ރައީސް ޔާމީނާ، ޕީޕީއެމްގެ ރިޔާސީ ޓިކެޓު ހަވާލު ކުރުމަށް ރޭ ބޭއްވި ޖަލްސާގައި، އެމަނިކުފާނުގެ ސަޕޯޓަރުންނަށް އަތްޕުޅުން ހަނާ އަޅުއްވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
30 ޖުލައި 2018 - 14:36
އިދިކޮޅު ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި އެމްޑީޕީ އަށް އަމާޒު ކުރައްވައި ރައީސް އަބްދުﷲ ޔާމީން ރޭ ދެއްކެވި ވާހަކަފުޅުތައް އަމާޒުވަނީ އެމަނިކުފާނަށް ކަމަށާއި އިބޫއަކީ ސާފު ކެންޑިޑޭޓެއް ކަމަށް، އޭނާގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.
ސެޕްޓެމްބަރު 23 ގައި އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް، ޕީޕީއެމްގެ ރިޔާސީ ޓިކެޓް ރައީސް ޔާމިނަށް ރަސްމީކޮށް އަރުވަން ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި އެމަނިކުފާނު ވިދާޅުވީ، އިބޫ ރައްޔިތުންނަށް ޖަވާބުދާރީވެވަޑައިގަންނަވަން ޖެހޭ ގިނަ ކަންކަން ހުރި ކަމަށެވެ. އެގޮތުން އެމްޑީޕީގެ މެނިފެސްޓޯގައި މި ފަހަރު ވެސް ރާވާފައި ހުރީ ކުރިން ވެސް އެ ޕާޓީގެ ވެރިކަމުގައި ކުރަން ރޭވި ކަންކަން ކަމަށް ވިދާޅުވި އެވެ.
ސޯލްޓް ކެފޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާރިޔާ. --ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު
ސޯލްޓް ކެފޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައްޔިތުންގެ މަޖިލިހުގެ މައްޗަންގޯޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ ވިދާޅުވީ އިބޫއަކީ އަމާނާތްތެރި، ވައްކަމުގެ އެއްވެސް ތުހުމަތެއް ނެތް ބޭފުޅެއް ކަމަށެވެ. އަދި އިބޫއަކީ އިސްލާމް ދީނާ ބެހޭ ގޮތުން ސުވާލު އުފައްދެވި ބޭފުޅެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެމްޑީޕީން ވެރިކަން ކުރީ ހަމައެކަނި އެ ޕާޓީގެ މެމްބަރުންނަށް ކަމަށް ރައީސް ވިދާޅުވި ވާހަކަފުޅަށް ރައްދު ދެއްވައި މާރިޔާ ވިދާޅުވީ އެމްޑީޕީން ކުރީ ހިތްހެޔޮ، އޯގާތެރި ވެރިކަމެއް ކަމަށެވެ. އެގޮތުން ދުވަސްވީ މީހުންނަށް ޕެންޝަނެއް ދޭން ފެށުމާއި އާސަންދައިގެ ނިޒާމު ތައާރަފްކުރީ އެ ޕާޓީން ކަން ވެސް ފާހަގަކުރެއްވި އެވެ.
"ރާއްޖޭގެ ހުރިހާ އެންމެންނަށް ކަންތައްތައް ކޮށްދިނުމަށް އެމްޑީޕީ ސަރުކާރުން ވިސްނާފައި ހުރީ. އެތައް ޒަމާނަކުން ތަންތަން ހިއްކޭނެ ކަމަށް ބުނަނިކޮށް އެތައް ބައިވަރު ބިމެއް ހިއްކި،" މާރިޔާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެމްޑީޕީ ސަރުކާރުން ފްލެޓު އެޅިވަރުން ނަޝީދަށް އިދިކޮޅު ފަރާތްތަކުން މުހާތަބް ކުރީ "ފްލެޓު ދޮންބެ"ގެ ނަމުންނެވެ. އެކަމަކު އެމްޑީޕީގެ ސަރުކާރުގައި އެޅި ފްލެޓުތައް މިހާރުގެ ސަރުކާރުން ބަހާލިއިރު، އެ ބެހި ގޮތާ މެދު ރައްޔިތުން ތިބީ ހިތްހަމަނުޖެހިފައި ކަމަށް ވިދާޅުވި އެވެ.
ރައީސް ޔާމީނާ، ޕީޕީއެމްގެ ރިޔާސީ ޓިކެޓު ހަވާލު ކުރުމަށް ރޭ ބޭއްވި ޖަލްސާގައި.---ފޮޓޯ: ނިޝާން އަލީ/މިހާރު
ރައީސް ޔާމީންގެ ވާހަކަފުޅުގައި ވަނީ އިބޫ އާއި އެމްޑީޕީން ރާއްޖޭގެ ހަރު މުދާ ނުވިއްކާނެ ކަން ރައްޔިތުންނަށް ކަށަވަރު ކޮށްދޭން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ. އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އިންޑިއާގެ ޖީއެމްއާރަށް ވިއްކާލީ ކީއްވެތޯ ރައީސް ސުވާލުކުރެއްވި އެވެ.
އެ ވާހަކައަށް ރައްދު ދެއްވައި، މާރިޔާ ވިދާޅުވީ އެއާޕޯޓު ބޭރުގެ ބަޔަކަށް ވިއްކާލި ކަމަށް ވިދާޅުވެ، ރައީސް ހެއްދެވީ އިތުރުފުޅެއް ކަމަށެވެ. އެކަމަކު އެއާޕޯޓު ދިގު މުއްދަތަކަށް ކުއްޔަށް ދިނީ ދިވެހިންގެ ޖީބުން އެތައް ބައިވަރު ފައިސާއެއް ހަރަދުނުކޮށް އެއާޕޯޓު ތަރައްގީ ކުރެވޭނެ ގޮތެއް ހޯދަން ކަމަށް ވިދާޅުވި އެވެ.
އެމްޑީޕީގެ ވެރިކަމުގައި ކޮރަޕްޝަންގެ މައްސަލަތައް ނުބެލި އޮތް ސަބަބު ހާމަކޮށް ދިނުމަށް ރައީސް ޔާމީން އެދިވަޑައިގެންފައިވާތީ އެކަމާ ބެހޭ ގޮތުން މާރިޔާ ވިދާޅުވީ ރައީސް ޔާމީން އިސްކޮށް ހުންނަވައިގެން ވޭތުވެދިޔަ ހަތް އަހަރު ސަރުކާރުތައް ހިންގެވި އިރު، ކޮރަޕްޝަންގެ އަމަލެއް އެމްޑީޕީން ހިންގި ނަމަ، އެކަން ބެލީސް ކަމަށާއި އެކަން ނުކޮށް އޮތީ ކޮރަޕްޝަން ނެތީމަ ކަމަށެވެ.
މާރިޔާ ވިދާޅުވި ގޮތުގައި އެމްޑީޕީގެ ތިން އަހަރު ދުވަހުގެ ސަރުކާރަކީ "ސާފުކޮށް" އޮތް ސަރުކާރެކެވެ. މި ސަރުކާރުގައި ކޮރަޕްޝަން މައްސަލަ ހުރި ވާހަކަ އާއި އެމްއެމްޕީއާރުސީގެ ހިޔާނާތަކީ ރާއްޖޭގައި ހިނގި އެންމެ ބޮޑު ހިޔާނާތްކަން ރައީސް ޔާމީން ވެސް އެއްބަސްވެވަޑައިގެންފައިވާ ކަމަށް ވިދާޅުވި އެވެ.
މާރިޔާ ވިދާޅުވީ ރައީސް ޔާމީންގެ ވާހަކަފުޅުތައް ހުންނަ ގޮތާއި ބަހާއި އަމަލު ދިމާނުވާ ވަރު ރައްޔިތުންނަށް ވަރަށް ރަނގަޅަށް އެނގޭ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެކޮޅުގޭ މުޙައްމަދު
14 October 2018
ދެން އަހަރު ދެކޮޅު ވިހާ މީހުން ތިބޭނީ އަބަދު ޗުއްޓީގައި ދެން ކޮންބައެއް ސިވިލްސާރވިސް މަސައްކަތް ކުރާނީ ވަޒީފާ ތަކުގައި ގިނައީ އަންހެނުން މަގޭ އަންހެނުން ފުރަތަމަ ޗުއްޓީ ނަގާނީ ހެހެ
ނާށި ކަކުނި
09 August 2018
ރައީސް ޔާމީނުގެ ސަރުކާރަކީ ތިހެންދައްކާ ރަނޑު ވާހަކަ އަކަށް ގުޑިގެންދާނެ ސަރުކާރެއް ނުން. ވަރަށް ފުރިހަމަ ކާމިޔާބު ސަރުކާރެއް
ދޮންބީފާނު
01 August 2018
"...އިބޫއަކީ އިސްލާމް ދީނާ ބެހޭ ގޮތުން ސުވާލު އުފައްދެވި ބޭފުޅެއް ނޫން..." އެހެންވީމާ ޖަޒީރާ ބޭފުޅާ މިމީހުންނަށްވެސް ކަމުނުދޭތާ.
މަރީ
31 July 2018
ސާބަހޭ މާރިޔާޓޓޓޓޓޓޓޓޓޓޓޓޓޓޓ
ގައިމް
31 July 2018
މާރިޠާ މަޖީލަހަށް ޙާޒިރުނުވެ ތިޔަ ނަންގަވާ މުސާރަ ނެންގެވުން ހުއްޓާލައްވާ<
މުރާދު
30 July 2018
ކިތައްއަހަރު މިވީ ބަޖެޓަށް ވޯޓު ނުދޭތާ. ރިޔާސި ބަޔާނެއް އިއްވިޔަ ނުދޭތާ. ގާނޫނު އަސަސީއަށް ފައިންއަރައިގެން ފުމެ ބަލަ. މުސާރަ ނަގައިގެން .
ޏަމް
30 July 2018
*ސައުދީންވެސް އިސްރާއީލާ ގުޅުން ބާއްވާއަދިi މިސުރުންވެސްq *ޢެތަންތަން ވިއްކި ނަމަ ހުންނާނީ އެމީހުންގެ އަތްދަށުގަ.
ނަތާށަ
30 July 2018
ޢެމްޑީޕީއިން ފްލެޓް އަޅާފަ ނުބަހާ ހުރުން މީ ހާދަ އެހެންކަހަލަ ކަމެކޭ؟ ސަދަގާތް ކުރަނީތަ؟
ޙަވިނަ
30 July 2018
ސާފު ކެނޑިޑޭޓަކީ ކޯއްޗއްބާ؟
ޙަސަން އަލީ
30 July 2018
މާރިޔާއަށް ހަމަ އެނގޭނީ