އދ.ގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއް ކުރިއަށް ދަނީ. ސެކިއުރިޓީ ކައުންސިލްގެ އިންތިހާބުން ވަނީ ރާއްޖެ ބަލިވެފައި
19 ޖޫން 2018 - 13:46
އދ. ގެ ސަލާމަތީ މަޖިލީހުގެ ގޮނޑި ރާއްޖެ އަށް ކާމިޔާބުވިޔަ ނުދިނުމަށް އަވައްޓެރި އިންޑިޔާ އިން ރާއްޖެއާ ދެކޮޅަށް ކެމްޕޭން ކުރި ކަމަށް އެ ގައުމުގެ ނޫހަކުން މިއަދު ބުނެފި އެވެ.
ޓައިމްސް އޮފް އިންޑިޔާގައި، އެ ގައުމުގެ ޑިޕްލޮމެޓަކާ ހަވާލާދީ ބުނެފައިވަނީ، ސަލާމަތީ މަޖިލީހުގެ އިންތިހާބުގައި ރާއްޖެއާ ދެކޮޅަށް އިންޑިޔާ އިން ވޯޓު ނުދިނުމުގެ އިތުރުން، އެ ގޮނޑި ރާއްޖެ އަށް ނުލިބޭތޯ މަސައްކަތް ވެސް ކުރި ކަމަށެވެ.
އދ.ގެ އާންމު މަޖިލީހުގައި މި މަހުގެ 8 ވަނަ ދުވަހު ނެގި ވޯޓުގައި ބޮޑު ތަފާތަކުން ރާއްޖެ ބަލިކޮށް، ސަލާމަތީ މަޖިލީހުގެ މެމްބަރު ކަން އިންޑޮނީޝިޔާ ހަތަރު ވަނަ ފަހަރަށް ވަނީ ހޯދައިފަ އެވެ. އޭޝިއާ ޕެސިފިކް ސަރަހައްދުގެ ގޮނޑި އިންޑޮނީޝިއާ އަށް ލިބުނީ ވޯޓުގައި ބައިވެރިވި 190 ގައުމުގެ ތެރެއިން 144 ގައުމުގެ ވޯޓުންނެވެ. ރާއްޖެ އަށް ވޯޓު ދިނީ އެންމެ 46 ގައުމަކުންނެވެ.
"މިހާރު ލިބެމުން އަންނަ ތަފުސީލުތަކުން އެނގޭ ގޮތުގައި، ސަލާމަތީ މަޖިލީހުގެ އިންތިހާބުގައި އިންޑިޔާ އިން، ރާއްޖެއާ ދެކޮޅަށް ހަމައެކަނި ވޯޓުލީކީ ނޫން. އެހެން ގައުމުތަކުގައި ވެސް ރާއްޖެއާ ދެކޮޅަށް މަސައްކަތް ކޮށްފައިވޭ. އެހެންވެ ރާއްޖެ އަށް ވޯޓު ލިބުނީ އުއްމީދު ކުރި ވަރަށް ވުރެ ވެސް މަދުން،" އެ ގައުމުގެ ޑިޕްލޮމެޓަކާ ހަވާލާދީ ޓައިމްސް އޮފް އިންޑިޔާގައި ބުނެފައި ވެ އެވެ.
ގިނަ ގައުމުތަކުން، ސަލާމަތީ މަޖިލީހުގެ ގޮނޑި އަށް އިންތިހާބު ކުރާނެ ގައުމެއް ކަނޑައެޅީ އިންޑިޔާ އިން ސަޕޯޓުކުރާ ގައުމަކަށް ބަލާފަ އެވެ. އެހެންވެ އެ ގައުމުތަކުގެ ވޯޓު އިންޑޮނޭޝިއާ އަށް ދިނީ ކަމަށް ބުންޏެވެ.
ލިޔުމުން 60 ގައުމެއް އަދި އަނގަބަހުން 30 ގައުމެއްގެ ތާއީދު ލިބިފައިވާ ކަމަށް ވެސް ރާއްޖެ އިން ކުރިން ބުނި ކަން އެ ނޫހުގައި ފާހަގަކޮށްފައިވެ އެވެ.
އެ ގޮނޑި ކާމިޔާބުކުރަން އިންޑިޔާ އިން އެހީ ދިން ކަމަށް، ރާއްޖެ އިން އިންޑިޔާ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަހުމަދު މުހައްމަދު ވިދާޅުވި ނަމަވެސް، އެ އިންތިހާބުގައި އިންޑިޔާ އިން ވޯޓު ދިނީ ރާއްޖެއާ ދެކޮޅަށް ކަމަށް އެ ގައުމުގެ ނޫސްތަކުން ބުނެ އެވެ.
ސަލާމަތީ މަޖިލީހުގެ އިންތިހާބުގައި އިންޑިޔާ އިން ރާއްޖެއާ ދެކޮޅަށް ވޯޓު ދިނީ، ދެ ގައުމުގެ ގުޅުން ވަރަށް ބޮޑަށް ހީނަރުވެފައިވާ ދަނޑިވަޅެއްގަ އެވެ. އެގޮތުން ވިސާގެ މައްސަލައިގައި ދެ ގައުމުގެ އިސް ވެރިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަކީނާ
20 June 2018
އެހެންވެއްޖެއްޔާ އަދި މާރަނގަޅު މިލިބުނު ވޯޓުގެ އަދަދު... މަރުހަބާ
ޝޮކްތެރަޕީ
19 June 2018
ހުރިހާކަމެއްވެސް އޮޅުވާލަނީވެސް މަކަރުހަދަނީވެސް ރާއްޖެއަ ހެޔޮނޭދެނީވެސް އެމްޑީޕީ އިސްސަފުގަ ތިބިމީހުން.
ކުމާރެއްނާ
19 June 2018
ރިސޯޓުތަކުގެ މެދުފަންތީގެ ވަޒީފާތަކުގަ ތިބި އިންޑިޔާ މީހުން ހަމަމިހާރު ރަށަށް ފޮނުވާލާ. އަކިލޭސްވެސް.
ސިންގްހ
19 June 2018
އިންޑިއާއިން ރާއްޖޭގައި ހުޅުވާހުރި ކަލްޗަރަލް ސެންޓަރ ބަންދުކުރުމަށް ގޮވާލަން.
މަންސޫރު
19 June 2018
އިންޑިއާއިން ބޭނުންވީ މުސްލިމުންގެ އެންމެ ބޮޑު އާބާދީ އޮންނަ ގައުމު އެ ގޮނޑީގައި އިންނަން. ދެން ތިޔަ ކުޅޭ ދީނީ ކާޑު ނިކަން ކުޅެބަލަ!
ޗިއްލޫ
20 June 2018
ކޮހުންނަށް ގޮވޭނީކޮސް، ކަލޭކާރި ބުނެފަތޯ އިންޑިޔާއިން އެކަންކުރީ؟؟؟
ސުލްތާނާ
19 June 2018
މި ސަރުކާރުގެ ހުރިހާ ފެނވަރެއްގެ ވެރިންނަކީ އާއްމު ރައްޔިތުން އޮޅުވާލުމެއްގަ ބައިތިއްބަން މަސަތްކަތް ކުރާބައެއް. އެގޮތުން ސަފީރުވެސް ހިތުން އުޅުނީ އޮޅުވާލަން. އެކަމަކު ބޮޑުތަނުން ފަލީހަތްވީ!
ރައްޔިތުމީހާ...
19 June 2018
އަހަރެމެނަށް ތިކަން މާކުރިންވެސްއެނގޭ މިއުޅޭ ސިކުނޑިއެއްނެތް ކުދިންނަށް ނޭގުނަސް އަދި އިންޑިޔާއަކީ އަބަދުމެ އެމީހުންގެ ކޮންޓްރޯލްދަށައް މިޤައުމު ގެންދަން ބޭނުންވާ ބަޔަކުކަމާއި އެއްވެސް ޒަމާނެއްގައި މިރާއްޖެއަށް ހެޔޮއެދިގެން ނުއުޅޭކަން އަހަރެމެނަށް އެނގޭ... އެކަމަކު ކީއްތޯކުރާނީ އަމިއްލަ އެދުމުން ފުރިފައި ތިބިބަޔަކު އަދިވެސް ދިވެހިރާއްޖޭގެ ހިސްޓްރީއަށް ބެލުމަކާއިނުލައި އިންޑިޔާއިން މިގްރޫޕްގެ އެދުން ފުއްދަދޭނެކަމަށް ސަލާންއެބަޖަހާވިއްޔާ ! މިމީހުނަކަށް ދުނިޔޭގެ ވާނުވާނޭގެނީ ތޯއްޗެއް ! ނޫންނަމަ ވެރިކަމުގެ އެދުންވެރިކަން ބޮޑުވެފައި އޮތްވަރުން އެގަހުކޭލެއް މިގަހުކޭލެއް ވަކިނުވާވަރު ވީކަމަށްވެސްވެދާނެ ..!
އަބްދުއްލާ
19 June 2018
އިންޑިޔާ އަށް ވަޒީފާ ހޯދާކަށް ނުދާނަން . އެކަމަކު އިންޑިޔާއިން އަންނާނެ ވަޒީފާ ބޭނުންވެގެން ރާއްޖެ އަށް އަހަރުމެން އިންޑިޔާއށްދަނީ އިންޑިޔާގަ ތިބެގެން ފައިސާހަރަދުކުރަން މިހަރަދު ކުރާފައިސާއިން އިންޑިޔާމީހުނަށް ނަފާލިބޭ .. އިންޑިޔާއިން ރާއްޖެ އަންންނީ މިތަނުން ފައިސާހޯދައިގެން ރަށުކުދިންނަށް ކާންބޯންދޭން . ވީމާ އިންޑިޔާ އިންޖެހޭނީ ދިވެހިން ބުނާގޮތްހަދަން .އަހަރުމެން ނުޖެހޭނެ އިންޑިޔާގެ ދަށުވެގެން އުޅޭކަށެއް
މޮޔަ ދ
19 June 2018
ކަމެއްވާ އިރައް ރޮއެފަ އިންޑިޔާ ކައިރި އަށް
ދެޓްވޭ
20 June 2018
އަބްދުއްލާ ތިބުނީ ވަރަށްވެސް ރަގަޅުވާހަކައެއް. އަހަރުމެން ނުޖެހޭ އިންޑިޔާ ކީއްކުރަން އެއްވެސް ގައުމެއްގެ ދަށުގައިވާކަށް އެވަރިހަމަ ޗައިނާ ވިޔަސް ސައުދީއަރަބިއްޔާ ވިޔަސް ޕާކިސްތާންވިޔަސް އެމެރިކާވިޔަސް
ރޮކެޓް ސައިންސް
19 June 2018
އެކަމަކު އައްމަޑޭ ބުނާ ވާހަކައާއި ތިޔާ ދިމަލެއްނުވޭ. އައްމަޑޭ ކީކީކޭތަ އިންޑިޔާ މިކިޔަނީ. ޝައިނީ ކައިރީ ބުނެގެން ބަލާލަ ދީބަލަ މީގެ ތެދުދޮގު. ހުވާ ބޯހަލާކު ވާވަރުވޭ ކެކެކެކެ
ޅަވިޔަނިނއ
19 June 2018
ރާއްޖެއަށް ގޮނޑި ލިބުނީމަ ފައިދާވާނީ ޗައިނާއަށްކަން އިންޑިއާއަށް އެނގެޔޭ....