އިބޫ މިއަދު ފުލުހުންގެ ލޯންޗުން ފައިބައިވަޑައިގަންނަވަނީ. - ފޮޓޯ: އެމްޑީޕީ
28 މާޗް 2018 - 14:31
އިދިކޮޅު ހަރަކާތުން މާޗު 16 ގައި ބޭއްވި މުޒާހަރާގައި ޖުމްހޫރީ މައިދާންގެ ތެރެއިން ހައްޔަރުކުރި އެމްޑީޕީ އެމްޑީޕީގެ ޕާލިމަންޓް ގްރޫޕްގެ ލީޑަރު ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިއަދު ދޫކޮށްލައިފި އެވެ.
ސިޔާސީ ހަޔާތްޕުޅުގައި ފުރަތަމަ ފަހަރަށް ހައްޔަރުކުރި އިބޫ މި ދޫކޮށްލީ ބަންދުގައި އޭނާ ބަހައްޓަން ކޯޓުން ދިން ނުވަ ދުވަސް ހަމަވި ފަހުންނެވެ. އިބޫގެ މުއްދަތު އިތުރުކުރަން ކޯޓަށް ގެންގޮސްފައެއް ނުވެ އެވެ.
ރައީސް އަަބްދުﷲ ޔާމީންގެ ސަރުކާރާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ކުރަމުން އަންނަ މަސައްކަތުގެ އެއް ލީޑަރަކީ އިބޫ އެވެ. ދެން އެ ހަރަކާތުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޖަލުގައި ހުންނެވި އިރު، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހުންނެވީ އަމިއްލައަށް އަރުވާލެވިގެން ބޭރުގަ އެވެ.
އިބޫ ދޫކޮށްލި އިރު ދިއްގަރު ދާއިރާގެ ފާރިސް މައުމޫނާއި ކިނބިދޫ ދާއިރާގެ އަބްދުﷲ ރިޔާޒާއި ދަނގެތީ ދާއިރާގެ އިލްހާމް އަހުމަދާއި ގަލޮޅު ދެކުނު ދާއިރާގެ އަހުމަދު މަހުލޫފާއި ހެންވޭރު މެދު ދާއިރާގެ އަލީ އާޒިމާއި މައްޗަށްގޮޅީ ދެކުނު ދާއިރާގެ އަބްދުﷲ ސިނާނު ހުންނެވީ ޖަލުގަ އެވެ. މީގެ ތެރެއިން ގިނަ ބޭފުޅުންގެ މައްޗަށް ވަނީ މިހާރު ވަނީ ދައުވާ ވެސް ކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދަތްނެތްކުއްޖާ
28 March 2018
ކިހިނެއްވީ މުއްދަތު ޖަހަން ނުގެންދިޔައީ! ބޭރު ދުނެއަށް މަތި އޮމާން ކުރަންތަ ! ނޫނީ ބޭރުގެ ބައެއްގެ ގާތުގާ ނިހާނު މެނަށް ކުރެވުނު ވަޢުދު ހިފަހައްޓަންތަ! ނޫނީ އިތުރު ދަންތޫރައެއް ރާވާފަ މަލީގައި ޖައްސަންތަ! އިބޫއެވެ. އެންމެ ތަންފުކެއްވެސް ދޫނުދެއްޗެވެ. އިބޫ ކަހަލަ ބޭރު ދުނިޔެ ބަލައިގަންނަ ލީޑަރެއް އެ ގޮތައް އޮބި އަލައިގެނެއް މިހާރަކު ނުގެންގުލެވޭނެ ކަން އެވެރިންނަށްވެސް އެނގޭނެ. ދަމާ ވާންކޮއްފާ ބަހައްޓާ ދަރިޔާ އިބޫ.
ބުރުގާ
28 March 2018
އަސުރުމަލާ އެމްޑީޕީ ހެދި ޑީލެއްގެ ދަށުން.
ބައިރޯ
28 March 2018
އިބޫ މިރޭ ޖެހޭނެ ރަންގަޅަ ޖައްސާލަން
އިންސާރފް
28 March 2018
މަރުހަބާ އިބޫ...
ޢަލީ އިބްރާހީމް
28 March 2018
ޢިބޫ 2018
ކޯއްޗެއްތޭ
28 March 2018
ކޯއްޗެއްތޭ ތަމެން ބަނޑޭ ކިޔާބަލަ.
ހޯލި
28 March 2018
މިދިޔަ އާދީއްތަ ދުވަހު މައްސަލަ ޕީޖީ އޮފީހަށް ފޮނުވުމަށްފަހު ދެން އިބޫ ހައްޔަރުގައި ބެހެއްޓުމުގެ ބޭނުމަކީ ކޮބާ؟؟
ޒިމްޒިމް
28 March 2018
މަރުޚަބާ އިބޫ.. ކާމިޔާބީ ހާސިލްކުރެވޭނީ ޤުރުބާނީތަކެއް ވެސް ވެގެން....