ކެމްޕެއިން އިވެންޓެއްގައި ފައިސަލް ވާހަކަ ދައްކަވަނީ: ސްރީ ލަންކާ އަށް ވެސް އިދިކޮޅު ކެމްޕެއިން ދަތުރުތައް ވަނީ ކޮށްފައި -- މިހާރު ފައިލް ފޮޓޯ
01 ސެޕްޓެމްބަރ 2018 - 21:07
އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ރަނިންމޭޓް ފައިސަލް ނަސީމް ކެމްޕެއިން ދަތުރެއްގައި މިއަދު އިންޑިއާގެ ޓްރިވެންޑްރަމަށް ވަޑައިގެންފި އެވެ.
އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ތަރުޖަމާން އަލީ ސޯލިހު މިއަދު ވިދާޅުވީ، ޓްރިވެންޑްރަމްގައި ދިރިއުޅޭ ދިވެހިންގެ ތާއީދު އެ ކޯލިޝަނަށް ހޯދުމުގެ ތަފާތު ހަރަކާތްތަކެއް މި ދަތުރުގައި ފައިސަލް ކުރިއަށް ގެންދަވާނެ ކަމަށެވެ.
"އިންޑިއާގެ އެކި ދިމަދިމާލުގައި އުޅޭ ދިވެހިންނާ ބައްދަލު ކުރައްވާނެ. އަދި ކެމްޕެއިން ހިންގާ ފަރާތްތަކާ ވެސް ފައިސަލް ބައްދަލުކުރައްވާނެ،" އޭނާ ވިދާޅުވި އެވެ.
Gulhifaivaa Siyaasee Party thakuge Running Mate @FaisalNasym India ga dhiriulhuvva Rayyithunna naai, Badhdhalukurevvumah India ah Vadaigathun #HappeningNow#IbuFaisal2018#JazeeraRaajje#CandidateNo2 pic.twitter.com/dub8eGC7Ya
— JP Chief Spokesperson (@jpspokesperson) September 1, 2018
އިންޑިއާގައި އެންމެ ގިނަ ދިވެހިން ދިރިއުޅޭ އަދި ބޭސްފަރުވާއަށް ގިނަ ދިވެހިންތަކެއް ދަތުރުކުރާ ޓްރިވެންޑްރަމްގައި ކެމްޕެއިން ކުރެއްވުމަށް ފައިސަލް ވަޑައިގެންނެވިއިރު، ރިޔާސީ ކެންޑިޑޭޓް އިބޫ މިވަގުތު ކެމްޕެއިން ދަތުރެއްގައި އުޅުއްވަނީ ގއ. އަތޮޅުގަ އެވެ.
މި މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ޓްރިވެންޑްރަމްގައި ވެސް ވޯޓު ފޮއްޓެއް ބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައިފަ އެވެ.
އިދިކޮޅު ކެންޑިޑޭޓް އިބޫ މިދިޔަ ހަފުތާގައި ވަނީ ޓްރިވެންޑްރަމަށް ފަހު، ރާއްޖެއިން ބޭރުގައި ދެން އެންމެ ގިނަ ދިވެހިން ދިރިއުޅޭ ސްރީ ލަންކާގައި ކެމްޕެއިން ޖަލްސާއެއް ބާއްވައިފަ އެވެ.
ފައިސަލް ކެމްޕެއިނަށް ޓްރިވެންޑްރަމަށް މި ވަޑައިގަތީ މިދިޔަ ތިން ދުވަހު ބ. އަތޮޅުގައި ކެމްޕެއިން ކުރެއްވުމަށް ފަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ނާގޯށި
02 September 2018
އިދިކޮޅު މީހުން ނަށް އިންޑިޔާ އިން ހޫނު މަރުހަބާ ކިޔާނެ.ޕީޕީ އެމް އަކަށް ނުދެވޭނެ ޔަގީންތާ!
5555
02 September 2018
އިންޑިޔާގެ ބުދުދީނުގެ މީހުންނާއެކު އަންނި ކޯލިޝަން ހަދާފަ އޮތީ އެހެންވީމަ އިންޑިޔާއިން މިތަން ހިފަން ފުރުސަތު ދޭނެކަމަށް ބަލާ އިންޑިޔާއިން މަރުހަބާ ކިޔާނެ.
ޒިންދަގީ
02 September 2018
މިއީ އަޅުގަޑުމެން ރައިސް ޔާމީނަށް ހަމްދަރުދީވާކަމަކީ. ކެންޕެއިން ކޮށްލަންވެސް ރާއްޖޭން ބޭރަށްނުދެވޭ.. ޕާސްޕޯޓު އަތުގައިއޮވެ، އެމިނިވަންކަން ނެތި..
ނެތީމޭ
01 September 2018
ފައިސަލް ކެމްޕެއިނަށް ޓްރިވެންޑްރަމް އަށް ދިއުމުން އައީ އެންމެ ތިން މީހުންނޭ އެއިން ކެއްކޭނެ ޑޮންޑޮނެއް ނުހުންނާނެއޭ ތަމެން ތިޔާ އުޅެނީ އަބަހައްދަވެގެންނޭ މަމެން ބުނަން ނެތީމު ދޯ...
ނެތީމޭ ގެ އައްމާ
02 September 2018
ސާބަސް އޮނަރަބުލް ފައިސަލއ.. އަޅުގަނޑުމެން 5890 ވޯޓު ލެވޭ އުމުރުގެ މީހުން މިތިބީ ކެތްމަދުވެފައި... އިރާދަ ކުރެއްވިއްޔާ މިއަދަު 2 ގުނަ ވާނެ
އޮރެންޖް
01 September 2018
ޓޫރިސްޓު ވިސާގައި ކެމްޕެއިން ކުރުމަކީ އިންޑިއާގެ ގާނޫން ހުއްދަދޭ ކަމެއްބާ؟ އިންޑިއާ މީހަކު ރާއްޖެއަށް ރާއްޖޭގެ ގައުމީ ޔުނިވަރސިޓީއަށް 1 ދުވަހުގެ ކޮންފަރެންސްއަކަށް އަންނަންވިޔަސް އެތައް ބައިވަރު ފައިސާއެއް ދަންކަންޖެހޭ ބިސްނަސް ވިސާ ނެތްކަމުގަ ވަނީ ނަމަ ރާއްޖެ އެތެރެވިޔަނުދީ އަނބުރާ ފޮނުވާލާ. ރައީސް ނަޝީދު ވެރިކަން ކުރިއިރުވެސް ކަންއޮތީ އެހެން.
ބުއްދިހުސޭނުބެތަސް
02 September 2018
ކަނޑައެޅިގެން ދޮގު، ނޭނގޭވާހަކަ ނުދައްކާ!
އީގޯއްޓޭޔަސް
02 September 2018
މިހާރުއޮތީ ތިޔަބުނާހެން! ރައީސް ނަސީދު އިރުގަ އޮތީ ހުޅުވާލާފަ!
ދޮން މޮހޮނާ މިޔަރު
02 September 2018
ދޮގެއް ނޫން. ޔުނިވަރސިޓީގައި މަސައްކަތްކުރިމީހެއްގެ ގޮތުން އެއީ މަގޭވެސް ތަޖުރިބާ. ދިވެހިރާއްޖޭގަ މައްސަލަައަކީ ޕޮލިޓިކަލީ ބްލައިންޑް ފޮލޯއިން. ތިމާ ސަޕޯޓްކުރާ ސަރުކާރެއްގެ ނެގެޓިވް ސިފައެއް ނުފެންނާނެ. ރާއްޖޭގައި ބިދޭސީ އެއްވެސް ބަޔަކު އެއްވެސް ކަހަލަ ސިޔާސީ ކަމެއް ކުރުމަކީ މަނާކަމެއް. ނަޝީދު ސަރުކަރުގައިވެސް އޮތީ އެހެން. އެކަމު އެއޮތް ދަނީ ދިވެހިން އިންޑިއާއަށް ސިޔާސީ ކެމްޕެއިން ކުރަން. ކޮބާ ފެއަރނަސްއެއް. މަ މިބުނީ ހާލަތު އޭރުވެސް މިހާރުވެސް އޮތްގޮތް. މިހާރު ބްރިޖް ގެ ކްރެޑިޓް ކުރީ ސަރުކާރުން ނަގަން އުޅޭއިރު ނެގެޓިވް ކަންތަކުގައިވެސް ބައިވެރިވެފައިވާކަން ބުނަން ކެރޭނަމަ. މާފަރު އެއޮތް ރީތި ރަށް ހަލާކުކޮށްލުމުގައިވެސް މިހާރު ސަރުކާރެކޭ އެއްގޮތަށް ނަޝީދު ސަރުކާރުން ބައިވެރިވެފައިވޭ. އެކަން ކުރަން ފުރަތަމަ ނިންމީ އޭރު.