އާޓިފިޝަލް ބީޗު.
31 އޮކްޓޯބަރ 2018 - 20:25
ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގަންނަވާ ހަރަކާތެއް އާޓިފިޝަލްބީޗުގައި ބޭއްވުމަށް، އެތަނުގައި ހުރި ވެހިކަލްތައް ނެގުމަށް ފުލުހުން މިއަދު އަންގައިފި އެވެ.
އާޓިފިޝަލް ބީޗުގައި އޮންނަ އިވެންޓަކަށް އެތަން ހުސްކުރުމަށް، އެތަނުގައި ހުރި ވެހިކަލްތައް ވީއެންމެ އަވަހަކަށް ނެގުމަށް ފުލުހުން ވަނީ އިއުލާންކޮށްފަ އެވެ. މި އެންގުމާ އެއްގޮތަށް، އެތަނުގައި ހުރި ގިނަ ވެހިކަލްތަކެއް މިހާރު ވަނީ ނަގައިފަ އެވެ.
ފުލުހުން މިގޮތަށް މި އެންގީ، އާޓިފިޝަލް ބީޗް ސަރަހައްދު ތަރައްގީކުރުމުގެ މަސައްކަތަށް އެ ސަރަހައްދު ބަންދުކުރަން ނިންމައި، އެތަނުގައި ހުރި އުޅަނދުތައް ނަގަން ހައުސިން މިނިސްޓްރީން މިދިޔަ ބުދަ ދުވަހު އެންގިތާ ހަފްތާއެއް ފަހުންނެވެ. ހައުސިން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ވެހިކަލްތައް ނަގަނީ އެ ސަރަހައްދުގައި މަސައްކަތް ފެށުމަށް ފެންސް ޖަހަން ބޭނުންވާތީ ކަމަށެވެ.
ދިގު މުއްދަތުގެ ޖަލު ހުކުމެއް އިއްވާފައިވަނިކޮށް، ބޭސްފަރުވާ އަށް ފޮނުވުމުން ރާއްޖެ ވަޑައިނުގެން އިނގިރޭސި ވިލާތާއި އަވައްޓެރި ސްރީ ލަންކާގައި ދިރިއުޅުއްވަމުން ގެންދެވި ނަޝީދު މާދަމާ މާލެ ވަޑައިގަންނަވާތީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދެންނެވުމަށް އެމްޑީޕީން ދަނީ ތައްޔާރުވަމުންނެވެ. އެ ޕާޓީން ބުނި ގޮތުގައި، މިއީ ދިވެއްސަކަށް މިހާ ބޮޑު މަރުހަބާއެއް ކިޔާނެ ފުރަތަމަ ފަހަރެވެ.
ނަޝީދަށް މަރުހަބާ ހަރަކާތްތައް ޗާންދަނީމަގު ރީފްސައިޑް ކަންމަތިން ފެށިގެން، މަޖީދީމަގުން ގޮސް އާޓިފިޝަލް ބީޗް ސަރަޙައްދުގައި ހުންނަ އެމްޑީޕީގެ ހަރުގެއާއި ހަމައަށް ކުރިއަށް ދާނެ ކަމަށް އެމްޑީޕީން ބުންޏެވެ. އަދި މާދަމާގެ ހަވީރުގެ ވަގުތެއްގައި ނަޝީދު ސަޕޯޓަރުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވާނެ އެވެ.
މާދަމާ އާއި މާދަމާ ރޭ އާޓިފިޝަލް ބީޗުގައި ހާއްސަ ހަރަކާތްތަކެއް ބޭއްވުމަށް އެމްޑީޕީން އަންނަނީ މަސައްކަތް ކުރަމުންނެވެ. އަދި މަރުހަބާ ދެންނެވުމަށް ބާއްވާ ހަރަކާތްތަކަށް ސިފައިންނާއި ފުލުހުންގެ ފުރިހަމަ އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށް ވެސް އެމްޑީޕީން ވަނީ ބުނެފަ އެވެ.
ޓެރަރިޒަމްގެ ދައުވާއެއް ސާބިތުވެ ޖަލު ހުކުމެއްގައި ހުންނެވި ނަޝީދު، ތިން އަހަރެއްހާ ދުވަހު ރާއްޖެއިން ބޭރުގައި އުޅުއްވުމަށް ފަހު ރާއްޖެ ވަޑައިގަންނަވާ އިރު އެ ހުކުމް ތަންޒީފުނުކުރަން ސުޕްރީމް ކޯޓުން ވަނީ އަމުރެއް ނެރެފަ އެވެ. އެހެންކަމުން އެއްވެސް ހުރަހެއް ނެތި، އެމަނިކުފާނަށް ރާއްޖޭގައި ދެން އުޅުއްވޭނެ އެވެ.
ސުޕްރީމް ކޯޓުގެ އަމުރުގައި ބުނެފައި ވަނީ ޕީޖީގެ ފަރާތުން އެ ކޯޓަށް ހުށައެޅި މައްސަލާގައި ވަކި ގޮތެއް ނިންމުމުގެ ކުރިން އެމަނިކުފާނުގެ ހުކުމާ ގުޅިގެން ދައުލަތުގެ އެއްވެސް އިދާރާއަކުން ފިޔަވަޅު ނޭޅުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސާރު
01 November 2018
އެކަމަކު ހުރިހާ ނިންމުމެއް ނިންމާނީ އަންނި ޖަހާ ލަން އޮންނަ ތައްގަޑަކަށް އިބޫވެގެންދާނީ ބަލަން ތިބެމާ
ބަޑިތަކުރު
01 November 2018
"ތެދުހަގީގަތަށް" ބަލާ މުއިއްޒު އެތަން ތަރައްޤީކުރާށޭ ކިޔައިގެން ދެމި ކަޅުދާކޮޅުވެސް ނަގަން ވާނެއެވެ. މުއިއްޒު ދެން އެކަމާއުޅޭނެ ކަމެއް ނެތެވެ. އެކަންކުރާނެ ބަޔަކު ރައްޔިތުން މިވަނީ މަތިކޮށްފައެވެ.
ހަރުބަސް
01 November 2018
ކޯލިޝަންގެ ސަރުކާރެއް ރާއްޖޭގައި ގާއިމުކުރުމަށްޓަކާ ރައްޔިތުން ވަނީ ކުރިއަށް އޮތް 5 އަހަރަށް ބޭފުޅަކު އިޚްތިޔާރު ކޮށްފައެވެ ރައްޔިތުން ބޭނުންވަނީ ކޯލިޝަންގެ ހުރިހާ ބައިވެރިން ހިއްސާވާ އަދުލުވެރި ހިޔޮ ވެރިކަމެއް ރާއްޖޭގައި ގާއިމުވެފައި އޮތުމަށެވެ ނަޝީދުގެ ނުފޫޒާއި ހައިބަތު ވަރުގަދަކުރުމަށްޓަކާ ތިޔަ ކުރައްވާ ކަންކަމުން މި މަފްހޫމަށް ހުރަސް އެޅެއެވެ.
ީކެމެރާ
01 November 2018
ނަޝީދު އަށް ނާއިންސާފު ހުކުމެއް ކުރީމައި ތެދުވެ އަޑު އުފުއްލީ އަދާލަތުން އިމްރާން އިސްވެ ހުންނަވައިގެން. އެކަމަށް ކޯލިޝަން ހަދަން ދައުވަތު ދީނީ އަދާލަތުން. އިމްރާނުގެ ނަންވެސް ނުގަނެ ނަޝީދު ހިހޫތަނުން ކައިގެން ކްރެޑިޓް ނަގަނީ.
ސޯބު
01 November 2018
ހަމަޔާއި އިންސާފު އެއިގެ އިންތިހާއަށް ގެނނެސްދޭނެކަމުގެ ފުރިހަމަ މިސާލެއް. ކައްޗަށް އަޅާފި ބިންގަލެއް ކެއްޗާއި ހަމަޔަށް ދިޔަސް ހަމަ އޮންނާނީ ކައްޗަށް. ފުރަތަ ފިޔަވަޅުވެސް އަޅަންދިމާ ކުރެއްވީ ރޮގުން ބޭރުގައި.
ކޮބާ
01 November 2018
މިފަހަރު ނެތްތަ ބޮނޑިބަތްކޮޅެއް؟ އައިއްސަވާނެ އެއްކަލަހެން ބޮނޑިބަތް ބަހަން...އާ މީހުންނަށް ކާންދީގެން 1 ލައްކަ 2 ލައްކައަށް ހަދާލަންވާނެ...
ތިމާވެށި
01 November 2018
މިއީ މަޑުން ހުރެވޭ މީހެއް ނޫނެވެ. ރައީސް އަކީ އިބޫއެވެ. އަންނި އެއް ނޫނެވެ.
ޙަސީނާ
01 November 2018
އަންނި ވާނެދޯ ބޮޑުބެރު ޖަހާލަން...
ގުރޫ
01 November 2018
މި ކަމާ ދެެރަވާނީ އިބޫ ރައީސް އެވެ.މަމެން ކަހެެރަވަކޭ ވެސް ހީނުވަމެވެ.
ރަދުންގެ ފަސްބައި
01 November 2018
ފުލުހުންނޭ ކިޔައިގެން މާބޮޑަށް ފުއްޕަން ނުހަދާތި، އަދިވެސް ކަލޭމެންނަކަށް ފުލުހުންނާ ނުލައެއް ނޫޅެވޭނެ. މާބޮޑަށް ފުއްޕަންޏާ އަދިވެސް އެއްފަހަރު ފުލުހުންގެ ހަގީގީ ބާރު ދައްކާލަން ޖެހިދާނެ. ވަރަށް ސަލާމް
އައްޑޫ ރަދުން
01 November 2018
އަންނިއަކީ އަތްމަތީ ގެންގުޅެން ޖެހޭވަރު ލީޑަރެއް.އެކަމަކު ރައީސަކަށް އަންނިގެންނަން ތާއީދެއް ނުކުރަން.