ގާނޫނީ ވަކީލް އަލީ ހުސައިން. ދިފާއީ ހެކި ހުށަހެޅުމުގެ ފުރުސަތު ނުދީ، ޝަރީއަތް ކުރާނަމަ، ހުކުމްތައް ސައްހަ ނުވާނެ ކަމަށް އަލީ ހުސެއިން ވިދާޅުވި. - ފޮޓޯ: މިހާރު
11 ޖޫން 2018 - 13:28
ދިފާއީ ހެއްކާ ނުލައި ޝަރީއަތްތައް ކުރުމުގެ ބޭނުމެއް ނެތް ކަމަށާއި ދިފާއީ ހެކި ހުށަހަޅައިގެން ކުށުން ބަރީއަވުމަކީ ގާނޫނުއަސާސީން ކޮންމެ މީހަކަށް ވެސް ލިބިގެންވާ ހައްގެއް ކަމަށް ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަދި ގާނޫނީ ވަކީލު އަލީ ހުސައިން މިއަދު ވިދާޅުވެއްޖެ އެވެ.
ދިފާއީ ހެކިބަސް ނުނަގައި ޝަރީއަތް ނިންމަން ކޯޓުން ކަނޑައެޅި ހަބަރުގެ ލިންކަކާ އެކު އަލީ ހުސައިން ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދިފާއީ ހެކިން ހުށައަޅަން ފުރުސަތު ނުދީ ކުރާ ހުކުމެއް ސައްހަ ނުވާނެ ކަމަށެވެ.
އަލީ އެ ގޮތަށް ވިދާޅުވީ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ފޯނު، ފުލުހުންނަށް ނުދެއްވި ކަމަށް ބުނެ، ދައުލަތުން ކުރާ އަދުލު އިންސާފު ގާއިމް ކުރަން ހުރަސް އެޅުމުގެ ދައުވާގެ ދިފާއުގައި ހުށަހެޅި ހެކިންގެ ހެކިބަސް ނުނަގަން ނިންމައި، އެ މައްސަލައިގެ ފަހު އަޑުއެހުން މާދަމާ އަށް ތާވަލުކޮށްފައި ވަނިކޮށެވެ.
Dhifaaee heki husha alhan furusathu nudhee kuraa hukumeh sahha eh nuvaane. https://t.co/qcYs27NKeM
— Ali Hussain (@AleeVoice) June 10, 2018
އަލީ ހުސެއިން ކުރެއްވި ޓުވީޓު.
އަލީ ކުރެއްވި ޓުވީޓުގެ ތަފްސީލް ދެއްވަމުން އޭނާ "މިހާރު" އަށް ވިދާޅުވީ މީހެއްގެ މައްޗަށް ކުރާ ދައުވާއާ ގުޅިގެން، ޖަވާބުދާރީވާން އެކަށީގެންވާ ވަގުތު ދިނުމާއި ދިފާއަށް ހެކި ހުށަހެޅުމުގެ ހައްގަކީ ގާނޫނުއަސާސީން ކޮންމެ މީހަކަށް ވެސް ކަށަވަރު ކޮށްދީފައިވާ ހައްގެއް ކަމަށާއި އެ ހައްގު ނިގުޅައި ނުގަނެވޭނެ ކަމަށެވެ.
"ގާނޫނުގައި ލިޔެފައި އޮތަސް، ނެތަސް ދިފާއީ ހެކި ހުށައެޅުމުގެ ފުރުސަތު ދޭން ޖެހޭނެ. ހަމައެކަނި ދައުލަތުން ބުނާ އެއްޗަކަށް ރިއާޔަތް ކޮށްގެން ހުކުމް ކުރީމަ، ސައްހަ ޝަރީއަތަކަށް ނުވާނެ،" އަލީ ވިދާޅުވި އެވެ.
އަލީ ވިދާޅުވީ އިސްލާމީ ޝަރީއަތުގައި ޝަރީއަތްތައް ހިންގަން ޖެހޭ އުސޫލު އޮތް އިރު، ދިފާއުވުމުގެ ހައްގު އިސްލާމީ ޝަރީއަތުގައި ވެސް ދީފައިވާ ކަމަށެވެ. ޝަރީއަތްތައް ހުޅުވާލައިގެން ކުރަން އޮންނަ އިރު، ހަތަރު ޚަލީފާއިންގެ ދުވަސްވަރު، ސިއްރު ކޮށްގެން ބޭއްވީ ކޮން ޝަރީއަތެއްތޯ އޭނާ ސުވާލު ކުރެއްވި އެވެ. އަދި ސިއްރު ކޮށްގެން ބޭއްވި ޝަރީއަތެއް ދެއްކުމަށް ދައުލަތުގައި އޭނާ އެދިވަޑައިގެންނެވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޝަރީއަތްތައް ސިއްރު ކޮށްގެންނާއި ސިއްރު ހެކި ބަސް ނަގަނީ ވަރަށް ނާދިރު ހާލަތްތަކުގަ އެވެ. އެ ގޮތުން ގައުމީ ސަލާމަތަށް ނުރައްކާވާ ހާލަތުގަ އާއި ބަދު އަހުލާގީ މައްސަލަތަކުގައި ޝަރީއަތްތައް ސިއްރު ކޮށްގެން ބާއްވާކަން އޭނާ ފާހަގަ ކުރެއްވި އެވެ. އެކަމަކު، މިހާރު ހިނގަމުންދާ ސިޔާސީ ބޭފުޅުންގެ ޝަރީއަތްތައް ސިއްރުކޮށްގެން ހިންގަން ޖެހޭ ސަބަބެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
ކްރިމިނަލް ކޯޓުގައި ރޭ ބޭއްވި ޝަރީއަތުގައި މައުމޫނާއި ދެ ފަނޑިޔާރުންގެ މައްސަލަ ބައްލަވާ ގާޒީ އަހުމަދު ނަޖީބު ވިދާޅުވީ ދައުލަތުން ހުށަހެޅި ހެކިތަކަށް ބަލާއިރު، ދިފާއީ ހެކިންގެ ހެކިބަސް ނަގަން ޖެހޭ ސަބަބެއް މިހާރު އޮތް ކަމަށް ފެނިވަޑައިނުގަންނަވާ ކަމަށެވެ. އެހެންވެ، ދިފާއީ ހެކިންގެ ހެކިބަސް ނުނަގަން ނިންމައި، ދެން އޮންނާނީ އެ މައްސަލައިގެ ޚުލާސާ ބަޔާން އިއްވުން ކަމަށް އޭނާ ވިދާޅުވި އެވެ.
ކުރީގެ ބަންޑާރަ ނައިބު އަދި ގާނޫނީ ވަކީލު ދިޔާނާ ސައީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދައުލަތުގެ ހެކިންގެ ހެކިބަސް ނަފީ ކުރެވޭނެ ހެކި ވެސް ދިފާއީ ހެކިންގެ ކިބައިން ލިބިދާނެ ކަމަށެވެ. އެހެންވެ، ދިފާއީ ހެކިންގެ ހެކިބަސް ނެގުމަކީ ލާޒިމް ކަމެއް ކަމަށް ވެސް ދިޔާނާ ވިދާޅުވި އެވެ.
Dhaulathuge hekinge hekibas nafeekureveyne hekives dhifaaee hekinge kibain libidhaane. Dhifaaee hekinge hekibas negun laazimu.
— Dhiyana 🎈 (@dhiyanasaid) June 11, 2018
Mioh bodu roadhamahuves evves bireh nethi Gaazee Najeeb aa baiverin mi hinganee nubaikan bodu amaleh @judiciarymv pic.twitter.com/cN0ro8Vrjz
ދިޔާނާ ކުރެއްވި ޓުވީޓު.
މީގެ އިތުރުން، ރޯދަ މަހު އެއްވެސް ބިރެއް ނެތި ގާޒީ ނަޖީބާއި އޭނާގެ ބައިވެރިން ހިންގަވަނީ ނުބައިކަން ބޮޑު އަމަލެއް ކަމަށް ވިދާޅުވެ، ދިޔާނާ ވަނީ ގާޒީންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްދުއްލާ
13 June 2018
މިއީވެސް ބޭކާރު ވާހަކަދައްކައިގެން މަސްހޫރުވާން އުޅޭމީހެއް ކޯޓް އަމުރަކުންދޭން ކަނޑައެޅި އެއްޗެއް ނުދީފިނަމަ އެއަކަށް ދިފާއީހެއްކެއް ނޯންނާނެ
ހަސަނު
12 June 2018
މިއަދު އެ ބުނީ ދިފާއީ ހެކި ބޭނުމެއް ނެތޭ.. މާދަމ ާބުނާނީ ޝަރީއަތް ވެސް ބޭޏުމެއް ނެތޭ، ޝައްކު ކުރެވޭ ހިސާބުން އެތިބީ ކުށް ސާބިތުވެފައޭ.... އަނެއް ހެން މިރާޖެއަކު ބޭނުމެއް ނުވޭ ދެއްތޯ މާ ބޮޑު ޝާރީއަތެއް ކުރާކަށް..
އަބްރަހަމް
12 June 2018
ދިފާއީ ހެކި ދިނުމުގެ ފުރުޞަތު ނުދީ ޝަރިއަތް ގެންދަނީ ބިރުވެތި ކަމުގެ އެއްވެސް ކަންފުޅެއް ނެތީމަ.. މާދަމާ ތިމާ މީހާއަށް މިހާލަތު އައިސްފާނެކަމާއި ނާއިންސާފުން ކުރެވޭ ކަންކަމުގެ މައްޗަށް ސުވާލު ވެވޭނެ ކަން ދަނެ އެކަމުގައި ޖާހިލުކަން އިސްކުރާތީ..
ދިފާއީ
12 June 2018
ދިފާއީ ހެކިންގެ ހެކިބަސް ކުރިން ނަގައިފިއްޔާ ދައުލަތުން ހުށަ އަޅާ ހެކިން ބަލައި ނުގަނެ އެބަ އޮތްތަ،؟
އަލިފް
11 June 2018
ދިފާއުގަ ހެކި ހުށަހަޅާ ވާހަކަދައްކަން ފުރުސަތު ނުދީ ހުކުމް ނުކުރެވޭނެއެވެ .
ޤާދިރު
12 June 2018
ދިފާޢުގަ ހެކި ހުށަހަޅަން ފުރުޞަތު ދިނީމާ ހުށަނާޅަނީ ދިފާޢު ކުރެވޭވަރުގެ ހެއްކެއް ނެތީމަކަށް ޤަބޫލުކުރެވެނީ.
އަލިބޭ
11 June 2018
ކޯޓުން ޓިނު ނަގާދިން މީހާވެސް މަޤާމުން ވަކި ކުރީ، އަދި ހާލުގައި ޖައްސާލީ. ދެން ލަހެއްނުވެ ތި ނަޖީބަށްވެސް އެދުވަސް ފެނިދާނެ ތޯއްޗެއް. ނަޝީދު ބުނާޒާތު ބިރު ފަހަނަ އަޅާގޮސް ތިބި މީހުން ތީ
މިގޭ
11 June 2018
މީ ހިތުން ހާދަ މޮޅު މީހެކޭދޯ ؟
ހާޖަރާ
11 June 2018
ކުރިހުރިހާ ކަމެއް ފެނި އާންމުވީމަ ދެން އެމީހުނަށް ދެއްކޭނީ ކޮން ބަހަނާއެއް. ބަހަނާ ދެއްކުމުގެ ފުރުސަތު އެމީހުނަށް ދީގެންނުވާނެ. އެތިބީ ބޮޑުވެގެންވާ ޖަރީމާއެއް ހިންގާފަ. ތެދެއް މިބުނީ.
ބީވާ
11 June 2018
އަލީ ހުސޭނު ވެރިކަމަށް ގެންނަން ރަގަޅު.
އަނިޔާއަށް ބޯނުލަނބާނަން
11 June 2018
މިރާއްޖޭގެ ކޯޓްތަކުގައި ހިނގަނީ އިސްލާމީ ޝަރީޢަތްތަ؟ ﷲ އަށް ބިރުވެތިވޭ! ކޮންމެ މީހަކުމެ ކުޅަ ޢަމލަކާމެދު ޖަވާބުދާރީވާން ޖެހޭނެ ދުވަހެއް ވާކަން ކަށަވަރު. މިދުނިޔޭގައި އިންސާފު ނުލިބުނަސް އާޚުރަތުގައި އިންސާވެރި ޖަޒާ އެންމެންނަށްވެސް ލިބޭނެކަމީ ޝައްކެއްވެސް އޮތްކަމެއް ނޫން. އަނިޔާވެރިންނަށް ކާމިޔާބެއް ނުލިބޭނެ.