ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ފަސިންޖަރުން ގޮވައިގެން ދަތުރުކުރާ އާއްމު ވެހިކަލްތައް މަޑުކުރަން ހަމަޖައްސާފައިވާ ސަރަހައްދު ކައިރީގައި ވެހިކަލެއް މިއަދު މަޑުކޮށްގެން. ފޮޓޯ: އަބްދުﷲ ޖަމީލު /މިހާރު
09 ސެޕްޓެމްބަރ 2018 - 23:55
ސިނަމާލެ ބްރިޖުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އާއްމު ވެހިކަލްތަކަށް ވަދެވޭ ގޮތަށް މިރޭ ހަމަޖައްސައިފި އެވެ.
މީގެ ކުރިން އެ އެއާޕޯޓަށް ވަދެވެނީ ހަމައެކަނި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ހާއްސަ ހުއްދައެއް ދީފައިވާ ވެހިކަލްތަކަށެވެ.
Airport entrance from the bridge and highway is now open for public.. please park at the designated area @VelanaAirport pic.twitter.com/E0tFWNzXeZ
— MACL (@MACLmedia) September 9, 2018
އެމްއޭސީއެލްގެ ޓުވީޓް
އެމްއޭސީއެލުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އާންމުކުރި އުސޫލުގައިވާ ގޮތުން އެއާޕޯޓަށް ވަންނަ ވެހިކަލްތަކަށް އޮންނާނީ މައިގަނޑު ހަތަރު ސަރަހައްދެކެވެ. އެއީ އަމިއްލަ ވެހިކަލްތައް ޕާކް ކުރާނެ ސަރަހައްދަކާއި ފުރުމަށް ދާ މީހުން ދަތުރުކުރާ ބަސްތަކާއި އަމިއްލަ ވެހިކަލްތަކާއި ޓެކްސީތަކަށް ޚާއްސަ ސަރަހައްދަކާއި އެއާޕޯޓުން މީހުން ބަލާ ދިއުމަށް ދާ އަމިއްލަ އުޅަނދުތަކާއި ޓެކްސީތަކަށް ޚާއްސަ ސަރަހައްދަކާއި އެއާޕޯޓުން މީހުން ބަލައި ދާ ބަސްތަކަށް ޚާއްސަ ސަރަހައްދެކެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އާއްމު ވެހިކަލްތައް ޕާކުކުރަން ހަމަޖައްސާފައިވާ ސަރަހައްދު އަންގައިދޭ ކުރެހުމެއް.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރުމަށް ދާ ފަސިންޖަރުން ދަތުރުކުރާ ވެހިކަލްތައް މަޑުކުރަން ޑިޕާޗާ ޓާމިނަލްގެ ކުރިމަތީގައި ހާއްސަ ސަރަހައްދެއް ވަނީ ކަނޑައަޅައިފަ އެވެ. ފުރަން ދާ މީހުން ދަތުރުކުރާ އަމިއްލަ އުޅަނދުތަކާއި ޓެކްސީތަކާއި ބަސްތަކަށް ޚާއްސަ ސަރަހައްދުގައި ހަމައެކަނި މަޑު ކުރެވޭނީ ލަގެޖް ބޭލުމަށެވެ. އިތުރު އެއްވެސް ބޭނުމެއްގައި އެ ސަރަހައްދުގައި މަޑު ނުކުރެވޭނެ އެވެ. އަދި މީހުން ބަލާ އެއާޕޯޓަށް ދާ އަމިއްލަ އުޅަނދުތައް ވެސް އެހެން ބޭނުމެއްގައި މަޑު ކޮށްގެން ތިބުމަކީ މަނާ ކަމެކެވެ.
ވެލާނާ އެއާޕޯޓުގައި އަލަށް ހަދާ ޓާމިނަލްގެ ކުރިމަތީގައި އޮތް ފަޅު ހިއްކައިގެން ވަނީ ވެހިކަލްތައް ޕާކުކުރަން ހާއްސަ ސަރަހައްދެއް ހަދައިފަ އެވެ. އަދި އެތަނުގައި ޕާކުކުރާ އުޅަނދުތަކުން ފީ ނެގުމަށް ޗެކް ޕޯސްޓެއް ވެސް ހަދާފައިވެ އެވެ.
އެއާޕޯޓަށް ވަންނަ ވެހިކަލްތަކުން ފީ ނެގުމަށް ހަމަޖައްސާފައިވަނީ ހަތަރު ފުރޮޅީ އުޅަނދަކުން ނަމަ އެއް ގަޑިއިރަށް 20ރ. އެވެ. އަދި ދެ ގަޑިއިރަށް ނަމަ 30ރ. ނަގާއިރު، ތިން ގަޑިއިރަށް 40ރ. އަދި އެ އަށް ވުރެ އިތުރުވާ ކޮންމެ ގަޑިއިރަކަށް 30ރ. ނަގާނެ އެވެ.
ސައިކަލްތަކަށް އެއް ގަޑި އިރަށް ނަގާނީ 10ރ. އެވެ. ދެ ގަޑި އިރަށް 15ރ. އަދި ތިން ގަޑި އިރަށް 20ރ. ސައިކަލް ޕާކިން އަށް ނަގާނެ އެވެ. އަދި ތިން ގަޑި އިރަށް ވުރެ އިތުރުވާ ކޮންމެ ގަޑިއަކަށް 10ރ. ނަގާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަގު
10 September 2018
އަސްތާ. ދެން ގެެއްލޭނީ ފުރަން ގޮސް ހުންނާ މީހާގެ ފޮށި ތަންމަތި. ކުރިން ވިއްޔާ ފެރީން ހުޅުލެޔަށް ފޭބުމަށްފަހު ކުޑަ ހިތްހަމަޖެހުމެއް ލިބޭ. މިހާރު އެތެރެ ވެވެންދެން ހުންނަންޖެހޭނީ އެލާޓުގަ. ޑުރަގު ބޯއީންވެސް ހިފައި ހައްޔަރު ކުރަންޖެހޭނީ އެހެން ގޮތަކަށް.
ހުތާ
10 September 2018
މިއީ ދިވެހިރާއްޖެކަން ދަނެގެން މިތަނުގެ ޒުވާނުންގެ އުޅުމާއި ވައްޓަފާޅި އަށް ބަލައިގެން ތިޔަކަންކަމަށް އެއްވެސް ދުލެއްނުދީ ފުރަތަމަ ދުވަހުން ފެށިގެން ބަރާބަރަށް ތަންފީޒު ކުރުމަކީ މުހިންމު ކަމެކެވެ. ފުރަތަމަ ކޮޅު ކިތައްމެ އުނދަގުލެއް ވީކަމުގައިވިއަސް 10 ފޫޓުން ދިހަފޫޓުން ސެކިއުރިޓީންނާއި ޕޮލިހުން ބައިތިއްބައިގެން ނަމަވެސް ގަވާއިދާ އެއްގޮތަށް ކަންކަން ކުރިއަށް ގެންދިއުމަށް ގޮވާލަމެވެ. ޓްރެފިކް ގަވާއިދުތަކާ ހިލާފުވާ މީހުންނާމެދު ސަރުކާރު ގެންގުޅޭ ދޯހަޅި ކަޓް ސިޔާސަތުގެ ސަބަބުން ގައުމުގެ ޒުވާނުންނަށް ވިސްނިފައިވަނީ ގަވާއިދު ތަކާއި ހިލާފުވުމަކީ އަދި ޖެހުނުތާކަށް ސައިކަލު ޕާކްކުރުމަކީ ގަޓު ކަމެއްގެ ގޮތުގައެވެ.
ކުޑައަލީ
10 September 2018
ތިޔަ ހުރިހާކަމެއް ސެޕްޓެމްބަރ 23 އަށްފަހު ހުއްޓާނެ. އަދި ހަމައަކަށް އަޅުވާނެ. މިހާރު ތިއީ ވޯޓަށް ވެގެން ވަކި ހަމައެއްނެތި އާންމުކޮށްފައި ހުންނަކަންކަން.
ކާސިމްބެ.
10 September 2018
ދުލުންކިޔާ އަދަދުނުކުރެވޭވަރު ކޮށްދިނީމަވެސް ދެންވެސް މިކިޔަނީ ފާޑު ފާޑު އެއްޗެތި. އަހަރެން ހިތަށްއަރަނީ މިމީހުނަށް މިހާރު މިއުޅެނީ ކޯންޗެއް މަދުވެގެންބާއޭ. ރައީސް ޔާމީން 2018 ޔަގީން ކޮށްދިނީމަ ދެންވެސް ފައިދާއާ މަންފާ ބޮޑަށް ލިބޭނީ ހަމަ ތިމީހުނަށް.
ޖިމިް
10 September 2018
ބްރިޖް ހުޅުވާލިއިރު ޓެކްސީތަކުން ނަގާނެ އަގެއް ކަނޑަނާޅާ! މިހާރު އެމީހުން ހަދަނީ ހަދާނެ އެއްޗެއް. އެއްބަޔަކު 150 އަނެއް ބަޔަކު 200 - 250
އިގޭދޯ
10 September 2018
އެއްޗެހި ނުކިޔާ އެމީހުންގެތެރޭގަ ގިނައިންތިބީ މޑޕފިކުރުގެމީހުންނާ ކޯލިޝަނަށް ތާއިދުޖުރާމީހުން. އެހެންވީމަ ބައިމީހުންނަ ގިނައިންލިބޭތީ އެއްޗެހިނުކިޔާ ގިނައިން ނެގިޔަދީ ހުސްޕާޓީކުދިން.
އާރީ
10 September 2018
އެއާރފޯޓްން މުއަށްޒަފުންވެސް ގަޑިއަކަށް 10ރ ދަށްކައިގެންތޯ ފާކުކުރަށް ޖެހޭނި. ވަޒީފާއަށް ގޮސް 8 ގަޑީ ޑިއުޓީ ކޮށްފަ އަންނަ ކޮންމެ ދުވަހަކު ފާކިންއަށް 80ރ. ކެއުމަށް 100ރ ގެއަށް ގެންދާނި އެއްޗެއް ނެތް.
ާސާގޭ
10 September 2018
ތި ޕާކިން އަކީ ކޮމާރޝަލް ޕަރކިން އޭރިއާ އެއް. ޢެހެންކަމުން ތި އޭރިއާ އަކީ މުވައްޒަފުންންނަށް ހާއްސަކުރެވިގެން ވާ ސަރަހައްދެއްނޫން. ކުރިންވެސް އެއަރޕޯޓަށް މުވައްޒަފުން ސައިކުގަ ވަދެ އަދި ޕާކު ކުރި އުސޫލުން އަދިވެސް ވަނުން އަދި ޕާކު ކުރުން އޮތީ ހިލޭ. ކުރިއަށް އޮތްތާގަ އަދި މުވައްޒަފުންނައް އިތުރު ލުއިފަސޭހަތައް ލިބޭނެ އިރާދަ ކުރެއްވިއްޔާ.
އަހުމަދުބޭ
10 September 2018
މިއީ ގިނަޒަމާން ތަކަކަށްފަހު ކުރެވުނު ދިގުއިންތިޒާރެއްހެ ނިމުމެވެ، ސުކުރިއްޔާ ރާއީސް ޔާމީން އަދި ޓީމް، ހަމަ މިޔައިއެކު ފަސޭހައިން ޓެކްސީ އެރާޕޯރޓުން ލިބޭނެ އިންތިޒާމް ހަމަޖައްސައި ދެއްވައި، އަދި ހުރިހައި ޓެކްސީއަކީ މީޓަރ ޓެކްސީއަށް ހަމަޖައްސަވައި ދެއްވައި، އޭރުން މިނިޒާމް މުޅިން ފުރިހަމަވާނީ، އަދި ގުރެބް ފަދަ އެޕް ބޭނުންކޮއްގެން ޓެކްސީ ލިބޭނެ ގޮތްތަށްވެސް ހަމަޖައްސަވައި ދެއްވައި..
1234
10 September 2018
މާލޭން ހުޅުލެއަށް ދާން ޓެކްސީގެ އަގު 30 ރުފިޔާއަށް ހަދާފަ މާލޭން ހުޅުމާލެއަށް ދާން 40 ރުފިޔާ ހަދާ އަގުތައް ފިކްސްކުރުން މުހިންމު.
އަލް އަޙް
10 September 2018
ބުރިޖުގެ ސަބަބުން ރައްޔިތުންނަށް އެތައް ލުއިފަސޭހައެއް. ޝުކުރިއްޔާ ރައީސް ޔާމީން.
ރަށްވެހި މީހާ
10 September 2018
މިރިޕޯޓުގައި މި އިނީ އެއާޕޯޓަށް ވަންނަން ނަގާ އަގުތަ ނޫނީ އެއާޕޯޓުގައި ވެހިކަލް ޕާކު ކުރުމަށް ނަގާ އަގުތައް ތަ ؟ އެހެން ރި ޕޯޓަކުން ފެނުނު މި އަގުތަކަކީ އެއާ ޕޯޓުގައި ޕާކުކުރުމަށް ނަގާ އަގުކަމަށް. އެހެން ނަމަވެސް މި ރިޕޯޓުގައި މިއިނީ އެއާޕޯޓަށް ވަންނަ އަގުކަމަށް. ކޮންމެވެސް ބޭފުޅަކު މިކަން ސާފު ކޮށްދިނުން އެދެން.