ޚަބަރު / ރައީސް އަބްދުﷲ ޔާމީން

އެމްއައިބީގައި ހުރީ އަޅުގަނޑުގެ ފައިސާ، އެސްކްރޯ އެކައުންޓަށް ޖަމާނުކުރީ ތުހުމަތެއް އުޅޭތީ: ޔާމީން

ފުލުސް އޮފީހުން ނުކުމެވަޑައިގެން ޔާމީން ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގައި ހުރި އެމަނިކުފާނުގެ އެކައުންޓަށް އެސްއޯއެފުން ލީ އެއް މިލިއަން ޑޮލަރު (ގާތްގަނޑަކަށް 15 މިލިއަން ރުފިޔާ)، ބީއެމްއެލްގައި ހުޅުވި އެސްކްރޯ އެކައުންޓަށް ޖަމާ ނުކުރެއްވީ، އެއީ ދައުލަތުގެ ފައިސާ ކަން ކަށަވަރު ނުވެ ތުހުމަތުތަކެއް އުޅޭތީ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

ޔާމީން ވިދާޅުވި ގޮތުގައި، ތުހުމަތުތަކެއް ކުރި ނަމަވެސް އެމްއައިބީގައި ހުރި އެއް މިލިއަން ޑޮލަރަކީ އެމަނިކުފާނުގެ ފައިސާ އެވެ. އެއީ، ދައުލަތުގެ ފައިސާ ކަން ތަހުގީގީ އިދާރާ އަކަށް ނުވަތަ ޝަރުއީ ކޯޓަކުން ވެސް މިހާތަނަށް ސާބިތުކޮށް ދީފައި ނުވާ ކަމަށް ވިދާޅުވި އެވެ.

އެ ފައިސާ އިން މަނީ ލޯންޑެރިންގެ އަމަލު ހިންގަވައި، ދައުލަތު އިދާރާތަކަށް ދޮގު މައުލޫމާތު ދެއްވި ކަމަށް އެމަނިކުފާނުގެ މައްޗަށް ހިންގި ތަހުގީގުގެ ބަޔާންތަކުގައި ސޮއި ކުރައްވަން މިއަދު ވަނީ ފުލުސް އޮފީހަށް ހާޒިރުކޮށްފަ އެވެ.

މެންދުރު ފަހު ވަޑައިގަތް ގޮތަށް، ފުލުހުންގެ މައި މަރުކަޒުގައި އެމަނިކުފާނު މިއަދު ހަ ގަޑިއިރު ހޭދަކުރައްވަން ޖެހިވަޑައިގަތެވެ. ފުލުސް އޮފީހުން ނުކުމެވަޑައިގެން ނޫސްވެރިންނަށް ވިދާޅުވީ، އެހާ ގިނަ ވަގުތު ހޭދަވީ ފުދޭވަރެއްގެ ދިގު ބަޔާންތަކަކަށް ވުމާއެކު އެމަނިކުފާނުގެ ފަރާތްޕުޅުން ވެސް ގެންނަން ބޭނުންވާ ބަދަލުތަކެއް ހުރުމުން ކަމަށެވެ.

ޔާމީން ވިދާޅުވި ގޮތުގައި މިއަދު ސޮއި ކުރެއްވީ، އެސްއޯއެފްގެ އެކައުންޓުން އެމަނިކުފާނުގެ އެކައުންޓަކަށް ޖަމާކުރި އެއް މިލިއަން ޑޮލަރު ބީއެމްއެލްގައި ހުޅުވި އެސްކްރޯ އެކައުންޓަށް ޖަމާކުރުމާ ގުޅޭ ތަހުގީގުގެ ބަޔާންތަކުގަ އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، އެއީ، އޭސީސީ އަށް އުފެދިގެން އުޅުނު މައްސަލައެއް ކަމަށެވެ.

ޔާމީން މިރޭ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު

އެމަނިކުފާނު ވިދާޅުވީ އޭސީސީން އެދުނު ގޮތަށް "އެއް މިލިއަން ޑޮލަރަށް، އެސްކްރޯ އެކައުންޓަށް އެއް މިލިއަން ޑޮލަރު ވާނީ ޖަމާކޮށްފައި" ކަމަށެވެ. އެކަމުގައި މައްސަލަ އުފައްދަން ޖެހޭ ސަބަބެއް ނެތް ކަމަށް ވިދާޅުވި އެވެ.

މިރޭ ވެސް އެމަނިކުފާނު ވަނީ އެސްކްރޯ އެކައުންޓަށް ފައިސާ ޖަމާކުރެއްވީ ރަނގަޅަށް ކަމަށް ވިދާޅުވާ ވިދާޅުވުން ދިފާއު ކުރައްވައި ވާހަކަފުޅު ދައްކަވައިފަ އެވެ. އެކަމަކު އެ އެކައުންޓަށް ޖަމާކުރެއްވީ އިސްލާމިކް ބޭންކުގައި ހުރި ފައިސާއެއް ނޫން ކަމަށް ވެސް އެއްބަސްވެވަޑައިގަތެވެ.

އޭސީސީ އާއި ޔާމީންގެ ހިއްސާވާ ގޮތަށް އުފެއްދި އެކައުންޓަށް ޖަމާކުރެއްވީ، ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު އަތުން ފައިސާ ނެންގެވުމަށް ފަހު އެވެ. ޒަމީރަށް އެ ފައިސާ ދީފައި ވަނީ އެނގިފައިވާ ގޮތުގައި ރާއްޖޭގެ ވިޔަފާރި ކުންފުންޏަކުންނެވެ. އެކަން އެގޮތަށް ކުރެއްވީ، ޔާމީން ވިދާޅުވި ގޮތުގައި އެސްއޯއެފް އިން ޖަމާކުރި ފައިސާއާ މެދު ޝައްކުތަކެއް ކުރާތީ އެވެ.

އެ ޝައްކުތައް އެހެން ހުއްޓައި، އެ ފައިސާ އިސްލާމިކް ބޭންކުގެ އިންވެސްޓްމެންޓް އެކައުންޓަކަށް ޖަމާކުރައްވައި ފައިދާ ހޯއްދެވަން މަސައްކަތްޕުޅު ކުރެއްވި ކަމަށް މިރޭ ވިދާޅުވި އެވެ.

ފުލުހުން ތަހުގީގު ކުރާ މައްސަލަތަކުގައި ހައްޔަރުކޮށްފާނެތޯ ނޫސްވެރިއަކު ދެންނެވުމުން ޔާމީން ވިދާޅުވީ، "ހައްޔަރު ކުރަން ޖެހޭ އެއްވެސް ސަބަބެއް އޮތް ކަމަކަށް ގަބޫލުނުކުރައްވާ" ކަމަށެވެ.

"އެއް މިލިއަން ޑޮލަރަކީ އަޅުގަނޑަށް ލިބެން ޖެހޭ އެއްޗެއް"

އެސްއޯއެފް އިން ޖަމާކުރި އެއް މިލިއަން ޑޮލަރާ ގުޅޭ ގޮތުން ނޫސްވެރިން އެހުމުން ވިދާޅުވީ އެ ކުންފުނިން އެމަނިކުފާނަށް ފައިސާދޭން ޖެހޭނެ އެއްވެސް ސަބަބެއް ނޯންނާނެ ކަމަށެވެ.

"އަޅުގަނޑުގެ އެކައުންޓަށް ވަދެފައި ހުރި ފައިސާއެއް ވަދެފައި ހުރީ މީގެ ކުރިން އަހްމަދު އަދީބު ހައްޔަރުކުރަންދެން އަޅުގަނޑަށް ކެމްޕޭން ކުރަން ލިބޭ ފައިސާ ރާއްޖޭގެ އެކި ފަރާތްތަކުން. އަޅުގަނޑުގެ ކެމްޕޭނަށް ލިބޭ ފައިސާ މެނޭޖް ކޮށްދެއްވަނީ އަދީބް. އަދީބު އަތްޕުޅުގައި ހުރި ފައިސާގެ ތެރެއިން އަޅުގަނޑު ފައިސާ ބޭނުންވެގެން ދެންނެވިން. ޚާއްސަކޮށް ފިނިފެންމާ ލޯންޗުގެ އެކްސިޑެންޓާ ގުޅިގެން،" ޔާމީން ވިދާޅުވި އެވެ.

"ދެން އަދީބު ވިދާޅުވި ރައީސްގެ އެކައުންޓަށް މިހާރު އެއް މިލިއަން ޖަމާކޮށްފީމޭ. ދެން އޭގެ ދުވަސްކޮޅެއް ފަހުން އޭސީސީން އަޅުގަނޑަށް ގުޅާފައި މި ބުނީ ރައީސްގެ އެކައުންޓަށް އެސްއޯއެފުން ޖަމާވެފައި އެބަހުއްޓޭ."

ޔާމީން ވިދާޅުވި ގޮތުގައި އޭސީސީން އެގޮތަށް އެންގިއިރު، އެސްއޯއެފް އަކީ ކޮން ކުންފުންޏެއް ކަން އެމަނިކުފާނަށް އެނގިވަޑައެއް ނުގަންނަވަ އެވެ. އެހެންވެ އެ އެކައުންޓުން ފައިސާ ޖަމާކުރުން ވީ "ސަޕްރައިޒަކަށް" ކަމަށް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އެއް މިލިއަން ޑޮލަރަކީ އަދީބުގެ އަތްޕުޅުގައި ހުރި އެމަނިކުފާނުގެ ފައިސާގެ ތެރެއިން ލިބެން ޖެހޭ އެއްޗެއް ކަމަށެވެ. އެކަމުގައި އުޅޭ ހަމައެކަނި ގޯހަކީ، ޔާމީން ވިދާޅުވި ގޮތުން ނަމަ އެސްއޯއެފްގެ ޗެކަކުން އެ ފައިސާ ޖަމާކޮށްފައި ވުމެވެ.

"އެއްވެސް ނިންމުމެއް ނޯންނާނެ އެސްއޯއެފްގެ އެކައުންޓުން ދީފައިވާ ހުރިހާ ޗެކްތަކަކީ މަނީ ލޯންޑެރިންގެ ގޮތުގައި ބެލެވޭނެ ޗެކްތަކެކޭ. އަޅުގަނޑަށް މައުލޫމާތު ލިބިފައި އޮތް ގޮތުން ވިއްޔާ އެސްއޯއެފްގެ އެކައުންޓްތަކުން ސަރުކާރުގެ ކުންފުނިތަކާ ވެސް މުއާމަލާތުކޮށްފައި އެބަހުރި،" ޔާމީން ވިދާޅުވި އެވެ.

ފުލުހުންގެ އިދާރާ އަށް ވަޑައިގަތުމަށް ކުރީގެ ރައީސް ޔާމީން ކާރަށް އަރާވަޑައިގަންނަވަނީ. --މިހާރު ފޮޓޯ:ނިޝާތު

އެސްއޯއެފް އިން ދޭ ޗެކްތަކަކީ މަނީ ލޯންޑެރިންގެ ޗެކުތަކަކަށް ވާނަމަ، ޔާމީން ވިދާޅުވި ގޮތުގައި، އެ ފައިސާ ބަލައި ނުގަތުމަށް އެދި ކަމާ ގުޅޭ އިދާރާތަކުން މިހާތަނަށް އާއްމުކޮށް އެންގުމެއް ނެރެފައި އޮންނަން ޖެހެ އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި އެސްއޯއެފް އެކައުންޓަށް ވަން ފައިސާގެ ތެރެއިން ބަޔަކީ ދައުލަތަށް ވަންނަން ޖެހޭ ފައިސާއެއް ކަމަށް ފަހަރުގައި ވެދާނެ ކަމަށް ގަބޫލުފުޅު ކުރެއްވެ އެވެ.

އެސްކްރޯ އެކައުންޓްގެ ކުރިން ފައިސާ އިންވެސްޓްމެންޓް އެކައުންޓަކަށް!

ބީއެމްއެލްގައި ހުޅުވި އެސްކްރޯ އެކައުންޓަށް ޖަމާކުރީ، އިސްލާމިކް ބޭންކުގައި ހުރި އެއް މިލިއަން ޑޮލަރު ނޫން ކަމަށް ޔާމީން މިރޭ އެއްބަސްވެވަޑައިގަތެވެ. އެއާއެކު، ފައިދާ ލިބޭ ގޮތަށް، އިސްލާމިކް ބޭންކުގައި ހުރި ފައިސާ އިންވެސްޓްމެންޓް އެކައުންޓަކަށް ޖަމާކުރެއްވި ކަމަށް ވެސް ވިދާޅުވި އެވެ.

އެ ފައިސާ އެސްކްރޯ އެކައުންޓަށް ނުލެވުނު ސަބަބަކީ ޔާމީން ވިދާޅުވި ގޮތުގައި، އޭސީސީއާ އެކު އެއްބަސްވުމެއް ހެދުމުގެ މާކުރިން ވެސް އެމަނިކުފާނު ވާނީ އެއް މިލިއަން ޑޮލަރު އިންވެސްޓްމެންޓް އެކައުންޓަކަށް ބަދަލުކުރައްވައިފަ އެވެ.

"އެ ފައިސާގައި ތުހުމަތު އުޅޭ ހިސާބުން، އަޅުގަނޑަކަށް ފަސޭހައެއް ނުވޭ އެގްރީމެންޓުގައި އެހެން ބަޔާންކޮށްފައި އޮތަސް އެ [އިސްލާމިކް ބޭންކުގެ އިންވެސްޓްމެންޓް އެކައުންޓުން] ފައިސާ ނަގައި އެހެން އެކައުންޓަކަށް ލާކަށް،" ޔާމީން ވިދާޅުވި އެވެ.

އިންވެސްޓްމެންޓް އެކައުންޓުގައި އެއް މިލިއަން ޑޮލަރު ބެހެއްޓީ ޔާމީން ވިދާޅުވި ގޮތުގައި އެމަނިކުފާނަށް ފައިދާ ލިބޭ ގޮތަށެވެ.

"ކާކުތޯ ފައިދާ ނުވާ ގޮތަށް ބަހައްޓާނީ. އަޅުގަނޑުގެ އަމިއްލަ ފައިސާ ކަމަށް ވަންޏާ އަޅުގަނޑު ބޭނުން ގޮތެއް ހެދޭނެއެއް ނޫންތޯ؟ ކާކުތޯ މޮޔައަކު ނޫނިއްޔާ ފައިދާ ނުވާ ގޮތަށް ބޭންކު އެކައުންޓަކު ފައިސާއެއް ނުބަހައްޓާނެ،" ޔާމީން ވިދާޅުވި އެވެ.

ކުރީގެ ރައީސް ޔާމީން: ބަޔާންތަކުގައި ސޮއި ކުރައްވަން ހަ ގަޑިއިރު ހޭދަކުރެއްވި

އެސްކްރޯ އެކައުންޓަށް ލީ ޔާމީން ވިދާޅުވި ގޮތުގައި އެއްވެސް މައްސަލައެއް ނޫޅޭނެ އެވެ. އެސްކްރޯ އެކައުންޓުގައި ހުންނާނީ އެމަނިކުފާނުގެ ދިވެހި ރުފިޔާ ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރަށް ދެއްވައި ބައްލަވައިގަތް ޑޮލަރު ކަމަށް ވިދާޅުވި އެވެ.

"އެ ފައިސާ [އެސްކްރޯ] އެކައުންޓަށް ޖަމާކޮށްފައި ވާނީ، ..އެއީ ހަމަ ވަރަށް ސާފު ފައިސާ،" ޔާމީން ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ގާތްގަނޑަކަށް ދެ ހަފުތާ ކުރިން ޔާމީންގެ އެކައުންޓަކަށް 22.5 މިލިއަން ރުފިޔާ ޖަމާކުރި މައްސަލައެއް ވެސް ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ. އެކަން ބަލައިދޭން އެދުނީ، އެމްއެމްއޭގައި އުފައްދާފައި އޮންނަ، ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އިންނެވެ. އެގޮތުން ސެޕްޓެމްބަރު 5 ގައި 10 މިލިއަން ރުފިޔާ އަދި ސެޕްޓެމްބަރު 10 ގައި 12.5 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށް އެ ޔުނިޓުން ފުލުހުންނަށް ހުށަހަޅާފައިވެ އެވެ.

އެމަނިކުފާނުގެ ވެރިކަމުގައި ހުންނަވަނިކޮށް، އެ މައްސަލަ ތަހުގީގުކުރަން އެފްއައިޔޫ އިން ހުށަހެޅުމާ އެކު، ހުރިހާ މައުލޫމާތެއް އޮތީ ފުލުހުންގެ ތެރެއިން އެމަނިކުފާނާ ހަމައަށް ފޯރައިފަ އެވެ. އެ މައްސަލަ ތަހުގީގު ނުކޮށް އޭރު އޮތީ އެހެންވެ ކަމަށް ތުހުމަތު ކުރެވެ އެވެ.

118 ކޮމެންޓް, 227 ރިއެކްޝަންސް

icon happy icon happy 24%
icon sad icon sad 0%
icon angry icon angry 75%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނަޖްވާ

18 February 2019

އޯކޭ ދައުލަތުގެ ފައިސާ އަށް ނުވިއްޔޯ! ދެން ކޮންތާކުން ހޯދި ފައިސާ އެއްހޭ މު އަހަނީ؟ އެއީ ދިވެހި ރާއްޖޭގެ ޤާނޫނޫ ބުނާ ޤޮތުން، ދިވެހި ރާއްޖޭގެ ވެރިއަކަށް ހުންނަ މީހަކަށް އެއްވެސް ވިޔާފާރި އެއް ނުކުރެވޭނެ! ދެން އެހެންވީރު، ކޮންތާކުން ހޯދި ފައިސާއެއްތޯ ވެސް އެބަ ބުނެދޭން ޖެހޭނު! މީހުން ހަދިޔާ ގެ ގޮތުގަ ފައިސާ ދެނީކީ ދޫވެހި ޔާމީނު ވެގެންނެއް ނޫން ދޯ؟ ފައިސާ ދެނީ އެއީ ރައީސް މީހާ ވީމަ! އެޔަށް ކިޔަނީ ރިސްވަތު! އެއީ ހުއްދަ ނުކުރާ ކަމެއް!

The name is already taken The name is available. Register?

އާދަން

10 February 2019

އެހާ ބޯހަމަޖެހޭ ހެން ހިއެއް ނުވޭ މިހާރަކު. 100 މިލިއަން ރުފިޔާ އެކައުންޓުގަ ހުންނަންޖެހޭނެ ހަމަ އެއްވެސް ހަމައެއް ނެތް. ލިބޭ މުސާރަ އެކުގަ އެއްކުރިޔަސް ނުވޭ.. އެހެންވީމަ އެލާރި އައިގޮތެއްވެސް އެނގެންޖެހޭ. އެއީ ދުސްތޫރީ ހަމައަކީ. ގޮޅީގަ ބާއްވާލާ

The name is already taken The name is available. Register?

އަބޫ ކެޓް

10 January 2019

ރައީސްއަށް އެކި ކުންފުނިތަކުން ކެންޕޭންކުރަން މިދެނީފައިސާ، އެ މިވަނީ ރައީސްގެ އަމިއްލަ އެއްޗަކަށް، އެހެންވެ އޭގެން ތިންއަަހަރު ފަހުން ނަގަން ފިކްސްޑް ޑިޕޮސިޓަކަށް މި އިންވެސް ކުރަނީ. ކެންޕޭންކުރަންދޭފައިސާ ރިޝްވަތަކަށް ނުވާނެތަ؟

The name is already taken The name is available. Register?

އަޙުމަދު

10 January 2019

ތިބޭފުޅުން ޤަބޫލު ކުރިއަސް ނުކުރިއަސް ދައުލަތުގެ ޚަޒާނަގައި އެހުރީ އަލުގަނޑުގެފައިސާ، އެކަމަކު ހުރިވަރެއްވެސް ހުރިތަނެއްވެސް އަޅުގަނޑަކަށް ނޭނގޭ، ކަޒާނާ އިން ފައިސާކޮޅެއް ނަގަން ހިގައްޖެއްޔާ އެކަމުގައި ކޮންމެވެސް ތުހުމަތެއް ކޮށް ހިފާހައްޔަރު ކޮށްފާނެތީ ނަގަން ނުގޮސް މަޑުކޮށްލައިގެން މިހުރީ. އެކަމު އެއީ އަޅުގަނޑުގެ ފައިސާ.

The name is already taken The name is available. Register?

ނޫސް ބަލާމީހާ

09 January 2019

ރަޢިސްކަމުގެ މަޤާމުގައި ހުނަނވަނިކޮށް ލިބޭ ހަދިޔާ އަކީ މނިކުފާނުގެ ފައިސާއެއްނޫން. ލިބުނު ގޮތެއް ކުރި ވިޔަފާރިއެއް . ހިންގި މުޢާމަލާތެއް ވިދާޅުވެ ދެއްވަން ވީނޫންތޯ. ޤާނޫނީ އެއްވެސް ހަމައަކުން އެއީ މނިކފާނުގެ ފައިސާކަމަކަށް ނުހެދޭނެ. ސާބިތު ނުކޮށްދީއެއް.

The name is already taken The name is available. Register?

ބޮލާކީނު

09 January 2019

އޭ ޔާމީނޫ ކޮންތާކުންހޭ އެހާ ގިނަ ފައިސާ ހޯދީ. ތީ މާލޭގެ އެންމެ ފަގީރު އެއް އާއިލާއަށް ނިސްބަތްވާ މީހެއް.

The name is already taken The name is available. Register?

މާރަނގާ - އައްޑޫ ސިޓީ

09 January 2019

އެތައްޒަމާނެއްގެ ދިގު ތާރިހަކާއި މާޒީއެއް ހިފައިގެން ތިއޮތީ އަސްލަށް ރުޖޫއަވާން ޖެހިފައި. * * ހީއެއްނުވޭ މިފަހަރު ތިގޮތަށް ގަދަބަސްބުނެގެން ވާނެ މޮޅެއް އޮންނާނެހެނެއް. * * އެފައިސާ މިފައިސާ އެ އެކައުންޓް މިއެކައުންޓެއް ކިޔާނެ ކަމެއްނެތް. ފަނޑިޔާރު ގޭގެ ނިންމުން ޤަބޫލު ކުރާން ތައްޔާރުވޭ.

The name is already taken The name is available. Register?

ދެކޭމީހާކިޔާމީހާ

09 January 2019

މީނަވެސް މިހާރުބޭނުންވަނީ އިޝްތިހާރު! މީނަދައްކާވާހަކަ ޚަބަރަށްނުހަދައި، ދައްކާނެވާހަކައެއްދައްކަން ބަހައްޓައި، އޭނައާއިމެދު އަލަންވާ ފިޔަވަޅު އަލަންވެއްޖެ. މަގޭފައިސާ މަގޭފައިސާ ނޫންފައިސާއެއް މިރާއްޖޭގައި ހުރިކަމުގައި މީނަ ޤަބޫލެއްނުކުރެއެވެ. ހުރިހާފައިސާއަކީ މީނަގެ ފައިސާއެވެ! ވަބާ ލައްވާލާނީ އެކިފަހަރު އެކިގޮތަށެވެ! މިޤައުމަށްމިއޮތީ ފިސާރިވަބާއަކާއި ލައްވާލާފައެވެ! ބަޣާވާތެއްގެ ނަތީޖާކަމުގައި ޤަބޫލުކުރާނީ މަދުބައެކެވެ!

The name is already taken The name is available. Register?

ނަސްސް

09 January 2019

ނުވިސްނުނު އެއީ ޔާމީނުގެ ފައިސާއަށް ވާނެގޮތެއް. ކެމްޕޭނަށް ލިބުނު ފައިސާ ޔާމީނުގެ ފައިސާއަށް ބަދަލުވާ ފޯމިއުލާރ އެއް ނެތް. މިފަހަރު ތިމަޅިން ސަލާމަތްވެވޭނީ ހަމައެކަނި ޙުކުމް ގަނެވިއްކާ ބައެއްގެ އެޙީގައި ކަމަށްބެލެވޭ.

The name is already taken The name is available. Register?

ތެމާ

09 January 2019

ވިޔަފާރިއެއްނުކޮށް މިނިޔަނަރުންނަށް ވީމީހުންދޯމީ މީނަޔާ އަދީބާ 5 އަހަރުން މިލިޔަނުންނަށް

The name is already taken The name is available. Register?

އަޙުމަދު

09 January 2019

ދައުލަތަށް ލިބެންޖެހޭ އެތައްމިލޔަންރުފިޔާއެއް ދެމީހުންވެގެން ކަޅާކޮށްލީމަ މިލިޔަނަރަކަށް ވުމުގެއިތުރަށް ބޮޑުވެގެން ވާ ޚިޔާނާތް ތެރިންގެ ލަޤަބުވެސް ލިބުނީ. އެކަމުން ސަލާމަތްވާން ދައްކާއެއްވެސް ވާހަކައެއް ދިމަލެއްނުވެ، އެސް އޯ އެފެެއްނުދަންނަން، އެކަމަކު އެކުންފުނިން މަގޭ އެކައުންޓަށް ޖަމާކުރީ ހަމަ މަގޭ ޖާއިޒު ފައިސާ، އެކަމުގަ ތުހުމަތެއް އުޅޭތީ އަވަހަށް އެހެންއެކައުންޓަކަށް ބަދަލު ކޮށްލީ، ފައިދާހޯދަން، ނުސްވެރިން ސުވާލުކުރުމުން ބުނޭތޯ ދިންމީހެއް ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454