މުނިފޫހިފިލުވުން / ދިވެހި ފިލްމް އިންޑަސްޓްރީ

ދެން އަޅުވަން އޮތީ ދިވެހި ކޮން ފިލްމެއް؟

ފިލްމީ ތަރިންތަކެއް ހަފުލާއެއްގައި: މި އަހަރު ސިނަމާ އަށް އަދި އެއީ އެންމެ ހަތަރު ފިލްމް.

ރޯދަ މަހާ އެކު ދިވެހި ފިލްމީ މަސައްކަތްތަކަށް އައި މަޑު ޖެހުން، ރޯދަމާ އެކު ނިމުނީ އެވެ. މިހާރު ވެސް ބައެއް ފިލްމްތަކުގެ މަސައްކަތް ފަށައިފި އެވެ. އޭގެ ތެރޭގައި މި އަހަރު ރިލީޒް ވާން ހުރި ފިލްމްތައް ވެސް އެބަ ހުއްޓެވެ.

ރޯދައިގެ ކުރިން ސިނަމާ އަށް ވަނީ ހަތަރު ފިލްމެއް ގެނެސް ދީފަ އެވެ. އެއީ ފެބުރުއަރީގައި އެޅުވި "ދެވަންސޫރަ" އާއި މާޗްގައި އެޅުވި "ވަކިން ލޯބިން" އާއި ހަމަ އެ މަހު އެޅުވި "ރޭވުމުން" ގެ އިތުރުން އެޕްރީލްގައި އެޅުވި "ތިޔަ ލޯތްބާ ދުރަށް" އެވެ.

ދިވެހި ސިނަމާ އަށް ދެން އެންމެ އަވަހަށް އަންނަން އޮތީ ކޮން ފިލްމެއް ހެއްޔެވެ؟ އެ ސުވާލުގެ ސާފު ޖަވާބެއް އަދިއެއް ނޭނގެ އެވެ. އެކަމަކު އަހަރުގެ ބާކީ މިއޮތް މުއްދަތުގެ ތެރޭގައި ރިލީޒް ވާނެ ކަމަށް ބެލެވޭ ފިލްމްތަކެއް އެބަ ހުއްޓެވެ.

"Leena" fenun laheh nuvaane

"Leena" fenun laheh nuvaane

The most trusted news source in the Maldives

Mihaaru

"ލީނާ" އަކީ ޝޫޓިން ނިމިފައި އޮތް ފިލްމެއް.

އަބްދުﷲ (މުއާ) މުއާޒް ޑައިރެކްޓް ކުރި ފުރަތަމަ ފީޗާ ފިލްމް "ލީނާ" ރޯދައިގެ ކުރިންސްކްރީނަށް ގެންނާނެ ކަމަށް ބުންޏަސް އެކަން ވާ ގޮތެއް ނުވި އެވެ. އެހެންވެ ފަހަރުގައި ދެން އެންމެ އަވަހަށް ސިނަމާ އަށް އަންނަން އޮތް ފިލްމަކީ ވެސް އެ ފިލްމަށް ވެދާނެ އެވެ. "ލީނާ" އަކީ މި އަހަރުގެ ކުރީކޮޅު ޝޫޓިން ވެސް ނިމިފައި އޮތް ފިލްމެވެ.

ބަތަލާ މަރިޔަމް އައްޒަ ޓައިޓްލް ރޯލް ކުޅެފައިވާ މި ފިލްމަކީ މީގެ އަހަރުތަކެއް ކުރިން މަރައިލި އަޒްލީނާ ނަފީސްގެ މަރުގެ ހާދިސާ އަސްލަކަށް ބަލައިގެން ހަދާފައިވާ ފިލްމެކެވެ.

މި އަހަރުގެ އިތުރު ފިލްމްތަކުގެ ތެރޭގައި "40+" ވެސް ހިމެނެ އެވެ. އިސްމާއީލް ޝަފީގް ޕްރޮޑިއުސް ކުރާ މި ފިލްމް ސިނަމާ އަށް އަންނާނެ ކަމަށް ބެލެވެނީ އަންނަ އޮގަސްޓް މަހުގެ 1 ގަ އެވެ. "40+" އަކީ 2016 ގައި ޔޫސުފް (ޔޫއްޕެ) ޝަފީއު، ލިޔެ، ޑައިރެކްޓްކޮށް އަދި މުހިއްމު ރޯލެއް ވެސް ކުޅުނު ފިލްމް "ނޯޓީ 40" ގެ ދެވަނަ ބައެވެ.

"40 Plus" August 1 ah thaavalkoffi

"40 Plus" August 1 ah thaavalkoffi

The most trusted news source in the Maldives

Mihaaru

"40+" އަކީ އޮގަސްޓަށް ތާވަލުކޮށްފައި އޮތް ފިލްމެއް.

މިދިޔަ އަހަރު އަޅުވާނެ އިއުލާން ކުރުމަށް ފަހު، މި އަހަރަށް ފަސްކުރި "ބާކީވެފައި" އަކީ ވެސް މި އަހަރު ފެންނާނެ ކަމަށް އުންމީދު ކުރެވޭ ފިލްމެކެވެ. މުހައްމަދު ޝަރީފް ޑައިރެކްޓްކޮށްފައިވާ ފިލްމްގެ ކާސްޓުންގެ ތެރޭގައި ކުރީގެ މަޝްހޫރު ބަތަލާ މަރިޔަމް އަފީފާ ހިމެނެ އެވެ.

ނިއުމާ މުހައްމަދުގެ ވަދާއީ ފިލްމް "ނިވައިރޯޅި" ގެ ޝޫޓިން ރ. އިނގުރައިދޫގައި މިހާރު ކުރިއަށްދާ އިރު، މި ފިލްމަކީ މި އަހަރުގެ އޮކްޓޯބަރުގައި ސިނަމާ އަށް ގެންނަން އަމާޒު ހިފާފައިވާ ފިލްމެކެވެ. ނިއުމާ ބުނި ގޮތުގައި މޫމިން ފުއާދު ލިޔެ، ޑައިރެކްޓް ކުރާ "ނިވައިރޯޅި" ސިނަމާ އަށް ގެންނަން ބޭނުން ވަނީ އޭނާގެ އުފަން ދުވަސް ކަމަށްވާ އޮކްޓޯބަރު 20 ގަ އެވެ.

"Nivairaolhi" ge team shooting ah Inguraidhoogai

"Nivairaolhi" ge team shooting ah Inguraidhoogai

The most trusted news source in the Maldives

Mihaaru

"ނިވައިރޯޅި" އަކީ އޮކްޓޯބަރަށް ތާވަލުކޮށްފައި އޮތް ފިލްމެއް.

ޑާކް ރެއިން އެންޓަޓައިންމަންޓްގެ "ގޮށްރާޅު" އަކީ ޑިސެމްބަރަށް ތާވަލުކޮށްފައި އޮތް ފިލްމެކެވެ. ދެހާސް ސޯޅައިގައި ރިލީޒް ކުރި "4426" އަށް ފަހު، އަހުމަދު ޝިނާން ސޯލޯ ޑައިރެކްޓަރެއްގެ ގޮތުގައި ހަދާ ފުރަތަމަ ފިލްމަކީ ކްރައިމް ތުރިލާއެކެވެ. ޖުމައްޔިލް (ޖުމަލް) ނިމާލާ އެކު، އާ ކާސްޓުންތަކެއް ވެސް ފެނިގެންދާ ފިލްމަކީ އަހަރުގެ އެންމެ އުންމީދީ އެއް ފިލްމެވެ.

ރައީސް އަބްދުﷲ ޔާމީނާއި އަނބިކަނބަލުން ދަތުރު ކުރެއްވި ފިނިފެންމާ ލޯންޗްގައި އެއްޗެއް ގޮއްވައިލި ހާދިސާ އަށް އަލީ ސީޒަން ހަދަން ނިންމާފައިވާ "ފިނިފެންމާ: ގައްދާރު ވީ ކާކު؟" އަކީ ވެސް މި އަހަރު ސިނަމާ އަށް ގެންނަން އަމާޒު ހިފާފައި އޮތް ފިލްމެވެ. މި ފިލްމާ ބެހޭ ގޮތުން ސީޒަން ފެބުއަރީ މަހު ބުނީ ފިލްމްގެ ޝޫޓިން މި އަހަރުގެ މެދު ތެރޭގައި ފަށާނެ ކަމަށެވެ.

"GohRaalhu" December ah faskoffi

"GohRaalhu" December ah faskoffi

The most trusted news source in the Maldives

Mihaaru

"ގޮށްރާޅު" ތާވަލުކޮށްފައި އޮތީ ޑިސެމްބަރަށް.

މަދޮށިޕް ސްޓޫޑިއޯ އިން ދާދި ފަހުން އިއުލާން ކުރި ގޮތުގައި، އެ މީހުންގެ ފުރަތަމަ ފީޗާ ފިލްމް މި އަހަރު ސިނަމާ އަށް ގެންނާނެ އެވެ. އަންނަ މަހު ޝޫޓިން ފަށާ މި ފިލްމަކީ ވޯކިން ޓައިޓްލްއަކަށް "ފަރީ" ގެ ނަން ދީފައިވާ އެކަނިވެރި މައެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ.

Seezan ge aa film, "Finifenmaa" govvaali haadhisaa ah!

Seezan ge aa film, "Finifenmaa" govvaali haadhisaa ah!

The most trusted news source in the Maldives

Mihaaru

"ފިނިފެންމާ" އަކީ ސީޒަންގެ ބޮޑު ޕޮރޮޖެކްޓެއް.

މި ފިލްމްތަކުގެ އިތުރަށް ވެސް މި އަހަރަށް ޕްލޭން ކުރި އިތުރު ފިލްމްތަކެއް އެބަ ހުއްޓެވެ. އެކަމަކު އޭގެ ތެރެއިން ބައެއް ފިލްމްތަކުގެ އެއްވެސް މަސައްކަތެއް އަދިއެއް ނުފަށަ އެވެ. އޭގެ ތެރޭގައި މުހައްމަދު (ޓެޑްރީ) ނިޔާޒް އިއުލާން ކުރި "ލަސްވިޔަސް" އާއި މުހައްމަދު ފައިސަލް ޑައިިރެކްޓް ކުރާ "ހައްޔަރު"، އަލީ ޝަޒްލީމް ޑައިރެކްޓް ކުރާ "ނަފުސު" އަދި ޔޫއްޕެ ޑައިރެކްޓް ކުރާ "ކަޅަކި" ފާހަގަކޮށްލެވެ އެވެ.

އަދި މި އަހަރުގެ ފެބްރުއަރީގައި އަޅުވާނެ ކަމަށް ބުނީ މަޝްހޫރު މިއުޒިކް ޑައިރެކްޓަރު އަހުމަދު ޝާޒް އާއި ނައިފަރުގެ ޓީމަކުން ހަދަން ފެށި "މަރިޔަމް މާ" އަކީ ވާނުވާގައި އޮތް ފިލްމެކެވެ. މި ފިލްމްގެ މަސައްކަތް ފެށީ މި އަހަރުގެ ފެބްރުއަރީ މަހުގެ 14 ގައި ސިނަމާ އަށް ގެންނާނެކަން އިއުލާން ކުރަމުންނެވެ. "މަރިޔަމް މާ" އަކީ ވެސް މުޅިން އާ ޓީމަކުން، އާ ކާސްޓަކާ ހަދާ ފިލްމެކެވެ.

Naifaru in screen ah gennany "Mariyam Maa"

Naifaru in screen ah gennany "Mariyam Maa"

"މަރިޔަމް މާ" ޕްރިމިއާ ކުރާނީ ފެބްރުއަރީ 14، 2018 ގައި ނައިފަރުގައި.

Mihaaru

"މަރިޔަމް މާ" އަކީ ފެބްރުއަރީގައި އަޅުވާނެ ކަމަށް ބުނި ފިލްމެއް.

އަމްޖަދު (އަމްޖޭ) އިބްރާހީމްގެ "ގިލަން" ސްކްރީނަށް ގެންނަން މަސައްކަތް ކުރަނީ 2015 އިން ފެށިގެންނެވެ. އަމްޖޭ ބުނެފައިވާ ގޮތުގައި މި އަހަރު ފެނުމުގެ ފުރުސަތު ވަރަށް ބޮޑެވެ. އޭނާ ކުރިން ދީފައިވާ އިންޓަވިއުއެއްގައި "ގިލަން" އަކީ މި އަހަރު އަޅުވާ ފުރަތަމަ ފިލްމަށް ވެދާނެ ކަމަށް ވެސް ބުނެފައިވެ އެވެ. އެކަމަކު އެކަން އެގޮތަކަށް މި އަހަރަކު ވެސް ނުހިނގި އެވެ. އެކަމަކު މި ފިލްމަކީ ބެލުންތެރިން ވަރަށް އިންތިޒާރު ކުރާ ފިލްމެކެވެ.

ހަމަ މިއާ އެކު އަމްޖޭގެ އެހެން ފިލްމެއް ވެސް އެބަ އޮތެވެ.އެއީ އައިމިނަތު ރިޝްފާ، ހާމިދު އަލީ އަދި އަހުމަދު (އާނަންދު) އީސަ ލީޑް ރޯލް ކުޅޭ "ދޭތީ އަނިޔާ" އެވެ. މިއީ 2016 ގައި ޝޫޓިން ފަށައި، ނުނިމި ދިގުލައިގެން ގޮސްފައިވާ ފިލްމެކެވެ.

Anna aharuge furathama filmakah "Gilan" vedhaane

Anna aharuge furathama filmakah "Gilan" vedhaane

The most trusted news source in the Maldives

Mihaaru

"ގިލަން" އަކީ ވާނުވާގައި އޮތް ފިލްމެއް.

ދިވެހި ސިނަމާ އައިސްފައި އޮތް ފަޅުކަން ފިލުވައި ދޭނެ ފިލްމަކަށް، ދިވެހި ފިލްމްތަކަށް ލޯބި ކުރާ މީހުން މިހާރު ވެސް ތިބީ އިންތިޒާރުކޮށްގެންނެވެ. ސުވާލަކީ ކިހާ ހިސާބެއްގައި އޮލިމްޕަސް ސިނަމާ އަށް ފިލްމެއް އައިސްދާނެ ހެއްޔެވެ؟

މިދިޔަ އަހަރު 8 ފިލްމް ސިނަމާ އަ އެވެ.

8 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަނދު

24 June 2018

ފޮނި މުއާ އެންސީއޭގެ ހަލާކު، ދެން ޖުމަލް ފެންވަރު އޮޅިފައި، ސީޒަން އުޅެނީ ރީޒަން ނޭނގިގެން

The name is already taken The name is available. Register?

އީސާނަޝާކުއްޖާ

24 June 2018

މުއާއަށް ވުރެން ރަނގަޅު ޖުމަލްވެސް ސީޒަން އަދި ރަވީ ވެސް ..ވަރަށް އަހްލާގު ދަށް

The name is already taken The name is available. Register?

މަސްވެރިޔާ

24 June 2018

ނޭނގޭ. ނޫޅެން ބަލާކަށްވެސް

The name is already taken The name is available. Register?

ނިމާލު

24 June 2018

ކާކުބުނެގެން ތިހާ ފޫހިވާ ކަމަކަށް ކޮންމެންޓް ކޮށް ތިއަގުހުރި ހަޔާތުން ސިކުންތު ކޮޅެއް ގެއްލުވާލީ. ތީ ބުއްދިވެރިން ކޮށްއުޅޭ ކަމެއްނުން

The name is already taken The name is available. Register?

ފުންއަސަރު

24 June 2018

އެއްވެސްވަރަކަށް ނޭނގެ. ހަމަ އެއްވެސް ވަރަކަށް ނޭނގެ. ހަގީގަތުގާ ދިވެހި ފިލްމު ބަލަން ފޫހިވަނީވެސް މިފަދަ ސަބަބުތައް ގިނަވީމަ. މިހާރު ނަހޫމެން ފިލްމެއް ހަދަން ނޫޅޭތީ މައްސަލައަކީ. ނަހޫމެން ފިލްމެއްގެ މަސައްކަތް ފަށައިފިއްޔާ ރީތިކޮށް ނިންމާފަ އަޅުވާނެ. ކުރަންކުރާކަށް ނުތިބޭނެ. ފިލްމު ފަށާނީ ވާންޖެހޭ ތައްޔާރީތައްވެފާ، ނަހޫގެ ފިލްމެއްގެ އިންތިޒާރުގާ އެބަހުރިން.

The name is already taken The name is available. Register?

ނަހުލާ

24 June 2018

ކޮބާ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ޑައިރެކްޓަރު ޓެޑުރީގެ ފިލްމް "ލަސްވިއަސް". ޓެޑްރީ އަނެއްކާ ފިލްމެއް އެބަހަދާތަ ނުނީ މަޖަލަކަށް ދެއްކި ވާހަކަތަ؟

The name is already taken The name is available. Register?

އަދީބު

24 June 2018

އަންހެން ފިލްމް ޑައިރެކުޓަރަކާ ވާދަކުރަން ލަދުން ފިލްމް ކެރިއަރު ހުއްޓާލި މީހަކު އަލުން ފިލްމެއް ހަދާފާނެއޭތަ..

The name is already taken The name is available. Register?

ޓެޑްރީ

24 June 2018

ނަހޫ ތިބުނީ ރަނގަޅަށް މިކަމަކާ އުޅެއުޅެ މަ ހަލާކުވެއްޖެ. ދެން މަށަކަށް މިކަމެއް ނުވާނެ. އެހެންނޫނަސް ދެން ވެއްޓޭނީއަގު. ވާނީ ފަލީހަތް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454