނީ.

The name is already taken The name is available. Register?

މަސައްކަތު

18 January 2018

ކަންކަން ހުއްޓުވަން، މިހާރަކު ސްކޫލަކުން އަދި މިނިސްްޓްރީއަކުން ނޫޅޭ، ސްކޫލުގައި ކިޔަވައި ދެނީކީއްނޫން، ސްކޫލަކީ ނަމަކަށް ދާތަނެއް، ކުޑިން ކިޔަވަނީ ޓިޔުޝަން ކްލާސްތަކުން މައިން ބަފައިން ހަރަދު ކޮށްގެން، މޮޅުވީމާ ބެޖުޖަހަނީ ސްކޫލުން އަދި އެޑީޔުކޭޝާނުން. މިކަމަށް ބައެއް މީހުންގެ ހިޔާލު ތަފާތުވެދާނެ ނަމަވެސް ހަގީގަތަކީ މިއީ. ގާތްގަނޑަކަށް %99 މާލޭގެ ސްކޫލްތަކުގެ ހާލަތަކީ މިއީ

The name is already taken The name is available. Register?

ޖޯޖް

18 January 2018

ކޮމެންޓު ނުކޮއް މި ލިޔުންކޮޅު ސިޓީއެއް ގޮތަައް އެޑިއުކޭޝަނައް ފޮނުވަންވީނު ބްރަދާރ..

The name is already taken The name is available. Register?

ހަސަނޮ

18 January 2018

ކުދިން ކޮންމެ ކުށަކަށް އަރައިގަތަށް ސްކޫލުން ފިޔަވަޅު ނާޅާ ކަމަށް މިހާރު އެނގިފަ އޮތީ. ސަސްޕެންޓް ވެސް ކުރުމުގެ ބާރު ސްކޫލަށް ނޯންނަކަމަށް. ދޭންވާނެ ގޮތަކީ ކުށްވެރިންވެސް ސަކޫލަށް ދާނެ..

The name is already taken The name is available. Register?

ރިޒާ

18 January 2018

މިނިސްޓަރުކަމުން ސްޓެޓްމިނިސްޓަރުކަމަށް މިހާކަށް ވަރަށް ހަޤީގަތް އޮޅުވާލެވޭނީ، މީ ފުކެއް ބޮޑުވަރު ރޯމާ ދުވާލު މިކަންކަން ކުރަމުން ދާއިރުވެސް ސްޓޭޓް މިނިސްޓަރު މިބުނަނީ މާރާމާރީ އާއި ވަޅިހެރުމުގެ މާހައުލެއް ސްކޫލް ތެރެއަކު ނޯންނާނޭ ، ސާބަހޭ ކަލޯ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454