ފިނޭންސް މިނިސްޓްރީގެ އިމާރާތުގެ ބޭރުގައި ބަޔަކު މަޑުކޮށްލައިގެން.---މިހާރު ފޮޓޯ
21 ޖެނުއަރީ 2018 - 20:39
ވިލާ ޝިޕިން އެންޑް ޓްރޭޑިންގެ ފަރާތުން ހިންގާ ހަތަރު ރިސޯޓަކުން މިދިޔަ މާޗު މަހުން ފެށިގެން ޖީއެސްޓީ އާއި ގްރީން ޓެކްސް ނުދައްކާ ކަމަށާއި އޭގެ އަދަދު 5.1 މިލިޔަން ޑޮލަރަށް އަރާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފި އެވެ.
ވިލާ ކުންފުނީގެ ހަތަރު ރިސޯޓެއްގައި ހުރި ބަނގުރާ ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންދަން އެ އިދާރާއިން ފަށާފައިވާ އޮޕަރޭޝަނުގައި މީރާއިން ބައިވެރިވާ ކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށް އެ އޮތޯރިޓީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ވިލާގެ ރިސޯޓުތަކުގެ ކުލީގެ ގޮތުގައި ދައްކަން ޖެހޭ 18.9 މިލިޔަން ޑޮލަރު ދައްކާފައި ނުވާތީ މިދިޔަ މާޗު މަހުން ފެށިގެން ފިޔަވަޅު އަޅާފައިވާ ކަމަށެވެ. އަދި ޖީއެސްޓީ އާއި ގްރީން ޓެކުހަކީ ރާއްޖެ އަށް އަންނަ ޓޫރިސްޓުން ދިވެހި ދައުލަތަށް ދެއްކުމަށް ޓެކްސް ދައްކާ ފަރާތާ ހަވާލުކުރާ ފައިސާއަކަށް ވީ ނަމަވެސް މިދިޔަ މާޗު މަހުން ފެށިގެން މިއަދާ ހަމައަށް ޖީއެސްޓީ އާއި ގްރީން ޓެކްސް ވިލާގެ ރިސޯޓުތަކުން އެއްގޮތަކަށް ވެސް ދައްކާފައިި ނުވާ ކަމަށް މީރާއިން ބުންޏެވެ.
މީރާއިން ފިޔަވަޅު އަޅާފައިވަނީ ވިލާގެ ސަން އައިލެންޑާއި ޕެރަޑައިސް އައިލެންޑް އަދި ފަން އައިލެންޑްގެ އިތުރުން ހޮލިޑޭ އައިލެންޑް ރިސޯޓާ މެދު އެވެ.
އެ އޮތޯރިޓީން ބުނިގޮތުގައި ރިސޯޓުތަކާ މެދު ފިޔަވަޅު އެޅީ ޓެކްސް ދައްކާ އެހެން ފަރާތްތަކާ މެދު ވެސް އަމަލު ކުރާ އުސޫލުގެ ދަށުން، ތަފާތު ކުރުމެއް ނެތި ކަމަށެވެ.
"މި އޮތޯރިޓީން ފިޔަވަޅު އަޅަނީ މީރާ އެންފޯސްމެންޓް ޕޮލިސީގެ ދަށުން، ކަނޑައަޅާފައިވާ އިޖުރާއަތްތައް ފުރިހަމަކޮށް، ޓެކްސް ދައްކާ އެންމެންގެ މެދުގައި ހަމަހަމަ އުސޫލަކުންނެވެ. ގާނޫނީ ތަރަހައިން ބޭރުން އަދި އެއްވެސް ވިޔަފާރިއަކަށް ގެއްލުން ދިނުމުގެ މަގްސަދުގައި މި ތަނުން ފިޔަވަޅު އަޅާފައެއް ނުވާނެ އެވެ. އެހެންވެ، މީރާގެ މަސައްކަތާއި ތަސައްވުރަށް އުނިކަން ގެނައުމުގެ ގޮތުން ހަގީގަތެއް ނެތް ވާހަކަ ނުފެތުރުމަށް އިލްތިމާސް ކުރަމެވެ." މީރާގެ ބަޔާނުގައި ބުނެފައި ވެ އެވެ.
ކަސްޓަމްސްއިން އިއްޔެ ފަން އައިލެންޑަށް އަރައި ގިނަ އަދަދެއްގެ ރާ އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ އިރު އެހެން ތިން ރިސޯޓެއް ކަމަށްވާ ސަން އައިލެންޑާއި ހޮލިޑޭ އައިލެންޑާއި ޕެރަޑައިސް އައިލެންޑް ރިސޯޓަށް އަރައި އެ ތަންތަން ފާސްކޮށް، ކަސްޓަމްސްގެ ބެލުމުގެ ދަށަށް ބަނގުރާ ގެންދާނެ ކަން ވަނީ އަންގައިފަ އެވެ.
ވިލާގެ ސަން އައިލެންޑާއި ޕެރަޑައިސް އައިލެންޑް އަދި ފަން އައިލެންޑްގެ އިތުރުން ހޮލިޑޭ އައިލެންޑް ރިސޯޓަށް ރަލާއި އޫރުމަސް އެތެރެކުރުމުގެ ހުއްދަ މިދިޔަ އަހަރުގެ މާޗް 22 އިން ފެށިގެން ހުއްޓާލާފައިވާއިރު ކަސްޓަމްސް އިން ބުނެފައިވާ ގޮތުގައި އެކަން ކުރީ މީރާއަށް ދައްކަންޖެހޭ ފައިސާ ގަވާއިދާ އެއްގޮތަށް ނުދައްކާތީ، އެތަނުގެ އެންފޯސްމަންޓް ޕޮލިސީގެ ދަށުންނެވެ. އޭގެ އިތުރުން މިއަދު ވަނީ ރޯޔަލް އައިލެންޑް ރިސޯޓަށް ރަލާއި ބަނގުރާ އެތެރެކުރުމަށް ދީފައިވާ ހުއްދަ އިކޮނޮމިކް މިނިސްޓްރީން ހިފަހައްޓާފަ އެވެ.
ގާސިމް އިބްރާހިމްގެ ފަސް ކުންފުންޏެއްގެ އަތުން 2.5 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދަން މީގެ ކުރިން މީރާ އިން ދައުވާކޮށް ސިވިލް ކޯޓުގައި މައްސަލަ ހިނގަމުން ދަނިކޮށް ވަނިކޮށް، ގާސިމްގެ ތިން ކުންފުންޏެއްގެ އަތުން އިތުރު 75 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދަން ވެސް މީރާ ވަނީ ދައުވާ ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މައުސް
28 April 2020
ޑޭޓް ބަލާލަ 2018/01/..
އަލީރާޖާ
24 April 2020
އެހެންވީމާ މިއީކީ ކޮވިޑް އާއި ގުޅޭ ކަމެއް ނޫން. މިއޮތީ ސާފުވެފައި.
ކާންޑި
23 April 2020
ގެންގުޅޭ ސްޓާފުންނައް މުސާރަ ނުދީ ބޭނުންހާ ގޮތެއް ހަދައިން އުަޅުނީމަ ވާނެ ގޮތް ތީ. ކަރމާ ބްރޯ ކިރމާ
އަހައްމާ
12 March 2020
ޓެކްސް ފައިސާއަކީ ކުންފުނީގެ ފައިސާއެއް ނޫނެވެ. އެއީ ދިވެހި ދައުލަތަށް ދައްކަން ޖެހޭ ފައިސާއެކެވެ. މިފައިސާ އަވަހަށް ދައްކާށެވެ. މިވަރުން މިގޮތަށް ދާނަމަ 2023 ކިހެނަކުންތޯ ރައްޔިތުން ވޯޓު ދޭނީ ވޯޓު ލުމުގެ ކުރީން ރައްޔިތުންގެ ފައިސާ ރައްޔިތުންނާ ހަވާލު ކުރާށެވެ.
ދަބާންގު
22 January 2018
ވީލާ އާ ޖައްސާލައީގެން ޔާމީނުއައް ވޯޓު ހަަނަދަރެއް ލީބީއްޖެޔޯ.. ހުވަފެނުގަ...
ނުރަބޯ
22 January 2018
އިދިކޮޅުފިކުރުގެ މީހުންނަށް މިއަދު ބުރުމާ ގާސިމުގެ އެއްވެސް ކުށެއް ނުފެންނާނެ.
މުޙުއްމާ
22 January 2018
ހާދަ ހީނުވެއޭ ޤާސިމް އިބުރާހީމްގެ ރިސޯރޓަކުން ޓެކްސް ދެއްކުން އެއްމެ ދުވަހަކަށް ލަސްވިޔަސް ފިޔަވަޅު ނައަޅާ ހުންނާނެހެން. މިސަރުކާރުގައާއި މުއައްސަސާތަކުގަ ތިއްބަވާ ބޭފުޅުންނަކީ ދޮގުހެހެދުމާއި ރައްޔިތުން އޮޅުވާލުމުގައި ހައްދުން ނެއްޓިފަ ތިބި ބައެއް. އެހެންވީމަ އެ ބޭފުޅުން ދައްކަވާހަކަ ޤަބޫލު ކުރާނެ ބަޔަކު މި ރާއްޖޭގަ ކީއްކުރަންތޯ މިދުނުޔޭގަވެސް ނުތިބޭނެ.
ޑިމޮކްރަޓިސްޓް
22 January 2018
އަދިވެސް ޔައްޔިތުންނަށް ދޭއަނިޔާއޭ އަނެކަށްޗޭކިޔާ؛؛؛؛؛؛؛؛؛؛؛؛ ފުރަތަމަ ސަރުކާރަށް ދައްކަންޖެހޭ ދަރަނި އަދާކޮށްބަލަ؛؛؛؛؛؛؛؛؛ ސޭޓުތީ ގާނޫނުގެ މަތީގަހުރެވޭނެ މީހެއްނޫން؛؛؛؛؛؛؛؛؛؛ ސޭޓުވީމަ ވަކިގޮތެއްނެހެދޭނެ؛؛؛؛؛؛؛؛ ސައިޒުގަހުރޭ؛؛؛؛؛؛؛؛؛؛
ހާސަރު
22 January 2018
ވިލާގެ ރެޒޯޓް ތަކަށް ލިބޭ ގިނަ ފައިސާ ޖަމާވާ އެކައުންޓްތައް ފްރީޒްކޮށް (ތަޅުލައިގެން) ތިބެ ފައިސާ ދައްކާށޭ ބުންޏެއްކަމަކު ކިހިނެއް ތަޅު ނުހުޅުވަނީސް ފައިސާ ދެއްކޭނީ!؟
އަންލޮކް
22 January 2018
ސިކުނޑި ހުޅުވާފަ، އަނގަ ލައްޕާ. އެކައުންޓު ނޫން ކޮންމެ އެއްޗެއް ފްރީޒް ކީއްކުރަން ގަނޑު ކޮއްފަ ހުއްޓަސް އެ އެކައުންޓް ތަކަށް ފައިސާ ވެއްދޭނެ ހުރިހާ ދޮރުތަކަކުން. އަދި ފައިސާ ދައްކަންވީމަ ދެއްކޭނެ ދޮރެއްވެސް ހުރޭ. އެހްންވީމަ ތިހާ ލޮކް ވެގެން ތަމެން ނޫޅެބަ.
ނައީމް ބާއީ
22 January 2018
މީރާގެ ބަޔާނުގަ އެބުނާ ޓެކްސް ތަކަކީ ވިލާއިން ދައްކަންޖެހޭ އެއްޗެއްނަމަ ވިލާ ވަރަށް ގޯސް. ޖީ.އެސް.ޓީ އަދި ގްރީން ޓެކްސް އަކީ ހިދުމަތްހޯދި މީހުން ވިލާއަށް ހަވާލުކޮށްފައިވާ އަމާނާތެއް. އެފައިސާ ބަރާބަރަށް ނުދެއްކުމަކީ ހިޔާނާތެއް. 10 މަސް ދުވަސް ވަންދެން ނެރުނު ލިސްޓު (ނޭމް އެންޑް ޝޭމް) ލިސްޓުގަ ނަންނެތީ ކީއްވެތޯ ސުވާލު ކުރާތީ ހަމަ ބުނެލަން ބޭނުން. މީރާއަކީ ކުރާ ކޮންމެކަމެއް އުސޫލުނެރެ އާންމުކޮށް އެއާ އެއްގޮތަށް އަމަލުކުރެވޭތޯ ބަލަމުންދާ ބައެއް. އެ އުސޫލު ޑްރާފްޓް ކުރި ކޮމިޓީގައި ހިމެނުމުގެ ނަސީބު ލިބުނު މީހެއްގެ ހައިސިއްޔަތުން ބުނެލަން ބޭނުންވަނީ ބަޔާން ހުށަހަޅާފަ ފައިސާ ނުދައްކަންޏާ އެއަކަށް ނާރޭނެއޭ. މިއަދު އެއުސޫލު ތަންފީޒުކުރުމުގެ ނަސީބުނުލިބުނަސް ގަބޫލުކުރަން ބޭނުމީ އެ ތަންފީޒުކުރާނީ ރަނގަޅަށޭ. އެހެންވީމަ ލިސްޓަށް ނަންނޭރީ ބަޔާންހުށަހަޅައިފައި ފައިސާ ނުދައްކާ އޮތުމުން. އެކަމުގައި އެއްވެސް މައްސަލައެއް ނެތް. އިރެއްގައި ރަންލާރި ލިބުމަކީ މުސްތަގުބަލަށް ޓެކްސް ނުދައްކަންވީ ސަބަބެއްނޫން.