ޚަބަރު / ޕީޕީއެމް

ޕީޕީއެމްގެ ސަޕޯޓަރުން ސުޕްރީމް ކޯޓު ދޮށުގައި އަޑުއުފުލައިފި

ސުޕްރީމް ކޯޓު ކައިރީގައި ޕީޕީއެމަށް ތާއީދު ކުރާ ޒުވާނުންތަކެއް ބޭއްވި އެއްވުން

ވެރިކަން ކުރާ ޕީޕީއެމްގެ ސަޕޯޓަރުން ސުޕްރީމް ކޯޓުގެ ނިންމުންތަކާ ދެކޮޅަށް އެ ކޯޓު ދޮށުގައި މިއަދު މުޒާހަރާކޮށްފި އެވެ.

ސުޕްރީމް ކޯޓު ކުރިމަތީގައި ހަވީރު ބޭއްވި އެއްވުމުގައި ޕީޕީއެމަށް ތާއީދުކުރާ ޒުވާނުންތަކެއް ވަނީ އެ ކޯޓުގެ ފަނޑިޔާރުންނާ ދެކޮޅަށް އަޑު އުފުލައިފަ އެވެ. އަދި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ އިސްތިއުފާ އަށް ވެސް ގޮވި އެވެ.

މީގެ އިތުރުން ސުޕްރީމް ކޯޓުގެ ނިންމުންތައް ގަބޫލު ނުކުރާނެ ކަމަށާއި ފަނޑިޔާރުން ރިޝްވަތު ނަންގަވާ ކަމަށް ވެސް ތުހުމަތުކުރި އެވެ.

އެކަމަކު މާ ގިނަ އިރުތަކެއް ނުވެ ފުލުހުން ވަނީ އެ ސަރަހައްދުން މީހުން ފޮނުވާލައިފަ އެވެ.

މި އެއްވުމުގައި ސަރުކާރުގެ ބައެއް ވުޒާރާތަކުގައި މަސައްކަތް ކުރާ ކޯޑިނޭޓަރުން ވެސް ބައިވެރިވި އެވެ.

ބަންދުގައި ތިއްބެވި އިދިކޮޅު ސިޔާސީ ލީޑަރުން ވަގުތުން މިނިވަން ކުރާށާއި އިދިކޮޅު 12 މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައަޅާ ސުޕްރީމް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ކުރި ހުކުމާ ގުޅިގެން ރާއްޖޭގެ ސިޔާސީ މަސްރަހު ވަނީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ. އެގޮތުން އިދިކޮޅު ފަރާތްތަކުން ތަކުރާރުކޮށް ގޮވާލަމުން ދަނީ ސުޕްރީމް ކޯޓުގެ އަމުރަށް ތަބާވެ، އެ އަމުރު ވީހާވެސް އަވަހަކަށް ތަންފީޒު ކުރުމަށެވެ. އެކަމަކު ސަރުކާރުން އެއަށް އަމަލްކުރާކަށް އަދި ނުފަށަ އެވެ.

21 ކޮމެންޓް, 117 ރިއެކްޝަންސް

icon happy icon happy 23%
icon sad icon sad 3%
icon angry icon angry 74%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކޯޑިނޭޓަރ

05 February 2018

ތީ ސަޕޯޓަރުންނެއް ނޫން ޔާމީނުގެ ކޯޑިނޭޓަރުން

The name is already taken The name is available. Register?

ޒުވާނުން

05 February 2018

ޕީޕީއެމްގެ ސަޕޯޓަރުންނޭ ކިޔައިގެން ކޮންބައެއްތޯ ތިޔަ ނެރެނީ!! އެކުދިން ބޯކޮށައި ފެންވަރުވާ ހަދާލައިގެން ނެރެދެއްވުން އެދެން!

The name is already taken The name is available. Register?

ކީސްކުނޑުި

05 February 2018

ޕޮލިސް ގެ ޑަބަލް ސްޓޭންޑަރޑް ވަރަށް ސާފުކޮށް އެތަައްހާސް ހެކި ތަކުގެ ތެރެއިން ފެންނަ ކަމެއް

The name is already taken The name is available. Register?

އަލީ.

04 February 2018

ތީމަނާ ސަރަހައްދެއް ނޫންތޭ ޕީޕީކުދިން ކުރީމަ ހަމަރަނގަޅު

The name is already taken The name is available. Register?

ދަރުބާރު

04 February 2018

500 ރުފިއާޖޮބު ގޯހެއްނޫން!!!

The name is already taken The name is available. Register?

ޖެކް ސްޕެރޯ

04 February 2018

ވައި އަޒް ދަ ކޯޑިނޭޓަރުން ގޯން؟

The name is already taken The name is available. Register?

މޮޑަފްް

04 February 2018

ތިމާ އަމިއްލައޔަށް ފޭހުނު އިލޮށިގަނޑު ތިއޮތީ ޔާމީނުގެ ލޮލަށް ހެރިފަ. ޢޭރު ކޯރޓުތަކަށް އަތް ބާނައިގެން އެކުޅިގަނޑު ނުކުޅުނަމަ މިއަދު މިނިވަން ކޯޓްތަކެއް ގާއިމްވެފަ ހުރީސް. ދަންވަރު ކޯޓް ހުޅުވައިގެން އެހުރިހާ ހުކުމެއް ކުރިއިރު މީނަހުރީ އަތްޖަހާ ހަވާއަރުވަން. މިއަދު މީނަޔާ ދެކޮޅަށް އެންމެ އަމުރެއް އައިމަ މިއުޅެނީ ތަންފީޒްކުރަން ނުކެރިގެން. އެހެންތާވާނީ. ކަންއޮތްގޮތުން އެވެސް މަރު މިވެސް މަރު.

The name is already taken The name is available. Register?

ޔުނައިޓެޑް އައްޑޫ

04 February 2018

ޕެއިޑް ޖޮބް. އަނެއްހެން ގޯހެއް ނޫން.

The name is already taken The name is available. Register?

ކަކުނިބޯ

04 February 2018

މޮޔަފުޅުވީތޯއެވެ. ކީއްވެބާ ޕެޕަރ ސްޕްރޭ ނުޖެހީ ޕޮލިސް އަދި އެމްއންޑިއެފް ގެ ދެލޯކަނުވީތޯ ޤާނޫނު ނެގެހެއްޓޭނީ ބަޔަކަށް ތިހާވަރަަކަށެވެ. ޖެނެރަލް ޝިޔާމުގެ ނިމުން ހާދަބަލާހިތުން ހުރީމެވެ.

The name is already taken The name is available. Register?

ރިނީ

04 February 2018

މިއެއްވުމަށް ޕެޕަރ ސްޕްރޭ ނުޖަހާތަ. ރަނގަޅު ރަނގަޅު. ގިނަގުނަގޯސްތައް ހަދުވާ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454