ޕީޕީއެމްގެ ޕްރެސް ކޮންފަރެންސެއްގައި ޚަލީލް ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ/މިހާރު
26 ފެބުރުއަރީ 2018 - 15:05
ރައީސް އަބްދުﷲ ޔާމީން މިދިޔަ ހަފުތާގައި އިއްވެވި ރިޔާސީ ބަޔާނުގައި، ފ. ނިލަންދޫ އެއާޕޯޓުގެ މަޝްރޫއުގެ ވާހަކަ ހިމަނުއްވާފައި ނުވާތީވެ ހިތްހަމަޖެހިވަޑައިނުގެން، ޕީޕީއެމްގެ ހަރަކާތްތަކުން ނިލަންދޫ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް ޑރ. އަބްދުﷲ ޚަލީލް "ގެއްލިއްޖެ" އެވެ.
މިދިޔަ އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވެފައި ވަނީ، ނިލަންދޫ އެއާޕޯޓު މަޝްރޫއުގެ އަމަލީ މިދިޔަ އަހަރުގެ ތެރޭގައި ފަށާނެ ކަމަށެވެ. ބިން ހިއްކުމާއި އެއާޕޯޓު މަޝްރޫއަށް 171،544،949ރ. ވެސް ބަޖެޓުގައި ވަނީ ހިމަނައިފަ އެވެ. އެކަމަކު، މިހާތަނަށް މަސައްކަތް ނުފެށިވާއިރު، މި އަހަރުގެ ރިޔާސީ ބަޔާނުގައި ނިލަންދޫ އެއާޕޯޓާ ގުޅޭ އެއްވެސް ވާހަކަފުޅެއް ރައީސް ނުދައްކަވަ އެވެ.
އިތުބާރު ހުރި ގޮތަކަށް "މިހާރު" އަށް އެނގިފައިވާ ގޮތުގައި މިދިޔަ ބުދަ ދުވަހުގެ ރޭ ރިޔާސީ ބަޔާން އިއްވެވުމަށް ބޭއްވި ޖަލްސާ ނިމުމާއެކު އެތަނުގައި މަޑުނުކުރައްވައި ޚަލީލް ވަނީ ވަޑައިގެންފަ އެވެ. އެ ޖަލްސާ ބޭއްވުމާ ހަމައަށް، ޕީޕީއެމްގެ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވި ޚަލީލް އެ ޕާޓީގެ ޕްރެސް ކޮންފަރެންސްތަކުން ވެސް މިހާރަކު ނުފެނެ އެވެ. އޭގެ ފަހުން މިހާތަނަށް ބޭއްވި ޕީޕީއެމްގެ އެއްވެސް ޖަލްސާއެއްގައި ވެސް ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ.
ނިލަންދޫ އެއާޕޯޓާ މެދު އެ ރަށުގެ ރައްޔިތުން ދެކޭ ހުވަފެން ހަގީގަތަކަށް ހައްދައިދެއްވަން ޚަލީލް މަސައްކަތް ކުރައްވާއިރު، ސަރުކާރުން އެއްބާރުލުން ނުލިބުމަކީ އޭނާ ހިތްހަމަޖެހިވަޑައިނުގަތް ސަބަބެއް ކަމަށް "މިހާރު"އާ ވާހަކަ ދެއްކެވި ބޭފުޅާ ވިދާޅުވި އެވެ.
"އެއީ، ދާއިރާގެ ރައްޔިތުން ވަރަށް އުއްމީދުކޮށްގެން ތިބި ކަމެއް. އެކަމުގެ ކަންބޮޑުވުން ރައްޔިތުން މެމްބަރަށް ހުށަހަޅާ،" އޭނާ ވިދާޅުވި އެވެ.
ޕީޕީއެމްގެ ހަރަކާތްތަކުން ނުފެންނަނީ ކީއްވެތޯ ސާފުކުރަން، ޚަލީލަށް ގުޅުމުން ފޯނު ނުނަންގަވާތީ އޭނާގެ ބަހެއް ނުލިބުނެ އެވެ.
ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވެފައި ވަނީ، ރާއްޖޭގެ އެތެރޭގެ ވައިގެދަތުރުފަތުރުގެ ޚިދުމަތް މިހާރަށް ވުރެން ފުޅާކުރުމަށް މި އަހަރު، ހދ. ކުޅުދުއްފުއްޓާއި ށ. ފުނަދު އާއި ނ. މާފަރާއި ގދ. މާވަރުލުގައި ގާއިމްކޮށް ނިމެނޭ އެވެ. އަދި ހއ. ހޯރަފުށި ކައިރީގައި އެއާޕޯޓެެއް އެޅުމުގެ މަސައްކަތް ވެސް މި އަހަރު ފަށާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
joone
28 February 2018
މިހާރު ފެނިއްޖެ
ހަބޭސް222
27 February 2018
އޮޑި ފެތެމުންދާތީވެ އޮޑިން ފައިބައިގެން ފިލީ ކަމަށްވާނީ!
Heyo
27 February 2018
ރޭގަ ޗެނަލް 13 ގަ އިނީ ކާކުބާ
ވޭސް
27 February 2018
ކަންތައް ދަނީ ގޯހުން ގޯހަށްތާއެވެ. އައްޑޫގައިވެސް އެންމެ ޕީޕީއެމް ވެގެން އުޅުނު އިސް ދެ ސިވިލްސާވަންޓުން (ދެމަފިރި ޑޮކްޓަރުން) "ދެނެއްނުދާނަން" ކަމަށް ބުނފި ހަބަރު ލިބެއެވެ. ކޮއްކޮގެ ފިރިސޮރު އިދިކޮޅު އެމްޕީ އެއް ހައްޔަރު ކުރި މައްސަލާގައެވެ. މެޑަމްގެ ޖަލްސާއަށް ނުދިޔައިރު އޮފީހުގެ މުވައްޒަފުންނަށްވެސް ނާންގައިގެން އެޑިއުކޭޝަން ވައިބާރ ގުރޫޕްވެސް ހަލަބޮލިވިކަމަށްބުނެވެތެވެ.
އެކޮޅުގޭ މުޙައްމަދު
27 February 2018
ކޮންމެ މެމްބަރަކަށް އެއަރޕޯރޓެއް އަޅަންވެއްޖެނަމަ ދެންހުރި ކަންކަން ޖެހޭނީ ހުއްޓާލަން ، މީހާރުންމިހާރަށް ނުފެށުނަސް އަދި ފައްޓަވާނެ ރައީސް ޔާމީން ހަނދުމަފުޅު ނެތިގެން ވާހަކަފުޅެއް ވިދާޅު ނުވެވުނަސް ބޮޑާ ހާކައިގެން ނުވާނެ ކެއްތެރިކަމެއްވެސް ހުންނަންވާނެ އިދިކޮޅުބައިގަނޑު އެއުއެޅޭގޮތުން މަގޫފަތް ކާން ނުޖެހުނިއްޔާ ރަނގަޅު މުޅި ދުނިއެއަށް ދޮގުފަތުރައި މިރާއްޖެ މުޅިން ހަފުސްކޮށްފި މިނުބައި ރޭވުމުގެ ސަބަބުން ދަތިވާނީ ހަމައެކަނީ ސަރުކާރުގައި ތިބި މީހުންނަކަށް ނޫނެވެ
މަގޭ ރަށް
27 February 2018
އަަސްތާ މަގޭ ޤައުމާ މަގޭ ވަތަނަށް ވުރެއް މަގޭ ރަށް އިސްވީ ކޮންއިރަކުތޭ....މިކަހަލަ މީހުން ބޭނުމެއް ނޫން..ބޭނުމީ ބޮޑުމަންޒަރު ފެންނަމީހުން..
ހޮސް
27 February 2018
ކޮންމެ މީހަކުވެސް ފެޔަށް ޖެހެނީ އަމިއްލަ އެދުމާހުރެ.
ބެއްޔާ ފަރެސްމާތޮޑާ
27 February 2018
ކޮބާހޭ ފަރެސްމާތޮޑާ އެއަޕޯޓު އަހަރެމެންގެ މެންބަރު އަނެއްކާ ނުގެއްލޭތަ، ނުގެއްލޭނެއެއްނު އަމިއްލަ ޖީބަށް ބަރުވާވަރުން. ކަލޯ ދެންނާންނާތި ވޯޓޭ ކިޔާފަ ދާއިރާއަށް.
ޙަފްޞާ / މާލެ
27 February 2018
ބަޔަކު މޮޔަވެގެންއުޅުނަސް މިދެން ފުކެއްބޮޑުވަރު! ޚަލީލު ހުރީ ސަރުކާރުގަ! އަދި ފ އަތޮޅު އެޔަރޕޯޓުވެސް އަޅާނެ!
ޙލލލ
27 February 2018
ތިޔަ ގެއްލުން ދާއިމީ ވާންވީ. ފައިސާ ފޮއްޗެއް ދިއްކޮށްލާއިރަށް ބަދަލު ނުވެ.