ރައީސް ޔާމީން: އެންމެ ފަހުން ރައްޔިތުންނާ މުޚާތަބު ކުރެއްވީ މި މަހުގެ 17 ގައި. --ފޮޓޯ: ރައީސް އޮފީސް
12 ނޮވެމްބަރ 2018 - 13:03
ރިޔާސީ އިންތިޚާބުގެ ކުރިން، ގައުމީ ހުރިހާ މުނާސަބަތުތަކުގައި ވެސް ރައީސް އަބްދުﷲ ޔާމީން ރައްޔިތުންނާ މުޚާތަބުކުރައްވަ އެވެ. ބޭރުގެ ނުފޫޒުތަކަށް ޖާގަ ނުދިނުމާއި ގައުމީ މަސްލަހަތު އިސްކުރުމާއި މިނިވަން ގައުމެއްގެ ގޮތުގައި ހަމަޖެހުމާ އެކު ރާއްޖެ ބާއްވަން ބޭނުންފުޅުވާ ވާހަކަފުޅު ތަކުރާރު ކުރައްވަ އެވެ. އެކަމަކު، މިދިޔަ ހުކުރުދުވަހު ފާހަގަކުރި ރާއްޖޭގެ 75 ވަނަ ގައުމީ ދުވަހާއި އިއްޔެ ފާހަގަކުރި ޖުމްހޫރީ 50 ގައި ވެސް ރައީސް ޔާމީންގެ ޚަބަރެއް ނުވެ އެވެ.
ރައްޔިތުންނާ މުޚާތަބު ކުރައްވައި ބަސްފުޅެއް ވިދާޅުނުވިއިރު، ރައީސް އޮފީހުން އެމަނިކުފާނުގެ ޚިތޯބެއް ވެސް ނުނެރެ އެވެ. ރައީސް ޔާމީންގެ ވެރިކަމުގެ ދައުރު އަދި ހަމައެއް ނުވެ އެވެ. އަންނަ ހޮނިހިރުދުވަހާ ހަމައަށް ގައުމުގެ ރައީސަކީ އެމަނިކުފާނެވެ. އެހެންކަމުން އެމަނިކުފާނުގެ މައްޗަށް ރިޔާސީ އިންތިޚާބުގައި ކުރި ހޯއްދެވި އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ހުވާކުރެއްވުމާ ހަމައަށް ރައީސްގެ ޒިންމާ އުފުއްލަވަން ޖެހިވަޑައިގަންނަވާނީ ރައީސް ޔާމީނަށެވެ.
ގައުމީ އަދި ތާރީޚީ މުނާސަބަތުތަކާ ގުޅުވައި ރައީސްގެ ވިސްނުންފުޅު ވިދާޅުމަކީ ރާއްޖޭގައި އަމަލުކުރަމުން އަންނަ އުސޫލެކެވެ. އެކަމަކު ނިމިގެން ދިޔަ ދެ މުނާސަބަތުގައި ރައީސް ވާހަކަފުޅެއް ވިދާޅު ނުވުމުގެ އިތުރުން، މިފަހަރު، ޖުމްހޫރީ 50 ފާހަގަކުރީ ވެސް ކުލަ ފަނޑުކޮށެވެ. ހޯމް މިނިސްޓްރީން ބޭއްވި ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި، ސަރުކާރުގެ އިސް އެއްވެސް ބޭފުޅަކު ބައިވެރިވެވަޑައި ނުގަތުމުން ފާޑުކިއުން ވަނީ އަމާޒުވެފަ އެވެ.
ރައީސް ޔާމީން: މިދިޔަ މަހުގެ 17 ގެ ފަހުން ސަރުކާރުގެ ރަސްމީ އެއްވެސް ހަރަކާތަކުން ނުފެނޭ.
މުހިއްމު ދެ މުނާސަބަތެއް ދިޔައިރު، ރައީސް ޔާމީން ބަސްފުޅެއް ވިދާޅުނުވި ސަބަބާ ގުޅޭ ގޮތުން ރައީސް އޮފީހުގެ ތަރުޖަމާން، އިބްރާހިމް މުއާޒް އަލީ ވާހަކައެއް ނުދެއްކެވި އެވެ.
ރައީސް ޔާމީން އެންމެ ފަހުން، ރައްޔިތުންނާ މުޚާތަބު ކުރެއްވީ ރިޔާސީ އިންތިޚާބުގައި މަކަރާއި އޮޅުވާލުން ހިމެނޭ ކަމަށް ވިދާޅުވެ، އިންތިޚާބު ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައިގެ ހުކުމް އިއްވުމުގެ ކުރިން މިދިޔަ މަހުގެ 17 ގަ އެވެ. ކޯޓުން ނިންމީ އެމަނިކުފާނު ހުށަހެޅުއްވި ގޮތަށް އިންތިޚާބު ބާތިލްކުރެވެން ނެތް ކަމަށެވެ. އޭގެ ފަހުން ސަރުކާރުގެ ރަސްމީ އެއްވެސް ހަފުލާއެއްގައި ވެސް އެމަނިކުފާނު ބައިވެރިވެވަޑައިގެންފައެއް ނުވެ އެވެ.
އެކަމަކު މި މުއްދަތުގައި އަމިއްލަފުޅު ޕާޓީ، ޕީޕީއެމްގެ ކައުންސިލް ބައްދަލުވުންތަކަށް ޕާޓީ އޮފީހަށް ވަޑައިގެންފައިވެ އެވެ. ކުއްލި ކޮންގްރެސްއަކުން ޕީޕީއެމްގެ ރައީސަކަށް އެމަނިކުފާނު އިންތިޚާބުކޮށް، އިދިކޮޅު ލީޑަރުގެ ގޮތުގައި ހަރަކާތްތެރިވެވަޑައިގަތުމަށް ނިންމާފައިވީ ނަމަވެސް އިޖުރާއަތުތައް ފުރިހަމަނުވާ ކަމަށް ކަނޑައަޅައި އެމަނިކުފާނަކީ ޕީޕީއެމްގެ ރައީސްގެ ގޮތުގައި ބަލައިގަތުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ދެކޮޅުހަދައިފަ އެވެ.
އެއްބަފާ ބޭބޭފުޅު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޕާޓީގެ ރައީސްކަމުން ވަކިކުރި މައްސަލަ މިހާރު އޮތީ ކޯޓު މަރުހަލާގަ އެވެ. ސިޔާސީ މިފަދަ މައްސަލަތަކެއްގެ ތެރޭގައި ހުންނެވުމަކީ، ރައްޔިތުންނާ މުޚާތަބުކުރައްވައި ބަސްފުޅެއް ވިދާޅުނުވި ސަބަބު ކަމަށް ވުން ވެސް އެކަށީގެންވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖަމާލުބެ
13 November 2018
ބޮޑާ ނާހާކާ. ކޮބާތަ ގަޓުކަން؟ އަސްލު ސައިޒު އަދި ތިފެންނަނީ. ރައްޔިތުންނަށް ބިރުދެއްކި ހަނދާން ނުވޭބާ މިހާރު. ދައުލަތުން ގެއްލުނު ފައިސާ ކޮބާ؟ މިވާހަކައަށް ފަހު އެއަށްފަހު ބަޖެޓް ވާހަކަ ދައްކާނީ
ހެހެ
13 November 2018
ޖަމާލުބޭ ހާދަ ގަޓޭ..
ޢޙަމީދު
13 November 2018
އެއީ ބަސްނާހާނެ އައްޗި ބޮޑުކުއްޖެއް
އެސް
13 November 2018
ރައީސް ޔާމީނު ދެން ވާހަކަނުދެއްކިޔަސް ، ކެނެރީގެ ނަޝީދު އެބަ މޮޔަގޮވައެއްނު ވާވަރަށް ، ޔާމީން ދެން ނުޖެހޭ ވާހަކަ ދައްކާކަށް ، ދެން ވާހަކަ ދައްކާނީ ދިވެހި ރައްޔިތުންގެ ހިތްތަކުގެ ރައީސޭކިޔައިގެން ހިފިނުހުރެވިގެން އެއުޅޭ އިސްތިއުފާ ދިން ރައީސް ،
Dhaandhoo
12 November 2018
ވެރިކަމުގައި ހުންނެވި މުއްދަތުގައި އާއްމު ވަކި ވަކި ފަރުދުންނަށް ދައުލަތުގެ ވެރިޔާގެ ހައިސިއްޔަތުން އަދާކުރައްވަން ޖެހޭ ހައްޤުތައް މަނިކުފާނު އަދާކުރެއްވިނަމަ މަނިކުފާނުގެ މައްޗަށް ހިތްހަމަނުޖެހިތިބެގެން ވެރިކަން މަނިކުފާނުގެ ކިބައިން ނިގުޅައި ގެންނެވުން އެދި ޢައްމު ރައްޔިތުން ﷲ ސުބުހާނަހޫ ވަތަޢާލާގެ ހަޒުރަތުގައި ދުޢާ ނުކުރީސް ކަން ކަށަވަރު. އެހައްޤާއި މެދު މަނިކުފާނު އަލާނުލެއްވުމުން މަނިކުފާނުގެ މައްޗަށް ޢާޢްމުންކުރި ދުޢާ ﷲ އިޖާބަ ކުރެއްވެވި.
ތުލުސްދޫ
12 November 2018
ކުޑަ ކުއްޖެކޭ އެއްވަރު. އަދިވެސް ނަޝީދު ނަންވާނީ.
ސަކީނާ
12 November 2018
އެބޭފުޅާ އެހުރިހާ ވާހަކަތަކެއް ދެއްކީ ވެރިކަމުގެ ބޭނުމުގައިކަން މިހާރު ބޮލެއް ހުރިމީހަކަށް ވިސްނޭނެ.
ޚާއްސަ
12 November 2018
.ރައީސް ޔާމީނު ކޮއްމެހެން ވާހަކަފުޅު ތަކެއް ދައްކަވާކަށް މިހާރު ނުޖެހޭ ކެއްތެރި ރިވެތި އަޚުލާގުފުޅު ހުރި ރައީސެއް އެއީ.
ނޫސް ބަލާމީހާ
12 November 2018
ބޭނުމީ ޤައުމިއްޔަތެއް ނޫން . ބޭނުމީ ވެރިކަން .ވެރިކަމުގައި ހުންނަވައި ދެއްކެވި ކޮނމެ ވާހަކަ ފުޅަކީ މަޤާމު ދިފާއު ކުރެއްވުމާއި އިސްލާމްދީން ޙިމާޔަތް ކުރާ ވާހަކަ .
ތަސް
12 November 2018
ރައީސް ޔާމީން ވާހަކަފުޅު ނުދައްކައިގެން ކީއްވެތަ ކަންބޮޑުވަނީ. ކެނެރީގޭ ނަސީދު މުޅި ގައުމާ ވާހަކަ ދައްކާ އެބައެއްނުން ދެން މިސަރުކާރުން ގޯސް އެއްކަމެއްވެސް ނުފެންނާނެ. އަދި ފެނުނަސް ގޯސް ކޮށް ނުލިޔާތި.
ފާތުމާ
12 November 2018
މީ އަދި ހަމަ ޔާމީންގެ ސަރުކާރު. މި ސަރުކާރު ރަގަޅު ވެގެން ރައީސް ނަޝީދު ނޫޅުއްވާ
ހުސެއިން
12 November 2018
ޔާމީނު ބަހެއް ބުންޏަސް ގޯސް. ބަހެއް ނުބުންޏަސް ގޯސް. ކަލޭމެންނަށް ރަނގަޅު އެއްގޮތެއްވެސް އެބައޮތްތަ؟