ކުރީގެ ރައީސް ޔާމީންގެ ކެމްޕޭން ޖަލްސާއެއްގައި ޝަރީފް ވާހަކަ ދައްކަވަނީ: އީސީ އަށް އޭނާ އައްޔަން ކުރެއްވުމުގެ ކުރިން، ރައީސް ޔާމީންގެ ސިޔާސީ ހަރަކާތްތަކުގައި އިސް ދައުރެއް އަދާކުރެއްވި. --ފޮޓޯ/މިހާރު
20 ނޮވެމްބަރ 2018 - 15:14
ވާދަވެރި ސިޔާސީ ޕާޓީތަކުގެ ނިޒާމްގައި، ރާއްޖޭގައި މިހާރު އިދިކޮޅު ޕާޓީއެއް ނެތުމުން އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް އަހްމަދު ޝަރީފް މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
އޭނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ސަރުކާރަށް ފާރަވެރިވާނެ ޒިންމާދާރު އިދިކޮޅު ޕާޓީއެއް އޮތުން މުހިއްމު ކަމަށެވެ. އެކަން ކުރެވޭނީ ގާނޫނުތަކާއި ގަވާއިދުތަކާއި އެކަމަށް ހަދާފައިވާ އުސޫލްތަކާ އެއްގޮތަށް ބިނާކުރާ ލީޑަޝިޕެއްގެ ދަށުން ކަމަށް ވެސް ވިދާޅުވި އެވެ.
އީސީގެ ރައީސް ކަމަށް އައްޔަން ކުރެއްވުމުގެ ކުރިން ޝަރީފަކީ ސިޔާސީ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވި ބޭފުޅެކެވެ. މަގާމާ ހަވާލުވެވަޑައިގަތީ ވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީން ދެ ވަނަ ދައުރަކަށް އިންތިޚާބު ކުރުމަށްޓަކައި ކެމްޕޭންގައި ކުރިން އުޅުއްވުމަށް ފަހު އެވެ. އެއީ، ސިޔާސީ މަސައްކަތަށް ވިޔަސް ކޮމިޝަންގައި މަސައްކަތް ކުރައްވާނީ ނުފޫޒުތަކުން އެއްކިބާވެ، ގާނޫނުގައި އޮންނަ ގޮތަށް މިނިވަންކޮށް ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.
Sarkaarah faaraverivaane zimmaadhaaru idhikolhu party eh othun muhimmu, gaanoonthakaa gawaaidhu thakaa ekamah hedhifaivaa usooluthakaa ehgothah binaakuraa leadership ehge dhashun ekan kureveynee.
— Ahmed Shareef (@ShareefRangondi) November 20, 2018
ޝަރީފްގެ ޓުވީޓް.
ޔާމީންގެ ސަރުކާރު ޒިންމާދާރުކުރުވަން މަސައްކަތް ކުރި އިދިކޮޅު ޕާޓީތައް މިހާރު ތިބީ ސަރުކާރު ކޯލިޝަންގަ އެވެ. އެއީ، އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީގެ އިތުރުން ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަޕޯޓަރުންނާއި އަދާލަތު ޕާޓީ އެވެ.
ޔާމީންގެ މައްޗަށް ކުރި ހޯއްދަވައި ރައީސް ކަމަށް އިބްރާހިމް މުހައްމަދު ސޯލިހް ވަޑައިގަތުމާ އެކު، ޕީޕީއެމުން ނިންމީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި މަސައްކަތް ކުރުމަށެވެ. އެކަމަށް، ޕާޓީ އަތުރާލަން ޚާއްސަ ކޮންގްރެސްއެއް ބާއްވައި ޕާޓީގެ ރައީސް ކަމަށް ޔާމީން އިންތިޚާބު ކުރި އެވެ. އެކަމަކު އެ ކޮންގްރެސް ބޭއްވީ އިޖުރާއަތުތަކާ ޚިލާފަށް ކަމަށް ބުނެ ލީޑަޝިޕް ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައިފަ އެވެ.
އެ މައްސަލަ ޕީޕީއެމުން ވަނީ ކޯޓަށް ވައްދައިފަ އެވެ. އޭގެ އިތުރުން ވެސް އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ހަރަކާތްތެރިވާން ޕީޕީއެމަށް އޮތް ހުރަހަކީ، ޕާޓީގެ ރައީސްގެ މަގާމުން މައުމޫން ވަކި ކުރީ އަސާސީ ގަވާއިދާ ޚިލާފަށް ކަމަށް ބުނެ ސިވިލް ކޯޓަށް ހުށަހެޅުމުން، ސުޕްރީމް ކޯޓުން ބަލަމުންދާ މައްސަލަ އެވެ.
އެ ޕާޓީގެ ރައީސަކީ، ބޭބޭފުޅު މައުމޫންތޯ ނުވަތަ ޔާމީންތޯ ސާފުވާނީ ސުޕްރީމް ކޯޓުން މައްސަލައިގައި ގޮތެއް ނިންމުމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝޮކްތެރަޕީ
21 November 2018
މިހާރު ޕީޕީއެމް ވަރުގަދަކުރަންޖެހޭ. ވާހަކަދެއްކޭ މީހުން ކުރިޔަ ނެރެންޖެހޭ. އެހެންނޫނީ އިންޑިޔާ މިރާއްޖޭގެ އިގްތިސޯދު އެމީހުންގެ މިލްކީޔަތަ ހަދާނެ.
ޝޮކްތެރަޕީ
21 November 2018
ރައިސް އިބޫއަކީ ކޮރަޕްށަނުގެ ބާރުން ވެރިކަން ލިބުނު މީހެ.
ކެކެކެ
21 November 2018
ހަހަހަ އިދިިކޮޅު ޕާޓީއެއް އޮތުމަށްޓަކާ ކިިތައް މިިލިއަނުން ވާނެ؟ ބުނެލައިގެން އުޅުނީމަތާ ދޯ
ނަން
21 November 2018
ސަރީފް މިވަގުތު ވާހަކަ ނުދެއްކިޔާ ރަނގަޅުވާނެކަމަށްފެނޭ
ގޮއްޔެ
21 November 2018
އިދިކޮޅު އެ އޮތީ މިހާރުވެސް ފެންނަން. އެއީ ޖުމްހޫރީ ޕާޓީ. ޤާސިމަކީ ކާމިޔާބު ވިޔަފާރިވެރިއެއް. އެކަމަކު ސީޔާސީ ފެއިލާއެއް. ކޮންމެފަހަރަކުވެސް ޤާސިމަށް ނެރެވެނީ އެއް ނަތީޖާއެއް. މިފަހަރު ހަނގު އަނބިނެރެގެން މޮޅު ހޯދަން މަސައްކަތް ކުރުމުގެ ނަތީޖާ ވ.ވ. ހިތިވާނެކަމަށް ވ.ބޮޑަށް ޤަބޫލުކުރެވޭ. ސިޔާސީގޮތުން އަރާނެ އޮޑިއެއްނެތިފައި ތިބި އެންމެން އަރަން އޮތް އޮޑިއަކަށް ވެފައިވަނީވެސް ޖުމްހޫރީ ޕާޓީ.
ފޮނިކަލޯ
21 November 2018
ތިކަން ހަމަޖެހޭނެ އީ.ސީ ޝަރީފު ހޯދަން ގޮވާ މަންޖެޔައް ގުޅައިގެން ހަބަރެއް އަހާލީމަ
ލާނާ
21 November 2018
ޕީޕީއެމް އިދިކޮޅު ޕާޓީއެއްގެ ގޮތުގަ މަސައްކަތް ކުރިއަނުދޭކަށް ނުން ތިމަސައްކަތް ކުރަނީ .ޕާޓީ ފުޑޭނެހެން ހުރިހާކަމެއް ކުރަނީ ތިބޭފުޅާއޭ .
ދީމާހު
21 November 2018
އިދިކޮޅު ޕާޓީއެއް ނޫން. ވެރިކަމާ ތޮޅޭ ، ވެރިކަމަށް މަރުދޭ ދެޕާޓީން އަބަދުވެސް އިންތިޚާބުތަކުގައި ވާދަ ކުރަންވާނީ. އެއިރުން އެލެކްޝަން ކޮމިޝަންގެ މެންބަރުން މާރކެޓް ވެލިޔު ހައިވާނީ. ރަނގަޅު ޕްރޮމޯޝަނަލް އިޝްތިހާރެއް ތިޔަ ކޮށްލީ
ހޮޓްކިންގ
21 November 2018
ރާއްޖޭގެ ޑިމޮކްރަސީ ނިޒާމު ހަލާކު ކޮށްލިމީހަކު ދެން އަނގަމަޑުން ލައިގެން ހުރޭ. އަނގަހުޅުވަން ލަދު ނުގަންނާތީ ތިއުޅެނީ.
ހާމަ333
21 November 2018
މިފަހަރު އިދިކޮޅުޕާޓީއަކީ ރާއްޖެޓީވީ.