މައުމޫން އިންޑިއާއަށް ކުރެއްވި ދަތުރުފުޅެއްގައި މޯދީއާ ބައްދަލު ކުރައްވަނީ
02 އޮކްޓޯބަރ 2018 - 19:31
ޖަލު ހުކުމެއްގައި ހުންނަވަނިކޮށް ކަފާލާތުގެ ދަށުން މިނިވަންކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ފޯނުން ގުޅުއްވައި ހިތްވަރު ދެއްވައިފި އެވެ.
މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ އެ މަނިކުފާނާ މެދު މޯދީ ގެންގުޅުއްވާ ގާތްކަމަށް ޝުކުރު އަދާ ކުރައްވާފަ އެވެ. އަދި ރާއްޖޭގެ ޑިމޮކްރަސީއަށް މޯދީ ދެއްވާ ސަޕޯޓާއި އެއްބާރުލުން ވެސް މައުމޫން ފާހަގަ ކުރެއްވި އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ހީނަރުވެފައިވީ ނަމަވެސް، ނިމިގެން ދިޔަ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި އިދިކޮޅު ކެންޑިޑޭޓު، އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)އަށް އެންމެ ފުރަތަމަ މަރުހަބާ ވިދާޅުވި ބޭފުޅުންގެ ތެރޭގައި މޯދީ ހިމެނިވަޑައިގަންނަވަ އެވެ.
Thank you Excellency PM @narendramodi for your telephone call today and for your strong support for our democratic process. I am particularly grateful for the kind sentiments you have expressed about me personally.
— Maumoon Abdul Gayoom (@maumoonagayoom) October 2, 2018
އަދި ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް، އިބޫ ވަނީ މޯދީއަށް ދައުވަތު ދެއްވާފަ އެވެ.
އިބޫއަށް ފޯނުން ގުޅުއްވައި މޯދީ ދެއްކެވި ވާހަކައިގައި، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ހީނަރުވެފައިވާކަން ފާހަގަ ކުރައްވައި، އިބޫގެ ވެރިކަމެއްގައި، އެ ގުޅުން ރަނގަޅުވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވި އެވެ. އަދި އެކަމުގެ ޔަގީންކަން، އިންޑިއާގެ ބޮޑުވަޒީރަށް އިބޫ ދެއްވި އެވެ.
"އަޅުގަނޑު (މޯދީއަށް) ދެންނެވިން އިންޑިއާ އަކީ އަބަދު ވެސް ރާއްޖެއާ އެންމެ ރަހުމަތްތެރި އެއް ގައުމު ކަމަށް. އަދި ކުރިއަށް އޮތްތަނުގައި ވެސް އެގޮތުގައި ބާއްވާނެ ކަމުގެ ޔަގީންކަން އަޅުގަނޑު ދިނިން،" މޯދީއާއެކު ދެއްކެވި ވާހަކަފުޅާ ގުޅޭގޮތުން އިބޫ ވިދާޅުވެފައި ވެ އެވެ.
މޯދީ، އިންޑިއާގެ ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގެންނެވި ފަހުން މިހާތަނަށް ރާއްޖެއަށް ވަޑައެއް ނުގަންނަވަ އެވެ. އަދި މިއީ މި ސަރަހައްދުން އަދި މޯދީ މިހާތަނަށް ވަޑައިނުގަންނަވާ ހަމައެކަނި ގައުމެވެ.
ރައީސް ޔާމީންގެ ސަރުކާރުގައި، ރާއްޖެ އާއި އިންޑިއާއާ ދެމެދު ގުޅުން ގޯސްވެފައި ވާއިރު އިންޑިއާގެ ވާދަވެރި ޗައިނާއާ ރާއްޖޭގެ ގުޅުން ވަނީ ވަރަށް ބޮޑަށް ބަދަހިވެފަ އެވެ. އިދިކޮޅު ކޯލިޝަނުން ވެރިކަމަށް އައުމަށް ފަހު، އިންޑިއާ އެކު ގުޅުން ބަދަހިކުރާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ.
މައުމޫން، ކަފާލާތުގެ ދަށުން ހައި ކޯޓުން މިނިވަން ކުރީ، އެއް އަހަރާއި ހަތް މަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން މިިދިޔަ ޖުލައި މަހު ކުރި ހުކުމާ ގުޅިގެންނެވެ. އެ ހުކުމް ކުރީ، ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު ފުލުހުން ހިންގި ތަހުގީގަށް އެ މަނިކުފާނުގެ ފޯނު ނުދެއްވި ކަމަށް ބުނެ، އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުމުގެ ކުށުގައި އުފުލި ދައުވާގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެންޓި ސެކިއުލަރ
03 October 2018
އަޅުވެތި ކޮށް، ލާދީނީ ފިކުރު ފަތުރަން ކުރާ މަސައްކަތްތައް ހުއްޓާލުމަށް ގޮވާލަން
ހުސޭން
03 October 2018
މަސް ހުނި މޮޑުނު އެއްމެން އެކަކު އަނެކަކައް ގުޅާ ގުޅުންބަދަހިކުރަން ބޭނުންވާހަކަ މިހާރުބުނާނެ. އަދި އުޅޭނެ ތިމަސްހުނި ގަންޑު ކަރަވެގެން ވަސްދުވާތީ، ހަމަ ހިނި އަންނަނީ
ހޮޓްކިންގ
03 October 2018
މި ގައުމު އިންޑިއާގެ އަޅުވެތި ކަމުގެ ދަށުގައި ބޭއްވި މީހެއް މައުމޫނަކީވެސް އެހެންވީމާ. ވަރަށް ހެޔޮވާނެ އެފަދަ ވެރިން ދެކެ. މޯދީކައިރީ ބުނެބަލަ ގެރިމަސް ކެޔަސް މުސްލިމުން ނުމެރުމަށް.
ކީކޭ ބުނާނީ
03 October 2018
ޔާމީނު އެންމެ ގުޅިގެން އުޅުނު ޗައިނާދޯ އެންމެ މުސްލިމުންނަށް ރަނގަޅީ
ރަންބުއްދި
03 October 2018
މޯދީ މެންކަހަލަ މީހުން ހެޔޮނުވާނެ ރާއްޖެފަދަ މުސްލިމްގައުމަކަށް އަރުވަން.2002 ގަ އިންޑިޢާ ގުޖުރާތުގެ ޗީފްމިނިސްޓަރަކަށް ހުރި އިރު ހިންދޫން ނުކުމެ 2000 އަށް ވުރެ ގިނަ މުސްލިމުން ދިރިތިއްބަ މަރާ އަންދާ ރޭޕްކޮށް ތަޅާ ސުންނާފަތިކޮށްލިއިރު ހުރީ ހެވިފަ ކުޅިބަލަން.އެކަމާ އުފަލުން އެމެރިކާ އެހީވެދިނީ ވެރިކަމަށް އައުމަށް.ތި މޯދީ އަކަށް ނޭގޭނެ ޑިމޮކްރަސީ އާ އިންސާނިއްޔަތު ކަމެއް.އެއުޅެނީ ޕްރޮޖެކްޓުތައް ހޯދަން.
ޕުލެޓިނަމް ބުއްދި
03 October 2018
ކަލޭމެން ކަހަލަ ޖާހިލުން އުޅޭތީއޭ މައްސަލަ އަކީ.. ދުނިޔޭގެ ޚަބަރު ކިޔާލިންތަ؟ ޗައިނާ މީހުން މުސްލިމުންނަށް ހަދާ ގޮތް އޯކޭ؟
ށީނުކަރަ
03 October 2018
ތިމައްސަލައިގަ އެމެރިކާއައް އެރުންވެސް މަނާކުރި މޯދީއައް. ޢެމެރިކާ އެހީގައެއްނޫން މޯދީ ވެރިކަމަ އައީވެސް. ޢެމެރިކާއިން ވިސާވެސް މޯދީއައް ދިނީ ވެރިކަމަ އައިފަހުން. ބަޔަކުދެކެ ރުޅިއަޔެސް ކަން އޮއިގަތަ ކިޔާ.
ރާވެރިބެ
03 October 2018
"ޕްލެޓިނަމް ބުއްދި" ބުނާ އެއްޗަކުން ހީވާކަހަލަ ޗައިނާއިން މުސްލިމުންނަށް ގޮތެއް ހަދަންޏާ އެއައްވުރެ އަނިޔާވެރިގޮތެއް އިންޑިއާއަށް ހެދިދާނޭ ... އެއް ނުބައިން އަނެއް ނުބަޔަށް ހުއްޖަތްދެއްކުމަކީ ތަސައްރަފު ނުފުދޭކަމުގެ އަލިގަދަ ދަލީލެއް ...
ދޮންބީފާނު
03 October 2018
އެންމެ ފަހުން ގޮސް މޯދީއާ އެއް ފެންވަރަށްވެސް ވެއްޓުނީ!!! ނޫނޭ ވެރިކަމުގެ ލައްޒަތު ނިކަން ރަނގަޅަށް ލިބިފަ ހުރި މީހެއް.
އިސްލާހު
03 October 2018
އިންޑިއާ އާއި މާބޮޑަށް ގުޅުން އެއީ ރަގަޅުކަމެއް ނޫން. ޢިންޑިއާ އަކީ ވަރަށް އަމިއްލަ އެދުން ބޮޑު ޖާހިލު އަނިޔާވެރި ބައެއް އިންސާނީ އަނިޔާގައި އުޅެނީ ވަރަށް ކުރީގައި މެދުމިނެއް ގެންގުޅޭތި \މާ ގާތް ނުކޮށް
ހެވަލޮކް
03 October 2018
ކަލޭ މިއިން ޒަމާނަކު ކޮޅުންވެސް ދިޔައިންތަ އިންޑިޔާ ގެ ޓިއަރ 1 ސިޓީ އަކަށް؟ ދެން އަންނަ ވެރިއެއް ޤައުމު އޮތް ގޮތަށް ބާއްވާފަ ކަލޭގެ ސިކުނޑި ކަންނޭގެ ތަރައްޤީ ކުރަންވީ!
ބާލަ ސްބަރުމާނިއަމް
03 October 2018
އިންޑިއާ އާއި މާބޮޑަށް ގުޅުން އެއީ ރަގަޅުކަމެއް ނޫން. ޢިންޑިއާ އަކީ ވަރަށް އަމިއްލަ އެދުން ބޮޑު ޖާހިލު ބައެއް
12365
03 October 2018
ޗައިނާ އެއީ ހުދު ކާފޫރު. ބޯހަލާކު
ހެވަލޮކް
03 October 2018
އެދުމެއް ނެތި ވެދުމެއް ނުކުރާނެ.. އެކަމު އެމީހުން ގާތް ކުރުމަކީ އަހަރެމެންނަށް ލިބޭ ކުރިއެރުމަކަށް ހެދިދާނެ! އިރާދަކުރެއްވިއްޔާ ކަލެއަށްވުރެ ސިކުނޑި ތަނަވަސް މީހުން މި އާ ސަރުކާރު ހިންގަން ތިބޭނީ
ވާލުސޮރު
03 October 2018
ކުރުކޮށް ބުނާނަމަ ރާއްޖޭގެ ރައްޔިތުންގެ މެޖޯރިޓީގެ އިތުރުން އިތުރުން "މުޅި ދުނިޔެ" އިދިކޮޅު ކޯލިޝަނާއެކު އޮތްކަން އެއީ ހަގީގަތް. މިހާލަތުގަ ރައީސް ޔާމީނުގެ ހިމާޔަތުގަ "ޅައެއްޗެއް" އަޅާނީ ވަރަށް "މޮޔަ ބައެއް". ހަމަ ހޭގައި ތިބި ބަޔަކު ވިއްޔާ އެބަޔަކު ތިބޭނީ މިހާރު ރައީސް ޔާމީނާ "ގައިކޮޅުގައިގާދުރު" ކިޔައިގެން.
ކެނަރީ ސޮނިބެ
02 October 2018
އަމިއްލަ ސިކުނޑިޔަކުން ވިސްނާބަޔަކަށް މޯދީއަކީ ނަމޫނާ މީހެއް، އޭނަގެ ވެރިކަމުގަ އިންޑިޔާގަ އުޅޭ މުސްލިމުންނަށް ކުރާޖެއްސުން މިކަމަށްފުދޭ!