ޖޯޑަންގެ ރަސްގެފާން ވެސް ބައިވެރިވެވަޑައިގެންނެވި ބައްދަލުވުމުގައި މޯދީ ވާހަކަ ދައްކަވަނީ.
06 ނޮވެމްބަރ 2018 - 11:04
އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ) ރައީސްކަމުގެ ހުވާކުރައްވާ ރަސްމިއްޔާތަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ ރާއްޖެ ވަޑައިގަތުމުގެ ތައްޔާރީތަކަށް އެ ގައުމުގެ އެޑްވާންސް ޓީމެއް ރާއްޖެއަށް އަތުވެއްޖެ ކަމަށް އިންޑިއާގެ ނޫހަކުން ބުނެފި އެވެ.
އިންޑިއާގެ އޮފިޝަލުންނާ ހަވާލާދީ "ދަ ވަޔާ" ނޫހުން ބުނީ އެޑްވާންސް ޓީމް ރާއްޖެއަށް އައީ އިއްޔެ ކަމަށެވެ. އެ ނޫހުން ބުނީ މިއީ މޯދީ ރާއްޖެ ވަޑައިގަންނަވާނެކަން ވަރަށް ބޮޑަށް ޔަގީންވުން ކަމަށެވެ. ނަމަވެސް އެކަމާ ބެހޭ ގޮތުން ރަސްމީކޮށް އިންޑިއާ ސަރުކާރުން ވާހަކައެއް ނުދައްކަ އެވެ. މޯދީ މިހާރު ބުރަކޮށް އުޅުއްވަނީ ކުރިއަށް އޮތް އިންތިހާބުތަކުގެ ކެމްޕޭނުގައެވެ.
އިބޫގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ހޮނިހިރުދުވަހު ވިދާޅުވީ، މޯދީގެ އިތުރުން އެހެން ގައުމުތަކުގެ ބޭފުޅުންނަށް ވެސް އިބޫ ހުވާކުރައްވާ ރަސްމިއްޔާތަށް ދައުވަތު ދީފައި ވާއިރު އެ ކަންކަން ޑިޕްލޮމެޓިކް ޗެނަލްތަކުން ޕްރޮސެސްވަމުން އަންނަ ކަމަށެވެ. ނަމަވެސް މޯދީ ވަޑައިގަންނަވާނެ ކަމަކަށް ވިދާޅެއް ނުވެ އެވެ.
"އިހަށް ދުވަހަކު ދެއްތޯ މި ނިންމާލެވުނީ ކޮން ދުވަހެއްގައިކަން [އިބޫ] ހުވާކުރެއްވުމުގެ ރަސްމިއްޔާތު ހިންގާނީ. ރައްޔިތުންގެ މަޖިލީހުން ނިންމުމާ ގުޅިގެން އަޅުގަނޑުމެން މި ދަނީ މިކަންކަން ޑިޕްލޮމެޓިކް ޗެނަލުން ޕްރޮސެސްކުރަމުން،" މާރިޔާ ވިދާޅުވި އެވެ.
އިބޫ، ރައީސްކަމުގެ ހުވާކުރައްވާނީ މި މަހުގެ 17 ވަަނަ ދުވަހު އެވެ. މި ރަސްމިއްޔާތު އާންމުކޮށް ހުޅުވާލައިގެން ބާއްވަން ކުރިން ނިންމާފައި އޮތް އޮތުން މިހާރު ވަނީ ބަދަލުކޮށްފަ އެވެ.
ސަރަހައްދީ ގައުމުތަކުގެ ތެރެއިން މޯދީ މިހާތަނަށް ވަޑައިނުގަންނަވަނީ ރާއްޖެ އަށް އެކަންޏެވެ. ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިންޑިއާ އާއި ރާއްޖޭގެ ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަށްޑޫ މީހާ
07 November 2018
މޯދީ ޖޭހޯ.
އަހުމަދު އިބްރާހިމް
06 November 2018
ގެރިއެއް ވެސް ގެންނަން ވާނެ
ޏ ސިޓީ
06 November 2018
ނުގެންނާށޭ! ކިހާ ދެރަކަމެއް؟ ކަލޭމެންނަ ކުރި ތާއީދު އަނބުރާ ގެންނAne ޖެހިދާނެކަން ހަނދާން ކުރާތި..
ކޮބާކޮބާ
06 November 2018
ކޮބާ ހީވޭކަމެއްހެން އެންމެންނައްފެންނަގޮތައް ހުޅުވާލައްގެންނޭ ހުވާކުރުމުގެ ރަސްމިއްޔާތުބާއްވާނީބުނެފަ އެންމެފަހުންބޮޑުބުދުގެ ވެރިޔާ އަންނާތީ އެފުރުސަތުވެސް އަހަރެމެންނައް މިގެއްލުނީ
ސަހަލު
06 November 2018
މިޤައުމު އިންޑިޔާގެ ބާރުގެދަށައް ދޫނުކުރައްވާނެކަމައް އުއްމީދުކުރަން
މާލެ ޕޫރަން
06 November 2018
މާލެޕޫރަން ގެ ޗީފްމިނިސްޓަރ ހުވާކުރުމުގެ ރަސްމިއްޔާތައް އެކަލޭގެ އަންނާންވާނެތާ.
ކުމާރޫ ސިރީ
06 November 2018
ތި އެޑްވާންސު ޓީމެއް ދެން މިގައުމަކުން ނުދާާނެ! އެމީހުންނަށް ޚަރަދު ކުރަންޖެހޭނީ ދިވެހި ދައުލަތުން، މިހާރުވެސް އައްޑުއަތޮޅު ގަމުގަ އެބައުޅޭ ތީގެ ބޮޑު ގުރޫޕެއް ހެލިކޮޕްޓަރ ބަލަހައްޓާންށޭކިޔާފަ، އަދި އެމީހުންގެ ފޮނިކަންވެސް ހާދަބޮޑޭ، އެންމެ ފެންވަރުގަ އުޅޭންވަނީ ، އެކަމު އަމިއްލަ ގައުމުގަ ފާހާނާކުރަނީ މަގުމައްޗަށޭ
ކެކެކެކެކެ
06 November 2018
މުންޑުގަނޑުގަނޑު ބާލާފަ އިންސާނުން އަޅާ އުޅޭ ޒާތު ހެދުމެއްގަ އަންނާތި މިތަނަށް.
މިލިޓަރީ
06 November 2018
ހަގީގަތުގާ ޗައިނައިން ބޭނުންވަނީ މި ރާއްޖެ އަމިލްލަފައިމައްޗަ ތެދުވުން. އިންޑިޔާގެ ބޭނުމަކީ އެމީހުންގެ މުށުތެރޭ މި ޤައުމުބޭއްވުން.
އަލިބެއްޔާ
06 November 2018
ލަންކާއާއި ގިނަ އެފްރިކާގެ ގައުމުތަކެއްވެސް ޗައިނާގެދަރަނީގައި އަމިއްލަފައި މައްޗަށް ތެދުވަނީ އިނގޭތޯ.
މަންޑޭލާ
06 November 2018
މި ޤައުމު މިނިވަންކުރަން ޖެހިފަ މިއޮތީ.