އެމްޑީޕީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަސަން ލަތީފް ވާހަކަ ދައްކަވަނީ. - ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު
24 ސެޕްޓެމްބަރ 2018 - 16:37
ނޮވެމްބަރު 17 ވަނަ ދުވަހު އުފެދޭ އިދިކޮޅު އިއްތިހާދުގެ ސަރުކާރަކީ ރައްޔިތުންގެ ބޭނުންތައް ފުރިހަމަކޮށްދޭ ސަރުކާރަކަށް ވާނެ ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.
އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބު އިދިކޮޅު ކެންޑިޑޭޓު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ކާމިޔާބު ކުރެއްވުމާ ގުޅިގެން އިބޫ އަށް މަރުހަބާ ކިޔުމަށް އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ އިދިކޮޅު ފަރާތްތަކަށް ރިޔާސީ އިންތިޚާބު ކާމިޔާބު ލިބުނީ ރައްޔިތުންގެ ބުރަ މަސައްކަތުން ކަމަށެވެ.
އެމްޑީޕީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ. - ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު
ހަސަން ލަތީފް ވިދާޅުވި ގޮތުގައި، އިދިކޮޅު ވެރިކަމެއްގައި އެންމެ ބޮޑު އިސްކަމެއް ދޭނީ އިންސާފު ގާއިމުކޮށް، އިންސާނީ ހައްގުތައް ދެމެހެއްޓުމާއި ނެގެހެއްޓުމާއި ރައްކާތެރިކޮށްދިނުމަށެވެ. އަދި ރައްޔިތުން ބޭނުންވާ އެންމެ ހައްގު މިންވަރު ހޯދައިދިނުމަކީ އެ ޕާޓީގެ އެންމެ އަސާސީ އެއް ސިފަކަމަށް އޭނާ ވިދާޅުވި އެވެ.
"މި އުންސުރުތައް ނުގެއްލޭ ގޮތަށް ޕާޓީގެ މަސައްކަތް އަޅުގަނޑުމެން ސަރުކާރުގައި ތިބޭއިރު ފުރިހަމައަށް ގެންދާނެ ކަމުގެ ޔަގީންކަން އަރުވަން،" ހަސަން ލަތީފް ވިދާޅުވި އެވެ.
ހަސަން ލަތީފް ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެތައް ބަޔަކު ނުހައްގުން ޖަލަށްލާފައިވާއިރު، ކުރީގެ ރައީސް މުހައްމަދު ނަޝީދު ހިމެނިވަޑައިގަންނަވާ ގޮތަށް އެ ހުރިހާ ބޭފުޅުން ވެސް މިނިވަން ވާނެ ކަމަށެވެ. އަދި ދާދި އަވަހަށް ނަޝީދު ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ހަސަން ލަތީފް ވިދާޅުވި އެވެ. އެކަމަކު، އެމަނިކުފާނު ރާއްޖެ ވަޑައިގަންނަވާނެ ތާރީހެއް ހަސަން ލަތީފް ނުދެއްވަ އެވެ.
އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވީ ދެން އުފެދޭ ސަރުކާރެއްގައި އެމްޑީޕީގެ މަސައްކަތަކަށް ވާނީ ރައްޔިތުންގެ ބޭނުންތައް ފުރިހަމަކޮށްދޭ ސަރުކާރަކަށް ހަދަން ކަމަށެވެ. ޝިފާޒް ވިދާޅުވީ މިފަހަރަކީ، ވަރަށް ދައްޗާއި އުނދަގުލާއެކު، ރިޔާސީ އިންތިޚާބުގައި އުޅެން ޖެހުނު ފަހަރެކެވެ.
އެމްޑީޕީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ނައިބު ރައީސް ޝިފާޒް ވާހަކަ ދައްކަވަނީ. - ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު
"މި ހުރިހާ އުނދަގުލަކާއި ކަންތައްތަކާ އެކީގައި ބޮޑު ކާމިޔާބީއެއް ވަނީ ލިބިފައި. އިބްރާހިމް މުހައްމަދު ސޯލިހް ރާއްޖޭގެ ރައީސް ކަމުގެ ހުވާ ކުރައްވަނީ ހުރިހާ ބޭފުޅުން ކުރި ބުރަ މަސައްކަތުން، ރާއްޖެ އަލުން އާރާސްތު ކުރުމުގެ މަތިވެރި ބޭނުމުގައި،" ޝިފާޒް ވިދާޅުވި އެވެ.
ޝިފާޒް ވިދާޅުވި ގޮތުގައި، އިންސާފުގެ މަގަށް ރާއްޖެ ގެންދާއިރު، ރާއްޖެ ބިނާ ކުރާނީ ގާނޫނު ބުނާ ހުދޫދުގެ ތެރެއިންނެވެ. ރީތި ވެއްޓެއްގައި އުޅޭ ރީތި ރާއްޖެއެއް ހޯދައިދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ކެންޑިޑޭޓު، ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ބޮޑު ތަފާތަކުން، އިބޫ ކާމިޔާބު ކުރެއްވުމާ ގުޅިގެން، އިދިކޮޅު ފަރާތްތަކުން މިއަދު ވަނީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި އުފާފާޅު ކުރުމުގެ ހަރަކާތްތައް ބާއްވަން ނިންމައިފަ އެވެ. އަދި މި ހަރަކާތްތައް އެއްވެސް ހަމަނުޖެހުމެއް ނުހިންގާ، ސުލްހަވެރިކަމާއެކު ކުރިއަށް ގެންދިއުމަށް ވެސް އެމްޑީޕީން ވަނީ އެދިފަ އެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން އާއްމުކޮށްފައިވާ ރަސްމީ ވަގުތީ ނަތީޖާ އިން ދައްކާ ގޮތުގައި، އިބޫ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވީ، 134،616 ވޯޓު (58.4 ޕަސެންޓުން)ނެވެ. ރައީސް ޔާމީނަށް ލިބިވަޑައިގަތީ، 96،123 ވޯޓު، (41.6 ޕަސެންޓެ)ވެ. ވޯޓުލުމުގެ ހައްގު ލިބިފައިވާ 262,135 މީހުންގެ ތެރެއިން 89 ޕަސެންޓު މީހުން ވޯޓުލާފައިވެ އެވެ.
ނަމަވެސް، ރިޔާސީ އިންތިޚާބުގެ ނަތީޖާ އިބޫ ކޮޅަށް ނިމުނަސް، އިލެކްޝަންސް ކޮމިޝަނުން އިންތިޚާބު ބޭއްވީ އިންސާފުވެރިކަމާއެކު ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ހަސަން ލަތީފް ވިދާޅުވި އެވެ. އެކަމަކު، އެ ހުރިހާ ކަމަކާއެކީގައި ބޮޑު ތަނުން އިންތިޚާބު ކާމިޔާބު ކުރި ކަން އޭނާ ފާހަގަ ކުރެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަރުބާދު
28 September 2018
މިއުފައްދަނީ ބައިއަޅަން އެގޭ، ބައިއަޅާނެ ސަރުކާރެއް، އެކަން މީގެކުރީގެ ސަރުކާރު ނިމުމާއެކީ ލަންކާއައް ދިރިއުޅުން ބަދަލުކޮއް އުޅެމުންއެދާ ގިނަބަޔަކައް ބަލާލުމުން އެގޭނެ.
އަލީ އަލީ
25 September 2018
މަމެން ބޭނުންވާ ކަންކަމަކީ 1. ޓެރަރިޒަމް ގާނޫނު އުވާލުން 2. މިނިވަންކަމާއި އެކު އެއްވެ އުޅެވުން 3. ބިރަކާ ނުލައި މަޖާކުރެވުން 4. ދުންފަތް އަގުހެޔޮކޮށް އަދި މިނިވަންކަމާއި އެކު އިސްތިއުމާލުކުރެވުން 5. އަވަސް އަދި ހަލުވި ދަތުރުފަތުރުގެ ނިޒާމެއް! 4. 24 ގަޑިއިރު ފިހާރަ އަދި ހޮޓާތައް ހުޅުވާފައި ބެހެއްޓުން
އަޙްމަދު
25 September 2018
އަހަރުމެންގެ ޕާޓީ މީހުންނަށް ދީފައި ބާކީ ހުރިއެއްޗެއް ނޫނީ އެހެންބަޔަކަށް ނުލިބޭނެ. ޝީފާޒް މީތި އޯކޭއެއް ނުން. ހަނދާން ކުރާތީ މިބަސް. މިނިސްޓަރުކަން ވަގުންނަށް ދޭން ނޫޅޭތި. މީހަރު ލީކުވެގެން އުޅޭ މިނިސްޓަރުންގެ ލިސްޓުން. ކެރެފާނަސީމް، އަމީން ފައިސަލު، ޝީދާތަ، އިބުރާ، ޝިފާޒް އުނި ކުރަން ގޮވާލަން މީ ޙަޤީގަތަށް ކަމަށް ވަންޏާ. އެހެން ނޫނަސް މީދެކެން ބޭނުންވާ ބަޔެއްނޫން.
މުޙައްމަދު ހާން
25 September 2018
ޖަޒީރާރާއްޖެ، ޖަޒީރާރާއްޖެ، ދޯ، މިއީ ކަމަށްވަންޏާ ޖަޒީރާ ރަށްތަކުގެ ތަރައްޤީ ފެންނަންޖެހޭނެ، ތަރައްޤީ ރަށްތަކަށް ބެހެންޖެހޭނެ ހިތުހުރިގޮތަކަށް ކަންކަން ކޮށްގެން ނުވާނެ ކޮންމެ ކަމެއްވެސް ކުރަން ޖެހޭނީ ފަހުން ނުކުންނާނެ ނަތީޖާއަކަށް ބަލާފައި، އަހަރަމެން ރަށްތަކުގެ ދިރިއުޅޭމީހުންނަށްވެސް އަމިއްލަ ފައިމައްޗަށް ތެދުވެވޭނެ ފުރުސަތު ދޭންވާނެ، ރަށްތަކަށް އަންނަނީ ކޮންމެ ބަޔަކުވެސް އިހުމާލުވަމުން
ނިއުޓްރަލް
25 September 2018
ހަމައެއް ލަމައެއްނެތި ކަންކުރާކަށް ދިވެހިންނެއް ބޭނުމެއް ނުވޭ! ތިކަހަލަ ދޮގުވާހަކަ ފަތުރައިގެން ތިއޮތީ ވެރިކަން ލިބިފަ! ވާއެއްޗެއް ބަލަން ތިބޭނަން!
ޖަލީލު
25 September 2018
އިބޫއަށް ވޯޓު ދެއްވި ނިކަމެތި ރައްޔިތުންގެ ދަރިން، ބަފައިން އަދި ފިރިން ވަނީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުން.... އެމީހުންނަށް ވެސް ހައްޤު ހޯދައި ދިނުމަށް އެދި ދަންނަވަން.
މޫމިނާއްތަ
25 September 2018
މިނިވަން މުއައްސަސާތަކައް އައްޔަންކުރާ މެމްބަރުން މަސްއޫލިއްޔަތު އަދާނުކޮށްފިނަމަ އެމީހުންނާ މެދު ދައުވާކުރެވޭގޮތަށް ގާނޫނު އިސްލާހުކުރަން ހުށަހަޅަން. މިފަހަރު ދިވެހިރާޢްޖެ ފާލުން ނެއްޓުނީ މިނިވަންމުއައްސަސާތައް ނުހިނގައިގެން. ހަމަމިއާއެކު ޕޮލިސްކޮމިޝަނަރަކީވެސް ކުރިކަމަކާއި ނުކޮށްދޫކޮށްލި ކަންކަމަށް ދައުވާކުރެވޭ މީހަކަށްވާންޖެހޭ.
ދީމާހު
25 September 2018
ކަލޭމެން ހުރިހާ ކަމެއްވެސް ކުރާނީ އަނގައިން.ސަޅިބައިސާ ކެނޑުން އޮންނާނީ.''ކުރާނަން'' ''ކުރެވޭނެ'' ކަލޭމެންނަށް ކުރެވޭނެ ކަމަކީ އިންޑިޔާ ބުނާގޮތަށް ރާއްޖޭގެ ކަންކަންހިންގުމާއި ޔޫރަޕް މީހުން ރުއްސުމަށް އިސްލާމް ދީނާ ޚިލާފު ކަންކަން މިތާ ހންގުމަށް މަގުފަހިކުރުން. ދެން އޮންނާނީ ކަންމަތީ އެއްވުންތަކާއި މަގުމަތީ މުޒާހަރާކޮށް މީހުންގެ އަބުރު ކަތިލުން.
ވެރިޔާ
25 September 2018
ނަމަނަމަ ކުރިން ފަސްބައިހަޑިވެފަތިބި މީހުންލައިގެން ވެރިކަން ކުރަން ނޫޅޭތި. ހިއްކަސް ރޮލަސް ފިނިފެންމަލުގެވަހަށް ނުހެއްލި ކިޔަވައިގެންތިބި ޤާބިލްޒުވާނުންނަށް ޚާރިޖީސިޔާސަތުގައި ވެސް ޤައުމުގައި ބަސްކިޔަން ފުރުޞަތުދީ. މީ ވަރަށް ހިތްވަރު ކޮށްގެން ރައްޔިތުން ހޯދި ކާމިޔާބީއެއް. މިއީ ކެނެރީގޭ ނަޝީދަށް އެކަނި ރައްޔިތުންވީ ޤުރުބާނީއެއްނޫން. އޭނާގެ ފިކުރަށް އެކަނި ޤައުމުގެ ނަވުގެ މިޞްރާބު ސީދާ ނުކުރާތި. އެހެން ވެއްޖިއްޔާ އަނެއްކާވެސް ރައްޔިތުން ތެދުވާނެ.
ރައްޔިތުން
25 September 2018
ޔަގީންތާ. ތެދުވާނަން. މިފަހަރު ތެދުވެފައި ދެން ބޭރު ކޮށްލާއިރު އެންޑީޕީއެއްވެސް ނޯންނާނެ. އަލިފާނާ ނުކުޅޭތި!
ވީ ވައުދު
25 September 2018
އޭޢޭއޭ ކޮބާ ވީ ވައުދުތައް އެ ފުއްދާދޭ ވާހަކަ ނެތީމަ ހަދާންކޮށްލަދެނީމި