މާލޭގައި ޕީޕީއެމްގެ ޖަގަހައެއް ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި އަބްދުއްރަހީމް ވާހަކަ ދައްކަވަނީ. - ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު
31 ޖުލައި 2018 - 11:24
އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓު، އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވައުދުވެވަޑައިގަތުން ހުއްޓާލައްވަން ޖެހޭ ކަމަށާއި އެ ވައުދުތައް ނުފުއްދެވޭނެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ރޭ ވިދާޅުވެއްޖެ އެވެ.
ވެރިކަން ކުރާ ޕީޕީއެމްގެ "ނަޔާ ޖަގަހަ 2" ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި އަބްދުއްރަހީމް ވިދާޅުވީ އެމްޑީޕީގެ ވެރިކަމެއްގައި ނުކުރެވުނު ކަމެއް ދެން ނުކުރެވޭނެ ކަމަށެވެ. އެމްޑީޕީގެ ވެރިކަމުގައި އެއްވެސް ވައުދެއް ރައްޔިތުންނަށް ފުއްދައިދީފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޕީޕީއެމްގެ ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ޕީޕީއެމްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ. - ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު
އަބްދުއްރަހީމް ވަނީ ރައީސް އަބްދުﷲ ޔާމީން، މިދިޔަ އާދިއްތަ ދުވަހުގެ ރޭ އިބޫއާ ކުރިމަތި ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވުމަށް ގޮވާލައްވައިފަ އެވެ.
އިބޫ އިއްޔެ ވިދާޅުވީ ރައީސް ޔާމީން ކުރިމަތި ކުރެއްވި ސުވާލުތަކުގެ ޖަވާބު، އަންނަ ސެޕްޓެމްބަރު 23 ގައި އޮންނަ ރިޔާސީ އިންތިޚާބުން ލިބިވަޑައިގަންނަވާނެ ކަމަށެވެ.
އަބްދުއްރަހީމް ވިދާޅުވި ގޮތުގައި މަރުގެ ހުކުމް ތަންފީޒު ކުރާނެ ވާހަކަ އާއި އިސްލާމް ދީން ނޫން އެހެން ދީނަކަށް ފުރުސަތު ނުދޭނެ ވާހަކަ އާއި އިސްލާމީ ޝަރީއަތް ގާއިމްކުރާނެ ވާހަކަ ދައްކާކަށް އިދިކޮޅު ފަރާތްތަކަށް ނުކުރޭނެ އެވެ. އެއީ ހުޅަނގު ގައުމުތަކުން އެމީހުންނަށް އޮތް ތާއީދު ގެއްލި، އެމީހުން "އަތުން" ދޫކޮށްލަފާނެތީ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި ސިވިލް ސާވިސްގެ އެތައް ބަޔަކު ވަޒީފާ އިން ވަކިކޮށް، މުސާރަ ކަނޑާލައި، "ފައިސާތައް ކާލި" ކަމަށެވެ.
ޕީޕީއެމްގެ ޖަގަހަ ހުޅުވަން ރޭ ބޭއްވި ރަސްމިއްޔާތުގައި އެ ޕާޓީގެ ސަޕޯޓަރުން ބައިވެރިވަނީ -- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު
"ކުރި ކަމަކީ ރާއްޖެ، އިގްތިސާދީ ވަޅުގަނޑަކަށް ވައްޓާލީ. ރާއްޖޭގެ އިޖުތިމާއީ އަދާލަތު ގެއްލުވާލީ. ރާއްޖޭގެ ޝަރުއީ ނިޒާމު ފުނޑާލީ. ތައުލީމީ ނިޒާމު ހަލާކުކޮށްލީ. ސިއްހީ ދާއިރާ ވީރާނާކޮށްލީ. މިއީ ނޫންތޯ ކުރިމަކީ؟ ދިވެހި ރައްޔިތުންގެ ލާބަ އާއި މަންފާއަށް ކޮން ކަމެއްތޯ ކުރެވުނީ؟ ރާއްޖޭގެ ތަރައްގީއަށް ކޮން ކަމެއްތޯ ކުރެވުނީ؟ އެއް ކަމެއް ވެސް ނުކުރެވުނު،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ސެޕްޓެމްބަރު 23 ގައި އޮންނަ ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ޓިކެޓު ރަސްމީކޮށް ރައީސް ޔާމީނަށް އަރުވަން ބޭއްވި ޖަލްސާގައި އެމަނިކުފާނު ވަނީ އެ އިންތިޚާބަށް އިބޫ އާއި އެމްޑީޕީން ނުކުންނައިރު، ޖަވާބުދާރީވާން ޖެހޭ ގިނަ ކަންތައްތަކެއް ހުރި ކަމަށް ވިދާޅުވެ، ސުވާލުތަކެއް ކުރައްވައިފަ އެވެ.
- ރާއްޖޭގެ ހަރު މުދާ ނުވިއްކާނެ ކަން ކަށަވަރު ކޮށްދޭންޖެހޭ.
- ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ބޭރުގެ ބަޔަކަށް ވިއްކާލީ ކީއްވެތޯ އަދި އޭގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ ޚަޒާނާ އަށް ލިބުނު އާމްދަނީ ކުޑަވި މައްސަލަ.
- އިސްލާމީ އުސޫލު ކިހާ ވަރުގަދަކޮށް ހިންގިދާނެތޯ؟
- މަރުގެ ހުކުމް ތަންފީޒު ކުރާނެތޯ؟
- އެމްޑީޕީގެ ވެރިކަމުގައި ކޮރަޕްޝަންގެ މައްސަލަަތައް ނުބެލި ސަބަބު.
- އެމްޑީޕީގެ ނުފޫޒާ އެކު ފެބްރުއަރީ 1 ގެ އަމުރު ސުޕްރީމް ކޯޓުން ނެރުނު ސަބަބު.
- ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ކަނޑާލި ސަބަބު.
- ދައުލަތުގެ ބަޖެޓަށް ވޯޓު ނުދޭ ސަބަބު.
- ކޯޓުތަކަށް ނުފޫޒު ނުފޯރުވާނެ ކަން ކަށަވަރު ކޮށްދިނުން.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިދުރީސް
31 July 2018
އަހަރެން އުޅުނީ އެއްޗެއް ބުނެވޭތޯ.... ދެން އެކަމަކު ބުނާނެ އެއްޗެއްނެތް... ވަރަށް ފުރުހަމަ.
ނުބުނަން ހުރެފަވެސް ބުނީދެން
31 July 2018
ޢިބޫ ވައުދުވާންވީ އަދުރޭ ބުނީމަ. ޢިބޫ ކެމްޕެއިން ކުރަންވީ އަދުރޭބުނާގޮތަށް. ކަލޭ ތީ ކާކުކަމަށް ހީވެގެން އައްދުރަހީމާ ތިއުޅެނީ. ޓިނުގަނޑެއް ވެދުން ކޮއްފާނަން.
ތުނިޔަ
31 July 2018
ޢއަޅުގަނޑުގެ މިލްކިއްޔާތުގަ ފްލެޓެއް ކީތްކުރަން ޓިނުގަނޑެއްގެ މިންވަރުވެސްނެތް!
ފޫހި
31 July 2018
މީނާ ބުނާގޮތްތަ އިބޫ ވެސް އަދި ރައްޔިތުންވެސް ހަދަންވީ. ރައްޔިތުންގެ އަޚްލާޤު އަދުރޭއަށްވުރެ ރަނގަޅުވީމަ ތިޔަޒާތުގެ ވާހަކައަށް މިހާރުރީތިކޮށް މި ޖަވާބުދެނީ.
ސަމާސާ
31 July 2018
ނުހައްގު މުއްސަނދިކަން ހޯދިގޮތް ނުބަލާ ދޫކޮށްލާނެ އެއްގޮތެއްވެސް ނޯންނާނެ!! އެދުވަސް ކައިރިވާތީ މޭކަރަނީ އުތަ؟
ބެއްޔާ އައްޑޫ
31 July 2018
ޑިއަރ މެމްބަރު އަބްދުއްރަހީމު. އިބޫ އަކި މަނިކުފާނުގެ ޕާޓީގެ ކެނޑިތޫތޫ އެއް ނޫނޭ. މާ އައުލާކަން ބޮޑުވާނެ މަނިކުފާނުމެން 2013 ވަނަ އަހަރުވި ވައުދުތަކާއި މަނިކުފާނު ޕާޓީގެ ކެނޑިތޫތޫ ގެ ވައުދު ތަކުގެ ވާހަކަ ދައްކަވަން.
ޓިނުގަނޑު
31 July 2018
އަދުރޭ ޔާމީނު މަރުގެ ހުކުމް ތަންފީޒުކޮށް ނިމުނީތަ ތިޔަ ސުވާލު އިބޫ އާއި ތިކުރީ
ފަސީ
31 July 2018
އިބޫ ވައުދުވިޔަސް ނުވިޔަސް އިބޫއަށް ވޯޓުދޭނީ އަހަރެމެން
ކުރުޒޫރު
31 July 2018
މީނަ ބަހައްޓާފަ އެންމެން ދާންވީ ގައުމުން ފައިބައިގެން، ރައްޔިތުން ގޮތްނިންމާނެ، މަޑުން ހުރޭ، އަހަރެމެންނަށް އެބަފެނޭ، ރިޝްވަތުގެ ކުށޭކިޔާ ކުށެއް ނުބާއްވަން ކުރާ މަސައްކަތް، އަހަރެމެންނަށް އެބަފެނޭ ޢަދުލުވެރިކަން ގެންލިގެންދާތަން، އަހަރެމެންނަށް އެބަފެނޭ ވޯޓަށް ނުފޫޒުފޯރުވަންކުރާ މަސައްކަތް، އަހަރެމެންނަށް އެބަފެނޭ ލައްކަ މަންޒަރު، އިބޫގެ ކިބައިން އަހަރެމެންނަށް ފެންނަނީ، ފުރިފައި ހުރިތަން، ތިޔަހެން ޕޯޑިއަމްގައި ފުންމަފުންމައިގެންދާތަނެއް ނުފެނޭ.
ސީދާ
31 July 2018
ފުލެޓް ދޮންބެ އެޅި ފުލެޓް މިހާރު ވެސް ތިބަހަނީ. ކަރަންޓް ސަބްސިޑީޒް އާސަންދަ އެކަނިވެރި މައިންގެ އެލަވަންސް މުސްކުޅިންގެ އިނާޔަތް މިހެންގޮސް ކިޔާނެކަމެއް ނެތް