އިންތިޚާބުގެ ނަތީޖާ އޮޅުވާލާފައިވާ ކަމަށް ބުނެ ޕީޕީއެމުން ކުރި މުޒާހަރާއެއްގައި ރައީސް އަބްދުﷲ ޔާމީން ވާހަކަފުޅު ދައްކަވަނީ-- މިހާރު ފޮޓޯ: ހުސެން ވަހީދު
07 އޮކްޓޯބަރ 2018 - 15:50
ނިމިގެންދިޔަ ރިޔާސީ އިންތިޚާބުގެ ނަތީޖާ އޮޅުވާލި ކަމަށް ބުނެ، ޕީޕީއެމުން ކޮންމެ ރެއަކު ކުރަމުން ދަނީ ގާނޫނާ ހިލާފު މުޒާހަރާތަކެއް ކަމަށާއި އެކަން ތަކުރާރުކުރާ ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އިލެކްޝަންސް ކޮމިޝަނުން މިއަދު ދީފި އެވެ.
އީސީގެ ހަތަރު މެމްބަރަކު ލަންކާގައި ތިއްބަވައި، ކޮމިޝަންގެ ރައީސާ އެކު މިއަދު ބޭއްވެވި ޓެލެ ކޮންފަރެންސެއްގައި ވަނީ، ރިޔާސީ އިންތިޚާބުގައި ވޯޓު އޮޅުވާލި ކަމަށް ބުނެ، ޕީޕީއެމް އޮފީހުގެ ދޮރުމަތީގައި ކޮންމެ ރެއަކު ކުރަމުންދާ މުޒާހަރާއަކީ ޕީޕީއެމުން ކުރާ ކަމެއްތޯ ޔަގީންކުރުމަށް އެ ޕާޓީ އަށް ސިޓީއެއް ފޮނުވުމަށް ނިންމައިފަ އެވެ. އަދި އެއީ އެ ޕާޓީން ކުރާ ކަމަކަށް ވާނަމަ، އެކަން ވަގުތުން ހުއްޓާލުމަށާއި މުޒާހަރާ ތަކުރާރުކުރާ ނަމަ، ފިޔަވަޅު އަޅަން ވެސް، ކޮމިޝަންގެ މެމްބަރުން ވަނީ ފާސްކޮށްފަ އެވެ.
އީސީގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވީ ޕީޕީއެމް އޮފީހުގެ ދޮރުމަތީގައި ކުރަމުންދާ މުޒާހަރާތަކަކީ އެއްވެ އުޅުމުގެ ގާނޫނާއި ސިޔާސީ ޕާޓީތަކުގެ ގަވައިދާ ހިލާފަށް ކުރަމުންދާ މުޒާހަރާތަކެއް ކަމަށެވެ. އެހެންވެ، އެކަން ހުއްޓުވައި ދިނުމަށް އެދި ފުލުހުންނަށް ހުށަހެޅުމަށް ވެސް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އިންތިޚާބު އޮޅުވާލާފައިވާ ކަމަށް ބުނެ ޕީޕީއެމުން ކުރި މުޒާހަރާއެއްގައި ބަޔަކު ބައިވެރިވަނީ-- މިހާރު ފޮޓޯ: ހުސެން ވަހީދު
އިންތިޚާބުގައި ބޮޑެތި މަކަރުތައް ހަދާފައިވާ ކަމަށާއި ރިޝްވަތު ނަގައިގެން ވޯޓުން ވައްކަންކޮށްފައިވާ ކަމަށް، މަދު ބަޔަކާއެކު ޕީޕީއެމުން ކޮންމެ ރެއަކު ކުރަމުންދާ މުޒާހަރާތަކުގައި ދަނީ ގޮވާލަމުންނެވެ. އަދި އީސީގެ ރައީސް އަހުމަދު ޝަރީފު ހައްޔަރުކޮށް، އިންތިޚާބު އަލުން ބޭއްވުމަށް ވެސް އެ މީހުން ގޮވަ އެވެ.
އަކްރަމް ވިދާޅުވީ ރައްޔިތުންގެ ހިތުގައި ޝައްކާއި ބިރުވެރިކަން އުފެދޭ ގޮތަށް، މިފަދަ ސާބިތު ނުހިފޭ ވާހަކަ ދައްކާ ނަމަ އެ މީހުންގެ މައްޗަށް އަބުރުގެ ދައުވާ ކުރުމަށް ސިވިލް ކޯޓަށް ހުށަހަޅަން ނިންމާފައިވާ ކަމަށެވެ. އަދި އެ ވާހަކަތައް ޓީވީން ބްރޯޑްކާސްޓް ކުރާ ޗެނަލްތަކުގެ މައްސަލަ ބަލައި، ފިޔަވަޅު އެޅުމަށް، ބްރޯޑްކާސްޓިން ކޮމިޝަނަށް ހުށަހަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޕީޕީއެމުން ވަނީ އެ ޕާޓީން ކުރާ ތުހުމަތުތަކާ ގުޅޭގޮތުން އީސީން ޖަވާބުދާރީވުމުން ނޫނީ މުޒާހަރާތައް ހުއްޓާނުލާނެ ކަމަށް ބުނެފަ އެވެ. އަދި އެ ކޮމިޝަނަށް ނުފޫޒު ފޯރާފައިވާ ކަމަށާއި އެއަށް ވުރެ ގިނަ ވޯޓު، އިންތިޚާބުން ބަލިވި ރައީސް އަބްދުﷲ ޔާމީނަށް ލިބެން ޖެހޭނެ ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.
އިލެކްޝަންސް ކޮމިޝަންގެ މެންބަރުން -- ފޮޓޯ: ހުސައިން ވަހީދު/މިހާރު
އެކަމަކު، އެ ތުހުމަތުތަކަށް އިޝާރާތް ކުރައްވައި އީސީގެ ރައީސް ޝަރީފް ވިދާޅުވީ ނަތީޖާއާ މެދު ރައްޔިތުންގެ ހިތްތަކުގައި މާބޮޑު ސުވާލެއް އުފެދިގެން އުޅޭ ތަން ފެނިވަޑައިނުގަންނަވާ ކަމަށާއި އިންތިޚާބާ ގުޅޭ މައްސަލަތައް ކޮމިޝަނަށް ހުށަހަޅައިފި ނަމަ އެކަން ބަލާނެ ކަމަށެވެ. އެކަމަކު ނަތީޖާ ބަދަލުވެދާނެ ފަދަ ހެއްކެއް އޭނާއާ ހަމައަށް އަދި އައިސްފައި ނުވާ ކަމަށް ވިދާޅުވި އެވެ.
އީސީން އާއްމުކޮށްފައިވާ ދާއިމީ ނަތީޖާގައިވާ ގޮތުން ޕީޕީއެމްގެ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގަތީ 96،052 ވޯޓެވެ. އިބޫ އަށް ލިބިވަޑައިގަތީ 134،705 ވޯޓެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އީސީ
08 October 2018
ޑިމޮކްރަސީއެއްގައި މުޒާހަރާ ކުރެވޭނެ.
ހޮޓްކިންގ
08 October 2018
އީސީސީގެ ލޯވަނީ ކަނުވެ އަނދިރިވެފައި. މިހާރު އީސީސީއަކިވެސް އެބުނާ ކޯލިޝަންގެ އެއްބައި.
ދެކޭމީހާކިޔާމީހާ
07 October 2018
ޔާމީން ބޭނުންފުޅުނަމަ، މުޒާހަރާކުރަން ދޫކޮށްލުންފެނެއެވެ. ޔާމީންގެވެރިކަމާއި ބަޔަކުތޮޅެހަދާނަމަ، ވެރިކަމަކީ ﷲސވޢ މިންވަރުކުރުއްވާކަމެއްކަމުގައި ވިދާޅުވެވެއެވެ. އެކަމަކު ރަޢިއްޔަތުންގެ އެދުމާއިއެއްގޮތަށް ވެރިއަކު ދެއްކެވީމައި، މިފެންނަނީ އެއްްކަލަވާހަކަ ހަނދުމަނެތިގެންއުޅުއްވާތަނެވެ. އައްޗިވެގެން އުޅުއްވިޔަދޭށެވެ. ޖަދަލުއެކުރެވެނީ ކޮންފަރާތަކާކަން މިހާރު ހަނދާނެއްނުވަނެއެވެ. ﷲސވޢ މިންވަރުކުރުއްވާކަމަކާއި ތޮޅެވޭނީ ކާކަށްހެއްޔެވެ! ބަލަންތިބޭށެވެ!
އަރޫ
07 October 2018
ސަނހަރޯ ހާދަ މީހުންނެކޭ!!
ނީނނޭ
07 October 2018
އީސީ ކޮރަޕްޓްވެފަ. ދެން ތިމަރަ ބަރުވޭ
ޑޮކްޓަރުންގެ ސިޓީ / އައްޑޫ ސިޓީ
07 October 2018
ނޫން.. ބޭރިއެރުމާއި، ކަނޑުމަތިއެޅުމަކީ ތާއަބަދުއޮންނަ އަދި ހުރިހާއެންމެނަށް އޭގެ އުދަގުލާއި ނޮފުރައްޕާންޖެހޭނެ ކަންކަމެއްނޫން. . . ޤާނޫނުއަސާސީ ކޮށާލިކަމުގައިވިޔަސް މުޒާހަރާ ކުރަން ރައްޔިތުންނަށް ނިކުމެވެންވާނެ. . . އެކަމަކު އިންތިހާބު ޤަބޫލުނުކޮށް ކޯޓަށްނުގޮސް “ބަޤާވާތުގެ އަމަލަށްފެތޭފަދަ ވާހަކަ ދައްކާ މިނިސްޓަރުންނާއި މަޖިލިސް މެންބަރުންނާއި ހުވާމަތީގައިތިބެ މިއަމަލުގައިބައިވެރިވިއެންމެނަށް” ދައުވާ ކުރުމަށް ފުރިހަމައަށް ލޮލުން ބޮލުން ތާއީދު.
އީސީ ޕުލީސް
07 October 2018
ޕީޕީއެމް އިން އެހިންގަނީ ޓެރަރިޒަމް ގެ އަމަލެއް!
ްްްޤައިސަރުފުރުމަން
07 October 2018
މީހުން ގިނަކަމުން ތިމަގުން ބުރެއް ޖަހާލަންވެސް ނުދަން. މެޑަމް އެކަނި ޔާމީނު ބުނި ބަސް ޤަބޫލުކުރީ. " އެއްވާން ބޭނުމިއްޔާ ހައްޖަށްދޭ" .
ޝާހީނު މާލެ ސިޓީ / އައްޑޫ ސިޓީ މީގެ އެއްމެ ރަނގަޅު
07 October 2018
މީގެ އެއްމެ ރަނގަޅު ގޮތަކީ ދިވެހީން ނުދާތީވެ ގެންގޮސްގެން އެއުޅޭ ބަންގާޅީންތައް ޑީ ޕޯޜޓު ކުރުން.. މީގެ އިތުރުން ކުދި ކުދި ރައްރަށުން ގޭގައި ގެންގުޅެން ގެނަސް ތިބޭ އަންހެނުންގެ ތެރެއިން 10 ވަރަކަށް އަންހެނުން އެބަފެނޭ އެދައިތަ މެންވެސް މޫނު ނުދައްކަން އުޅޭތަން ފެނޭ.. ފުލުހުންނައް އަންގައިގެން މިދައިތަނެންވެސް ރަށައް ފޮނުވާލަންވީ.. މާލެ އަކީ ރޯނުފިލާ މީހުން އައިސް ގަރުދިޔަ ކައްކަން ޖެހޭ ސިޓީ އެއްނޫން.. މިކަން ހުއްޓުވަންޖެހޭ. މާލެ ރައްޔަތުންނައްޓަކ
ޢަހްމަދު
07 October 2018
ތާއީދު އޮތަސް ނެތަސް އެކަން ކުރެވޭނެ. އެއީ ހަމައެކަނި އެމްޑީޕީއަށް އޮތް ހައްގެއްނޫން.
ބަޑިތަކުރު
08 October 2018
ބޮޑުމީހާ ބުނީ އެކަމަކު ކަށްވަޅުގައިވެސް މުޒާހަރާ ކުރުމަކީ އެމްޑީޕީން ކުރާކަމެކޭ. އެހެންވެ އެކަން ހުއްޓުވަން ބޮޑުމީހާ ގާނޫނު ހެދުވީ. ބޮޑުމީހާ އެހާ ނުރުހޭކަމެއް ކުރަން ތިވެރިން އުޅޭކަށް ނުވާނެދޯއެވެ. ބޮޑުމީހާއަށް ތާއީދުކުރާކަން ދައްކަންވެސް ތިހެދެނީ ބޮޑުމީހާގެ ވިސްނުމާއި ފިކުރާ ދެކޮޅެވެ.