އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު އިދިކޮޅު ޖަލްސާއެއްގައި: އޭނާ ހައްޔަރުކުރީ މިދިޔަ ހުކުރު ދުވަހު. -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
21 ފެބުރުއަރީ 2018 - 14:04
އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒުގެ މައްޗަށް ވެސް ކުރަނީ، މާލެ ތެރޭގައި ހަމަނުޖެހުން ހިންގަން ރާވައި ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތު ކަމަށް އޭނާގެ ވަކީލު އަބްދުﷲ ޝާއިރު މިއަދު ވިދާޅުވެއްޖެ އެވެ.
މި މަހު 5 ގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، އުއްތަމަ ފަނޑިރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އިތުރުން ވެސް ސިޔާސީ ބޭފުޅުންތަކެއް، މި ތުހުމަތަށް ވަނީ ހައްޔަރުކޮށްފަ އެވެ.
ޝިފާޒް ހައްޔަރުކުރީ މިދިޔަ ހުކުރު ދުވަހު އެމްޑީޕީގެ ހަރުގެ ތެރޭގައި ހުންނަވަނިކޮށެވެ.
އޭނާގެ ވަކީލް ޝާއިރު ވިދާޅުވީ ޝިފާޒު ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން ފުރަތަމަ ބުނި ނަމަވެސް، ފަހުން ފުލުހުން ބުނެފައިވަނީ އޭނާ ހައްޔަރު ކުރީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ކަމަށެވެ. އެމްޑީޕީގެ ނައިބު ރައީސްގެ ހައިސިއްޔަތުން މަގާމުގެ ޒިންމާ އަދާކުރެއްވުމަށް އެ ޕާޓީގެ ހަރުގޭގައި ހުންނަވަނިކޮށް ހައްޔަރުކުރީ ގާނޫނާ ޚިލާފަށް ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.
"އިމަޖެންސީއޭ ބުނެ ހިތުހުރި ގޮތަކަށް އަމަލުކުރުމުގެ އިޚްތިޔާރެއް ގާނޫނުތަކުން ފުލުހުންނަށް ދީފައެއް ނުވޭ. ހައްޔަރުކުރާ އެއް ބަޔަކަށް އާއްމު އުސޫލުން އަމަލުކޮށް، އަނެއް ބަޔަކު އިމަޖެންސީގެ ދަށަށް ބަދަލުކޮށް ހުރިހާ ހައްގުތަކެއް ހިފަހައްޓާފައި މިވަނީ،" އޭނާ ވިދާޅުވި އެވެ.
ޝާއިރު ވިދާޅުވި ގޮތުގައި ޝިފާޒަކީ ކުއްލި ހާލަތުގެ ތެރެއަށް ފެތޭ ބޭފުޅެއް ނޫނެވެ. އޭނާ ހައްޔަރުކޮށްގެން ފުލުހުން ހިންގަމުން ދަނީ ޣައިރު ގާނޫނީ އަމަލުތަކެއް ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.
އިދިކޮޅު ޕާޓީތަކުން ބޭއްވި އެއްވުމުގައި ޝިފާޒްގެ އިތުރުން އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެމްބަރު ހުސައިން އަމްރާއި އިތުރު ބަޔަކު ވެސް ހައްޔަރުކުރި އެވެ. އޭގެ ތެރެއިން ބައެއް މީހުން ވަނީ ދޫކޮށްލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޭބެ
28 February 2018
އެނޫން ކޮން ތުހުމަަތެއް ކުރަންވީ ފާޅުކަން ބޮޑުގޮތެއްގާ ސަރުކާރު ވައްޓާލާން ނޫންތަ ތިއުޅެނީ
ޢަހުމަދު
21 February 2018
ސަރުކާރަކީ އަތްލާ ކޮށްޕާހެދޭ އެއްޗެއްނޫން. ޝިފާޒު ކިހިނެއް ސަރުކާރު ވައްޓަން އުޅުނީ.
ސަކިނާ
21 February 2018
އެމީހުންގެ ނަޒަރުގައި ޔަމީނުކުރާކަމެއް ގޯހޭ ބުނާ މީހުން އެއޫޅެނީ ވެރިކަމާހެދި ނުވަތަ ވެރިކަން ވައްޓާލަން ނުވަތަ ބަޢާވާތެއް ކުަރަން.
ތީތި
21 February 2018
ތީހަމަ ހައްޔަރުކުރަންޖެހޭ ސޮރެއް
އިންސާފުގެ ތިލަފަތް
21 February 2018
ނުހައްގުން ތިދޭ އަނިޔާގެ ހިތި ރަހަ ލާނޭ ދުވަސް ދުރަކު ނެތް އިރާދަކުރެވިއްޔާ...ޝިފާޒަކީ އިންސާފު މަގުގައި ދެގޮތެއް ނުވެ ސާބިތުކަން ދައްކަމުން އަންނަ އަހަރެމެން ފަހުރުވާ ބަތަލެއް
ކިނާން
21 February 2018
ހީވެގެން މިއުޅެނީ ބޭނުންހާ ގޮތެއް ހެދޭނެ ކަމަށް ނުވާނެ އެކަމެއް އިރާދަ ކުރެވިޔާ ރައީސް ޔާމިން ދާނީ ކުރިޔައް ރައްޔަތުން ތިބީ ސަރުކާރާ އެކް
ކިނާން
21 February 2018
މިމީހުންގެ މަގުސަދަކީ މީ ގާނޫނީ ސަރުކާރު ވައްޓާލުން ދެން ކިހިނައް މި މީހުންނނަށް ރައްޔަތުންގެ ކުރިމަތީގައި ރަނގަޅު ވާހަކައެއް ދެއްކޭނީ
އަޙްމަދް.
21 February 2018
ސަލި:
ޙަޟަ.ން
21 February 2018
ރަނގަޅު ގައުމައް ގައްދާރުވާމީހުން ނަށް ރަނގަޅު އަދަބް ދީ
ބޮން
21 February 2018
ރައީސް ޔާމީނާ ކޮށްލަން ބޭނުންވާ ސުވާލަކީ ޓީވީ ޕްރޮގްރާމެއްގައި 2012 މަނިކުފާނު ވިދާޅުވެފައިވެއޭ "ސަރުކާރު ވައްޓާލުން" މިލަފްޒު މިއީ އެހޭ ބިރުވެރި ލަފްޒަކަށް ވެގެން އުޅެނީ ކީއްވެހޭ؟ ވީމާ، މިއަދު މަނިކުފާނު ކީއްވެގެންތޯއޭ އެ ލަފުޒު ދެކެ ތިހާ ބިރުން ތިއުޅުއްވަނީ.