އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް، ސުޕްރީމް ކޯޓަށް ވަޑައިގަންނަވަނީ. --- ފޮޓޯ: ނިޝާން އަލީ/ މިހާރު
17 އޮކްޓޯބަރ 2018 - 14:56
މިދިޔަ މަހު 23 ގައި ބޭއްވި ރިޔާސީ އިންތިޚާބުު ބާތިލްކުރަން ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ ސާބިތު ކުރަން ގާނޫނެއްގެ މާއްދާގެ ނަންބަރު ފިޔަވައި އެހެން އެއްވެސް "ހިސާބު އަދަދެއް" ކޯޓުގައި ހާމަނުކުރެއްވުނު ކަމަށް ވިދާޅުވެ، އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ފާޑު ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިޚާބުގައި ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް، އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ކުރި ހޯއްދެވީ 134،705 ވޯޓު ހޯއްދަވައިގެންނެވެ. އެއީ 58.4 ޕަސެންޓެވެ. ރައީސް ޔާމީނަށް ލިބިވަޑައިގަތީ، 96،052 ވޯޓެވެ. އެއީ 41.6 ޕަސެންޓެވެ. ނަމަވެސް، ރިޔާސީ އިންތިޚާބުގެ ނަތީޖާ ގަބޫލު ނުކުރައްވައި، ރައީސް ޔާމީން ވަނީ އިންތިޚާބު ބާތިލުކުރަން ސުޕްރީމް ކޯޓަށް ހުށަހަޅުއްވައިފަ އެވެ. އެ މައްސަލައިގެ ފަހު އަޑުއެހުން ސުޕްރީމް ކޯޓުގައި އިއްޔެ ވަނީ ބާއްވައިފަ އެވެ.
ސުޕްރީމް ކޯޓުގައި އަޑުއެހުމެއް ކުރިއަށް ދިޔަ ވަގުތު، އިންތިހާބު ބާތިލުކުރުމަށް ގޮވާލައި ރައީސް ޔާމީންގެ ސަޕޯޓަރުން އަޑުއުފުލަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމްގައި ހަސަން ލަތީފް ވަނީ އިބޫ އާއި ރައީސް ޔާމީނާ ދެމެދު 38،000 ވޯޓުގެ ތަފާތު އުޅޭ އިރު، އެ ތަފާތު އައި ގޮތާއި މަކަރު ހެދި ގޮތް ހާމަކޮށް ނުދެވޭނަމަ، ރިޔާސީ އިންތިޚާބު ބާތިލުކުރާނީ ކިހިނެއްތޯ ސުވާލު އުފައްދަވައިފަ އެވެ.
ސުޕްރީމް ކޯޓުގައި ބޭއްވި އެއްވެސް އަޑުއެހުމެއްގައި، އެކަން ހިނގި ގޮތް ރައީސް ޔާމީންގެ ގާނޫނީ ޓީމަށް ހާމަކޮށް ނުދެއްވުނު ކަމަށް ހަސަން ލަތީފް ވިދާޅުވި އެވެ. އެހެންވެ، ސުޕްރީމް ކޯޓަށް ހުށަހަޅައިގެން އުޅޭ މައްސަލައަކީ "އެއްވެސް މައްސަލައެއް" ނޫން ކަމަށް ހަސަން ލަތީފް ވިދާޅުވި އެވެ.
"އެންމެ ހިސާބު އަދަދެއް ވެސް ވިދާޅެއް ނުވޭ މާއްދާއެއްގެ ނަންބަރު ފިޔަވައި ވޯޓުގެ ކަމަކާ ގުޅޭ ގޮތުން ރައީސް ޔާމީންގެ ވަކީލަކު ކޯޓަކު. މިހާރު 38،000 ވޯޓު އޮޅުވާލި ގޮތެއް ކިޔައިދޭން އެބަޖެހޭ. އެހެން ނޫންނަމަ، ވޯޓު ބާތިލް ކުރާނެ އެއްވެސް ފުރުސަތެއް ނެތޭ،" ހަސަން ލަތީފް ވިދާޅުވި އެވެ.
ރައީސް ޔާމީންގެ އަމަލުފުޅުތަކާއި އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުގެ ބޭފުޅުންގެ ވާހަކަތަކުން، އިންތިޚާބުގެ މައްސަލައެއް އުޅޭ ކަން ރައީސް ޔާމީންގެ ސަޕޯޓަރުން ގަބޫލު ނުކުރައްވާ ކަމަށް ހަސަން ލަތީފް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ކޯޓަށް ދާން ބޭނުންވީ މަދު ބައެކެވެ.
"ރައްޔިތުން ކަންބޮޑުވެގެން އުޅޭ ކަމެއް ނެތް. ވަރަށް ސާފުކޮށް މިއޮތީ ބޮޑު ތަނުން ރައީސް ޔާމީން ބަލިވެފައި. ރައީސް ޔާމީންގެ ވެރިކަން އޮންނާކަށް ދިވެހިން ބޭނުމެއް ނުވޭ،" ހަސަން ލަތީފް ވިދާޅުވި އެވެ.
ރައީސް ޔާމީންގެ ގާނޫނީ ވަކީލު އައްބާސް ޝަރީފް އިއްޔެ އަޑުއެހުމަށް ސުޕްރީމް ކޯޓަށް ވަޑައިގަންނަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
ހަސަން ލަތީފް ވިދާޅުވި ގޮތުގައި، އިންތިޚާބު ބާތިލް ކުރަން ރައީސް ޔާމީން ހުށަހެޅުއްވީ އެއްވެސް އަސާސެއްގެ މައްޗަށް ބިނާކޮށެއް ނޫނެވެ. އަދި ކޯޓަށް ހުށަހެޅި މައްސަލައަކީ ހަވާ ނަފްސަށް އީމާންވާ މީހެއްގެ ހިޔާލީ ވާހަކައެއްގެ ގޮތުގައި ހަސަން ލަތީފް ސިފަކުރެއްވި އެވެ.
އެހެންވެ، އިންތިޚާބު އޮޅުވާލި ކަމަށް ބުނާ މައްސަލަ ތަހުގީގުކޮށް ދިނުމަށް ސުޕްރީމް ކޯޓުން ސަލާމަތީ ބާރުތަކުގައި އެދޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ހަސަން ލަތީފް ވިދާޅުވި އެވެ. އަދި ރައީސް ޔާމީން ހުށަހެޅުއްވި މައްސަލަ އެމަނިކުފާނަށް ކާމިޔާބުވާނެ ކަމުގެ ޕަސެންޓެއް ވެސް ނެތް ކަމަށް ވިދާޅުވި އެވެ.
ހަސަން ލަތީފް ވިދާޅުވި ގޮތުގައި މައްސަލައެއް ހުށަހަޅާއިރު، ހެއްކާއި ގަރީނާތައް ހުށަހެޅުމަކީ އެ މައްސަލައެއް ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ. އަދި ކަމެއް ގޯހުން ހިނގާފައި އޮތް ނަމަ، އެ ކަން ހިނގި ގޮތް ސާބިތުކޮށް ދިނުމަކީ ވެސް މައްސަލަ ހުށަހެޅި ފަރާތުގެ ޒިންމާއެއް ކަމަށް ހަސަން ލަތީފް ވިދާޅުވި އެވެ. އެކަމަކު، ރައީސް ޔާމީން އެފަދަ ހެއްކަކާއި ގަރީނާއެއް ހުށަހަޅާފައި ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
ހަސަން ލަތީފް ވިދާޅުވީ ރައީސް ޔާމީނަށް ވޯޓު ދިން 96،000 ރައްޔިތުން ވެސް މިއަދު ބޭނުންވަނީ ގައުމައިގެން ކުރިއަށް ގޮސް، ތަރައްގީއަށް ކުރަމުން އަންނަ މަސައްކަތުގައި ބައިވެރިވާން ކަމަށެވެ.
ރިޔާސީ އިންތިޚާބުގެ ވޯޓުލުން އޮތް ދުވަހު، ރައްޔިތުން ނުކުމެ ނިންމި ނިންމުން ބަދަލުކުރާނެ އެހެން ތަނެއް ނޯންނާނެ ކަމަށް ވެސް ހަސަން ލަތީފް ވިދާޅުވި އެވެ. އަދި އިންތިޚާބު ބާތިލް ކުރަން ހެއްކެއް ހުށަހަޅާފައި ނުވާތީ ރައްޔިތުންގެ ނިންމުން ނިންމި ގޮތަށް ބާއްވަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އިންތިޚާބު ބާތިލު ކުރުމަށް އެދި ރައީސް ޔާމީން ހުށަހެޅުއްވި މައްސަލައިގެ އަޑުއެހުންތައް އިއްޔެ ނިންމައިލީ، ވޯޓު އޮޅުވާލާފައިވާ ކަން ސާބިތު ކުރުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހަޅަން ބޭނުންވި ތިން ސިއްރު ހެކިވެރިންގެ ހެކިބަސް ނުނަގަން ނިންމުމަށް ފަހު އެވެ. އިއްޔެގެ އަޑުއެހުންތައް ނިންމާލަމުން އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވި ގޮތުގައި މައްސަލަ ދިރާސާ ކުރުމުގައި އިތުރު ކަމެއް ސާފު ކުރަން ނުޖެހިއްޖެ ނަމަ ދެން އޮންނާނީ މައްސަލައިގެ ހުކުމް އިއްވުމެވެ.
ނަމަވެސް މި މައްސަލައިގައި ހުކުމް އިއްވާނެ ދުވަހެއް ސުޕްރީމް ކޯޓުން ނުބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުސައިން
18 October 2018
ޝްރެޑާރ އިން ކޮށާލި 15000 ވޯޓް އެއީ ޢަދަދެއް ނޫންތޯ؟
74-5
18 October 2018
އެހެންވީމަ މިފަހަރު ގާޒީވެސް ހައްޔަރުކުރަންވާނީ ވަރަށް ގިނަ ހެއްކާ ގަރީނާއާ ވަރަށް ގިނަ މާއްދާގެ ނަންބަރު ބަޔާންކޮށްފަ...
ދަންޑަހެ
18 October 2018
މިހަސަންލަތީފަކީ ދައްކާހުރިހާވާހަކައެއްވެސް ހަވާނަފްސުގެ މައްޗަށްބިނާކޮށް ޚިޔާލީފޮލާގެ އެދުރެއް
ސައި
18 October 2018
ހިސާބު އަދަދު ބުނެދެވޭނީ އަދުރޭއަށް އަދުރޭ ޖެހި ހިސާބު އަދަދު ހިފައިގެން ކޯޓަށް ދިއައީ އަދުރޭ ވަރަށްމޮޅުވާނެ ހިސާބަށް
އަޝްރަފް
18 October 2018
ޔާމީން ފިިއްލަވަން އުޅުއްވާ ކަމަށް ހަސަން ލަތީފް ފުލުހަށް ހުށަހެޅީ ހެއްކާ ގަރީނާއާ އެއްކޮށްތޯ
ފ.ރ
17 October 2018
އެއީ ލަދުން. ތި އަދުރޭއާއި ހެދި މީހަކު ލަދު ނުގަންނަ ވަރެއްތަ....
ކަޝޯފީ
17 October 2018
ހެޑިންގ ފޮޓޯ ނެގި ބޭފުޅާ ވަރައް ގަދަ މިހެނީ 5 ފޫޓު ހަމަވެސް ނުވާ ބޭފުޅާވެސް ފޮޓޯއިން ދައްކުވައިދެނީ ބޮޑު އަދި އިސްކޮޅުން ދިގުމީހެއްގެ ގޮތުގައި..
ރަންބުއްދި
17 October 2018
އިސްކޮޅުން ކުރުވީމަ ބުއްދި ރަގަޅުވާނެ.ލޯޔަރުން ވާން ޖެހޭ ބުއްދި ރަގަޅު ލޮޖިކަލް ރީޒަނިގް ނެރެވޭވަރު ބަޔަކަށް
ސަލީމު އިދުރީސް
17 October 2018
އަޅުގަނޑު މިހާރު ނޫހާމެދު ވަރައް ބޮޑައް ހިންހަމަޖެހޭ އަބަދުވެސް މިތަންކޮޅު ރައްޔިތުންނައް ހަދުމަ ކޮއްދެއްވާތި، (އިބޫ) ކުރި ހޯއްދެވީ 134،705 ވޯޓު ހޯއްދަވައިގެންނެވެ. އެއީ 58.4 ޕަސެންޓެވެ. ރައީސް ޔާމީނަށް ލިބިވަޑައިގަތީ، 96،052 ވޯޓެވެ.
ފަލަޑޭ
17 October 2018
ބުރޯ ހަޖަމް ޕްލީޒް. މިހާރުނޫސްވެސް ކޮސްވާނެދޯ އެހާ ބޮޑުތަފާތަކުން ބަލިވީމަ.
ބޮކި ބޮކި
17 October 2018
ކޮބާތޯ އެއްކަލަ ފުންނާބު އުސް ބޭކަބަލުންތަ !
މުގުރިހަ
17 October 2018
ދެން ހުކުމް ކުރަން ކުރަން 10 އަހަރުވެސް ތިބެދާނެ.
ގުއި
21 October 2018
ޤާނޫނުނަންބަރ އެންޑް ހިސާބު ޢަދަދު ފޮރ ހަސަން ލަތީފް