ހުޅުމާލޭގެ މަގެއްގައި ފިޔާތޮށި ކުލައިގެ ދިދަފަތި ދަމާފައި. ރިޔާސީ އިންތިހާބުގެ ފޯރި އެންމެ ގަދަވެފައި ވަނީ މި އަވަށުގައި.
06 އޯގަސްޓް 2018 - 14:57
އެޗްޑީސީގެ ހުއްދަ ނުހޯދައި ހުޅުމާލޭގައި އިދިކޮޅު ކޯލިޝަންގެ ޖަގަހައެއް ހިންގަމުންދާތީ އެ އިމާރާތުގެ ވެރިފަރާތް 10،000ރ. އިން ޖޫރިމަނާ ކުރުމުން އެޗުޑީސީއަށް އެ ފައިސާ ދައްކައިފި އެވެ.
ހުޅުމާލޭގައި އިދިކޮޅު ކޯލިޝަންގެ ދެ ޖަގަހައެއް ކުރިއަށް ގެންދެ އެވެ. އޭގެ ތެރެއިން ޖޫރިމަނާކުރީ ނިރޮޅުމަގުގައި ހުރި އަމިއްލަ މީހެއްގެ އިމާރާތުގައި، އެޗުޑީސީގެ ހުއްދަ ނެތި އެފަދަ ތަނެއް ހިންގާތީ ކަމަށް އެ ކުންފުނިން ބުނެ އެވެ.
އޭގެ އިތުރުން، ރެހެންދި ސްކޫލް ކައިރީގައި އޮތް އަމިއްލަ މީހެއްގެ ބިމެއްގައި ކޯލިޝަންގެ ޖަގަހައެއް ހުޅުވީ ހުއްދަ ނުހޯދައި ކަމަށް ބުނެ، އެ ހުއްދަ ހޯދަން އެގޭގެ ވެރިފަރާތަށް އެޗްޑީސީން ވަނީ ސިޓީ ފޮނުވައިފަ އެވެ. އަދި ހުއްދަ ނުހޯދާ ނަމަ، އެގޭގެ ވެރިފަރާތް ވެސް ޖޫރިމަނާ ކުރާނެ ކަމުގެ އިންޒާރު ދީފައިވެ އެވެ.
އެޗްޑީސީގެ އޮފިޝަލަކު ވިދާޅުވީ ހުޅުމާލޭގައި ހުންނަ ބިންތަކަށް ވަންނަ ނަމަ، އެޗްޑީސީގެ ގަވައިދާ އެއްގޮތަށް ހުއްދަ ނަގަން ޖެހޭނެ ކަމަށެވެ. އެކަމަކު އަމިއްލަ ބައެއްގެ ބިންތަކެއްގައި އިދިކޮޅު ކޯލިޝަންގެ ޖަގަހަތައް ހެދީ އެ ހުއްދަ ނެތި ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ގޭގެ ވެރިފަރާތްތަށް ނަސޭހަތްތެރިވެ ސިޓީ ފޮނުވާތާ މަހެއް ވީ. އާދޭސްކުރިން ހުއްދަ ހޯދައިގެން ޖަގަހަ ހިންގުމަށް. އެކަމަކު އެ ހުއްދަ ނަގާކަށް އެމީހުން ބޭނުމެއް ނުވޭ،" އެ އޮފިޝަލް ވިދާޅުވި އެވެ.
"ހުއްދައަށް އެދި ހުށަހެޅީމަ، މިތިބީ ހުއްދަ ދޭން ތައްޔާރަށް. އެހާ ވެސް ފަސޭހަ ކަމެއް މިއީ."
ހުޅުމާލޭގައި ހުއްދަ ނުހޯދައި އެއްވެސް ފަރާތަކުން ޖަގަހައެއް ހިންގާ ނަމަ، އެ ކުންފުންޏަށް އެޅެން އޮތް ހުރިހާ ފިޔަވަޅެއް އަޅާނެ ކަމަށް އެޗްޑީސީގެ އޮފިޝަލް ވިދާޅުވި އެވެ.
ހުޅުމާލެ އަކީ މި ފަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ގައި މާލެ އިން އެންމެ ބޮޑު ފޯރިއެއް ނަގާ އަވަށެވެ. ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ޕީޕީއެމްގެ ޖަގަހަތައް ހަދައި، ދިދަ ފަތި ދަމައި، ރައީސް ޔާމީންގެ ބިލްބޯޑުތައް ވަނީ ހަރުކޮށްފަ އެވެ.
އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި ހުޅުމާލޭގައި ޕީޕީއެމްގެ ޖަގަހަތައް ހިންގަނީ ވެސް އެޗްޑީސީގެ ހުއްދަ ހޯދުމަކާ ނުލަ އެވެ. އެކަމަކު އެޗްޑީސީގެ އޮފިޝަލް ވިދާޅުވީ ޕީޕީއެމްގެ ހުރިހާ ޖަގަހައެއް ވެސް ހިންގަނީ ހުއްދަ ހޯދައިގެން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަލީމް
08 August 2018
އެމްޑީޕީން ކެމްޕޭންކުރަން ހުރި ކެންޑިޑޭޓަކީ ހުސް ތޮށިގަނޑެއް. ނިކަމެތިކަމުގައި އަރާހުރި އާއްޖުފާޖުވެސް ނޭގޭ މީހެއް. މިގޭއުޅޭ ގްރޭޑް 11 ގައި އުޅޭކުއްޖަކު އިބޫއަށް ޖޯކްޖަހާތީ ނަސޭހަތްތެރިވެސްވިން އެކަންނުކުރަން.
ބޮކުބާޑު
08 August 2018
މިދިދަތަކާއި، ޓީޝާޓު، އަދި ބެނާފަދަ ތަކެތި ގެނެސް ދެނީ ކޮންބައެއްތޯ؟ އަނެއްކާ އެސްޓީއޯ ތޯ؟ ސާފުކޮށްލަ ދީބަލަ.
ވިނަރެސް
07 August 2018
އެޗްޑީސީގެ ބޮޑުންތައް ޖަލުގެ ތޭރިތަކުގައި ހައްޔަރުވާނެ! މާގިނަ ދުވަހެއް ނެތް!
މަރިޔާއަލީ
07 August 2018
ތިތަންވެސް އަތުލަންފެނޭ
ޝަރާފަތު
06 August 2018
ސަރުކާރު ހަމައިން ނެއްޓި ދެން މިސަރުކާރު އަދި ރައީސް ޔާމީން އަށް އިތުރު ދައުރެއް ނުދޭންވީ ފާޅުގައި މިފަދަ އިންސާފުން އެއްކިބާ ވެފައިވާ ކަންްތައް ކުރާތީއެވެ. އަހަރެންނާއި އަހަރެންގެ އާއިލާގެ ވޯޓް މިސަރުކާރަށް އަދި ރައީސް ޔާމީން އަށް ހަރާމް އެވެ.
އަހުމަދު އަލީ
06 August 2018
މިކަމުންދޭހަވަނީ ޕީޕީއެމް ތާއީދުނެތީމަ ބިރުނ
ފައި
06 August 2018
މީހުންޖޫރިމަނާކުރުމަށްވުރެމާރަގަޅުވާނެހުޅުމާލޭގެ މޫދަށްއެރޭޓުރެކުސަރަހައްދުއެޗުޑީސީމީހުންނެރެގެން ސާފުކުރިއްޔާމުޅިތަނުގަގަކުނިއެތަނަކީސްކޫލް ކުދިންނާފަތުރުވެރިންވެމޫދަށްއެރޭސަރަހައްދު ގެސްޓުހައުސްތަކުގެމީހުންއެމީހުންގެސަރަހައްދު ކޮއްމެދުވަހަކުސާފުކޮއްބަލަހައްޓާއިރުއެޗުޑީސީގެ ވެރިންބޮޑުމުސާރަނަގައިގެންކުރާކަމަކީމީހުން ޖޫރިމަނާކުރުމާއި 75ޕަސެންޓުހޯދަދޭނަމޭކިޔާގެން ވަޒީފާގަދެމިތިބުން
އަހްމަދު
06 August 2018
ވެރިކަމުގަތިބޭއިރު ކޮންމެބަޔަކުވެސް އެބަޔަކުބޭނުންކަމެއް ބޭނުންގޮތަކަށްކުރާނެ އެކަން އެމްޑީޕީވެސް ގަބޫލުކުރަންޖެހޭ އަހަރުމެންދުށީމު އެމީހުންގެވެރިކަމުގަ ދަރުބާރުގެ ރާއްޖެތެރޭގެރައްރަށުން އައިމީހުން ދިރިއުޅެންވެސް ދީފަހުއްޓާ ބާރެއްލިބުނީމަ ވަކިބަޔަކު ތަފާތެއްނޫން އެންމެންއެއްގޯތް
ހަބޭސް222
06 August 2018
ނޫނޭވާ ވަރެއް އެބަހުރިތާ އެއްގޮތން ނުވިއްޔާ އަނެއް ގޮތުންވެސް ލާރި ލާރި..! ވަރެއްގެ ސަރުކާރެއް މީ.! ތިސަކަރާތްގަނޑު ޖަހަން ތިބޭނެ ދުވަސް ވަރަށް ކުޑަތަންވެއްޖެ!
ބޮޑުއަދީބު
06 August 2018
އެހެނެއްނޫން ވަނީ. ބުންޔާމީން ކިޔާ މީހަކު ހިތްދަތި ވަނީ.