އަލިބެ އޭނާގެ ދޮށީ އަންހެން ދަރި ސިއްތި (ކ) އާއި އަނެއް ދަރި ފާތުމައާ އެކު ފޮޓޯއަކަށް ހުއްޓިގެން-- ފޮޓޯ: ތަލްއަތު މުހައްމަދު
18 މެއި 2018 - 13:35
އާއިލާގައި 100 އަށް ވުރެ ގިނަ ކުދިން ތިބޭ، ށ. ފޯކައިދުއަށް އުފަން އުމުރުން 116 އަހަރުގެ އަލީ އާދަމް (ޑިސްކޯ އަލިބެ) މަރުވެއްޖެ އެވެ. އަލިބެ އަކީ ބެލެވޭ ގޮތުގައި މިއީ ރާއްޖޭގައި މި ވަގުތު ހުރި އުމުރުން އެންމެ ދުވަސްވީ މީހާ އެވެ.
ފޯކައިދޫ ކައުންސިލްގައި އަލިބެގެ އުމުރާ ގުޅޭގޮތުން ސާފު ލިޔެކިޔުމެއް ނެތްއިރު، މިދިޔަ އަހަރު އަލިބެ "މިހާރު"އަށް ދިން އިންޓަވިއުއެއްގައި ބުނިގޮތުގައި އޭނާއަށް 115 އަހަރަށް ވުރެ ގިނަ ދުވަސް ވެދާނެ އެވެ.
އަލިބެ: އޭނާގެ އެންމެ ކުރީގެ ހަނދާނަކީ ޝަމްސުއްދީންގެ ވެރިކަން-- ފޮޓޯ: ތަލްއަތު މުހައްމަދު
އަލިބެ މަރުވީ މިދިޔަ ބުދަ ދުވަހު ހެނދުނު އޭނާގެ ދަރިއެއްގެ ގޭގައި އޮއްވަ އެވެ. އުމުރުގެ ފަހުކޮޅަށް އެޅި އިރު ވެސް ހިނގާބިނގާވެ، ވަރަށް ސިއްހަތު ރަނގަޅުކޮށް ހުރި އަލިބެ، މަރުވީ ވެސް ބަލިވެ އުޅެފައެއް ނޫނެވެ.
މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި "މިހާރު"އަށް ދިން އިންޓަވިއުއެއްގައި އަލިބެ ބުނިގޮތުގައި އޭނާ އެންމެ ފުރަތަމަ ކައިވެންޏެއް ކުރީ އުމުރުން ވިއްސަކަށް އަހަރުގަ އެވެ. އެ ކައިވެންޏަށް ޖުމްލަ އަށް ކުދިން ލިބުނެވެ. އޭގެ ފަހުން އިތުރު ދެ ކައިވެންޏެއް ކުރި ނަމަވެސް ދަރިއެއް ނުލިބެ އެވެ. އެންމެ ފަހުން އިން މީހާ މަރުވިތާ ވެސް މިހާރު ބައި ގަރުނު ވެދާނެ ކަމަށް އޭނާ ބުނެފައި ވެ އެވެ.
ދޮށީ ދެ ކުދިން ޅަފަހަތުގައި މަރުވި ނަމަވެސް ދުނިޔޭގައި ތިބި ހަ ކުދިންގެ ތެރެއިން އެންމެ ދޮށީ ދަރިފުޅު ސިއްތީގެ އުމުރުން މިހާރު 80 އަހަރު ވަނީ ވެފަ އެވެ. ހަ ދަރީންގެ ފަރާތުން، އަލިބެ އަށް ކާފަ، މުނިކާފަ އަދި ހޫރުކާފަ ކިޔާ ކުދިން ވެސް ވަނީ ލިބިފި އެވެ. އެ ހުރިހާ ކުދިން އެއްކޮށްލައިގެން 100 އަށް ވުރެ ގިނަ ދަރިން އަލިބެގެ އާއިލާގައި އެބަ ތިއްބެވެ.
މަރުވުމުގެ ދުވަސްކޮޅެއް ކުރިން ވެސް އަލިބެ އަމިއްލަ އަށް ހޮޓާތަކަށް ގޮސް ސައިބޮއި ހެދި އެވެ. އަދި އުމުރުން ދުވަސް ވީ މީހުންނަށް ސަރުކާރުން ދޭ ފައިސާ ވެސް މިހާތަނަށް ބަލައިދިޔައީ އޭނާ އެކަންޏެވެ. އެއީ އޭނާ ބޭނުން ވެގެން ކުރި ކަންތައްތައް ކަމަށް އާއިލާއިން ވަނީ ބުނެފަ އެވެ.
އަލިބެގެ އެންމެ ދޮށީދަރިފުޅު ސިއްތި. އޭނާގެ އުމުރުން ވެސް 80 ވަރަކަށް އަހަރު ވެދާނެ-- ފޮޓޯ: ތަލްއަތު މުހައްމަދު
އަލިބެގެ އެންމެ ކުރީގެ ހަނދާނަކަށް އޭނާ "މިހާރު"އަށް ކިޔައިދިނީ މީގެ 100 އަހަރު ކުރިން ރާއްޖޭގެ ރަސްކަން ކުރެއްވި ޝަމްސުއްދީން 3ގެ ވެރިކަމާއި އޭރު މާލެ އޮތް ގޮތާއި އޭނާ މާލޭގައި ދުވަސްތައް ހޭދަކުރި ގޮތުގެ ވާހަކަ އެވެ. އަލިބެ ބުނާގޮތުން އޭނާ ކުޑައިރު ރަށްފުށުގައި މީހުން އާއްމުކޮށް މުހާތަބުކޮށް އުޅުނީ ވެސް ރައިވަރުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުހައްމަދު --
13 September 2019
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ މަރުހޫމަށް ހެޔޮ ރަހުމަތް ލައްވާދޭ
ނޫރާ ފިރާޒު / ފޭދޫ
19 May 2018
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ
ކާލި
19 May 2018
އަލިބެޔަށް ހެއުރަހުމަތް ﷲ މިންވަރު ކުރައްވައި ފުއްސެވުމާއި ދިއްނެވުން މިންވަރު ކުރައްވާށި!
ހެޔޮބަސް
19 May 2018
އުމުރަކީ ކުރު އެއްޗެކެވެ.100 އަހަރު ދުނިޔޭގައި ހުރެފައި ވެސް މަރުވުމަކަށް ނޭދޭނެއެވެ. ޓިން އޭޖްގައި މަރުވާ މީހުންގެ ހުންނަ ކެކުޅުން ތަށް 100 އަހަރުގެ ދިގު އުމުރަށް ދުނިޔޭގައި ހުރުމުގެ ނިއުމަތް ﷲ ދެއްވި މީހާ ވެސް މަރުވާ ވަޤްތު އޭނާ ވެސް އެ ކެކުޅުން ތަށް ކުރާނީ އެއްވަރަކަށެވެ.ވީމާ މުހިއްމީ ދިގު އުމުރެއް ނޫނެވެ.މުހިއްމީ ދިގު އުމުރުގެ ބޭނުން ހެޔޮ ގޮތުގައި ހޭދަ ކުރުމެވެ.ﷲ އެންގެވި ގޮތުގައި އުޅުނެވެ ޔާ ﷲ! އަލިބޭ ގެ ފުރާނައަށް ހެޔޮ ތަހުމަތް ލައްވާ ސުވަރުގެ ގެ މަތިވެރި ނިއުމަތް މިންވަރު ކުރައްވާން ދޭވެއެވެ.
ޙާމިދު ދ%
18 May 2018
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ
ރިޕް
18 May 2018
ރެސްޓް އިން ޕީސް
ގެނޭގެ
18 May 2018
ގެންދެވީ، ގެންދަވަން ހުރީމަ ގެންދަވަނެ، ދެން އެންމެން މާނަނޭގުނަސް އަރަބިންލިޔެ ކޮމެންޓްތައްފުރާލާ
ގެދާނޯމޮސް
18 May 2018
އުމުރު ދިގުމީހުން ގެ ވިސްނުން ވަރައްޕޮސިޓިވެ ސަބަބަކަށް ވެގެންދާނީ ކަންކަމާ މެދު ނެގެޓިވް ވިސްނުން ގެންގުޅޭނަމަ ފުރާނަ އައް އެކަން އުނދަގޫވެއެވެ. ފުރާނައިގެ ހަމަޖެހުން އެއީ ނުބައިހީތަކާ ދުރުމީހުންގެ ހައްގެކެވެ.
އިމް
18 May 2018
ދެ ވަނަ ބޮޑު ހަނގުރާމަ ނިމުނު އިރުވެސް އަލިބެގެ އުމުރުން 40 އަހަރު ވެއްޖެ. އަހަރެންނަށް އަދި 40 ނުވޭ އެކަމަކު މިހާރުވެސް މައްސަލަތައް ގިނަކަމުން ހީވަނީ މާ ގިނަ ދުވަހެއް ނުވާނެހެން.
ޑޮކްޓަރުންގެ ސިޓީ / އައްޑޫ ސިޓީ
18 May 2018
إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ މަރުޙޫމަށް ސުވަރުގެ މިންވަރު ކުރައްވާށި. . . . އަލިބެއަށް 116 އަހަރު ވުމަކީ އެކަށީގެންވާކަމެއް. އެހެންނަމަވެސް އަލިބެއަކީ ރާއްޖޭގައި ހުރި އެންމެ ދުވަސްވީ މީހާ ކަމުގައި ބުނާންވާނީ އެކަން ޔަޤީންކޮށްފަ. . . . . އުމުރުން 80 އަހަރުގެ ދަރިއެއް އަލިބެގެ ހުރުމަކީ އެއްވެސް ހާލެއްގައި އަލިބެގެ އުމުރު 116 އަށް ގުނާންޖެހޭ ސަބަބެއްނޫން. އަދި އެންމެ ދޮއްޓަށް ލިބުނު 2 ކުދިން ނިޔާވި ވާހަކަ ދައްކާ އިރު ދިވެހިންގެ ދަރިންހޯދުމުގެ ދުރުމިނަށްވެސް ބަލާންޖެހޭ.