ވަކީލުންގެ ޓީމުގައި އިސްކޮށް ހަރަކާތްތެރިވާ ސުއޫދަށް ވިލިނގިލިން މަރުހަބާ ކިޔަނީ: ވަކީލުންގެ ޓީމުގައި 18 ވަކީލުން ހިމެނޭ --ފޮޓޯ/ސޯޝަލް މީޑިއާ
13 ސެޕްޓެމްބަރ 2018 - 17:14
ގއ. ކޮލަމާފުށިން ހައްޔަރުކޮށްފައިވާ 18 މީހުންގެ ދިފާއީ ވަކީލުންގެ ގޮތުގައި މާލެއިން ބޮޑު ޓީމެއް ދިއުމުން ގއ. ވިލިނގިލިން އެ ވަކީލުންނަށް މިއަދު ހޫނު މަރުހަބާއެއް ކިޔައިފި އެވެ.
ކޮލަމާފުށީގައި ޕީޕީއެމްގެ ހަރުގެއަކަށް ގެއްލުން ދިންކަމުގެ ތުހުމަތުގައި އެރަށުން ހައްޔަރު ކޮށްފައިވާ 18 މީހުން ހައްޔަރު ކޮށްފައިވާއިރު، އެ މީހުންގެ ބަންދުގެ މުއްދަތު ވިލިނގިލީ ކޯޓުން ކުރިން އޮތީ އިތުރުކޮށްފަ އެވެ. އެ މީހުންގެ ވަކީލުންގެ ޓީމު ވިލިގިއްޔަށް މިއަދު ދިޔައީ އެ މީހުންގެ ބަންދަށް ކުރިން ދިން މުއްދަތު ހަމަވާތީ މާދަމާ އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރާތީ އެވެ.
ޖިނާއީ އިޖްރާއާތުގެ ގާނޫނު އޮންނަ ގޮތުން އެއް މައްސަލައެއްގައި ހައްޔަރުކުރާ ކޮންމެ މީހަކަށް ވަކި ވަކީލަކު އައްޔަން ކުރަން ޖެހޭތީ، 18 މީހުންގެ ދިފާއީ ވަކީލުންގެ ޓީމުގައި 18 ވަކީލަކު ހަރަކާތްތެރިވެ އެވެ. އެ ޓީމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވަނީ ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު އެވެ.
Arrived in Ga. Villingili pic.twitter.com/TLVohPh7Sg
— Husnu Al Suood (@hsuood) September 13, 2018
ވަކީލުންގެ ޓީމު ވިލިގިއްޔަށް ފޭބުމުން މަރުހަބާ ކިޔަނީ
ސުއޫދާއި އެ ވަކީލުންގެ ޓީމު މިއަދު ވިލިގިއްޔަށް ވަޑައިގަތްއިރު އެ ބޭފުޅުންނަށް މަރުހަބާ ކިޔުމަށް މާފަތި ހިފައިގެން މީހުން ބަނދަރު މައްޗަށް ނިކުމެ ތިއްބެވެ.
ސުއޫދުގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވަކީލް މުހައްމަދު ފައިސަލާއި ބޮޑެތި މައްސަލަތަކުގައި ވަކާލާތުކުރާ ބޭފުޅުން ކަމަށްވާ ވަކީލް އަހުމަދު ނާޒިމް ސައްތާރާއި ވަކީލާ ސަފާ ޝަރީފް ވެސް އެ ޓީމުގައި ހިމެނިވަޑައިގަންނަވަ އެވެ.
ޕީޕީއެމްގެ ޖަގަހައަށް ގެއްލުން ދިންކަމުގެ ތުހުމަތުގައި 18 މީހުންގެ މައްޗަށް ކުރަނީ ޓެރަރިޒަމްގެ ތުހުމަތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޭބެ
22 September 2018
ތަރައްގީ އާއި ހަމަޖެހުމަށް!! ދީނާއި ގައުމުގެ ރައްކާތެރިކަމަށް!! އަމިއްލަވަންތަކަމާއި މިނިވަންކަމުގައި ދެމިއޮތުމަށް!!! އާންއެކޭ ބުނަންޖެހޭ!! 1✔️
އިންމަބޭ
14 September 2018
ބަޔަކަށް ހަމަލާދިނީމަ އަތްޖަހާފަ.. އެބަޔަކު ދިފާއު ކުރަން ނިކުތް ވަކީލުން ކޮންޑުމަތީ އުފުލާފަ.. މިމީހުން ވެރިކަން ލިބިއްޖެއްޔާ ރަންގަޅު ސަދޫމައް މިތަން ނުވެއްޖެއްޔާ
މިލިޓަރީ
14 September 2018
މިތިބީ މިރާއްޖޭގެ ބާގީ މީހުން.
ދޮގެއްތަ؟
14 September 2018
ހައްޔަރު ކުރި މީހުން ލައްވާ ހައްޔަރު ކުރާ ޒާތު ކަންތައް ކުރުވި މީހުން ދިޔައިމަ ތި ކީ މަރުހަބާ މާ ފިނި.
މަޒް
14 September 2018
ވަރުގަދަ ޓެރަރިޒަމެއް... ފުލުހުންގެ އިސްވެރިންނަށް ތި ދައުވާ ކުރަންވީ
ހެޕީ
13 September 2018
ސާބެހޭ ވިލިނގިލީ ރައްޔިތުން