ކުރުނބާގައި މިއަދު ކުރިއަށް ގެންދާ މަޓީގެ މި އަހަރުގެ އާންމު ބައްދަލުވުމަށް ވަޑައިގެންނެވުމަށްޓަކައި ޗަމްޕާ އަފީފު (ކ) އަދި މަޓީގެ ސެކްރެޓަރީ ޖެނެރަލް ނަޒީރު ރަސްމީ ފާލަމުގައި މަޑުކޮށްލައްވައިގެން.---ފޮޓޯ: ނިޝާން އަލީ/މިހާރު
22 ޖެނުއަރީ 2018 - 10:38
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ރިސޯޓްތަކާ މެދު ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާ ގުޅިގެން، ރާއްޖޭގެ ޓޫރިޒަމްގެ މައި ޖަމިއްޔާ މަޓީގެ އިސް ބައެއް ވެރިން ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރާ އިއްޔެ މަޝްވަރާ ކުރައްވައިފި އެވެ.
ގާސިމްގެ ރޯޔަލް އައިލެންޑް ރިސޯޓުން ބަނގުރަލާއި އޫރުމަސް އޭނާގެ އެހެން އެހެން ރިސޯޓްތަކަށް ގެންދާ މައްސަލާގައި އެ ރިސޯޓްތަކަށް ކަސްޓަމްސްގެ އޮފިސަރުން އަރައި ވަނީ ފާސްކޮށްފަ އެވެ. އަދި ފަން އައިލެންޑް ރިސޯޓުގައި ހުރި ގިނަ އަދަދެއްގެ ރާ ވެސް ވަނީ ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
ރޯޔަލް އައިލެންޑުން ވިލާގެ އެހެން ރިސޯޓުތަކަށް ބަނގުރަލާއި އޫރުމަސް ގެންދާ މައްސަލާގައި، އެ ރިސޯޓަށް އެ ތަކެތި އެތެރެކުރުމުގެ ހުއްދަ އިކޮނޮމިކް މިނިސްޓްރީން ވަނީ އިއްޔެއިން ފެށިގެން ހަ މަސް ދުވަހަށް ހިފަހައްޓައިފި އެވެ.
ޓޫރިޒަމް މިނިސްޓަރު ޒަމީރު "މިހާރު" އަށް ވިދާޅުވީ މަޓީގެ ފައުންޑަ މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަދި މަޓީގެ ވައިސް ޗެއާމަން ޗަމްޕާ ހުސެއިން އަފީފާއި އެ ޖަމިއްޔާގެ ސީނިއާ ބޭފުޅުންތަކެއް އިއްޔެ އޭނާއާ ބައްދަލުކުރައްވައި، އެ ކަންކަމާ ގުޅިގެން، މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. އަދި މަޓީގެ ޗެއާމަން މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) ވެސް އިއްޔެ ފޯނުން ގުޅުއްވައި، ގާސިމްގެ ރިސޯޓުތަކާ މެދު އަޅަމުންދާ ފިޔަވަޅާ ގުޅިގެން މަޝްވަރާ ކުރައްވާފައިވާ ކަމަށް ޒަމީރު ވިދާޅުވި އެވެ.
ކުރުނބާގައި މިއަދު ކުރިއަށް ގެންދާ މަޓީގެ މި އަހަރުގެ އާންމު ބައްދަލުވުމަށް ވަޑައިގެންނެވުމަށްޓަކައި، އެ ޖަމިއްޔާގެ ޗެއާމަން އެމްޔޫ މަނިކު ލޯންޗަށް އަރާވަޑައިގަންނަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
ޔުނިވަސަލްގެ ޗެއާމަން އެމްޔޫ މަނިކު އިއްޔެ ރާއްޖޭގައި ވަޑައިގެން ނޫޅުއްވާތީ، ޒަމީރުގެ ބައްދަލުވުމަށް ވަޑައެއްނުގަންނަވަ އެވެ.
"ގާސިމްގެ ރިސޯޓުތަކާ މެދު މަޓީގެ ބޭފުޅުންގެ ކަންބޮޑުވުންތައް އަޅުގަނޑުމެންނާ ވަނީ ހިއްސާ ކޮށްފައި. މިވަގުތު އަޅުގަނޑުމެން އެންމެ ބޮޑު އިސްކަމެއް މިދެނީ އެ ރިސޯޓުތަކުގައި ތިބި ޓޫރިސްޓުންނަށް ކުރާ އަސަރު ވީހާ ވެސް ކުޑަކޮށް، ކަންކަން ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދުމަށް. އެ މަޝްވަރާ މަޓީގެ އިސް ބޭފުޅުންނާ އެކު ވެސް އަޅުގަނޑުމެން ކުރިން،" ޒަމީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގާސިމްގެ ރިސޯޓުތަކާ މެދު ސަރުކާރުން އަޅާ ފިޔަވަޅުތަކަށް ހައްލެއް ލިބެން އޮތީ ވިލާއިން ސަރުކާރަށް ދައްކަން ޖެހޭ އެކި ބާވަތުގެ ޖީއެސްޓީ އާއި އެހެނިހެން ފައިސާ ދައްކައި ނިންމުމުން ކަމަށެވެ.
ދައުލަތުގެ ޓެކްސް އިދާރާ މީރާއިން ރޭ ބުނެފައި ވަނީ ވިލާ ޝިޕިން އެންޑް ޓްރޭޑިންގެ ފަރާތުން ހިންގާ ހަތަރު ރިސޯޓަކުން މިދިޔަ މާޗު މަހުން ފެށިގެން ޓީޖީއެސްޓީ އާއި ގްރީން ޓެކްސް ނުދައްކާ ކަމަށެވެ. އެ އަދަދު 5.1 މިލިޔަން ޑޮލަރަށް އަރާ ކަމަށް މީރާއިން ނެރުނު ބަޔާނުގައިވެ އެވެ.
މި އަދަދާ ގުޅޭ ގޮތުން ވިލާއިން އަދި ވަކި އެއްޗެއް ނުބުނެ އެވެ.
މިނިސްޓަރު ޒަމީރާއި ގާސިމް ވާހަކަ ދައްކަވަނީ.---ފައިލް ފޮޓޯ: މިހާރު
ޒަމީރު ވިދާޅުވީ ގާސިމްގެ ރިސޯޓުތަކާ މެދު ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުން ފިޔަވަޅު އަޅަނީ ގާނޫނީ އިމުގެ ތެރެއިން ކަމަށެވެ. އަދި އެ ރިސޯޓުތަކުން ދައުލަތަށް ދައްކަން ޖެހޭ ޓެކްސްތައް ދެއްކުމަށް ވެސް ސަރުކާރުން ބާރުއަޅާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެއާ އެކު، ރިސޯޓުތަކުގައި ތިބި ޓޫރިސްޓުންނަށް ލިބޭ ގެއްލުން ކުޑަކުރަން އަޅުގަނޑުމެން ވަރަށް ބޮޑު އިސްކަމެއް އެބަ ދެން. އެ ގެއްލުން އެންމެ ކުޑަކުރެވޭނެ ގޮތަކަށް ސަރުކާރުން ފިޔަވަޅު އަޅާނީ،" ޒަމީރު ވިދާޅުވި އެވެ.
މިނިސްޓަރު ޒަމީރާ، މަޓީގެ އިސް ވެރިން ބައްދަލުކުރެއްވިއިރު، އެ ޖަމާއަތުގެ އަހަރީ އާންމު ބައްދަލުވުން ކުރުނބާ އައިލެންޑް ރިސޯޓުގައި މިއަދު ވަނީ ފަށައިފަ އެވެ.
ނަމަވެސް ގާސިމްގެ ރިސޯޓުތަކާ މެދު ސަރުކާރުން އަޅާ ފިޔަވަޅުތަކާ ގުޅިގެން މަޓީން މިހާތަނަށް އެއްޗެއް ނުބުނާތީ އެތައް ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނެޝަނަލިސްޓް
23 January 2018
މަޓީ އަށް ރަސްމީ ބަޔާނެއް ނެރެން ހަމަ ނުކެރުނީ، އުތަ؟
ސޮކްތެރެޕީ
22 January 2018
ޤާސިމް ނަޝީދާ ކުޅެލުވުނަސް ޤާސިމް ޔާމިނަކާ ނުކުޅެވޭނެ.
ހާސަރު
22 January 2018
ރަގަޅަށްވިއްޔާ ތިވެރިން ދައްކާނީ އެތަންތަން ގަންނަ ވާހަކަ!
ތުއްތުބެއްޔާ
22 January 2018
މިއޮތީވާ މަޖާކަމެއް...... ހައްހައްހައްހާހާހާ
މުސާފިރު ޚާނާ
22 January 2018
ބޭނުންހާ ގޮތަކަށް އުޅެވިގެން ނުވާނެ. ގްރީން ޓެކްސް އާއި ޖީއެސްޓީއަކީ ކުންފުނީގެ އެއްޗެއްނޫން. މާލަސްވެއެްޖެ ތިޔަ ފިޔަވަޅު އެޅުން. ފުރަތަމަ ކްއާޓަރުން ފެށިގެން ތިޔަ ފިޔަވަޅު އެޅެންވާނެ. މަޓީގެ ބެލުމުގެ ދަށުން ރިޒޯޓްތައް ހިންގުމާ ހަވާލްވާންވީ، ދައްކަން ޖެހޭ ފައިސާތައް ހަމަވީމާ އަނބުރާދެވިދާނެ،
ސަޅިބެ
22 January 2018
ޒަމީރުއެވެ! މަނިކުފާނުގެ މަޤާމުވެސް ހަމަ އިސާހިތަކު ގެއްލިގެން ހިގައިދާނެއެވެ. މަޤާމުގެ ބޭނުމުގައި ނުވަތަ މަޤާމުގައި ހުރެގެން ލިބޭ ނަފާގެ ބޭނުމުގައި ނަފްސު ވިއްކާނުލާށެވެ.
ޒަމީރު
22 January 2018
ނަފުސް އޮތީ ވިިކިނިިމިފަ، އެސޮރު މިހާރު އެހުންނަނީ ހަމަކިރިޔަ ކިރިޔާ މާދަން ކަންނޭގެ ބުރައިގެން ގޮސް އަނެއްކޮޅައްއަރާނީ..
ރާޅާއަޅަނީ
22 January 2018
މިއީ ރިސޯޓުތަކުގެ ވެއްޓުމުގެ ފެށުން މިކަން ރަނގަޅުނުވެ ދަނީނަމަ ރިސޯޓުތަކާ ގެސްޓް ހައުސް ތަކަށް މީގެ ނޭދެވޭ އަސަރު ކުރާނެ ރިސޯޓުތަކުގަ ހުންނަ ގެސްޓުން ބޭނުންކުރާ ސާމާނު ގެންދިޔުމަށް ކުރިޔަށް އޮތް ތަނުގަ ރަނގަޅު ޕްލޭނެއް އެބަ އެކަށައަޅަން ޖެހޭ ދުރާލާ އެކަށީގެންވާ މުއްދަތެއްގެ ނޯޓިސް ދެވެން ޖެހޭނެ ބަސްބުނާ ހިންދުން ބަޔަކު ގޮސް އަރާ މިކަންކަން ކުރެވިގެންނުވާނެ އެހެންނޫނީ މިހެން އަންނަ ހިތްޕުލާ ނުވުމުގެ ކޮންމެ ކޮޅިގަނޑެއްގަ މި އުދަ ބާނީގެ އަސަރު ރިސޯޓުތަކަށް ކުރާނެ
ޢަލީ އިބްރާހީމް/ ސ.ހިތަދޫ
22 January 2018
ޥަރަށް ހިތާމަކުރަން މިކަންތައް ތައް މިދާ ގޮތުން. ޜައީސް ޔާމީނެވެ. ޓިކުރާ ވިޔާނުދާ ކަންތައްތަކުގެ ސަބަބުން ގާސިމްއައްވުރެ ބޮޑަށް ގެއްލުންވަނީ ތިބޭފުޅާއަށެވެ. ތިކޮށްދިން ހިދުމަތްތައް ރައްޔިތުން މިކަހަލަ ކަންތައްތައް ކުރީމާ ހަދާންނެތޭނެއެވެ. ޜުޅިވެރިކަން ނޫފައްދާށެވެ. މީހުންނައް އަނިޔާވެރިވުން ހުއްޓާލާށެވެ. ޢަޅުގަނޑުވެސް ތިބޭފުޅާއަށް ވޯޓުލާނަމެވެ. ނަމަވެސް ފުރަތަމަ އަނިޔާވެރިވުން ހުއްޓާލާށެވެ. ޑިމޮކްރަސީ އަކީ އަޅުގަނޑުމެން ވަރަޢް ބޮޑެތި މަސައްކަތް ތަކެއްކޮއްގެން ހޯދި އެއްޗެކެވެ.
ފަޅުވެރިން
22 January 2018
ތިޔަފަދަ ކަންކަމުން އެނގެނީ ވިލާއަކީ ރިޒޯރޓް ހިންގުމުގެ ޤާބިލުކަން ނެތް ކުންފުންޏެއްކަން! އިރެއްގައި ޤާބިލުކަން ހުއްޓަސް މިހާރު ޤާބިލުކަން ނެތްކަން! އިރެއްގައި ސަލާމަތް ޞިއްޙަތާއި، ގައިބާރު ހުއްޓަސް އެހެން ދުވަހަކުން ބަލި މީހަކަށްވެސް ވަނީތާ! އެއުޞޫލުން މިކަން މިހިނގަނީ. މިއަދު ވިލާއަކީ ބަލި ކުންފުންޏެއް! ހިންގުމުގެ ޤާބިލުކަން ހުރި ކުންފުންޏަކާ، ނޫނީ ކުންފުނިތަކަކާ، ވިލާގެ ދަށުގައި ހުރި ހުރިހާ ރިޒޯރޓެއް ޙަވާލުކުރަންވީ. އޭރުން މައްސަލަ އެކަތިފަހަރުން ޙައްލުވީ! ޚުދު ޤާސިމުގެ ބޮލަށްވެސް އޭރުން ލުއިވާނެ!
ތަމް
22 January 2018
ގާސިމް ޔާމީނާ ގުޅުނުއިރުވެސް ދަރަނިއޮތް. 2013އިގަ ޔާމީނާ ގުޅުނީވެސް އެ ދަރަނި ޑީލްގެ ދަށުން. ގާސިމަށް އިތުރު ޗޮއިސްއެއްނެތިގެން 2018އިގަވެސް ޔާމީނު ފަހަތަށް އަރަން އެ މަޖުބޫރު ކުރުވަނީ.