ޗައިނާގެ ރައީސް ޒީ އާއި ރައީސް އަބްދުﷲ ޔާމީން-- ފޮޓޯ: ރައީސް އޮފީސް
12 ނޮވެމްބަރ 2018 - 11:20
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެންމެ ގާތް ގުޅުމެއް ބޭއްވި ޗައިނާ އަށް ރާއްޖެ، 3.2 ބިލިއަން ޑޮލަރުން ދަރާފައިވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ވިދާޅުވުން ސަރުކާރުން މިއަދު ދޮގުކޮށްފި އެވެ.
ރާއްޖޭގެ މިނިވަން ކަމަށް އަސަރު ކުރާ ވަރަށް، ޗައިނާގެ ދަރަނި ބޮޑުވެފައިވާ ކަމަށް ނަޝީދު ވިދާޅުވެފައި ވަނީ މިދިޔަ ހުކުރު ދުވަހު ހއ. ދިއްދޫ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ޗައިނާއާ މެދު ސަމާލުވާން ޖެހޭ ކަމަށް ނަޝީދު ވިދާޅުވި އެވެ.
އެކަމާ ގުޅޭ ގޮތުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު "މިހާރު" އަށް ވިދާޅުވީ ރާއްޖެ ޗައިނާ އަށް ދަރާފައިވާ ކަމަށް ނަޝީދު ވިދާޅުވާ 3.2 ބިލިއަން ޑޮލަރާ ގާތް ކުރާ އަދަދަކަށް ވެސް ރާއްޖެ ދަރާފައިނުވާނެ ކަމަށެވެ.
އިކޮނޮމިކް މިނިސްޓަރު ސައީދާއި ޗައިނާ ސަރުކާރުގެ އިސްވެރިން-- ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ
ރާއްޖޭގެ ދަރަނި ކިހާ ވަރަކަށް އަރާތޯ ސުވާލު ކުރުމުން ސައީދު ވިދާޅުވީ އަދަދުތައް ވަރަށް އަވަހަށް ހާމަ ކުރައްވާނެ ކަމަށެވެ. މިއީ މި ސަރުކާރުގެ ފަހު ހަފުތާ އެވެ. ރާއްޖޭގެ ދަރަނީގެ ނިސްބަތް މި ސަރުކާރުން އަދި އާއްމުކޮށްފައެއް ނުވެ އެވެ.
"އަޅުގަނޑުމެން ލޯނު ނަގާފައިވަނީ ދެ ޕަސެންޓްގެ އިންޓްރެސްޓް ރޭޓެއްގައި. އެ އަދަދެއްގެ ލޯނެއް މިހާރު ނުލިބޭނެ. އެ ލޯންތަކަކީ ދިގު މުއްދަތެއްގެ ތެރޭގައި ދައްކަން ދީފައިވާ ލޯންތަކެއް،" ޗައިނާގެ ޕްރޮޖެކްޓްތައް ހަމަޖެއްސުމުގައި އިސްކޮށް އުޅުއްވި ސައީދު ވިދާޅުވި އެވެ.
"ރާއްޖެ ކަންބޮޑުވާން ޖެހޭ ދަރަންޏެއް ނޯންނާނެ."
ނަޝީދު ވިދާޅުވެފައިވަނީ ލޯން ދައްކަން ޖެހޭ ކަމަށާއި ނަމަވެސް ދިވެހިން ދައްކާނީ ލިބުނު އެއްޗެއް ކަމަށެވެ. އެ ގޮތުން ޗައިނާ އިން ބުނާ އަަދަދެއް ދިނުމުގެ ބަދަލުގައި ރާއްޖެ އަށް ލިބިފައިވާ އެއްޗެއް މިނެކިރައި ހަމަ އަގު ބަލަންޖެހޭ ކަމަށް ނަޝީދު ވިދާޅުވި އެވެ.
China ah dharaafai oi varu yageen kuran jehey: Nasheed
The most trusted news source in the Maldives
Mihaaru
ޗައިނާއަށް ދަރާފައި އޮތް ވަރު ޔަގީން ކުރަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވުން--
ޗައިނާގެ ޕްރޮޖެކްޓްތައް ރާއްޖޭގައި ހިންގާފައިވަނީ އެތައް ގުނައެއް އަގު ބޮޑުކޮށް ކަމަށް ކުރާ ތުހުމަތުތަކާ ގުޅޭ ގޮތުން ސައީދު ވިދާޅުވީ ނަޝީދުގެ އެ ވާހަކަތައް ވެސް ދެކޮޅުނުޖެހޭ ކަމަށެވެ. ޕްރޮޖެކްޓްތައް ހިންގައި ލޯނުތައް ނަގާފައިވަނީ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ކަމަށް ސައީދު ވިދާޅުވި އެވެ.
ޗައިނާގެ އެހީ އާއި ލޯނު ނަގައިގެން މި ސަރުކާރުން ރާއްޖޭގައި ހިންގާފައިވާ ބޮޑެތި ޕްރޮޖެކްޓަކުގެ ތެރޭގައި މާލެ އާއި ހުޅުލެއާ ދެމެދު އަޅާފައިވާ ބްރިޖާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ތަރައްގީ އާއި ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓްތައް ހިމެނެ އެވެ.
ޗައިނާ ކޮމިނިއުކޭޝަން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީސީސީސީ) އިން ހެދި "ސިނަމާލޭ ބްރިޖް"ގެ މަސައްކަތަށް 200 މިލިއަން ޑޮލަރު ޚަރަދު ވާއިރު އޭގެ ތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީ އެވެ. އަދި 72 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުން ދީފައިވާ ލޯނެވެ. މި މަޝްރޫ އަށް ދިވެހި ސަރުކާރުން 12 މިލިއަން ޑޮލަރު ހޭދަކުރެ އެވެ.
ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން، އާ ރަންވޭ ހެދީ ޗައިނާގެ އެގްޒިމް ބޭންކުން 400 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެންނެވެ. އެ މި ލޯނުގައި ރަންވޭގެ އިތުރުން 45 މިލިއަން ލިޓަރުގެ ތެޔޮ ރައްކާކުރެވޭނެ ފިއުލް ފާމަކާއި 80،000 ޓަނުގެ ކާގޯ ފެސިލީޓީއެއް ހެދުން ވެސް ހިމެނެ އެވެ.
ޗައިނާ އިން ބޮޑެތި ލޯންތައް ދީފައިވަނީ އެ ފައިސާ އަނބުރާ ނުދެއްކުމުން އެ ގައުމުން ބުނިހާ ގޮތެއް ހަދަން ޖެހޭ ގޮތަށް ހެދުމަށް ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ. އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)ގެ ވެރިކަމުގައި ދިމާވާނެ އެންމެ ބޮޑު ގޮންޖެހުމަކީ ވެސް ޗައިނާގެ ދަރަނިތައް ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޅިޔަނާ
12 November 2018
ރައިސް އިބޫއަށް ދިމާވާނެ އެންމެ ބޮޑު ގޮންޖެހުމަކަށްވާނީ ޗައިނާ ދަރަންޏެއް ނޫން އެންމެ ބޮޑު ގޮންޖެހުމަކަށްވާނީ ރައިސް ނަސީދުގެ އަނގަފުޅު
ކުނޫޒް މާމަ
12 November 2018
ގަބޫލުކުރިޔަސް ނުކުރިޔަސް މިރާއްޖެ ދުވަހަކުވެސް ނުދެކޭހާ ތަރައްގީ ޔާމީނު ގެންނަވައިފި ކަން ރައްޔިތުން އެންމެ ފަސްއަހަރުން ގަބޫލުކޮށްފި،ކެޔަސް ނުކެޔަސް މި ވޭތުވެދިޔަ 30ނުވަތަ 40 އަހަރުން ނުފެނި އޮތް ކަންކަން ލުއިފަސޭހަ ގޮތް ތަކެއް ޔާމީނު ގެނެސް ދެއްވައިފި،ދެން މިއުޅޭ ރޯނުއެދުރު ޕާޓީއަށް މަސަލާން،ޔަާންޓެ އަސްލު އެންމެ ރަނގަޅީ،ބޭކަާރު ވާހަކަ ދޮގު ނަހަދާ އެހުންނެވީ ވަރަށް ހިތްޕުޅު ތިރިކޮށް،ބަލައި ގަންނަން ރައްޔިތުން އެކަން ވަރަށް ގާތުން،،،،،
ޢަލީ ރާޖާ
12 November 2018
ބްރިޖް އަޅަން ނެގި 72 މިލިޔަން ޑޮލަރު ރާއްޖެ އަންނަ ޓޫރިސްޓުން އަތުން ނަގާ ގްރީން ޓެކްސް އިން އެކަނި ވެސް 5 އަހަރު ތެރޭ ދައްކާ ނިންމޭނެ. ބްރިޖުން ފީ ނެގަން ވެސް ނުޖެހޭ އަސްލު.
ޢަލީ ރާޖާ
12 November 2018
އިންތިޚާބުގައި ވޯޓު ހޯދަން ދޮގުވާހަކަ ފަތުރައިގެން ރައްޔިތުންނަށް ވާނުވާ ނޭނގިފައި ތިބީ. 72 މިލިޔަން ޑޮލަރުގެ ލޯނެއް ބަރިޖް އަޅަން ނެގީ. އެވެސް 300 މިލިޔަން އަށް ބަދަލު ކޮށްގެން ވާހަކަ ފެތުރީ.
ސަރީފު
12 November 2018
ސަރުކާރަށް ޓެކްސް ގެގޮތުގައި އަހަރަކު 1 ބިލިއަށް ޑޮލަރު ލިބޭ ކޮބާ އަދި އެހެން ގޮތްގޮތުން ލިބޭ ލާރި އެހެންވީ 20 އަހަރުން 3 ބިލިއަށް ޑޮލަރު ނުދެއްކެންވީ ސަބަބު ބުނެދީ!
އައިޖޭ
12 November 2018
ސައީދުމެން ސޮއި ކުރި ފަންކްޝަންތަކުގް ލޯން ތަފާސް ހިސާބު ހެދީމަ 2 ބިލިއަން ޑޮލަރުގެ ލޯން އެބައޮތް. އަދި ކޮބާ އެކއެކި ވިޔަފާރި ވެރިންނަށް ސަރުކަރުން ދިން ސޮވެރިން ގަރަަންޓީ ތައް... އެކު ޖުމްލަ 3 ބިލިއަން ނާރާނެ ގޮތެއް ނެތް...
ރާގޮޑި
12 November 2018
ކޮބަިއިބާ އެސޮރު
ރައްޔިތުމީހާ
12 November 2018
ވެރިކަމާ ހަވާލުވަނީ އަޅެ ނަޝީދު ނޫނީ އިބޫތަ...ސުލޭމާނުގެފާނު ރާމާމަކުނަށް ވީހެން ތިޔަވަނީ..
ޢެޑްމުންޑޯ
12 November 2018
ނަޝީދަކީ ރައްރަށައްގޮސް ވެރިކަމުގައި ހުރި އިރުވެސް ރޯބުހުތާން ދޮގުހެދި ރައީސެއް ، ދައްކާފައި ނުދައްކާނެ ވާހަކައެއް ، ނޯންނާނެ
ކަކުނިބޯ
12 November 2018
ވަރަށްއެގިގެން މިބުނަނީ ލޯނުނަގަނީ 2 ޕަރސަންޓުގައި ކޮންޓްރެކްޓް ދޭންޖިހެނީ ޗައިނާއަށް ކޮންޓްރެކޓް އަގު ލޯކަލްއަގަށްވުރެ 2ގުނަ ބޮޑު އެހެންވީމާ ލޯ އިންޓަރެސްޓް 102 ޕަރސަންޓުތޯ ނުވަަތަ 2 ޕަރސަންޓުތޯ އަދުރޭއައްއެގޭނެ
އެޔާމީނު
12 November 2018
ޗައިނާއިން ލޯނު ނަގައިގެން އިންޑިއާގެ ކުންފުންޏަކާއި ނޫނީ އެމެރިކާގެ ކުންފުންޏަކާއި ހަވާލު ކޮށްގެން މަސައްކަތް ކުރަން ޗައިނާ އިން ލޯނެއް ނުދޭނެ ދޯ؟ ހަމަޖެހޭ ވާހަކަ ދައްކަބަލަ. ބައިނަލް އަގްވާމީ ދާއިރާގައި ވެސް ވާދަވެރިކަން އޮވެޔޭ!