ޖަރުމަނުގައި ބޭއްވި ރަސްމިއްޔާތުގައި ގާސިމާއި އަލީ ވަހީދު ސަލާމް ކުރައްވަނީ.
29 ސެޕްޓެމްބަރ 2018 - 20:47
މިދިޔަ އާދީއްތަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބު، ރައީސް އަބްދުﷲ ޔާމީނާ ވާދަކުރައްވައި ބޮޑު ތަފާތަކުން އިދިކޮޅު ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ކާމިޔާބު ކުރެއްވުމާ ގުޅިގެން ދެން އޮތީ ގައުމު އެކުވެރިކޮށް ބިނާ ކުރުން ކަމަށް ޖުމްހޫރީ ޕާޓީގެ ރައީސް އަލީ ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިޚާބުގެ ދާއިމީ ނަތީޖާ އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއުލާން ކުރުމާ ގުޅިގެން، އަލީ ވަހީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދިވެހި ރައްޔިތުން ވޯޓުން ނިންމި ނިންމުން ދެމެހެއްޓުމުގައި ސަލާމަތީ ބާރުތަކާއި އީސީން ގާނޫނީ ވާޖިބު އަދާކުރުމަށް ދެއްކި ހިތްވަރަށް ޝުކުރު ދަންނަވާ ކަމަށެވެ.
"ދެން އޮތީ ގައުމު އެކުވެރިކޮށް، ބިނާ ކުރުން. މިއީ އެންމެންގެ ވެސް ގައުމު،" އަލީ ވަހީދު ވިދާޅުވި އެވެ.
Dhivehi rayyithun votun ninmi ninmun dhemehettumuga dhivehi raajjeyge salaamathee khidhumaiythakaa elections commissionge qaanoonee vaajib adhaa kurumuga dhekkevi hivvarah shukuru dhannavan. Inthikhaab nimunee. Dhen othee qaum ekuverikoh binaa kurun. Miee enmengeves qaum. Enmen🤝
— Ali Waheed (@ali20waheed) September 29, 2018
އަލީ ވަހީދު ކުރެއްވި ޓުވީޓު.
އަލީ ވަހީދު އެހެން ވިދާޅުވި އިރު، ފުލުހުންނާއި ސިފައިން މިއަދު ވަނީ އިންތިޚާބީ ރައީސް، އިބޫ އާއި ނައިބު ރައީސް، މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމަށް މަރުހަބާ ދަންނަވާ ގައުމުގެ ހަމަޖެހުން ދެމެހެއްޓުމަށް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ބަޔާނެއް މެދުވެރިކޮށް ދިވެހި ރައްޔިތުންނަށް ދީފަ އެވެ.
ރިޔާސީ އިންތިޚާބު އިބޫ ކާމިޔާބު ކުރެއްވީ، އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީގެ އިތުރުން، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ތާއީދު ކުރާ ސަޕޯޓަރުންގެ އެހީއާއެކުގަ އެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއުލާން ކުރި ރިޔާސީ އިންތިޚާބުގެ ދާއިމީ ނަތީޖާ ދައްކާ ގޮތުން އިބޫ އަށް ލިބިވަޑައިގެންނެވީ 134،705 ވޯޓެވެ. ރައީސް ޔާމީނަށް ލިބިވަޑައިގެންނެވީ 96،052 ވޯޓެވެ.
With final results, #Maldives enters historic phase with united coalition. Credit to our people for defeating a ruthless dictator like no other in our history. A victory as sweet as our liberation from Portuguese invasion. Alhamdhulillah, we secured our nation & its sovereignty.
— Mohamed Jameel Ahmed (@MJameelAhmed) September 29, 2018
ޖަމީލް ކުރެއްވި ޓުވީޓު.
ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވި ގޮތުގައި، އިދިކޮޅު ކޯލިޝަނަށް ލިބުނު ކާމިޔާބީއަކީ ޕޯޗުގީޒުންގެ އަތުން ދިވެހިން ހޯދި ފަދަ އުފާވެރި ކާމިޔާބީއެއް ކަމަށެވެ. އިބޫ އާއި ފައިސަލަށް މަރުހަބާ ދަންނަވައި ޖަމީލް ވިދާޅުވީ މި ކާމިޔާބީއަކީ ރައްޔިތުން ހޯދި ނަސްރެއް ކަމަށެވެ.
ދިވެހި ގައުމުގެ ސިޔާދަތު ސަލާމަތްވުމުން މާތް ﷲ އަށް ހަމްދު ކުރައްވާ ކަމަށް ޖަމީލް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަންބުއްދި
30 September 2018
ކޮންމެ ބަޔަކު ވެރިކަމަށް އައިނަމަވެސް މިދިޔަ ދުވަސްތަކުގަ ސިޔާސީ މީހުން ނާ ސިފައިން ފުލުހުން ސިވިލް ސާވިސް މީހުން ކުރިކަމަށް ބުނާ ބޮޑެތި ކަރަޕްސަން ޢާއި ނާއިންސާފު އަނިޔާވެރި އަމަލުތައް ބަލާ ތަހުގީގު ކޮށް ހައްގު އްދަބު ދޭން ޖެހޭނެ.ރައްޔިތުން ހޮވި ވެރިޔަކާ ދެކޮޅަށް ކުރިކަމަށް ބުނާ ދެބަގާވަތް ތަހުގީގު ކުރްންޖެހޭ.އެއީ ނަސީދު އާ ޔާމިނުއާ ދެކޮޅަށް ކުރި ބަގާވަތް.ނިޒާމް ސާފު ކޮށް އިހުލާސް ތެރި މީހުން ގެން ނަން ޖެހޭ.އޭރުން އިންސާފު ގާއިމް ވާނީ
ބަޒް ލައިޓް އިޔާ
30 September 2018
ގައުމު ފޮތި ފޮތިކޮށް ބައިބައި ކުރުމުގައި އަލީވަހީދުގެ ދައުރު ބޮޑު. މޑޕ ގެ 2008ގެ ވެރިކަމުގައި ގައުމުގެ އިޖްތިމާއީ ފޭރާން ވީދައި އޭގެ ފަހުން 2012 ފެބްރުއަރީ 7ށް ފަހު ހިންގި ހަރަކާތް ތަކުގައި ކުރީ ކޮންކަމެއް؟
ރާސްޕަރީ
30 September 2018
މަ މިިހާރު 20 އަހަރު ވަނީ ކިިއްލިިތަޅާތާ އަދިިވެސް މަށަށް ގޯއްޗެއް ގަންނަވަރަށް ފައިިސާއެއް ނުލިިބޭ!
ބޫންބޫން
30 September 2018
ކަލޭމެންގެ ބަސްފޮތުގެ މާނަތަކަށް ބަލާއިރު ތިބުނީ ރަނގަޅަށް. އެއްބައިވަންތަގެ މާނައަކީ ބައިބައިކުރުން. އެކަން ނިކަން ރަނގަޅަށްވެސް ކަލޭމެން ކުރާނެ. އެ ހުނަރުވެސް ހުންނާނެ.
އަބްދުﷲ
30 September 2018
ދެން ބޫންބޫން ލާފަ އައިސް މިތައް ފަސާދަ ކުރާނެ ކަމެއްނެތް. ތިތާހުރޭ.
އަހުމަދު އަލީ
30 September 2018
ކޮބާ މާލެއިން ގޯތި ބައްޕަ ބޯޓުދަތުރުކޮށްގެން ހޯދި ލާރިން.
ަިަދީދީ
30 September 2018
ހޮ ހޮ ހޮ ހޯ. ގައިގާ. މާލެ ގޯތި. ހުޅުމާލެ ކޮންޑޯ.
މާމަ
30 September 2018
އެކުވެރި ނުވާންޖެހޭ ވަގުތެއް އާދޭތޯ؟
މޮޔަ މީހާ
30 September 2018
ދެން ކޮންމެހެން އިބޫ އާ ގުޅެން ނޫޅޭ!!!!
20111
30 September 2018
ތިޔަކަމެއް ނުވާނެ. އެމްޑީޕީ ކުރިން އުޅުނީ ،މައުމޫން ޖަލަށް ލާން . މިހާރު ޔާމީން . ދެން ކޮން ކަމެއް ކުރެވޭނީ