ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެއްވި ސަބަބާ ގުޅޭގޮތުން ރައީސް ޔާމީން ގައުމާ މުހާތަބު ކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް
20 ފެބުރުއަރީ 2018 - 08:25
ރައްޔިތުންގެ މަޖިލީހަށް ރައީސް އަބްދުﷲ ޔާމީން ހުށަހެޅުއްވި ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރާ ގުޅޭ ގޮތުން ޕީޕީއެމްގެ މެމްބަރުން އެއް ކަމަކަށް އެއްބަސްވެވަޑައިގަންނަވަ އެވެ؛ އެއީ، އެ ގަރާރު ފާސްކުރަން، މަޖިލީހުގައި 43 މެމްބަރުން ހާޒިރުވެ ތިއްބަވަން ޖެހޭނެ ކަމެވެ. ގާނޫނުއަސާސީގެ 87 ވަނަ މާއްދާ އިން ވެސް އެކަން ވަރަށް ސާފެވެ. އެ ނޫން، ގާނޫނީ ހުރިހާ ވާހަކަތަކަށް، ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުން ގެންދަވަނީ ޑިފެންސަށް ކުޅުއްވަމުންނެވެ.
ގާނޫނުއަސާސީގެ އެ މާއްދާގައި ބުނެފައިވާ ގޮތުގައި ރައްޔިތުން އެ މައްޗަށް އަމަލުކުރުން ލާޒިމްކުރާ އެއްވެސް ކަމެއް ރައްޔިތުންގެ މަޖިލީހުންް ފާސްކުރަން ވޯޓަށް އަހަން ވާނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ދެ ބައިކުޅަ އެއްބަޔަށް ވުރެ ގިނަ މެމްބަރުން އެ ވޯޓެއް ނަގާ ޖަލްސާ އަށް ހާޒިރުވެ ތިބޭ ވަގުތެއްގަ އެވެ. އެއީ މަޖިލީހުގެ މިހާރުގެ ޖުމްލަ 85 މެމްބަރުންގެ އަދަދުން ބަލާއިރު 43 މެމްބަރުންނެވެ.
އެކަމަކު ގަރާރު ހުށަހެޅުމުގެ ޖަލްސާގައި ވެސް ބައިވެރިވެވަޑައިގަތީ ސަރުކާރު ކޯލިޝަންގެ ޖުމްލަ 39 މެމްބަރުންނެވެ. ގާނޫނުއަސާސީއާ ޚިލާފަށް އިއުލާންކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތާ އެކުު އަނެއްކާވެސް ގާނޫނާ ޚިލާފު އަމަލުތަކެއް ހިންގަން ސަރުކާރަށް އެއްބާރުލުން ދޭން ބޭނުން ނުވާ ކަމަށް ބުނެ އިދިކޮޅުން ޖަލްސާ ބޮއިކޮޓްކުރީ އެވެ.
އެހެންވިއަސް ގަރާރު ފާސްކުރާނެ ކަމަށް ބުނެ މަޖިލީހުގެ ޖަލްސާއެއް ރޭ ބާއްވަން މަސައްކަތް ކުރި އެވެ. އެކަމަކު ފަހު ވަގުތު ޖަލްސާ ކެންސަލްކުރީ ވެސް ގާނޫނުގައި ބުނާ އަދަދު ހަމަނުވެގެން ކަމަށް ބެލެވެ އެވެ. އަދަދު ހަމަވި ނަމަ ރޭ ވެސް ގަރާރު ފާސްކޮށް ނިންމާލަންވީ އެވެ. ދިގު ދެންމުމުގެ ބޭނުމެއް ނެތެވެ.
ގާނޫނުއަސާސީ ބުނާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރު މިހާރު ވަނީ ފެށިފަ އެވެ. އެކަމަކު ގާނޫނާ ޚިލާފަށް ދައުރުން ބޭރު ޖަލްސާއެއް ބާއްވަން އެޖެންޑާކުރުމުން އަމާޒުކުރި ފާޑުކިއުންތަކަށް ޕީޕީއެމުން ރައްދު ދިނީ މިގޮތަށެވެ؛ "ޖަލްސާގައި ސައިޒު ދައްކާލާނަމެ"ވެ. މާނައަކީ، މަޖިލީހުގެ މެޖޯރިޓީ އޮތީ ރައީސް ޔާމީނަށް ކަން އެ ޖަލްސާ އިން ސާފުވާނެ ކަމެވެ.
މިގޮތަށް މެމްބަރުން ވިދާޅުވެފައި ވަނިކޮށް، ދެން ފެނުނީ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައެޅި 12 މެމްބަރުން ޖަލްސާއަށް ނުވައްދަން ސަރުކާރުން ކުރި މަސައްކަތެވެ. ބޭނުމަކީ މަޖިލީހަށް ހާޒިރުވެ ގަރާރު ފޭލްކޮށްލަން އިދިކޮޅަށް ފުރުސަތު ނުދިނުމެވެ. ސުޕްރީމް ކޯޓުން މި މަހުގެ 1 ގައި ނެރުނު އަމުރުގައި 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް އޮތް ބަޔަށް އަމަލުކުރުން މަޑުޖައްސަލަން ސުޕްރީމް ކޯޓުން ކުއްލި ގޮތަކަށް އަމުރެއް ނެރުނީ އެވެ.
ސުޕްރީމް ކޯޓުގެ އަމުރަށް ފާޑުކިޔަނީއެއް ނޫނެވެ؛ އެކަމަކު މެމްބަރުންގެ ކަންބޮޑުވުމަކީ، އެ ކޯޓުގެ އަމުރެއް، ފަހު ވަގުތު ސަރުކާރުން ބޭނުންވި ގޮތަކަށް ބަދަލު ކުރުމެވެ. އެއީ، ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ނުފޫޒެއް ނެތި ނެރުއްވި އަމުރެއް ކަމަށް އެ 12 މެމްބަރުން ގަބޫލުނުކުރައްވަނީ އެހެންވެ ކަމަށް ވެސް ވެދާނެ އެވެ.
މަޖިލީހުގެ ކޮންޓްރޯލް ސަރުކާރަށް ގެއްލުން
މަޖިލީހުގައި ހިމެނޭ 85 މެމްބަރުންގެ ތެރެއިން ވެރިކަން ކުރާ ޕީޕީއެމް/އެމްޑީއޭ ކޯލިޝަންގައި މިހާރު ތިއްބެވީ 41 މެމްބަރުންނެވެ. އެއީ ޕީޕީއެމްގެ 36 މެމްބަރުންނާއި އެމްޑީއޭގެ ފަސް މެމްބަރުންނެވެ. މީގެ ތެރޭގައި، ރިޔާސަތުގައި އިންނަވާ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ވެސް ހިމެނިވަޑައިގަންނަވަ އެވެ.
ސަރުކާރާ އިދިކޮޅު ޕާޓީތަކަށް 44 މެމްބަރުން މިހާރު އެބަތިއްބެވި އެވެ. އެކަމަކު، ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި މައްޗަންގޯޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން ހުންނެވީ ހައްޔަރުކޮށްފަ އެވެ. އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ހުންނެވީ އަމިއްލަ އަށް އަރުވާލެއްވިގެން ޖަރުމަނުވިލާތުގަ އެވެ.
މަޖިލީހުގެ މެމްބަރުން މިހާރު ބެހިފައިވާ ގޮތަށް ބަލާއިރު، ގަރާރު ފާސްކުރަން ބޭނުންވާ އަދަދަށް ޕީޕީއެމަށް ވޯޓު ހަމައެއް ނުވާނެ އެވެ.
މި ގަރާރާ ގުޅޭ ގޮތުން ވެސް ޕީޕީއެމާއި އިދިކޮޅުގައި ބޮޑު ކޯޅުމެކެވެ. އެ ބަޔަކަށް ފަހިވާ ގޮތަށް ގާނޫނުއަސާސީ އާއި ގާނޫނުތައް މާނަކޮށްގެން ރައްޔިތުންނަށް ވިސްނައިދެވޭތޯ މަސައްކަތް ކުރަނީ އެވެ.
އިދިކޮޅު މެމްބަރުން ފުރަތަމަ ނަގާ މައްސަލައަކީ، މަޖިލީހުގެ ދައުރު ފެށިފައި ވަނިކޮށް ގަރާރު ފާސްކުރަން ދައުރުން ބޭރު ޖަލްސާއެއް ބޭއްވުމެވެ. ގައުމުގައި ނެތް ހާލަތެއް، ސަރުކާރު ބޭނުންވާ ކަންތައްތަކެއް ކުރަން އުފައްދައި، ބާއްވަން އުޅެނީ ގާނޫނާޚިލާފު ޖަލްސާއެއް ކަމަށް އިދިކޮޅުން ބުނެ އެވެ. އެއާ އެކު، ރައީސް ޔާމީން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރައްވައިގެން ހިންގަވަނީ ވެސް ގާނޫނާ ޚިލާފު އަމަލުތަކެއް ކަމަށް އިދިކޮޅުން ތުހުމަތު ކުރެ އެވެ.
އެކަމަކު ސަރުކާރުން ބުނެފައި ވަނީ، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރަން ޖެހުނީ، ބޮޑެތި ހުކުމްތަކެއްގައި ތިބި އިދިކޮޅު ލީޑަރުންތަކެއް ދޫކޮށްލަން ސުޕްރީމް ކޯޓުން މި މަހު 1 ގައި، ނެރުނު އަމުރުން ދައުލަތުގެ ހިންގުން އޮޅުންބޮޅުންވެ، މުއައްސަސާތަކުގެ ހިންގުމުގެ ނިޒާމަށް ބުރޫއަރައި ގައުމާއި ރައްޔިތުންނާ ގުޅުން ހުރި އެތައް މަސްލަހަތުތަކެއް ގެއްލިދާނެތީ އެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ މި މަހު 5 ގައި ރައީސް އިއުލާންކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތާ ގުޅޭ ގަރާރު މިރޭ 8:00 ގެ ކުރިން މަޖިލީހުން ފާސްނުކޮށްފި ނަމަ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްގެން ހިންގި ހުރިހާ ކަމެއް ވެސް ބާތިލްވާނެ ކަމަށެވެ.
"ފަނަރަ ދުވަހަށް ހިންގާފައި މި އޮތް ސްޓޭޓް އޮފް އިމަޖެންސީ މާދަމާ ރޭ [މިރޭ] 8 ޖެހުމާ ހަމައަށް، މިއަށް ގޮތެއް ނުނިންމައިފިއްޔާ ގަރާރު ބާތިލްވެގެންދާނެ. އެއާ އެކު މި ސްޓޭޓް އޮފް އިމަޖެންސީގެ ދަށުން ހިންގާފައިވާ ހުރިހާ ކަމެއް ވެސް ބާތިލްވެގެންދާނެ،" އިބޫ ވިދާޅުވި އެވެ.
ގަރާރު ފާސްކުރަން ބޭނުންވާ އަދަދަށް، ޕީޕީއެމަށް މަޖިލީހުގެ މެމްބަރުން ހަމަނުވާނެ ކަމަށް ވެސް ވަރަށް ޔަގީންކަމާ އެކު އޭނާ ވިދާޅުވި އެވެ.
އިދިކޮޅުގެ މި ވާހަކަތަކަށް ފާޑުކިޔައި، ޕީޕީއެމުގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހްމަދު ނިހާން ވިދާޅުވީ އެ ގަރާރު ފާސްކުރެވެން އޮތީ 43 މެމްބަރުން ހަމަވެގެން ކަމަށް ވިއަސް އަދަދު ހަމަނުވާ ނަމަ އެ ގަރާރު ފާސްނުކޮށް ބޭއްވޭނެ ކަމަށެވެ.
އެއީ ފާސްކުރަން ކޮންމެހެން ލާޒިމު ގަރާރެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
ނިހާން ވިދާޅުވި ގޮތުގައި ކުއްލި ނުރައްކަލުގެ ހާލަތާ މެދު ހިތްހަމަނުޖެހޭ ނަމަ އެ ގަރާރު ބާތިލް ކުރުމަށް ވޯޓް ދޭން ޖެހޭނީ ހިތްހަމަނުޖެހޭ މެމްބަރުންނެވެ.
އެ ޕާޓީގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު ފާސްކުރުމަކުން ނުވަތަ ނުކުރުމަކުން ކުއްލި ނުރައްކަލުގެ ހާލަތަށް ބަދަލެއް ނާންނާނެ ކަމަށެވެ. "މި ގަރާރު ފާސްނުވެގެން މާދަމާ [މިއަދަށް] މުއްދަތު ހަމަވެއްޖިއްޔާ، ގާނޫނުއަސާސީގައި އެބަ އޮތޭ މިހާރު އޮތް ހާލަތުން އަނެއް 15 ދުވަސް އިއުލާން ކުރުމުގެ ނުވަތަ 30 ދުވަސް އިއުލާނު ކުރުމުގެ އިހުތިޔާރު،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ގަރާރު ފާސްކުރަން ދައުރުން ބޭރު ޖަލްސާއެއް މިއަދު ބާއްވަން މިވަނީ ނިންމައިފަ އެވެ.
އެއް ކަމެއް ޔަގީނެވެ؛ ރައީސް ޔާމީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ކުއްލި ނުރައްކަލުގެ ހާލަތާ ގުޅޭ ގަރާރު، "ކޮންމެ ގޮތަކުން" ނަމަވެސް ފާސްކުރާނެ ކަމެވެ. ގާނޫނާއި ގަވާއިދުތައް ބޭނުން ގޮތަކަށް މާނަކޮށްގެން ނަމަވެސް ސަރުކާރުގެ މެމްބަރުން އެކަން ކުރައްވާނެ ކަމަށް އިދިކޮޅު މެމްބަރުން ވިދާޅުވެ އެވެ. އޭގެ މިސާލަކީ އަދަދު ހަމަނުވިޔަސް ގަރާރު ފާސްކުރާނެ ކަމަށް ޕީޕީއެމްގެ ބައެއް މެމްބަރުން ވިދާޅުވި ވިދާޅުވުމެވެ.
އެއާ އެކު ދެން އޮތީ، ކުއްލި ނުރައްކަލުގެ ހާލަތު ސައްހަތޯ ނޫންތޯ ކަނޑައެޅުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިލަބޯ
20 February 2018
އުތުރުކޮރިއާވެސް ބޭރުބަޔަކު އަޅުވެއްޗެއް ނުކުރޭ އެކަމަކު ރައްޔިތުން އެޔައްވުރެ ބޮޑަކައް އަޅުވެއްޗެއްނުވާނެ! ޗައިނާމީހުން އަޅުވެތި ކުރިމެކޭ އިންޑިޔާ މީހުން އަޅުވެތިކުރީމެކޭ! އެގައުމެއްގެ މިލުޓުރީ ބޭނުކޮއްގެން ރަހުމު ކުޑަމީހެއްގެ ގޮއްމުގެ އަވެތިކަމެގެ ތަފާތަކީ ބޭރުބަޔަކައްވުރެ އަނިޔާވެރިވުން
އަބްދުއްލާ
20 February 2018
ކޮލެޖް ބޯއީ ބުނީރަނގަޅަށް ގާނޫނުއަސާސީ އޮތްގޮތުން ގަރާރެއްގެ މުއްދަތު ހަމަވީމަ އަނެއްގަރާރު އިއުލާންކުރެވޭނެ 14 ދުވަހުން މަޖިލީހަށް ގަރާރު ފޮނުވީމަ ނިމުނީ އެގަރާރު ފާސްކުރަންޖެހޭނީކޮންދުވަހަކު ކަމެއްނެތް . އެގަރާރު ފާސް ވިޔަސް ފާސް ނުވިޔަސް އެ ގަރާރުގެ ދަށުން ހިންގި އެއްވެސް ކަމަކަށް ބަދަލެއް ނާންނާނެ.އެއިން ކަމެއް ބާތިލެއްވެސް ނުވާނެ.
މަރޭމިތުރާ
20 February 2018
ޖެއްސުންތަކެއް މިގައުމުގެ ރައްޔިތުން ބޭނުން ނުވޭ!.. ރައްޔިތުންނާއި ކޮންމެ ދުވަހަކު މިސަރުކާރު ފޮށޭ!
އަލީގ
20 February 2018
އެމާޖެންސީ ހަމަ ނިމޭއިރައް އޮޑިން ފުންމާލަން ތިބި ކުދިން ގިނައީކަންނޭނގެ އެހެންވެ އެކަމާބިރުން އެއުޅެނީ. އެކަމަކު އަބަދައް އެމާޖެންސީއެއްވެސް ނުދެންމޭނެދޯ.
ހާރިސްް
20 February 2018
އެންމެ މަތިވެރި ޖިހާދަކީ އަނިޔާވެރި ވެރިއެއްގެ ކުރިމަތީ ބުނާ ޙައްގު ބަސް - ހަދީސް.
ތނސ މމ
20 February 2018
ދެން ގާނޫނުއަސާސީގެ 87 ވަނަ މާއްދާ އިސްލާހް ކޮށް 39 މެމްބަރުންނަށް ހެދީމަ ވީނު. އެބޭފުޅުންނަށް މުހިއްމެއް ނުވާނެ ޤާނޫނު އޮތް ގޮތެއް. ޤާނޫނު އެބޭފުޅުން ބޭނުންފުޅުވާ ގޮތަކަށް އެދަނީ ބަދަލު ކޮށް ބޭނުން ފުޅުވާ ކަންތައް ކުރައްވަމުން. ޢަނިލް & އާޒިމާ ޝުކޫރު ވިދާޅުވާ ކޮންމެ އެއްޗެއް ވާނީ ޤާނޫނުގަ ނެތަސް އޮތް އެއްޗަކަށް. ޢިންތިހާބެއް ވެސް ނުބާއްވާ ދެން އަންނަ ދައުރަކަށް ވެސް ތިބޭފުޅުން ބޭނުންވާ ގޮތް ހައްދަވާ. ރައްޔިތުން ތިބޭނެ ގަނެތެޅެން އިދިކޮޅުން ބަސްބުނާނެ އެ އަށް ބީރު ކަންފަތް ދިނީމަ ވީ
ކޮލެޖް ބޯއީ
20 February 2018
ބަލަގަ. ރައީސް ބޭނުންވެއްޖެނަމަ، މިރޭ 8.00 ޖަހާ އިރު ކުއްލި ނުރައްކަލުގެ މުޅިން އާ، ވަރަށް ތާޒާ ގަރާރެއް އިއުލާނު ކުރެވޭނެ. މިކަމަށް އެއްވެސް ގާނޫނެއް ހުރަހެެއް ނާޅާ. ދެން މީގެ 15 ދުވަހުގެ ކުރިން އިއުލާނުކުރި ކުއްލި ނުރައްކަލާއި މެދު މަޖިލީހުން ގޮތެއް ނުނިންމުނީމަ އެ އެތި މަޖިލީހުގެ ތަލަމުގައި އޮވެދާނެ ނުން. ދެން އަނެއްކާވެސް، ދެވަނަ ކުއްލި އެއް އިއުލާނުކޮށް އެއަށް ދުވަސް ހަމަވާއިރަށް މަޖިލީހުގެ ތަޅަމަށް އެވެސް ވައްދާނީ. ދެވަނަ އަމުރަށް ވެސް މަޖިލީހުން ގޮތެއް ނުނިންމިއްޖެނަމަ، ރައީސް އަނެއްކާ ވެސް މުޅިން ތާޒާ އާ އަމުރެއް ނެރޭނީ.
ޕިކްސް
20 February 2018
ދެން ފެންނާނީ ގޭޓްމަތިން ބޭރުކުރިގޮތަށް އެތެރެކުރާ ތަން ކަންނޭގެ އަދަދު ހަމަކޮއްލަން.
މަރޭމިތުރާ
20 February 2018
{"މަގޭ ވޯޓް މިގައުމުގެ ބޮޑު އަމާނާތެއް!.. އަގަށް ވިއްކާލުމީ މިގައުމަށްވާ ހިޔާނާތެއް! }.......މިގައުމުގެ ހަރު މުދާނެތިކޮށް މިދީބުގެ އަލި އުޖާލާކަން އަނދިރުކުރުމީ މިގައުމަށްވާ ހިޔަނާތެއް!
ބަބުރުކުއްޖާ
20 February 2018
ސަރުކާރުގެ އެމް ޕީ އިންނޭވެ. މި ވެސް ހަމަ ތަމެންގެ އަނބި ދަރިން ނާއި އާއިލާތައް އުލެންޖެހިފައިވާ ޤައުމުއެވެ. މިހާރު މިވާގޮތުން ތަމެންގެ އަމަޅު ތައް ހުރިގޮތުން މި ޤައުމު އިންޑިއާ ނުވަތަ ޗައިނާގެ ބެލުމުގެ ދަށައް ދިއުމަކީ ވަރަށް ގާތުގާ އޮތް ކަމެކެވެ. ބޭރުގެ ބައެއްގެ ދަށުވެ މި ޤައުމު އަޅުވެތި ވީމާ ތަމެންވެސް ގިސްލަ ގިސްލަފާ ނުރޮއްޗެވެ. ތަމެން އާއިލާތައް ގޮވައިގެން ރާއްޖޭ އިން ބޭރުގައި މާ ގިނަ އަހަރު ތަކެއް ވަންދެން ނޫލެވޭނެ ކަން ޔަޤީނެވެ. މަމެންނަށް ހަމަ ޔަޤީނުންވެސް އެނގޭ ކަމަކީ 21 ވަނަ ޤަރުނުގައި ގައުމެއް އަޅުވެތި ވެއްޖެ ނަމަ މި ދިވެހިރާއް މި ފަހަރު ބޭރު ބައެއްގެ އަޅުވެތި ވާނެ ކަމާ މެދަކު މަމެން އެއްވެސް ޝައްކެތް ނުކުރަމެވެ. ރައްޔިތުން ޖެހޭނީ ބަޑަށެވެ. ގޮތްދޫ ނުކޮއް ތިބެން ޖެހިއްޖެ ނަމަ މި ކަމުގެ އާޙިރުގެ ނިމުން ހިތިވާނެ ކަން ޔަޤީނެވެ.