ރާއްޖޭގެ ރައީސް ޔާމީނާއި މެލޭޝިއާގެ އިންތިޚާބުން ނާކާމިޔާބުވެވަޑައިގެން ނަޖީބު ރައްޒާގް ސަލާމް ކުރައްވަނީ.--- ފޮޓޯ: ރައީސް އޮފީސް
10 މެއި 2018 - 11:38
މެލޭޝިއާގައި އިއްޔެ ބޭއްވި އާންމު އިންތިޚާބު، އެ ގައުމުގެ ކުރީގެ ބޮޑު ވަޒީރު މަހާތީރު މުހައްމަދުގެ ކޯލިޝަނުން ކާމިޔާބު ކުރުމުން އަންގައި ދެނީ ތަރައްގީ ގެނެސްދިން ލީޑަރަށް ރައްޔިތުން އާނއެކޭ ބުނާނެކަން ކަމަށް، ރާއްޖޭގެ ވެރިކަން ކުރާ ޕާޓީ ޕީޕީއެމްގެ ސެކްރެޓަރީ ޖެނަރަލް ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެ އެވެ.
ނިލަންދޫ ދާއިރާގެ މެމްބަރު ޚަލީލް ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މެލޭޝިއާގެ ތާރީޚު ބަދަލުކުރި ވެރިއަކީ މަހާތީރު ކަމަށެވެ. އަދި ވިދާޅުވީ މަހާތީރު 92، އަލުން އިންތިޚާބު ކާމިޔާބު ކުރުމުން ބުނެދެނީ ތަރައްގީ ގެނެސްދިން ލީޑަރަށް ރައްޔިތުން ކޮންމެ ވަގުތެއްގައި ވެސް އާނއެކޭ ބުނާނެކަން ކަމަށް ޚަލީލް ވިދާޅުވި އެވެ.
އެކަން ރާއްޖެއާ ގުޅުވާލައްވަމުން ޚަލީލް ވިދާޅުވި ގޮތުގައި، ރާއްޖޭގެ މަލަމަތި ބަދަލުކޮށް ތަރައްގީ ގެނެސްދިން ލީޑަރަކީ ރައީސް އަބްދުﷲ ޔާމީން އެވެ.
ޚަލީލް އެގޮތަށް ވިދާޅުވެފައިވާއިރު، ރާއްޖޭގެ އިދިކޮޅު ފަރާތްތަކުން ބުނަނީ މެލޭޝިއާގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގަށް އެ ގައުމުން ނޫނެކޭ ބުނީ އޭނާގެ ކޮރަޕްޝަންގެ މައްސަލަތަކާ ހެދި ކަމަށެވެ. އަދި މެލޭޝިއާގެ އިންތިޚާބުން ދިވެހިންނަށް ވެސް އުންމީދުތަކެއް ގެނެސްދީފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެ އެވެ.
އިންތިޚާބު ނާކާމިޔާބުވި ނަޖީބު ރައްޒާގާއި ރާއްޖޭގެ ރައީސް ޔާމީނާ ގާތްގުޅުމެއް އޮވެ އެވެ. ރައީސް ޔާމީން މެލޭޝިއާ އަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައިވާއިރު، ނަޖީބު ވެސް ވަނީ ރާއްޖެ ވަޑައިގެންފަ އެވެ.
މަހާތީރު އިންތިޚާބު ކާމިޔާބު ކުރުމުން ކުރީގެ ރައީސް މުހައްމަދު ވަހީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ އުމުރަކީ މައްސަލައެއް ނޫންކަން އެ އިންތިޚާބުން ސާބިތުކޮށްދީފި ކަމަށް ވިދާޅުވެފަ އެވެ.
ބެލެވޭގޮތުގައި ވަހީދު އެ އިޝާރާތް ކުރައްވަނީ، އުމުރުން 65 އަހަރުން މަތީ މީހުންނަށް ރާއްޖޭގެ ރިޔާސީ އިންތިހާބުގައި ވާދަނުކުރެވޭނެ ގޮތަށް ސަރުކާރު ކޯލިޝަނުން ގާނޫނަށް ގެނައި ބަދަލަށެވެ.
ބޮޑުވަޒީރު ނަޖީބު ރައްޒާގުގެ ކޮރަޕްޝަންގެ މައްސަލަތަކާ ހެދި، އިދިކޮޅު ކޯލިޝަނަކާ އެކު ނުކުމެވަޑައިގަތް މަހާތީރުގެ ޕަކަރަން ހަރަޕަން ކޯލިޝަނުން ވަނީ ޕާލަމެންޓުގެ 222 ގޮންޑީގެ ތެރެއިން 113 ގޮނޑި ކާމިޔާބުކޮށް އަޣުލަބިއްޔަތު ހޯދައިފަ އެވެ. ނަޖީބު ރައްޒާގުގެ ބީއެން އަށް ލިބިފައި ވަނީ 76 ގޮނޑި އެވެ. މިއީ މެލޭޝިއާ އަށް މިނިވަންކަން ލިބުނީއްސުރެ ވެރިކަންކުރަމުން އަންނަ ޕާޓީ އަށް ނާކާމިޔާބީއާ ކުރިމަތިވި ފުރަތަމަ ފަހަރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައިޖޭ
10 May 2018
ހަހަަހހަހަ ޑރ ޙަލީލް އަށް ނުކެރުނުދޯ، މެލޭ ރައްޔިތުން ކޮރަޕްޝަން އާއި ދެކޮޅަށް ވޯޓް ދީފިއޭ ބުނާކަށް... ޝުކުރިއްޔާ
ބީކޭކޭ
10 May 2018
ޚަލީލޫ ތިވިދާޅުވާ ގޮތުންވިއްޔާ އަވަހައް ތިބޭފުޅުންގެ ބަހުންނަމަ މުސްކުޅިސާރިދޯޅައް ކުރިމަތިލެވޭނެގޮތް ހަދާ! އޭރުންދެއްތޯ ތަރައްގީ އަށް އާނއެކޭ ބުނުވޭމީ:
ހަލީލު ހަސަން
10 May 2018
ހަލޫލު ކަލޭމެން ދޫހެލެންޏާ ވާނެ ކޮންމެވެސް އެއްޗެކޭ ކިޔަން ސަހާދަތް މިބުނި ލަދުން ބޯހަލާކު
ޝެމްކްސް
10 May 2018
މެލޭޝިއާގެ އިންތިޚާބުން އެނގުނީ ވައްކަމާއި ފަސާދައަށް ނޫނެކޭ ބުނެ ރައްޔިތުން ވޯޓް ދިންތަން
ޕޮކަންޑިމޭން.
10 May 2018
މެލޭޝިޔާގެ އިންތިހާބުން އެނގުނީ އެގައުމުގެ ރައްޔަތުން ވައްކަމާއި ފަސާދައަށް ތާއިދުނުކުރާކަން.ހަލީލް ކޮންމެހެން އަހަރުމެންނަށް މިކަމުގެ އިތުރު ޑެފިނީޝަންއެއް ދޭކަށް ނުޖެހޭ.ދިވެހިރައްޔަތުން އެއީ ކިޔަވައިގެން ތިބި ހޭލުންތެރި ބައެއް.ކޮންމެ މީހެއްގެ އަތުގަ އޮންނަ ސްމާޓް ފޯނުން ބޭރުގެ ހަބަރު ކިޔާލީމަ މެލޭޝިޔާގެ ރައްޔަތުންގެ ނިންމުމުގެ މާނަ ސާފްވާނެ.
މަންސޫރު
10 May 2018
މެލޭޝިޔާއިން އިނގުނީ ޔާމީނަށްވެސް ޖެހޭނީ އެއް ހާލެއްކަން. ޝުކުރިއްޔާ ތަރައްގީ ބޯއި.
މަހޭބެ
10 May 2018
ރައްޔިތުން ބުނީ ކޮރަޕްޝަނަށް ޖާގަނުދޭނެ ވާހަކަ... ޚަލީލަށް އެހެން ބުނަން ޖެހުލަންވަނީ... ކޮބައި ކިޔަވައިގެން ބޮޑެތި ފާސްނެގުމުގެ ބޭނުމަކީ
ވާލުސޮރު
10 May 2018
މެލޭޝިއާގެ އީސީ ގެ ފުރާޅުން މިހާރު ޓިނު ނަގައިފިތޯ މަ ބަލައިލަން ބޭނުމީ. އެކަހަލަ ކަމެއްް ނެތިއްޔާ ތިޔަ އިންތިޚާބު ސައްހަ.
ހޯރަފުށީ ދާއިރާ
10 May 2018
ކޮބާ ރައީސް އަޅާދޭން ވައުދުވި އެއާރފޯޓް. ދައުރު ނިމެނި .އަދި ނެތް ހިލަމެއްވެސް. މީ ތަ ތިބުނާ ތަރަށްގީ. ރަށްއިތުންނަށް އޮޅުވާލުން..
އަނގަގަދަ މިތުރު.
10 May 2018
ތިޔަ އެއާޕޯޓް ހިމެނެނީ އަދުރޭ އެބުނާ "ފެންނަންނެތް ތަރައްގީ" ގެ ލިސްޓުގަ. އެއާޕޯޓް ފެންނަންނެތަސް މިހާރުވެސް ތިން ހަތަރު ފްލައިޓް ޖައްސާފަ އޮންނާނެ.
މުހަންމަދު އަޒުމީލް
10 May 2018
މިހާރު ތިތިބީ ރަނގަޅަށް ރާކަނިމަސް ކެވިފަ ދިވެހިންވެސް މެލޭއިން އިބުރަތް ހާސިލްކޮށް ކޮރަޕްށަނާއި ދެކޮޅަށްވޯޓުލާނީ