ގުޅިފައިވާ ޕާޓީތަކުން ބޭއްވި ޖަލްސާއެއްގައި ޝިފާޒް ވާހަކަ ދައްކަވަނީ. - ފޮޓޯ: މިހާރު
14 އޯގަސްޓް 2018 - 14:17
އަންނަ މަހުގެ 23 ގައި ބާއްވާ މި އަހަރުގެ ރިޔާސީ އިންތިޚާބާ ދިމާކޮށް، އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކުރަން ޖެހޭ ކަންކަން މުލިއާގޭގައި ކުރަމުންދާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް ބުނެ، އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް އެކަމަށް މިއަދު ފާޑު ވިދާޅުވެއްޖެ އެވެ.
ސޯލްޓް ކެފޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝިފާޒް ވިދާޅުވީ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހަމަވި ފަހުން، ބައެއް މީހުން "ބޮނޑި ބޮނޑި" ހިފައިގެން ބައެއް ތަންތަނަށް ވަޑައިގެންނެވި ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން ކުރަން ޖެހޭ ކަމެއް މުލިއާގޭގައި ކުރިއަށްދާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާތީ އެކަންކަން ކަމާ ބެހޭ މިނިވަން މުއައްސަސާތަކުން ބަލައި، ފިޔަވަޅު އަޅައިދިނުމަށް ވެސް ޝިފާޒް ވަނީ އެދިވަޑައިގެންފަ އެވެ.
އީސީގެ އޮފިޝަލަކު މީހެއްގެ ރީ-ރީރަޖިސްޓްރޭޝަން ފޯމު ފުރައިދެނީ.-- ފޮޓޯ: އިލެކްޝަންސް ކޮމިޝަން
"މިއީ ދެ ފުށް ފެންނަ، އިންސާފުވެރި އިންތިޚާބެއް ހޯދަން މަސައްކަތް ކުރާ ބަޔަކަށް ވަރަށް ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި އަޅުގަނޑު ފާހަގަކޮށްލަން ބޭނުން. އަދި އެ ތަނުގައި (މުލިއާގޭގައި) މަސައްކަތް ކުރަނީ ކޮން ބައެއްކަން އަޅުގަނޑުމެންނަށް އެބަ އެނގޭ،" ޝިފާޒް ވިދާޅުވި އެވެ.
ޝިފާޒް ވިދާޅުވީ ވޯޓު ލާ މަރުކަޒުތަކުގައި ބަހައްޓާ ވޯޓު ފޮށީގެ ނަތީޖާތައް ޓެބްލެޓެއް މެދުވެރިކޮށް އިއުލާން ކުރަން އުޅޭ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާތީ އެކަމާ ވެސް ދެކޮޅު ހައްދަވާ ކަމަށެވެ. އަދި ނަތީޖާ ގުނާފައި ލިޔަން ނޭނގޭ ނަމަ، އެކަން ނުކުރަން ޝިފާޒް އެދިވަޑައިގެންނެވި އެވެ.
"ޓެބްލެޓުން އަންނަ ނަތީޖާ ޝީޓަށް އަޅުގަނޑުމެން ބަރޯސާއެއް ނުވާނަން. ގަލަމަކުން، ނަތީޖާ ގުނާފައި ލިޔަން ނޭނގޭ ނަމަ، ތިކަން ނުކުރަންވީ ޝަރީފް. ތިޔަ ކުރައްވަން އުޅުއްވާ ކަންކަން އެނގޭތީ މި ދަންނަވަނީ،" އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފަށް އިޝާރާތް ކުރައްވައި، ޝިފާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި އަހަރުގެ ރިޔާސީ އިންތިޚާބަށް އިދިކޮޅު ފަރާތްތަކުން ކުރިމަތިލި އިރު، އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އިލެކްޝަންސް ކޮމިޝަން ކަމަށެވެ. ރިޔާސީ އިންތިޚާބާ ގުޅޭ ގޮތުން ބޮޑެތި ކަންބޮޑުވުންތަކެއް ހުރިއިރު، އެކަމަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ޝިފާޒް ވިދާޅުވި އެވެ.
ޝިފާޒް ވިދާޅުވި ގޮތުގައި، ރިޔާސީ އިންތިޚާބުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓު ލުމަށް ރަޖިސްޓްރީ ކުރުމަށް 95،000 ފޯމް އީސީ އަށް ލިބުނު އިރު، ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ރީ-ރެޖިސްޓްރޭޝަން ފޯމުތައް ޕްރޮސެސް ކުރެވިފައިވާ މިންވަރު ސާފުކޮށެއް ނުދެވެ އެވެ. މި އަދަދަކީ ރާއްޖޭގެ އެއްވެސް އިންތިޚާބެއްގައި ފެނުނު އަދަދެއް ނޫން ކަމަށް ވެސް ޝިފާޒް ވިދާޅުވި އެވެ. އެހެންވެ، އެއީ ކިހިނެއްވި ކަމެއްތޯ ސާފު ކުރަމުން އަންނަ ކަމަށް ޝިފާޒް ވިދާޅުވި އެވެ.
މީގެއިތުރުން، ބަންގްލަދޭޝްގައި ކިޔަވަމުން އަންނަ ދިވެހި ދަރިވަރުންތަކެއް މެލޭޝިއާގައި ވޯޓު ލާން ރަޖިސްޓްރީކޮށްފައި އޮތް ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޝިފާޒް ވިދާޅުވި ގޮތުގައި އިންތިޚާބުގެ ކަންކަން ކޮންމެ ގޮތަކަށް ކުރިއަށް ގެންދިޔަސް، އިދިކޮޅު ފަރާތްތަކުން އިންތިޚާބުގެ ކަންކަން ވަރަށް ގާތުން ދަނީ ބަލަމުންނެވެ. އަދި ވޯޓަށް "ވަގު ޖެހުމަށް ކޮށްފާނެ ހުރިހާ ކަމަކަށް" ސަމާލުވެގެން ތިބި ކަމަށް ވެސް ޝިފާޒް ވިދާޅުވި އެވެ.
ޝިފާޒް ވަނީ، ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ހައްލުކޮށް ދިނުމަށް ކަމާ ބެހޭ އެންމެހާ މުއައްސަސާތަކުން މަސައްކަތްކޮށް ދިނުމަށް އެދިވަޑައިގެންފަ އެވެ.
"މިއީ ރައްޔިތުންގެ އިންތިޚާބެއް. އެ ބޭފުޅުންގެ އިންތިޚާބެއް ނޫން. އަޅުގަނޑުމެން އެންމެންގެ މަސްލަހަތާ ގުޅިފައިވާ އިންތިޚާބެއް މިއީ،" ޝިފާޒް ވިދާޅުވި އެވެ.
ރިޔާސީ އިންތިޚާބު ބާއްވަން މަހެއްހާ ދުވަހަށް ވެފައި ވާއިރު އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ވޯޓު ލާ ފޮށިތަކާއި ބޫތުތައް ރަށްރަށަށް ފޮނުވަން ފަށައިފަ އެވެ. މި އިންތިހާބުގައި 491 ފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ އިރު އޭގެ ތެރޭގައި 43 ރިސޯޓާއި ރާއްޖެއިން ބޭރުގެ ހަތަރު ގައުމެއް ވެސް ހިމެނެ އެވެ.
އާއްމުކޮށްފައިވާ ވޯޓާސް ރަޖިސްޓްރީގައިވާ ގޮތުން އިންތިޚާބުގައި 263،183 މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބެ އެވެ. އެންމެ ފަހުން 2013 ގައި އޮތް ރިޔާސީ އިންތިޚާބުގައި އެ އަދަދު އުޅުނީ 239،165 ގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝާނާ
15 August 2018
ހަޤީޤަތެއްނެތްވާހަކަތައް ތި ދައްކަނީ ޝިފާޒްމެން ވެބްކެމް ކުރިމަތީގައި ތިބެ މޮޔަ ހެދިޔަސް އަހަރުމެން މޮޔަ ނުހެއްދޭނެ ލޮލް
ސަރީފް
14 August 2018
މިއީ ތެދެްްނަމަ ވަރަށް ރަނގަޅު ކަމެއް
ސައީ
15 August 2018
މީ ހަމަ ހައްގު ތެދު.. ﷲ ދެކެ ދެނެވޮޑިގެންވޭ..
ޜަންވަނަ
14 August 2018
ކަލޯ ކޮބާ މައްސަލައަކީ؟ އަހަރެމެން ޕާޓީ ކުދިންގެ ކަންކަން މުލީއާގޭގަ ކޮށްފަ ދެން ބާކީ ވާ ކަމެއް އީސީގަ ކުރާނީ.
ހަތަރެސްކަން އަނގަ
14 August 2018
ދެން ކީއްވީ. ބަދަލުގަ ކަލޭ ބާގައި މީހުންނަށް ދީފަ ނޫނީ އެހެން ބަޔަކަށް ފްލެޓް ނުދޭނީތަ؟
އަހައްމާ ކަލޯ
14 August 2018
އަހަރެމެން ބޭނުކޮއްފަ ބާކީ އޮތްތަނެއް ކަލޯމެންނައްލިބޭނީ މުލީއާގޭން ކަލޯމެކަންޏެއްނޫން ދިވެހިރައިޔަތުނަކީ ފުލެޓު ތައްވެސް ދިނީމެއްނު ޕާޓީމީހުންނައް
ހޭކެނޑޭ
14 August 2018
ޝަރީފު އެވެ. ވިސްނަވައިގެން ބުއްދި އިސްކޮއްގެން ވޯޓުގެ ކަންތައް ކުރިއަށް ގެންދާނެ ކަމަށް އުއްމީދު ކުރަން. މިދަރިން ނަކީ ކަޅުބިލަ މަސް ކައިގެން ކާނބަފައިންގެ ލޭ ހަށިގަނޑުގެ ތެރޭގައި ހިނގާ ދިވެހި ދަރިންކަން ދަނެގެން ދެފުށް ފެންނަ ގޮތައް ތިކަން ކުރުމަށް ހެޔޮ އެދޭ ރަޙުމަތް ތެރިއެއްގެ ޙައިސިއްޔަތުން ބުނެލަން.
ފަހުދު
14 August 2018
ތިހެން ބިރުދައްކާނެކަމެއްނެތް. ބުޅާމަސްކައިގެން ތިއްބަސް 100 ފޫޓަށްވެސް ގާތް ވިޔަ ނުދޭނަން.
ޙަފްޞާ / މާލެ
14 August 2018
އަޅުގަނޑާއި އަޅުގަނޑުގެ ރައްޓެހިން މުޅި ރާއްޖޭގައި ކުރި ދިރާސާއަކުން ދައްކަނީ ރައީސް ޔާމީނަށް 63 ޕަސެންޓް ލީބޭނޭކަމަށެވެ. އިންޝާއަﷲ މިއަށްވުރެ ދަށެއް ނުވާނެއެވެ. ﷲ އަކްބަރު.
މުލިއަގެ
14 August 2018
ރަސްރަނި ސޯޝަލް މީޑިއާ ގުރޫޕުން ކޮމެންޓު ސެކުޝަން ހިސޯރުކޮށްލައިފަ ދޯ މިއޮތީ...
ހެހެހެ
14 August 2018
ކަލޭ ވަރަށް އަސަރު ކުރޭތަ؟
ސުނިލް
14 August 2018
މޮޅުދޯ؟ ހަމަ މިހެން ވޯޓަށްވެސް ހަދާލާނީ. ދޮބްކަޅުވެސް އަންގާ ނުލާނަން
ހައްހައްހާ
14 August 2018
ޝަރީފު ރަނގަޅައް ވޯޓު އޮޅުވާލަންވާނެ މީފަހަރު.. ވޯޓުގުނާފަ ހަދާނެވަޑާމަކީ ނުލީޔެ ހުރެ ހީތައް އެރީ އަދަދެއް ޖަހާލާފަ ޓެބުލެޓަކުން ދައްކާލާނީ.. އޭރުން އެގޮލާމެންނައް ވާނުވައެއް ނޭނގޭނެ.. ދެން ޕީޕީއެމައް ގީނަ ވޯޓުލީބުނުކަމައް އީއުލާން ކޮއްލާނީ..
ިއިންސާފު
14 August 2018
އެއީ، 2009ގައިވެސް މުލީއާގޭން ކުރި ކަންކަން ސިފާޒޫ. އާކަމެއްނޫން، ދަސްކޮށްދިނީމާ ވާނީ އެހެން. ފުލެޓުވެސް ބުނީމެއްނު. ޕާޓީ މީހުނަށް ދީފަ ބާކީ ހުރިއްޔާއޭ އެހެންމީހަކަށް ދޭނީ. ހަނދާން ހުންނާނެ އެހެންމީހުންވެސް. ސިފާޒުމެން ހަނދާން ބަލިވަނީހެން ހީވަނީ. ކަރުން ނާރު ނަގާފައި ބަހައްޓާ