ގއ. ކޮލަމާފުށި
14 މެއި 2018 - 10:59
ގއ. ކޮލަމާފުށީ ކައުންސިލް އިދާރާގެ ތިޖޫރީ ރޭ ފަޅާލައި، އެތަނުގެ މުވައްޒަފުންނަށް ދިނުމަށް ކަނޑައަޅާފައި ހުރި ރޯދަ އިނާޔަތުގެ ފައިސާ ވަގަށް ނަގައިފި އެވެ.
ކޮލަމާފުށި ކައުންސިލް މެމްބަރަކު "މިހާރު" އަށް މިއަދު ވިދާޅުވީ، ރޯދަ އިނާޔަތުގެ ގޮތުގައި ކައުންސިލް އިދާރާގެ މުވައްޒަފުންނަށް ދިނުމަށް ކަނޑައަޅާފައިވާ 122،000ރ. ތިޖޫރީގައި ހުންނާނެ ކަމަށެވެ.
"އިއްޔެ ބީއެމްއެލް އިން އެ ފައިސާ ނަގައިގެން ތިޖޫރީ އަށް ލި ފަހުން އެކަން ހިނގީ. ތިޖޫރި ފަޅާލިކަން އެނގުނީ މިއަދު އޮފީހަށް ނުކުތުމުން،" ކައުންސިލް މެމްބަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މި ހާދިސާ ހިނގި ކަމަށް ބެލެވެނީ ރޭގެ ވަގުތެއްގަ އެވެ. އަދި އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ރޯދަ އިނާޔަތުގެ ގޮތުގައި ދިނުމަށް ހަމަޖެހިފައިވާ ފައިސާގެ އިތުރުން، އިތުރު ފައިސާ ވެސް ތިޖޫރީގައި ހުންނާނެ. އެ ފައިސާ ވެސް ވަގަށް ވަނީ ގެންގޮސްފައި. ސީދާ އަދަދެއް ބުނާކަށް ނޭނގޭ. އެކަމަކު ތިޖޫރީގައި ހުރި އަދަދު ދެ ލައްކަ ރުފިޔާ އަށް ވުރެ ގިނައެއް ނުވާނެ،" ކައުންސިލް މެމްބަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ތިޖޫރި ފަޅާލުމުގެ އިތުރުން ކައުންސިލް އިދާރާގައި ބަހައްޓާފައި ހުރި މިސްކިތު ފަންޑު ފޮށީގައި ހުރި ފައިސާ ވެސް ވަގަށް ނަގާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ވަގުން ވަދެފައި ވަނީ އޮފީހުގެ ކުޑަ ދޮރު ހަލާކުކޮށްލައިގެންނެވެ. ދޮރުގައި ޖަހާފައި ހުރި ދަގަނޑު ތޭރިތައް ކީހާލާފައިވާ ކަމަށް ވެސް ކައުންސިލް މެމްބަރު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުޅިގެން
15 May 2018
ބައެއް ރަށްރަށުގަ ރޯދަޔަށް ހަދިޔާ ބަހާއިރު އަނެއްބައި ރަށްރަށުގަ ރޯދަޔަށް ވައްކަމާފޭރުން.
ބީތާޔާ
15 May 2018
ކީއްވެ މޭމަހު ދިހަވަނަ ދުވަސް ދިޔައިރު ނުދީހުރީ؟ އިއްޔެއާ ހަމައަށް ނުދީހުރެގެން ނުވާނެ!!!
އާން
15 May 2018
އާން ޔަގީނުންވެސް ހަމަ ފަރުވާ ކުޑައީއޭ ބުނެވޭނީ
މިހާރު
15 May 2018
ތިޖޫރީ ފަޅާލުމަކީ އެމީހެއްގެ އަމިއްލަ މައްސަލައެއް ދެއްތޯ. އެއަކު ރަށު ތައްޔިތުން އިހުމާލު ވާކަށް ނުޖެހޭ ދެއްތޯ. ތިޖޫރީ ފަޅާލާ ލާރިކޮޅު ގެންދިއައީ އެމީހެއްގެ އިހުމާލުވުން ކުޑަ ކަމުންނެއް ނޫންތޯ.
ކުވޭތި
15 May 2018
ރަށުގަ ވައްކަން އާއްމުވެ، ޑްރަގްގު އާއްމުވުމަކީ ރައްޔިތުންގެސް އިހުމާލުން ހިނގާކަންކަން.
ސަމޭދާން
14 May 2018
ތިޖޫރީގަ ފައިސާހުރުމަކީ މައްސަލައެއްނޫން ވަގުންނައް މިކުރެވުނީ ވައްކަން ކަމާ މިކެވެނީ ޒައްގޫމް އަލިފާން ކަމާ ކުރިޔައް އޮތީ ބަރަކާތްޔެރި ރަމަޝާންމަަަސް ކަން ނޭންގުންއެއީ ހިތާމަޔަކީ ވަގުންނައް ހެޔޮވިސް ނުންދެއް ވާށިއެވެ
ތަންކޮލު
14 May 2018
ކަލޯ ބުނަން އުޅޭ އެއްޗެއް ކުރުކޮށް ބުނެބަލަ ހެޔޮނުވާނެ
ހުނއ
14 May 2018
އާން އެހެން އެބުނަނީ ހަމަ ތެދެއް ސަހާދެއް މިބުނީ އެކައަޗެއްވެސް ނޭމްގޭ
ޖެކް ސްޕެރޯ
14 May 2018
ބޮޑަށް ވައްތަރީ އިންސައިޑް ޖޮބަކާ
ަޢ
14 May 2018
އާން ނުކުރާނެ ހޭޖެހޭ ކޮމެންޓު ކޮށްބަލަ ހެޔޮނުވާނެ
ޓްރަންޕް
14 May 2018
ފުރަތަމަވެސް ކައުންސިލް ކުއްވެރި. 10 ގެ ކުރިން ދޭންޖެހޭ އެއްޗެއް ނުދީ ލަސްކުރުމަކީ ޤާނޫނީ ކުށެއް. ދެވަނަކަމަކީ ކޮބާ ސެކިއުރިޓީން؟ ތިންވަނަ ކަމަކީ ތިޖޫރީގެ ޖުމްލަ ފޮތްތަކުން އެނގެން ވާނެ. ވ ބޮޑު ސިއްރު ފަހަތުގައި އެބައޮތް ކަމަށް ފެނޭ ލިޔުމަށް ބެލީމަ