03 އޮކްޓޯބަރ 2018 - 17:10
ރާއްޖޭގައި ފަހުގެ ތާރީޚެއްގައި ހިންގާފައިވާ އެންމެ ބޮޑު ކޮރަޕްޝަން، އެމްއެމްޕީއާރުސީގެ 1.2 ބިލިއަން ރުފިޔާގެ ޚިޔާނާތް ފަޅާ އަރުވައިލުމުން ލިބުނު އިންޒާރުތަކާ ގުޅިގެން ސްރީލަންކާ އަށް ދިރިއުޅުން ބަދަލުކުރެއްވި ކުރީގެ އޮޑިޓާ ޖެނެރަލް ނިޔާޒު އިބްރާހިމް އަންނަ ހަފުތާގައި ރާއްޖެ ވަޑައިގަންނަވަން ނިންމައިފި އެވެ.
ރާއްޖޭގެ ދިދަ އާއި ގުދުރަތީ މަންޒަރުތައް ދައްކުވައިދޭ ފޮޓޯއަކާ އެކު އޭނާގެ ފޭސްބުކް ޕޭޖްގައި ނިޔާޒު މިއަދު ލިޔުއްވާފައި ވަނީ އަމިއްލަ އަށް އަރުވާލެވިގެން ހުންނަވާތާ ދެ އަހަރު ފަހުން، އަންނަ ހަފުތާގައި ރާއްޖެ ވަޑައިގަތުމަށް ނިންމާފައިވާ ކަމަށެވެ. ނިޔާޒަށް ނުގުޅޭތީ އިތުރު ތަފްސީލެއް ނުލިބެ އެވެ.
ރިއާސީ އިންތިހާބުގެ ބޮޑު ތަފާތަކުން ރައީސް އަބްދުﷲ ޔާމީން ނާކާމިޔާބުވެ ވަޑައިގެންފައިވާ އިރު ނިޔާޒަކީ މި ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ފަޅާއަރުވާލުމުގައި އިސް ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ.
ސަރުކާރުގެ ކޮރަޕްޝަނާ ގުޅޭ ގޮތުން އަލް ޖަޒީރާ އިން އާއްމުކުރި ޑޮކިއުމެންޓްރީ އަށް މައުލޫމާތު ދެއްވުމުން ލިބިވަޑައިގަތް އިންޒާރުތަކާ ހެދި ނިޔާޒު އާއިލާއާ އެކު ލަންކާ އަށް ދިރިއުޅުން ބަދަލުކުރެއްވީ 2016 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ހަތް ވަނަ ދުވަހު އެވެ. އެއާޕޯޓުގައި ކުރިމަތިވެވަޑައިގެންނެވި އުނދަގޫތަކާ އެކު ލަންކާ އަށް ފުރާވަޑައިގެންނެވުނީ "ހަމަ ކިރިޔާ" ކަމަށް އޭނާ އޭރު ވިދާޅުވި އެވެ.
Inzaaruthakaa hedhi Niyaz ge dhiriulhuvvun raajje in beyrah, furunee "hamakiriya"!
The most trusted news source in the Maldives
Mihaaru
ފުރައިގެން ދެވުނީ ކިރިޔާ ކަމަށް ނިޔާޒު ވިދާޅުވުން--
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި މި ސަރުކާރާ ގުޅުން ހުރި ހިޔާނާތުގެ މައްސަލަތައް ބަލައި އެކަން ނިޔާޒު އޭރު ވަނީ ރައީސް އަބްދުﷲ ޔާމީންގެ ސަމާލުކަމަށް ގެނެސްފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ވާހަކަތައް ރައީސް ގަބޫލެއް ނުކުރެއްވި އެވެ. އެ ކަންކަމާ ގުޅޭ އޮޑިޓް ރިޕޯޓެއް ނެރުމާއެކު ސަރުކާރުގެ މެޖޯރިޓީ އޮތް މަޖިލީހުން ވަނީ ނިޔާޒު އޮޑިޓާ ޖެނެރަލްގެ މަގާމުން ވަކިކޮށްފަ އެވެ.
މި ސަރުކާރާ ހިޔާލު ތަފާތުވި އެތައް ބޭފުޅުންނެއް ރާއްޖެ އިން ބޭރުން ސިޔާސީ ހިމާޔަތް ހޯއްދަވައިގެން އުޅުއްވުމަށް ފަހު، އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)، ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމާ އެކު ރާއްޖެ ވަޑައިގަތުމަށް އެ ބޭފުޅުން ވަނީ ނިންމަވައިފަ އެވެ.
އެ ގޮތުން ޖުމްހޫރީ ޕާޓީގެ ފައުންޑާ ގާސިމް އިބްރާހިމާއި އެ ޕާޓީގެ ރައީސް އަލީ ވަހީދު މާދަމާ ރާއްޖެ ވަޑައިގަތުމަށް ވަނީ ނިންމަވާފަ އެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދު އަންނަ މަހު ރާއްޖެ ވަޑައިގަންނަވާނެކަން ވަނީ އިއުލާން ކުރައްވައިފަ އެވެ. އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް ވެސް އަންނަ ހޮނިހިރު ދުވަހު ރާއްޖެ ވަޑައިގަންނަވާނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢާއިޝަތު އައްޑޫ
04 October 2018
މިތަނުން ފުރައި ވަޑައިގަތްދުވަހު އިމިގުރޭޝަނުން ފެނިފައިވޭ... އަޅުގަނޑަށް ދެންނެވޭނީ ތިބޭފުޅާ އިހުނައްތުރެން ބޮޑުތަނުން ކުލަރީތިވެ ޒުވާން ކޮށް ދައްކާކަމަށް... ލަފާކުރެވޭގޮތުގައި ހިތްހަމަޖެހުމާއި ގަވާއިދުން ކަސްރަތުކުރުމުގެ ފުރުސަތުގެ އިތުރުން ރަނގަޅުކާނާ އަދި ފުރެޝް ވިޖިޓަބަލް އަދި އެއްމެ ބޮޑުއެއްކަމަކީ ވަގުތުން ނަމާދުކުރުމުގެ ފުރުސަތުވެސް ލިބޭތީ ކަމައް ގަބޫލުކުރެވޭ...
ކަލެއޭ ކިޔާތަ?
03 October 2018
ކަލެއޭ އެއްވެސަ މީހަކު ނުކިޔާ. ރަނގަޅު ވެއްޖެދޯ
ޑޮކްޓަރުންގެ ސިޓީ / އައްޑޫ ސިޓީ
03 October 2018
މަޤާމްގައި “ނައީމް އަދި ނިޔާޒު ރައްޔިތުންނަށް އިޙްލާސްތެރި މަސައްކަތްކޮށްދެއްވި” ކަމަށްދެކެން. . . މާގިނަބަޔަކަށްމުހިންމު އަދި އޭގެނުރައްކާތެރިކަމާއިމެދު ވިސްނިފައިނެތްކަމުގައިވިޔަސް އިމިޤްރޭޝަން ޤާނޫނާއިހިލާފަށް ރާއްޖޭގައިއުޅޭ ބިދޭސިންނަކީ އިޖުތިމާއީ އިޤުތިސޯދީގޮތުންނާއި ސަލާމަތީގޮތުންވެސް ނުރައްކާތެރިކަމެއް. . . ހިއުމަންސްޓްރެފިކިންގއާއި މިފަދަ ޤާނޫނާއި ހިލާފު ކަންކަންހުއްޓުވުމަށްޓަކާ ނިޔާޒު ފަދަ އިޙްލާސްތެރިއެއް ކޮންޓްރޯލާރ އަކަށް ބޭނުންވޭ.
ހާދާލު
03 October 2018
މަރުހަބާ ނިޔާޒް.....ތީ އިހްލާސްތެރިންނަކީ
ރަތަފަން
03 October 2018
ސުރުހީ ކިޔާލުމުން ހީކުރީ އަދި ދެއަހަރު ފަސް ކަމަށް.
ކިއްލިބާޝާ
03 October 2018
އާދޭ އާދޭ އެންމެން އާދޭ. އުދުހިފައާދޭ. އާދޭ އާދޭ. ދުވަމުން އާދޭ.
ުޔޔޖހހ
03 October 2018
މިކޮރަޕްޓް ގައުމުގަ މުއްސަސާތަކުގެވެރިންގެ ގޮތުގަތިބި އިޚްލާސްތެރި މަދުވެރިންތަކުގެތެރޭގަ ހިމެނޭ ވެރިއެއް. މަރުހަބާ ނިޔާޒު
ތިނަދޫ މީހެއް
03 October 2018
ނިޔާޒުއަކީ މުޅި ހަވަރު ތިނަދޫ އަދި ކީއްކުރަން މުޅި ދިވެހިރާއްޖެ ފަހުރުވެރިވާ ދަރިއެއް... ދަރިޔާ އަވަހަށް އާދޭ... ތިނަދޫ ރައްޔިތުން ރަސްކަލެއްގެ ދަރަޖައިގައި ނިޔާޒުއަށް މަރުހަބާ ކިޔާނަން...
ވަތަނޭ
03 October 2018
ނިޔާޒު އަކީ ގދ.ތިނަދޫއަށް އުފަން ، މުޅި ދިވެހި ގައުމު ފަހުރުވެރިވާ ދަރިއެއް... އަވަހަށް އާދޭ... ނިޔާޒު ނޫން އެހެން އޮޑިޓަރ ޖެނެރަލްއެއް ދެން އުފެދޭ ސަރުކާރެއްގައި ބޭނުމެއް ނޫން..
ހަގީގަތް
03 October 2018
އެމްޑީޕީ ސަރުކާރުގެ ކޮރަޕްޝަންތައްވެސް ހަމަ ފަޅާ އަރުވާލީ ނިޔާޒު.ކީއްވެތަ އެއް ސައިޑް ގެނެސްދެނީ ސްޓޯރީގެ.މިނިވަން ނޫސްވެރިކަމޯ މީ އެކަމު.ޕިސް ޕިސް
އަފި
03 October 2018
އެމްޑީޕީ ސަރުކާރުގެ އޮޑިޓްރިޕޯޓުގަ ހުރި ނުކިއްސަރު ގިނަކަންކަމަކީ ކޮރަޕްޝަން ނޫންކަން ނިޔާޒުގެ އިންޓަވިއުތަކުގަ ތަފްސީލް ކޮއްދީފަވޭ. އޮއްނަ އުސޫލުންބޭރުން ޕުރޮޖެކްޓައް ހަރަދު ކުރުމަކީ ކޮރަޕްސަނައްނުވާނެ. ޖެއްސުން ކުރުމައް ގާނޫނުތައް އޭރުގެ މަޖިލިހުންހަދާ ދަތިކުރި ބޭނުމަކައްވީ ސަރުކާރައް ކަމެއްނުކުރެވޭކަން ރައްޔިތުން އައްދެއްކުން..ސަރުކާރުން ކަންކަން ކުރުމައް ހުރަސްކުރަންޖެހުނީ އެގާނޫނުތައް.. މާލިއްޔަތުގާނޫނާ ހިލާފައް ހިންގިކަންކަނަ ރިޕޯރޓުގަހުރީ