ވިޔަފާރި / ކުއްލި ނުރައްކަލުގެ ހާލަތު

ޓޫރިޒަމް އިންޑަސްޓްރީ ހާސްކަމެއްގެ ތެރޭގައި

ރާއްޖެ އައި ޓޫރިސްޓުންތަކެއް މާލޭގެ ތޮށިގަނޑުމަތިން ހިނގާފައި ދަނީ: ރާއްޖެ ސިޔާސީ ހާލަތާއި ގުޅިގެން ގިނަ ގައުމުތަކުން ވަނީ ޓްރެވަލް އެޑްވައިޒަރީ ނެރެފައި.

ހުޅުމާލޭގައި ހިންގާ ގެސްޓް ހައުސްއެއްގެ ޖެނެރަލް މެނޭޖަރާ އެކު ކޮފީއެއްގައި އިންދާ އެތަނުގެ ބޭރު މުވައްޒަފަކު އައިސް އެހީ މި މަހުގެ މުސާރަ ޖަމާވަނީ ކޮން އިރަކުންތޯ އެ؟ އެ ވަގުތު ޖެނެރަލް މެނޭޖަރު ޖަވާބު ދިނެވެ: "މި މަހު މުސާރަ ދެވޭނީ އަދި ތަންކޮޅެއް ފަހުން. މުސާރަ ދެވޭތޯ މަސައްކަތްކުރަމުން މި އަންނަނީ."

އެ ގެސްޓް ހައުސްގެ އޮކިއުޕެންސީ މިދިއަ މަހު 10 އިން ފެށިގެން ދަށްވަމުން ދިއުމުގެ ސަބަބުން މި މަހުގެ މުސާރަ އާއި ކުލި ދައްކަން ވަނީ އުނދަގޫތަކެއް ކުރިމަތިވެފަ އެވެ. މި ހުރިހާ މައްސަލައެއް ދިމާވެގެން މި އުޅެނީ ފެބްރުއަރީ 5 ގައި އިއުލާންކުރި ކުއްލި ނުރައްކަލުގެ ހާލަތުގެ ސަބަބުންނެވެ.

"ކުއްލި ހާލަތު އިއުލާންކުރުމުގެ ކުރިން މިތަން އޮތީ މުޅި މަހަށް ބަލާއިރު 90 ޕަސެންޓް ފުލްވެފައި. ނަމަވެސް ފެބްރުއަރީ ފަސް ވަނަ ދުވަހުން ފެށިގެން ބުކިންތައް ކެންސަލްވަމުން ގޮސް މަސް ނިމުނުއިރު 40 ޕަސެންޓަށް ވެއްޓުނު. އެހެންވެ ހަދާނެ ގޮތެއް ނެތިގެން މިއުޅެނީ،" ނަން ނުޖަހަން އެދި ވާހަކަ ދެއްކި ޖެނެރަލް މެނޭޖަރު ބުންޏެވެ.

"ކޮންމެ ގޮތެއް ވިޔަސް ކުއްޔާއި މުސާރަ އަދި ޓެކްސްތައް ދައްކަން އެބަ ޖެހޭ."

މާލެ އައި ޓޫރިސްޓުންތަކެއް މިދިޔަ މަހު ޖުމްހޫރީ މައިދާން ކައިރީގައި މަޑުކޮށްލައިގެން: ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމުން ޓޫރިޒަމް އިންޑަސްޓްރީއަށް މިލިއަން ޑޮލަރުގެ ގެއްލުން ދަނީ ލިބެމުން. ފޮޓޯ: ހުސެއިން ވަހީދު /މިހާރު

ސިޔާސީ މަސްރަހު ހަލަބޮލިވެ، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމުން އެންމެ ބޮޑު ގެއްލުމެއް ލިބެމުން ދަނީ ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ މައި ތަނބު ކަމަށްވާ ޓޫރިޒަމަށެވެ. ހުޅުމާލެ އާއި އެކި ރަށްރަށުގައި ހިންގާ ގިނަ ގެސްޓް ހައުސްތަކާއި ގިނަ ރިސޯޓުތަކުގެ އޮކިއުޕަންސީ ވަރަށް ބޮޑަށް ދަށްވެ، މައްސަލަތައް ވަނީ ކުރިމަތިވެފަ އެވެ. މިއީ ފަހުގެ ތާރީހެއްގައި ޓޫރިޒަމް އިންޑަސްޓްރީއަށް ލިބުނު އެންމެ ބޮޑު ގެއްލުމަށް ވާނެ އެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމާ އެކު ބޭރުގެ ބޮޑެތި މީޑިއާތަކުން ރާއްޖޭގެ ސިޔާސީ މަސްރަހާ ބެހޭ ގޮތުން ގެނެސްދިން ހަބަރުތަކާ ގުޅިގެން އެ ދުވަހުން ފެށިގެން ދުވާލަކު އެތައް ސަތޭކަ ބުކިންއެއް ކެންސަލްވާން ފެށީ އެވެ. ހާއްސަކޮށް ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ޗައިނާއިން ރާއްޖެއަށް ދަތުރު ނުކުރަން ގޮވާލުމުން އޭގެ ނޭދެވޭ އަސަރު ކުރިލެއް ބޮޑެވެ.

ޓޫރިޒަމް އިންޑަސްޓްރީއަށް ލިބޭ ގެއްލުމަކީ މުޅި ރާއްޖޭގެ އިގްތިސާދަށް ލިބޭ ގެއްލުމެކެވެ. ރާއްޖެއަށް އެންމެ ބޮޑު އާމްދަނީ ލިބޭ ދާއިރާއަށް މިލިއަން ޑޮލަރުން ގެއްލުންވުމުން، އޭގެ ނޭދެވޭ އަސަރު ދައުލަތަށާއި އާއްމުންނަށް ވެސް ކުރާނެ އެވެ. ދައުލަތަށް ޓެކްސްގެ ގޮތުގައި ލިބޭ އާމްދަނީ މަދުވެ އެވެ. އެތައް ބައެއްގެ ވަޒީފާ ގެއްލުމުގެ ބިރު ބޮޑުވެ އެވެ.

ގިނަ ރިސޯޓުތަކުން މިހާރު ވެސް ވަނީ ހަރަދު ކުޑަކުރަން ތަފާތު ފިޔަވަޅުތައް އަޅަން ފަށައިފަ އެވެ. އެގޮތުން މުވައްޒަފުން ނޯޕޭގެ އުސޫލުން ފޮނުވާލުމާއި ތަޖުރިބާ ކުޑަ މުވައްޒަފުން ވަޒީފާއިން ވަކިކުރުން ފަދަ ފިޔަވަޅުތައް ބައެއް ރިސޯޓުތަކުން އެބަ އަޅަ އެވެ. ހަމަ އެގޮތަށް ހޮޓާ، ގެސްޓް ހައުސް ފަދަ ތަންތަނުން ވެސް ދަނީ އެފަދަ ފިޔަވަޅުތައް އަޅަމުންނެވެ.

ޓޫރިޒަމް އިންޑަސްޓްރީ ތަމްސީލްކުރާ އެންމެ ބޮޑު ޖަމިއްޔާ، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ގެ އިސް ބޭފުޅަކު ވިދާޅުވީ ކުއްލި ނުރައްކަލުގެ ހަލާތު އިއުލާންކުރުމާ ގުޅިގެން ވަރަށް ގިނަ ބުކިން ކެންސަލްވަމުން ދާކަމުގެ ޝަކުވާ ލިބޭ ކަމަށެވެ.

"އެންމެ ބޮޑު ގެއްލުމެއް ލިބެނީ ހައި އެންޑް ރިޒޯޓްތަކަށް. ހުރިހާ ފެންވަރެއްގެ ރިސޯޓް، ހޮޓާތަކަށް އެބަ އަސަރުކުރޭ. އެންމެ ގިނައިން ކެންސަލްކުރަނީ އިންޓަނެޓް މެދުވެރިކޮށް ހަދާ ބުކިންތައް. ޓުއަ އޮޕަރޭޓަރުން މެދުވެރިކޮށް ހެދި ބުކިންތައް ކެންސަލްވާ މިންވަރު މަދު،" އޭނާ ވިދާޅުވި އެވެ.

މަޓީގެ އޮފިޝަލް ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން ޓޫރިޒަމް އިންޑަސްޓްރީއަށް ކުރަމުންދާ އަސަރު ކުރިޔަށް އޮތް ތަނުގައި އަދި ބޮޑުވާނެ ކަމަށެވެ.

"ކުރިޔަށް އޮތް މަސްތަކަށް ހަދާފައި ހުރި ބުކިންތައް ދަނީ ކެންސަލްވަމުން. އެހެންވީމަ މީގެ އަސަރު ބޮޑަށް ފެންނަން ފަށާނީ މަހެއް ދެ މަހެއް ވަރު ފަހުން،" އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިދަނީ މިކަމުން އަވަހަށް އަރައިގަނެވޭތޯ ސަރުކާރާ ގުޅިގެން މަސައްކަތްކުރަމުން."

އެ އޮފިޝަލް ވިދާޅުވީ ބުކިންތައް ކެންސަލްވަމުންދާ މިންވަރު މިވަގުތު ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދުން ނުފެންނާނެ ކަމަށެވެ.

ރިސޯޓެއް ޖެޓީ މަތިން ޓޫރިސްޓުންތަކެއް ހިނގާފައި ދަނީ: ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރީ ޓޫރިޒަމްގެ ހައި ސީޒަންގައި.

"އެކަން ފެނިގެންދާނީ ކުރިޔަށް އޮތް މަސްތަކުގައި. މި ދުވަސްވަރު ބުކިންތައް ކެންސަލްކުރަނީ ނިސްބަތުން ވަރަށް މަދު ބައެއް. ޗައިނާ އިން މަދުކުރި ނަމަވެސް ޔޫރަޕުން އެހާ ގިނަ ކެންސަލޭޝަނެއް ނާދޭ. ޔޫރަޕްގެ ކެންސަލޭޝަން ލިބެން އެފެށި އަދި،" އޭނާ ވިދާޅުވި އެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި އޮތުމުން ރާއްޖޭގެ ޓޫރިޒަމަށް ބޮޑެތި ގެއްލުންތަކެއް ވަމުން ދާތީ، އެ ހާލަތު އުވާލުމަށް ޓޫރިޒަމް އިންޑަސްޓްރީ ތަމްސީލްކުރާ އެކި ޖަމިއްޔާތަކުގެ އިތުރުން ބޭރުގެ ބޮޑެތި ޖަމާއަތްތަކުން ގޮވާލި ނަމަވެސް އެކަމަށް ސަރުކާރުން ދެނީ ބީރު ކަންފަތެކެވެ. އޭގެ ބަދަލުގައި މިދިޔަ މަހުގެ 20 ވަނަ ދުވަހުން ފެށިގެން ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހަށް ވަނީ އިތުރުކޮށްފަ އެވެ.

ޓޫރިޒަމް އިންޑަސްޓްރީގައި އެންމެ ބޮޑު އެއް ކުންފުނި، ވިލާ ހޮޓެލްސްގެ އޮފިޝަލަކު ދާދި ފަހުން ރޮއިޓާސްއަށް ވިދާޅުވެފައި ވަނީ އެ ކުންފުނީގެ ރިސޯޓްތަކުން ދުވާލަކު 50 އާއި 60 އާ ދެމެދުގެ އަދަދަކަށް ރޫމް ކެންސަލްވަމުން އަންނަ ކަމަށެވެ. އެ ކުންފުނިން ފަސް ރިސޯޓެއް ހިންގަ އެވެ.

ރާއްޖޭގެ އުތުރުގައި ހިންގާ މަތީ ފެންވަރު ރިސޯޓެއްގެ އޮފިޝަލަކު ވިދާޅުވީ ހައި ސީޒަންގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމުން ހީނުކުރާވަރުގެ ގެއްލުމެއް ލިބެމުން ދާ ކަމަށެވެ.

"މިދިޔަ މަހުގެ ހަތެއްގައި މި ރަށް އޮތީ ފުލްވާ ގޮތަށް. ނަމަވެސް ފަސްވަނަ ދުވަހު ކުއްލި ހާލަތު އިއުލާންކުރުމުން ވަގުތުން ބުކިންތައް ކެންސަލްވެ ދުވާލަކު އެތައް ހާސް ޑޮލަރެއް ދަނީ ގެއްލުންވަމުން. މި ކަން ދިގު ދަންމާ ނަމަ އިންޑަސްޓްރީ ފުނޑުމުގެ ބިރު އެބަ އޮތް،" އޭނާ ވިދާޅުވި އެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރިއިރު ޗައިނީސް ނިއު އިޔާ ފާހަގަކުރަން އެތައް ހާސް ބަޔަކު އަންނަން އޮތީ ބުކިން ހަދައިފަ އެވެ. ނަމަވެސް އެ ދުވަހުން ފެށިގެން ކޮންމެ ދުވަހަކު އެތައް ސަތޭކަ ބުކިންއެއް ކެންސަލްވަމުން ދާ ކަމަށް ޗައިނާގެ ބައެއް ޓްރެވަލް އެޖެންޓުންނާ ހަވާލާދީ އެ ގައުމުގެ ބައެއް ނޫސްތަކުގައި ބުނެފައިވެ އެވެ. އިންޑިއާގެ ބައެއް އެއާލައިންތަކުން ވަނީ ޓޫރިސްޓުންނަށް ދަތުރު ފަސްކުރަން ނުވަތަ ކެންސަލްކޮށް ރިފަންޑް ހޯދުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ.

މީގެ ދެ އަހަރު ކުރިން 2015 ގައި ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމުން އޭރު ހަ ޕަސެންޓްގައި ކުރިއަރަމުން އައި އިންޑަސްޓްރީ 2.8 ޕަސެންޓަށް ވެއްޓި، އެތައް ސަތޭކަ މިލިއަން ޑޮލަރުގެ ގެއްލުން ލިބުނެވެ.

މި ފަހަރު އެ ގެއްލުން ނިސްބަތުން މާ ބޮޑުވާނެ އެވެ. އެކަމަކު ޓޫރިޒަމްގެ މި ހާލަތުން އަރައިގަނެވެން އޮތީ ސަރުކާރުން ވެސް ގޮތްދޫކޮށްގެންނެވެ. ސުވާލަކީ ރާއްޖޭގެ ސިޔާސީ ލީޑަރުންގެ އެ ހިތްވަރު ނުވަތަ ގައުމު އިސްކުރުމުގެ ހަގީގީ ލޯބި އެބަ އޮތް ހެއްޔެވެ؟

47 ކޮމެންޓް, 51 ރިއެކްޝަންސް

icon happy icon happy 10%
icon sad icon sad 69%
icon angry icon angry 22%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސިންތިލީ ވޫމް

06 March 2018

އަދިވެސް ވާނީ ހާސް، ޒަމާނީ ފަތުރުވެރިން ނަކީ އިންސާނީޔަތު ކަމަށް ލޯބިކުރާ ފަތުރުވެރިން.

The name is already taken The name is available. Register?

ސަމާސާ

06 March 2018

ޓޫރިޒަމް އިންޑަސްޓްރީ ހާސްވާނެ ކަމެއްނެތް. މޮޅު އިކޮނޮމިސްޓެއްވީމަ އެހެން އިންޑަސްޓްރީއެއް ވަގުތުން އުފައްދަފާނެ. ލަފާދޭން އެތިއްބެވީ މާހިރުން. ދިގު ހެދުން ތުރުކުރައްވައިގެން.

The name is already taken The name is available. Register?

އަލީގ

06 March 2018

ރައްޔިތުން އަމަލުކުރަން ނުޖެހޭ ކުއްލިނުރައްކަލުގެ ހާލަތެއް ބޭއްވުމުގެ ބޭނުމެއް މަށަކައް ހަމަ ނުވިސްނޭ ކުއްލިނުރައްކަލުގެ ހާލަތޭ ކިޔައިގެން ކުރާކަންކަމަކީވެސް މިގައުމުގެ ގާނޫނު އަސާސީއާ ހިލާފުކަންކަން އެހެންވެ ކޮންމެހެން ކުއްލިނުރައްކަލުގެ ހާލަތެއް އިއުލާނުނުކޮއްވެސް ހައްޔަރުކުރާ ބަޔަކު ހައްޔަރުކޮއް އެގަންނަ ގަނޑެއް ގަނެވިދާނެއެއްނު އެކަމަކު އެއްކަމެއް އޭރުން އެބަބަދަލުވޭ ތިމަންމަނިކުފާނުގެ އެޓާނީގެ ގާނޫނީ ލަފަޔާއެއްގޮތަށޭ ތިމަންމަނިކުފާނު ކަންތައްތައްކުރީ އެހެންވެ ކުއްވެރިވަންޏާވާނީ އޭނާއޭ އޭރުން ނުބުނެވޭނެ އެހެންވެ ވަރައްސާފު އެންމެ މީހެއްގެ މަސްލަހަތައްޓަކާކަން މިގައުމުގެ އިގްތިސާދުވެސް މިގުރުބާންކޮއްލަނީ.

The name is already taken The name is available. Register?

ބެޓް

06 March 2018

މިމަހު 3 ވަނަދުަހު މަ މިއައީ ސްރީލަންކަންއިން ރާއްޖެއަށް ދިވެހިންގެ 20 މީހުން ދަތުރުކުރީ. ދެން މުޅިންވެސް ގެސްޓުންއައީ. އެ ބޯޓުގަ އެންމެ ގޮނޑިއެއްވެސް ހުހަށްނެތް!

The name is already taken The name is available. Register?

ބޯހަލާކުު

06 March 2018

ޔާމީނަކީ ޕަޕެޓެއް. މިޖީލުގެ އަސްލު ރައީސަކީ އަނދިރި އަނދިރން. ކީކޭތަ މިކިއެނީ. ނުބައިކޮނޭ. އަސްލު ރައީސަކީ ޖެނެރަލް ޝިޔާމް. ހައްލުކުރަން ވާހަކަ ދައްކަންވީ އޭނާޔާ. އެކަމަކު މިލިޓަރީއާ ވާހަކަ ދެއްކޭނީ މިލިޓަރީއާ. ދެން ކިހިނެއް ހަދަނީ. ރައްޔިތުން އާ މިލިޓަރީއެއް އުފައްދަންވީތަ؟ ކިހިނެއް އުފައްދާނީ؟

The name is already taken The name is available. Register?

00000

06 March 2018

ގައުމަށްޓަކާ ރައްޔިތުންނަށް ޓަކާ މަނިކުފާނު އިސްތިއުފާ ދެއްވާ!

The name is already taken The name is available. Register?

ހަސީނު

06 March 2018

އިސްތިއުފާ ދީފަ މިހާރު ލަންކާގަ އެންނު އެ އުޅެނީ

The name is already taken The name is available. Register?

ވާހިދުު

06 March 2018

ކަލޯ ޔާމީނު ވެރިކަމަށް އައީ ދިވެހިންނަށް ލެއްވި ރަހުމަތެކޭ މަ ހިތައްއަރާ. އެއީ އަނދިރި ފަރާތުގެ އެތައް އެތައް ކަމެއް ފާޅުގައި މިކަމުން ފާޅުވެ ކުރިން މިކަންކަން ނޭގޭ އެތައްބަޔަކު އާޝޯހުވެ ހުޅުވި އަނގަ ލައްޕަން ނޭގި ކިރިއާވެސް ގޮތެއް ހުރި މީހަކު ފެއަށް ޖެހެމުން ގޮސް ހުރިހާ މުއައްސަސާއެއްގައި ތިބި ކަތުރު ފަނި މާތް ﷲ ދިވެހިންނަށް ދައްކަވާ ސާފުކުރަންވީ ކޯއްޗެއްކަން ދުވަހަކު ބަޔަކަށް ނުފެންނަ ވަރަށް ފާޅުކުރައްވައިފި. އެއީ ކިހާ ބޮޑު ރަޙުމަތެއް. މަ ހަމަ ޝުކުރުގެ ސަޖިދަ ކުރަން. ދެން ކަލޭމެންގެ ކަމަކަށް ވާނީ މިފެނުނު އަދި މިހާރު މިފެންނަ ކުނި ގައުމަށް ގެއްލުން ނުވާނެ ގޮތަށް ސާފު ކުރާނެ ގޮތެއް ހޯދުން. އެކަމަކު ހެލޭ ދަތެއް އުފުރާއިރު ކުޑައިކޮށް ތަދުވެސް ވާނެ. ސާފު ކުރޭ ސާފު ކުރޭ! ސާފު ކުރޭ! މިކުރަނީ ސަޖިދަ އަނެއްކާވެސް!

The name is already taken The name is available. Register?

ހުމްމްމް

06 March 2018

ބޯގޯސް ވާހަކަނުދައްކާ، އަދުރޭބުނީ އެއޮތީ އެއަރޕޯޓް ފުރިފަޔޯ، ދޯ ނިހާނޫ، އެމްއެންޑީއެފް އަތްޖަހާ. ގައުމު ހަބޭސް، މިރައީސް ހަބޭސް. ކެމްބޯޑިއާ، މިޔަންމާ، މޯލްޑިވްސް، ޒިމްބާބްވޭ މީ އަހަރުމެން ފަދަ ޑެވޮލޮޕިން ގައުމުތައް.

The name is already taken The name is available. Register?

ޙަނީމް

06 March 2018

ޢަޅުގަނޑަކީ ވެއިޓަރަކީމުއެވެ..ގެސްޓުން މިހާރު ރާއްޖެ ސަނީސައިޑް އޮފް ލައިފް. ޕީސްފުލް މޯލްޑިވްސްއެށްގެ ގޮތުގައި ނުދެކެއެވެ. ދެކެނީ ޓެރަރިޒަމް ކޮމްޕައުންޑްއެށް ގޮތުގައެވެ.

The name is already taken The name is available. Register?

ނަސޭހަތް

06 March 2018

ގައުމަށްޓަކާ ރައީސް ޔާމީން އިސްތިއުފާ ދިނުމަށް ގޮވާލަން. ސަބަބު: ޤާނޫނު އަސާސީ ކަމަކު ނުދޭ ބުނި 2. ފަނޑިޔާރުން ކުރާ ހުކުމް ތަންފީޒު ކުރާނީ ބަލާފައި ކަމަށް ބުނި (ޤާނޫނު އަސާސިން އެ ބާރެއް ނުދޭ). މަޖިލީހަށް ސިފައިން ވެއްދި. 3 ބާރަށް ބަހާފައި އޮއްވާ އަނެއް 2 ބާރު ކުޑަކަކޫ ޖެއްސި. ތިޔައީ ގޯހެކޭ ބުނި އެތައް ބަޔަކު އަމުރެއް ނެތި، ބެލުމެއް ނެތި ހުކުމެއް ނެތި ހައްޔަރުކޮށް ޖަލައްލި. އަދި އަދަށް ދާންދެންވެސް ވަކީލެއް ގާސީއެއް ނުފެންނަ ވާނުވާ ނޭނގޭމީހުން އެބަތިބި. ނަތީޖާ. އެމައްސަލަ ތައް ބައިނަލް އަގްވާމީ ފަރާތްތަކަށް ދިވެހިން ގެންދިއުން. އަދި ބައިނަލް އަގްވާމީ ފަރާތްތަކުންވެސް ރާއްޖެއިން އަލިފުދާލުގެ މުއާހަދާތަކާ ޚިލާފް ކަންތައް ކުރާކަމަށް މަންމަން ދުވަހަކު ބަހެއް ނުބުނާ ގަައުމުތަކުން ކިއަން ފެށުން. އިގްތިސާދީ ގޮތުން ގައުމު ފުންވަޅުގަނޑަކަށް ވެއްޓުން. ގައުމަށްޓަކާ ރައްޔިތުންނަށް ޓަކާ މަނިކުފާނު އިސްތިއުފާ ދެއްވާ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454