ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަބްދުއްރަހީމް ވާހަކަ ދައްކަވަނީ. --- ފޮޓޯ: މިހާރު
14 ޑިސެމްބަރ 2018 - 19:01
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު އައީ ހަސަދަ ފިލުވުމަށާއި ބަދަލު ހިފުމުގެ ރޫހުގައި ކަމަށް ބުނެ، އިދިކޮޅު އެންމެ ބޮޑު ޕާޓީ، ޕީޕީއެމުން ސަރުކާރަށް މިއަދު ފާޑު ކިޔައިފި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީނާ މެދު ކުރެވޭ ހިޔާނާތުގެ ބޮޑެތި ތުހުމަތުތަކާ ގުޅިގެން އެމަނިކުފާނު މާދަމާ ފުލުހުންގެ އިދާރާ އަށް ހާޒިރުވާން ވަނީ އަންގައިފަ އެވެ. އަދި ޔާމީނާ ދެކޮޅަށް އާ ސަރުކާރުން އެޅި ފުރަތަމަ ފިޔަވަޅެއްގެ ގޮތުގައި އެމަނިކުފާނުގެ އެކައުންޓްތައް ވަނީ ފްރީޒް ވެސް ކޮށްފަ އެވެ.
ޔާމީނާ މެދު ސަރުކާރުން އަމަލުކުރަމުން އަންނަ ގޮތް ކުށްވެރިކޮށް، ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ނައިބު ރައީސް، އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މި ސަރުކާރު އައުމުގެ މައިގަނޑު މަގްސަދަކީ ޔާމީނާއި އެމަނިކުފާނަށް ތާއީދު ކުރައްވާ ކުރީގެ ވަޒީރުންނާއި ކުންފުނިތަކުގެ ވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމްގެ އިސް މެމްބަރުން ހައްޔަރުކުރުން ކަމަށެވެ.
ކުރީގެ ރައީސް ޔާމީން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އެމަނިކުފާނުގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމާއެކު. --- ފޮޓޯ: ނިޝާން އަލީ/ މިހާރު
"މި ސަރުކާރަކީ ރައްޔިތުންނަށް ހިދުމަތްތަކެއް، ތަރައްގީގެ މަޝްރޫއުތަކެއް ހިންގުމަށް އައި ސަރުކާރެއް ނޫން. ސަރުކާރު އައީ ޒާތީ ހަސަދަ ފިލުވަން. ބަދަލު ހިފަން. އެ ރޫހުގައި އައީ. ސަރުކާރަށް މާ ބޮޑެތި ކަންތައްތަކެއް ކުރެވިދާނެ ކަމަށް ރައްޔިތުން އުންމީދު ކުރާނެ ކަމެއް ނެތް،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ޔާމީނަކީ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފާނެތީ ނުވަތަ ހައްޔަރުކޮށްފާނެތީ އެކަމާ ބިރުފުޅުން ފިއްލަވާނެ ބޭފުޅެއް ނޫނެވެ. އަދި ފުލުހުން ޗިޓް ފޮނުވި ގަޑިއަށް، ޔާމީން ފުލުހުންގެ އިދާރާ އަށް ހާޒިރުވެވަޑައިގަންނަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"އެމަނިކުފާނު [ޔާމީން] ވަޑައިގަންނަވާނީ ޕާޓީ އޮފީހުން ހިންގަވާފައި ޕޮލިސް ސްޓޭޝަނަށް. އެއްގޮތަކަށް ވެސް ކަޅު ބިއްލޫރި ޖެހި ކާރެއްގައި ގޮސް ޕޮލިސް ސްޓޭޝަން ދޮރުމައްޗަށް ފައިބައިވަޑައިގަންނަވާ ގޮތަކަށް ނޫން އޮތީ. މިއީ އަޅުގަނޑުމެން ސިއްރުކޮށްފައި ބާއްވަން ބޭނުންވާ ކަމެއް ނޫން،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގާނޫނީ އިމުގެ ތެރެއިން ޔާމީން ހައްޔަރު ނުކުރެވޭނެ ކަމަށެވެ. އަދި ޔާމީން ވެރިކަން ކުރެއްވީ ގާނޫނުއަސާސީ އާއި ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށާއި ގާނޫނުއަސާސީއާ ހިލާފަށް އެއްވެސް ކަމެއް އެމަނިކުފާނު ކުރައްވާފައި ނުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"ގާނޫނުއަސާސީ އާއި ގާނޫނާ ހިލާފުވެގެން [ޔާމީން] ހައްޔަރު ކުރަން ޖެހޭ ސަބަބެއް ނޯންނާނެ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޔާމީން ހައްޔަރު ކުރާ ނަމަ، އެކަން ކުރާނީ ސިޔާސީ ބޭނުމަކަށް، ޒާތީ ހަސަދައެއް ފިލުވައިލުމުގެ ބޭނުމުގަ އެވެ. އެހެންވެ، ޔާމީނާ އެކު، "ވީއެއްޗެއް ވާން" ޕީޕީއެމްގެ މެމްބަރުން ތައްޔާރަށް ތިބި ކަމަށް ވެސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މަގްބޫލް ސަބަބެއް ނެތި، ޔާމީން ހައްޔަރު ކުރުމަކީ ރައްޔިތުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ. އެހެންކަމުން އިދިކޮޅުގައި ތިބެގެން ސަރުކާރު ޒިންމާދާރު ކުރުވުމަށް ޕީޕީއެމުން މަސައްކަތް ކުރާނީ ގާނޫނީ އިމުގެ ތެރެއިން ކަމަށް ވެސް ވިދާޅުވި އެވެ.
އޭނާ ސިފަކުރެއްވި ގޮތުގައި މާދަމާ ޕީޕީއެމުން ފަށަނީ "ކޮޅެއްގައި ޖެއްސުމު"ގެ ދަތުރެކެވެ.
ޔާމީން ފުލުހުންގެ އިދާރާ އަށް ހާޒިރު ކުރަނީ އިންޑިއާ އާއި ރާއްޖެއާ ދެމެދު ހިންގަން އުޅޭ ކަންކަން ރައްޔިތުންގެ ސަމާލު ކަމަށް އައިސްދާނެތީ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.
"މި ފެންނަނީ އާންމު ރައްޔިތުންނަށް، ރައީސް ޔާމީނަކީ ކުށްވެރިއެއް ކަން ހާމަކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ތަން. މިއީ އެއްގޮތަކަށް ވެސް ގަބޫލުކުރާ ގޮތެއް ނޫން،" ފުލުހުންނަށް އަމާޒުކުރައްވައި އަބްދުއްރަހީމް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޙުމަދު.
24 September 2019
އަދުރޭ، ކަލޭމެން ތިހެންބުނަން ލަދުހަޔާތުގެ ކަންފުޅެއްވެސްނެތީދޯ ؟ . ތިމާމެން ވެރިކަމުގަތިބިއިރު މީހުނަށްދިން އަނިޔާތަކާ ނުހައްގުން ޖަލަށްލިމީހުނާ ހިފާ ހައްޔަރު ކުރިމީހުން އަދި މިޤައުމުގަ އެބަތިބި. މަރެއްނުވެ. ނުވިތާކަށް އަދުރޭ އެތަށްވައްކަމެއްކޮށް އަރުވާލާ ބޮޑު ޚިޔާނާތް ތެރިއެއްގެ ގޮތުގައިލޭބަލްވެފައި ހުއްޓާވެސްއެކަން އެއްކިބާކޮށް އަތުގަހިފައިގެންނިކުތް މުސްކުޅި ސާރިދޯޅު (އަދުރޭމެންގެ ބަހުން) ވެސް ގެންގޮސް ޖަލަށް ލީމު. މިހާ ހަޔާތް ކުޑަބައެއް ތީ
ސަޒާން
23 December 2018
ލަދު ހަޔާތްކުޑަމީހުން ދުނިޔޭގައި އެބައުޅޭތާ، އަދުރޭމެން މުޅިގައުމު ދަވާލި ސަރުކާރަކީ ސައްހަ ސަރުކާރެއްނޫން ސަބަބަކީ 7/12/2012 ގެ ފަހުން ވޭތުވެދިޔަ 6 އެއްކައަހަރު ނިމިދިޔައީ ބަގާވަތެއްކޮށް 2013 ގައިވެސް ކޯޓުން ގެނައި ސަރުކާރެއް މާނައަކީ މުގުލުގައިހުރީ ހަމަ އެއްކަލަ ބޮޑާބެ ! މިމީހުންގެ ލަދެއްހަޔާތެއްނެތް !
ޖުނައިދު
15 December 2018
ކަލޭމެންގެ މައްސަލައެއް ބަލަންޏާ އެއީ ހަސަދަވެރި ބަދަލުހިފަން.ގައުމުދަވާލީމަވެސް އަޅާނުލާ ތިބެންވީތަ؟
އަޙުމަދު
15 December 2018
އެންމެ މައްސަލަ އަކާގުޅިގެން ޔާމީނު ފުލުހަށް ހާޒިރުކުރުމުން އަދުރެބެޓިކުމެން ގޮތްހުސްވެއްޖެދޯ،؟ ތިހާކަން ބޮޑުވެގެން ތިޔައުޅޭނީ ބިތުފަންގިނެގެނީ ހެންހީވާތީ . އިބްރާހިމްމުހައްމަދު ސޯލިހްގެ ސަރުކާރު ރައްޔިތުން ގެނައީ އަދުލުއިންސާފުގެ މަގަށް ރާއްޖެ ގެންދިއުމަށް. ހަސަދަފިލުވުމާ ބަދަލުހިފުމުގެރޫހު އެންމެބޮޑަށް ގެންގުޅުނީ ޔާމީނުސަރުކާރުގަ، ޔާމީނު ސަރުކާރުގަ ހިންގާފަހުރި ބޮޑެތި ޖަރީމާތަކަށް ޤާނޫނު އަރާހަމަކުރަނީހެން ހީވާތީ މިހާރު ތިޔަ މަރުފަލިޖަހަނީ .
ސައީދު ޢަބޫބަކުރު
15 December 2018
ކަލޭމެންއެންމެްނޖަލައްލީއިރަކު ހިތަކައްނާރާދޯ ކަލޭވެސް ޖަލައްދާނޖެހިދާނޭ
ުދިވެހި ދަރިއެ
15 December 2018
ވާހަކަ ދަށްކަން ތީ މާރަަނގަޅު މީހެއް ނޫން ޙިސާބު ދަސްކުރޭ
ލޮނުމިދުފަޓާސް
15 December 2018
އޭ އަދުރޭ، މާބޮޑަށް އަނގަހާ ނުކޮށް މަޑުން ހުރެވޭތޯބަލާ، އެހެން ނޫނީ ގެންގޮސް ހައްޔަރު ކުރަން ޖެހިދާނެ، ބޮޑު ފިނޑިއެއްގެ ދިފާއުގަ ތިޔަ ހަޅޭއްލަވަނީ، ހިނގާފަ ޕޮލިހަށް ދާނެ ވާހަކަ ބުނެފަ، ފައިމަގުގަ ކާރުކޮޅުގަ ވަޑައިގަތީ ދެއްތޮ، ބޮޑު ފިނޑިއެކޭ.
ކޮކްޓެއިލްރައީސް
15 December 2018
ހަސަދަ ފިލުވިއަސް ހުޅުނބު ފިލުވިއަސް ހެޔޮ، މީއަހަރުން ވަރަށް އުފާ ކުރާކަމެއް ކަމުގަ ޕްރޮފެސަރު އަދުރޭ އަށް ދަންނަވާލަން، އަޅުގަނޑެއް ނުގެންދެ، ޔާމީނު ގެންދާނީ ކޮންމެވެސް ކަހަލަ ޖަރީމާއެއް ހިންގާފަވާ ކަމަށް ތުހުމަތު ކުރެވޭތީ، ޕްރޮފެސަރުވެސް އެކަން ޤަބޫލުކޮށްބަލަ.
ޢަބްދުﷲނާފިޒް
15 December 2018
މީ ކޮންތާކު ބުރާންޗެއްތަ، ބަލަގަ އަދުރޭ ކަލޭމެން ހީކުރީ ރައްޔިތުންގެ ބޭތުލްމާލަކީ ކަލޭމެން ހިތުހުރިގޮތަކަށް ދަމައިކައި ހުސްކުރަން ހުރި އެއްޗެއް ކަމައްތަ، ކަލޭ ކޮންމެ ހަޅޭކެއް ލެވިއަސް ވައްކަން ކުރި ބަޔަކު ހައްޔަރު ކުރާނެ، ވައްކަން ނުކުރާ ބަޔަކު ހައްޔަރެއް ނުކުރާނެ، ކޮންކަމަކާ ބިރުން ތިޔަ ތެޅިއަރުވަނީ، މައިތިރިވެގެން މަޑުން ހުރޭ، އެހެން ނޫނީ މަންޒަރު މާރީއްޗެއް ނުވާނެ.
ޖިނާޙް
15 December 2018
ނިމިދިޔަ ފަސްއަަހަރު އެއްވެސް އަނިޔާވެރިކަމެއް ވައްކަމެއް ނުހިނގާ. ނަހަލާލު ފައިސާ ދަބަސްތަކިގައި ނުބަހާ. ދުވެއްސަކަށް ނުވަދޭ.