ހައުސިން މިނިސްޓަރު މުއިއްޒު މިއަދު ނޫސްވެރިންގެ ބައްދަލުވުމުގައި. --- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު
05 ނޮވެމްބަރ 2018 - 15:28
ހިޔާ މަޝްރޫއުގެ ދަށުން މި ސަރުކާރުން އިއުލާން ކުރި ފްލެޓުތައް ލިބުނު މީހުންގެ ލިސްޓު އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ބާތިލްކޮށްފިއްޔާ، އެއީ އަނިޔާވެރިކަން ކަމަށާއި ލިސްޓު ބާތިލު ނުކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭން ފްލެޓު ހޯދުމަށް އެދި، ކުރިމަތިލި މީހުންގެ ތެރެއިން ދެ ބައިކުޅަ އެއްބައި މީހުންނަށް ފްލެޓު ކަށަވަރު ކޮށްދީފައިވާ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފަ އެވެ. އެއީ ފޯމު ލި 22،000 އަށް ވުރެ ގިނަ މީހުންގެ ތެރެއިން 11،000 މީހުންނަށެވެ.
މިދިޔަ ސެޕްޓެމްބަރު 30 ވަނަ ދުވަހު އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ އާ ސަރުކާރުގެ ސޯޝަލް ހައުސިން ސްކީމުގެ ދަށުން ފްލެޓާއި ގޯއްޗަށް ކުރިމަތިލާން އަލުން ހުޅުވައިލާނެ ކަމަށެވެ.
ފްލެޓް ދޫކުރުމުގައި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އުސޫލާއި ހަމަ އިން ބޭރުން ކަންކަން ކޮށްފައިވާ ކަމަށާއި އެކަން މުރާޖައާކޮށް ފްލެޓަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް މާރިޔާ ވިދާޅުވި އެވެ.
ހައުސިން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މުއިއްޒު ވިދާޅުވީ ފްލެޓުތައް ކަށަވަރުވި މީހުންނަށް ފްލެޓު ނުލިބޭނެ އެއްވެސް ހަމައެއް ނޯންނާނެ ކަމަށެވެ. އަދި މި ސަރުކާރުން ކަށަވަރު ކޮށްދީފައި ވަނީ އެތައް ހާސް ރައްޔިތުންގެ ބޯހިޔާވަހިކަން ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.
މި ސަރުކާރުން ޒިންމާދާރުކަމާއި ތެދުވެރިކަމާއެކު، މަސައްކަތް ކުރި ގޮތަށް އާ ސަރުކާރުން ލިސްޓު ބާތިލު ނުކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ. އަދި ފްލެޓު ލިބުނު މީހުންނަށް، އިބޫގެ ސަރުކާރުން އަމާނާތްތެރިކަމާއެކު ފްލެޓު ދޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ޒިންމާދާރު، އިހްލާސްތެރި، އަމާނާތްތެރި، ތެދުވެރި، ޕްރޮފެޝަނަލް މަސައްކަތެއް ކުރަން އަންނަ ސަރުކާރަކުން އެހެން ނުހަދާނެ،" މި ސަރުކާރުން ކުރީ އެފަދަ މަސައްކަތެއްކަން ފާހަގަ ކުރައްވައި މުއިއްޒު ވިދާޅުވި އެވެ.
"ކޮން އަސާސަކުންތޯ އެބޭފުޅުން ބާތިލް ކުރާނީ؟ އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ އެ ބޭފުޅުން އެކަން ކުރައްވާނެ ކަމަކަށް. އެކަން ކޮށްފިނަމަ، އެއީ ވާނީ އަނިޔާވެރި ކަމަކަށް."
މުއިއްޒު ވިދާޅުވީ ރައީސް ޔާމީން ވެރިކަމާ ހަވާލުވެވަޑައިގެން، ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ދެއްކެވި އިހްލާސްތެރިކަން، އަލަށް އެކުލަވައިލާ ސަރުކާރުގެ ބޭފުޅުން ދައްކަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި ގާތްގަނޑަކަށް 44،000 ރައްޔިތުންނަށް ބޯހިޔާވަހިކަން ލިބިފައިވާ އިރު، އެ މީހުންގެ ހައްގު އާ ސަރުކާރުން ކަށަވަރު ކޮށްދެއްވާނެ ކަމަށް ޔަގީން ކުރައްވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
މީގެ އިތުރުން ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި ހިންގަމުން އަންނަ މަޝްރޫއުތަކާއި މި ސަރުކާރުން އިއުލާން ކުރި ހައުސިން މަޝްރޫއުތައް އާ ސަރުކާރުން ކުރި އަށް ގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.
"މިއަދު އިއުލާން ކުރެވުނީ 44،000 މީހުންގެ ބޯހިޔާވަހިކަން. މިއީ އެ މަނިކުފާނު (ރައީސް ޔާމީން)ގެ ލެގަސީ. މި ހަގީގަތަށް ހައްދަވައި ދެއްވުމުގެ ޒިންމާ ދެން ހަވާލުވާ ބޭފުޅުންގެ ބޮލުގައި ނޫނީ ކޮނޑުގައި ވަނީ އެޅިފައި. މިކަން ކޮށްދެއްވުމަކީ އެ ބޭފުޅުންގެ ޒިންމާއެއް،" މުއިއްޒު ވިދާޅުވި އެވެ.
ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭން ފްލެޓު ހޯދުމަށް އެދި، 22،000 އަށް ވުރެ ގިނަ ފޯމް ހުށަހެޅި އެވެ. ހައުސިން މިނިސްޓްރީން ވަނީ ފްލެޓު ލިބޭ 11،000 މީހުންނަށް އެ މީހުންނަށް ފްލެޓު ލިބުނު ކަމުގެ ރަސްމީ ލިޔުމެއް ކުރިން ދިން ނަމަވެސް، މި ފަހަރު ނުދޭނެ ކަމުގެ އިޝާރާތެއް ދެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަފީޒާ
17 November 2018
މިއީ މަކަރު ވެރި އެއް. އޭނާ ލިޔުން ދެެއްވީ ހަމަ އެކަނި ޕާޓީމީހުންނަށް. ޢަސްލު އާއްރަށްއިތުންނަށް ދީނީ ދޯކާ.
އަޙުމަދު
07 November 2018
މުއިއްޒު. ތިބޭފުޅުންގެ ސަރުކާރުން އެޅިފުލެެޓެއް އެބަހުރިތޯ ؟ ފުލެޓޭ ކިޔައިގެން އަނގަހުޅުވަން ލަދެއް ނުގަނޭތޯ ؟ ފުލެޓް ލިބޭމީހުންގެ ލިސްޓްބާތިލް ކޮށްފިޔާ އެއީ އަނިޔާވެރިކަމޭ ބުނާއިރު ފުލެޓް ދޮންބެގެ ވެރިކަމުގައި ފުލެޓް ލިބޭކަމުގެ ލިއުން ދީފަތިބި ކިތަށްމީހުންތޯ ނުދީ ކަޓުވާލީ. އޭރު އަނިޔާ އަކަށް ނުވި. ފުލެޓްގެ ވާހަކަ މާވަރަކަށް ތި ދައްކަނީ ތިމާމެންއެޅި ފުލެޓެއް އަދިހުރީކީވެސް ނޫނެވެ.
ކުޑީ ޝާފިއު 1797
06 November 2018
މުއިއްޒު ދެކެ ވ ލޯބިވޭ އަހަރެމެން ޕީ ޕީ ކުދިން
ވައްސަލާމް
06 November 2018
ތިޔަހުރިހާ ފިކުރެއް ކުރާކަށްނުޖެހުނީސް 23ސެޕްޓެމްބަރ2018ގެ ކުރިން ބަހާނެގޮތަކަށް ފްލެޓްތައް ބަހާނިންމާލިނަމަ، ޝުކުރިއްޔާ.
ޏަސް
06 November 2018
4 ކުޑަ ކުދިންގެ ބައްޕައެއް މިއީ. 22 އަހަރު މާލޭގައި ދިރިއުޅެވިއްޖެ. ޢެކަމަކު އުމުރުން 42 އަހަރު ވުމުން ފުލެޓަކަށް ނުލެވުނު! މިއީ އަނިޔާއަށް ނުވަންޏާ ދެން ކޯޗެއް؟
ދެރަވެއްޖެ
06 November 2018
ﷲ ތިބާގެ ދިރިއުޅުމުގާ ބަރަކާތްލައްވާށި!
އަމްނާ
06 November 2018
ޕޮލިހުންގެ ފުލެޓު ލިިބިފައިވނިކޮށް، އަނެއްކާ އަނބިމީހާއަށާއި ފިރިމީހާއާ ދެމީހުނަށް. މުޅއެކު ފްލެޓް. މިދެން ބޮޑުވަރު. ނިކަމެތި މީހާ އަދިވެސް ނިކަމެތިކޮށް.
ހާސަނު
06 November 2018
ހެދީ 7000 ފްލެޓް، އެކަމަކު 11000 މީހުންނަށް ފްލެޓް ކަށަވަރު.. މިވީ ކިހިނެތް...
އަޙުމަދު
08 November 2018
ހައްދުންމަތީގެ ބައެއް ޔުނިވަރސިޓީ ތަކުގެ މެތަމެޓިކަލް ފޮމިއުލާ ގައި އޮންނަނީ 4×50 = 200000، އެހެން ވީމަ މުއިއްޒު ގެންގުޅުވާ ފޮމިއުލާއިން 11000 ނިކުމެދާނެ، އެ ވެދާނެ ސޭކުސްތާނު ޔުނިވަރސިޓީތަކުގެ ފޮމިއުލަރ އަކަށް
ޝައިޚް
06 November 2018
މުއިއްޒު ހީކުރީ އަންނަންއޮތް ސަރުކާރުގެ ބޮލައް އުނދަގުވާގޮތަށް ހިތަށްއރިހާ ގޮތަކަށް މީހުންނަށް ފުލެޓު ބަހާފަ ނުލިބިއްޖެއްޔާ ކޯރޓަށް ދާށޭބުނީމަ ޖެހިލުންވާނެކަމަށްތަ، ތިމާ މިނިސްޓަރ ކަމުގަ ހުރެ 7 އަހަރު ނިމުނު އިރު އެޅުނު އެއްމެ ފުލެޓެއްދައްކަބަލަ، އަންނަ ސަރުކާރުން ފުލެޓުއަޅާފަ ފުލެޓް ދޭނީ އަލުން ފޯމު ލާން ހުޅުވާލާފަ އިންސާފުވެރިކަމާއެކު،
ދަރަނި ބޯ 2017
06 November 2018
ދެން މިހާރު އެޅިފަހުރި ފުލެޓުތަށް ބޮޑެތިމީހުނަށް ބަހާލަނިދޯ!
ވަތުބަތާނަ
06 November 2018
މުއިއްޒު އަނިޔާވެރިކަމާއި ނާއިންޞާފުގެ ތެރެއިން ބަހާލުން އޯކޭތޯ؟ މުއިއްޒު އާމުންދެކެ ހާދަ ކޯފާއެއްތޯ ތިވަނީ. އެބަހީ، ރައްޔިތުން ބޭކާރު ކިޔޫތަކުޖައްސަލައި ފްލެޓް ދޭނަމޭ ބުނެ ހަމައެއްނެތި ފުލެޓް ބަހައި، މިކަންކަން އެހެންމީހުން ބެލީމާ ލިބުނުމީހުންނަށް ކިހާބޮޑު ލަނޑެއް ތިދެވުނީ.
ނެޝަނަލިސްޓް
06 November 2018
އިންތިހާބައް ފަހު މީހުނަށް ގޯތި އަދި ފްލެޓް ދިނުމަކީ ހައުސިންގް މިނިސްޓްރީ އިން ގާނޫނާ ހިލާފަށް ހިންގާ ކަމެއް!