ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. - ފޮޓޯ: މަޖިލިސް
13 މާޗް 2018 - 10:23
އެންޓި ޑިފެކްޝަން ބިލާއި ފަނޑިޔާރުން ވަކި ކުރެވޭ ގޮތަށް ހެދުމަށް ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ފާސް ކުރަން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މިއަދު ބާއްވަން ނިންމައިފި އެވެ.
އެހެން ދުވަސްތަކާ ޚިލާފަށް މެންދުރު 1:00 ގައި ބާއްވާ ޖަލްސާގެ އެޖެންޑާގައި އޮތީ ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި އެންޓި ޑިފެކްޝަން ބިލް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދިރާސާކޮށް، ނިންމި ގޮތުގެ ރިޕޯޓު ހުށަހެޅުން އެކަންޏެވެ. ބެލެވޭ ގޮތުގައި މި ދެ ބިލަށް މިއަދު ވޯޓަށް އަހާނެ އެވެ.
ފޮނަދޫ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ މަޖިލީހަށް ހުށަހެޅުއްވި ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްގައި ވަނީ ފަނޑިޔާރެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެ، އެ މައްސަލައެއްގެ އިސްތިއުނާފުގެ މަރުހަލާތައް ނިމޭ ހިސާބުން އެ ފަނޑިޔާރަކު މަގާމުން ވަކިވާނެ ކަމަށެވެ.
ވެރިކަން ކުރާ ޕާޓީ، ޕީޕީއެމްގެ ކޯލިޝަންގެ އަޣުލަބިއްޔަތު އޮންނަ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މި ބިލް ފާސް ކުރިއިރު، ބޮޑެތި ބަދަލުތަކެއް ނުގެނެ އެވެ. ހަމައެކަނި ކޮމިޓީގައި ބަދަލު ގެނައީ ބިލްގައި ހުރި ބައެއް އިބާރާތްތަކަށެވެ.
އެކަމަކު، ސަރުކާރުގެ ފަރާތުން ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުށަހެޅުއްވި އެންޓި ޑިފެކްޝަން ބިލް ކޮމިޓީން ދިރާސާ ކުރިއިރު، ބޮޑެތި ބަދަލުތަކެއް ގެނެސްފައި ވެ އެވެ. އެގޮތުން އެ ބިލް މިހާރު ބައްޓަންކޮށްފައި އޮތީ މަޖިލީހުގެ އިދިކޮޅު 12 މެންބަރެއްގެ ގޮނޑި ގެއްލޭ ގޮތަށެވެ.
ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އިދިކޮޅު މެމްބަރުން ވިދާޅުވީ ކޮމިޓީން ބިލް ފާސްކުރީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 13 ވަނަ ދުވަހުން ފެށިގެން ހިނގި ކަންކަމަށް ބިލްގެ ބާރު ލިބޭ ގޮތަށް ކަމަށެވެ. އެކަމަކު، ކޮމިޓީ ރިޕޯޓު އަދި ހާމަކޮށްފައި ނުވާތީ ބިލަށް ގެނައި ބަދަލުތައް އަދި އެނގިފައެއް ނުވެ އެވެ.
އެންޓި ޑިފެކްޝަން ބިލްގައިވާ ގޮތުން މަޖިލީހުގެ މެމްބަރަކު، ޕާޓީގެ ޓިކެޓުގައި އިންތިހާބުވުމަށް ފަހު، ޕާޓީން އަމިއްލަ އަށް ވަކިވުން، ވަކިކުރުން އަދި އެހެން ޕާޓީއަކާ ގުޅިއްޖެ ނަމަ، ގޮނޑި ގެއްލޭނެ އެވެ.
މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި އިންތިހާބުވާ މެމްބަރަކު އޭނާގެ އެ ދައުރުގައި ޕާޓީއަކާ ގުޅުމުގެ ފުރުސަތު ލިބެ އެވެ. މިނިވަން މެމްބަރަކު، ފުރަތަމަ ފަހަރަށް ޕާޓީއަކާ ގުޅިއްޖެ ނަމަ، ބިލްގައިވާ ގޮތުން އެ މެމްބަރުންނާ މެދު އަމަލު ކުރާނީ ޕާޓީ ޓިކެޓްގައި އިންތިހާބުވާ މެމްބަރުންނަށް ވެސް ކަނޑައަޅާފައިވާ އުސޫލެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލިޕޭ
13 March 2018
ރައީސް ޔާމީން ގެ ޓީމުން ތިޔަކުރައްވާ މަސައްކަތް ޕުޅައް އައްސަރިބަހާ ސާބަސް
ބާރު
13 March 2018
ދެން ބާރަށް އަތްޖަހާ
ޤައުމު
13 March 2018
އިންސާނުންގެ ގޮތެއްފޮތެއްނެތި ހަޔާތް ކެނޑެންވާނީވެސް ވަކި ވަރަކަށް. އަދި ޚާއްޞަކޮށް ރައްޔިތުން ޓެކްސް ފައިސާއިން ބޮޑު މުސާރައާއި އިނާޔަތް ހޯދައިގެން ތިބޭ މީހުން، ރައްޔިތުންގެ ތެރެއިން ވަކިބަޔަކާ ޒާތީވެގެން ގާނޫނު އަސާސީއާއި ގާނޫނުތައް އެބަޔަކަށް އަމާޒުކޮށްގެން ކޮށާ މަށާ ހެދުމަކީ ރައްޔިތުންނަށް ޚިޔާނާތްތެރިވުން. ދުނިޔޭގައި ސުވާލު ނުވެވުނަސް އާޚިރަތުގައި ކަލޭމެންނާ ސުވާލުކުރެވޭނެކަން ޔަޤީން. ހެޔޮނުވާނެ ހެއްދެވިފަރާތްދެކެ ބިރުގެންބަލަ! އާޚިރުގެ ބިމުގައި ޔާމީނަކަސް އަދި އެހެން މީހަކަސް ކޮށްދެވޭނެ ކަމެއް ނޯންނާނެ.
ފިޔަ
13 March 2018
ތިޔަ ދަރުބާރު ފެކްޝަނުން ތިޔަ ހުރިހާ ބިލެއް ހަދަނީ ހަމަ އެންމެ މީހަކަށްޓަކައި. ރައްޔިތުންނަށްޓަކައި ހެދި އެންމެ ބިލެއްވެސްނެތް. އެންމެ އުފާވަނީ އަމިއްލަ އަތުން އަމިއްލަ ފިޔަތަށް ކޮށާލާ ނުއުދުހެވޭގޮތް ހަދާތީ. ދެން ޔާމީނަކަށް ނުޖެހޭނެ ތިޔަ މެމްބަރުން ރުއްސަން އެންމެކަމެއްވެސް ކޮށްދޭކަށް. ހަދިޔާއާއި ތިމާމެންގެ މުހިންމުކަން ދިޔައީ. ދެން ތިޔަ ބައިގަނޑު ތިބޭނީ ވިދާޅުވިހާ ކަމެއްކޮށްލަކޮށްލާ ތިޔަ ފެކްޝަންގެ ސްލޫކީ ކޮމެޓީގެ އަޅުންނަށްވެގެން. ހުވާ ވަރަށް އުފާވެއްޖެ. މިމީހުންގެ ބާރު ދިޔައީ. ދެން އަނބިދަރިންނަށް ސަރުކާރުން ވަޒީފާގަނޑެއް ވެސް ނުލިބޭނެ. އަދި އެމީހެއްގެ ދާއިރާގެ ބަދަރު ހަދައިދޭށޭވެސް ނުބުނެވޭނެ. ސިކުނޑި ނެތްތާ ލަދުކޮބާ؟
އުމަރު
13 March 2018
ރައީސް ޔާމީނުގެ ސަރުކާރު، ރައީސް ޔާމީނުގެ ކެބިނެޓް ރައީސް ޔާމީނުގެ މަޖިލިސް ރައީސް ޔާމީނުގެ ފުލުހުންނާއި ސިފައިން، ރައީސް ޔާމީނުގެ ކޯޓްތަށް، ދެން ހަމަ ބިލުތަށް ލައިގެން ފާސްކޮށްގެން ގައުމު ހިންގަންވީނޫންތޯ؟ ބަޑިބަހައްޓައިގެން ބިރުދައްކައިގެން އުޅެނީ މިހާރު ރައްޔިތުންނަށް، ބަގާވާތްކޮށްގެން އުޅެނީ މިހާރު ސަރުކާރުން، އެކަމަކު ވަރަށް އަވަހަށް ރީތިގޮތަކަށް ނިމިގެންދާނެކަމީ އަހަރުމެން ރައްޔިތުން ޝައްކު ކުރާނެ ކަމެއްނޫން. ރައްޔިތުން އަބަދުވެސް ތިބޭނެ، ތިޔަ ސިޔާސީމީހުން ނުތިބޭނީ، އެމީހުން ދާނީ ހަމަ ބަދަލުވަމުން ވަކިވަމުން ބްލަކުމެއިލްވަމުން ފިތެމުން ހަރާން ފައިސާ އާއިލާއަށް ދެމުން ގޮތް ހުސްވަމުން ރައްޔިތުންގެ ގޮތެއް ހުހެއްނުވާނެ، ޤައުމުވެސް އޮންނާނެ، ނުތިބޭނީ ތިޔަމީހުން
ނޫރު
13 March 2018
މިއީ ޔާމީނަށް މުހިއްމު ދެ ބިލް..ރައްޔިތުން ނަކަށް ނޫން.
ހަސަނު
13 March 2018
5 ފެބްރުއަރީގެ ފަހުން މަޖުލީހުން ނިންމި ހުރިހާ ނިންމުމެއް ބާތިލުވާނެ ކަމަށް ވަރަށް އަވަހަށް ކަނޑައެޅޭނެ.. އެ ނިންމުން ނިންމީމާ ތިޔަ ފާސްކުރާ ގާނޫނަކީ ވުޖޫދަށް ނުވެސް އަންނަ އެއްޗެއް ކަމަށް ބަދަލުވާނެ.. އަދި މަޖުލީހު ރައީސްވަނީ ކުށްވެރިވެފައި ކަމަށް ނިންމޭނެ...
ޕާރޕްސް
13 March 2018
ބިލް ފާސް ކުރުމަކުން މަޤާމަށް ވަކި ބަޔަކު އައްޔަންކޮށް މަޤާމުގައި ތިބި ބަޔަކު އޮންނަ ހަމައާއި އުސޫލުން ބޭރުން މަސައްކަތްކުރުވާކަށް ނޫޅޭ
ފާމްދޭރި
13 March 2018
މަޅި ބެދެނީ މަލި ބެދެނީ
ބޮންދު
13 March 2018
އިރާދަކުރެއްވިއްޔާ މިވާނީ ނިޙަނުމެން ބައިގަޑުގަ ބެދޭ މަޅިޔަކަށް. ރަގަޅު. ލާރިދީފަ ޕިޕީ އެމަކަށްވެސް މީހުންގެންދިވެގިެންނުވާނެ. ދޮޑިތައް ނަގާލާ. ބައި އިލެކްސަންބާއްވާބަލަ. ވާއެއްޗެއް އެގިދާނެ.