ހެލްތު މިނިސްޓްރީން މަދިރި ބޭސްފުޅިއެއް ފަޅައިގެން ދިއުމާ ގުޅިގެން އެމްއެންޑީއެފްގެ ފަޔާ ވެހިކަލްތައް އެ ސަރަހައްދުގައި ތައްޔާރީ ހާލަތުގައި.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
15 ޖެނުއަރީ 2019 - 13:47
ހެލްތު މިނިސްޓްރީ ހިންގާ ރޯޝަނީ ބިލްޑިންގާ އިންވެގެން ހުރި ގުދަނެއްގައި ބަހައްޓާފައިވާ، މަދިރި ކޮންޓްރޯލް ކުރާ ދެ ބޭސްފުޅިއެއް (އެއް ލީޓަރުގެ މެލަތައޯން) ތަޅައިގެން ގޮސް ލީކްވުމާ ގުޅިގެން އެ އިމާރާތުން މިއަދު މީހުން ހުސްކޮށްފި އެވެ.
ސޯސަން މަގުގައި ހުންނަ ރޯޝަނީ ބިލްޑިންގްގެ ގުދަނުގައި އުކައިލުމަށްޓަކައި ބަހައްޓާފައި ހުރި މަދިރި ބޭސް ފުޅިތަކެއްގެ ތެރެއިން ފުޅިއެއް ފަޅައިގެން ގޮސް އެއިން ލީކްވުމާ ގުޅިގެން އެ ސަރަހައްދަށް އޭގެ އަސަރު ވަނީ ކޮށްފަ އެވެ.
އެމްއެންޑީއެފުން ބުނީ، އެ މަދިރި ބޭސްތަކަކީ މުއްދަތު ހަމަވުމާ ގުޅިގެން، ތިލަފުއްޓަށް ގެންދިއުމަށްޓަކައި ބަހައްޓާފައި ހުރި އެއްޗެހިތަކެއް ކަމަށެވެ.
ހެލްތު މިނިސްޓްރީން މަދިރި ބޭސްފުޅިއެއް ފަޅައިގެން ދިއުމާ ގުޅިގެން މާސްކް އަޅައިގެން ތިބި ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
"މިހާރު ބޭސްފުޅިތައް ނައްތައިލަން ތިލަފުއްޓަށް ގެންދިއުމަށް ފަޔާ ޓީމް ދަނީ މަސައްކަތް ކުރަމުން،" އެމްއެންޑީއެފުން ބުންޏެވެ.
މަދިރި ބޭސް ލީކުވުމާ ގުޅިގެން ދެ މީހަކު ހޭނެތިގެން ހޮސްޕިޓަލަށް ވެސް ގެންދިޔަ ކަމަށް ވެ އެވެ. އަދި ރޯޝަނީ ބިލްޑިންގްގެ އިތުރުން ކައިރީގައި ހުރި މަޖީދިއްޔާ ސްކޫލްގެ ބައެއް ކްލާސްތަކުގެ ދަރިވަރުން ކްލާހުން ބޭރުން ނެރުނު ކަމަށް ބައެއް ބެލެނިވެރިން ބުންޏެވެ.
އެކަމަކު އެޑިއުކޭޝަން މިނިސްޓްރީން ބުނީ މަދިރި ބޭހުގެ އަސަރު މަޖީދިއްޔާ ސްކޫލަށް ކޮށްފައި ނުވާ ކަމުގެ ޔަގީންކަން އެމްއެންޑީއެފުން ދީފައިވާ ކަމަށެވެ. އަދި އެ ސްކޫލްގައި އާދައިގެ މަތިން ކިޔެވުން ކުރިއަށް ގެންދާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު ހެނދުނު 11 ޖަހާކަން ހާއިރު ހިނގި ހާދިސާއާ ގުޅިގެން، ހެލްތު މިނިސްޓްރީގެ ބައެއް މުވައްޒަފުން ނޭވާލާން އުނދަގޫވުމާއި ހޮޑުލެވުމާއި އަނބުރައިގަތުން ފަދަ އަލާމާތްތައް ފެނުމުން ފަރުވާ ދީފައިވާ ކަމަށެވެ.
NEWS ALERT: Spillage of Malathion in Roashanee Building store room@MoH_mv pic.twitter.com/CsP94Re4Tt
— HPA Maldives (@HPA_MV) January 15, 2019
މަދިރި ބޭސް ލީކްވުމާ ގުޅިގެން އެޗްޕިއޭ އިން ނެރުނު ބަޔާން
"މެލަތިއޯންގެ އަސަރު ކުޑަކުރުމަށްޓަކައި، މި ހާދިސާ ހިނގި ސަރަހައްދުގައި މަޑުނުކުރުމަށާއި މި ސަރަހައްދުގެ ގޭގެގޭ ފަރާތްތަކުން ވެސް ވަސް މުޅިން ކެނޑެންދެން ކުޑަދޮރުތައް ލައްޕާފައި ބެހެއްޓުން މުހިންމެވެ،" އެޗްޕީއޭ އިން ނެރުނު ބަޔާނެއްގައި ވެ އެވެ.
- ކެއްސައި ނޭވާލާން އުނދަގޫވުން
- ލޮލުން ފެން އައުމާއި ފުސްވުން
- ބޮލުގައި ރިއްސައި ބޯ އެނބުރުން
- މޭނުބައިކޮށް ހޮޑުލެވުން
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
.ކެމިކަލް
16 January 2019
.ހެލްތު މިނިސްޓުރީ އެކަނިތަ ކޮބާ މަޖީދިއްޔާ ކޮންމެ މަންޒަރެއްގެ ވެސް އެއްބައި ދެއްކީމާ ބަލާ މީހުނަށް ދޭހަވާނީ ފެންނާނީވެސް މަންޒަރުގެ ނުވަތަ ހިޔަނީގެ އެއްފަޅި ނޫންތޯ؟!!
ތާހާ
15 January 2019
މުޅި ގައުމު ހުއްޓިއްޖެ، ތީގެ 40 ފުޅި އެގުދަނުގައި ހުންނާނެ ކަމަށްވަނީ. މުއްދަތު ހަމަވާތީ ނައްތާލަން ނިންމާފައި އެތަނަށްލީ. ސަރުކާރު ބަދަލުވެގެން އަދި ރަނގަޅަށް ހިނގައި ނުގަނެވޭތީ، އަލަށް ވެރިންނަށް އައި މީހުން އެކްޓިވްވާން ފެށީމަ ރަނގަޅުވާނެ. ރިންގް ރޯޑުގެ ފިނިޝިންގެ ވެސް ނިމޭނެ ކަމަށް ބަލަމާ.
ނަރީމާ
15 January 2019
އަޅޭ، ހިލާތިހެނެއްނުވޭ، މަޖީދިއްޔާ ހުހެއްވެސް ނުކުރޭ! އެކަމަކު، ސަމާކަލުކަންދޭންޖެހޭ ކަމެއް. މަދިރި ފުޅިއެއް ގޮވުމަކުން، ސަރކާރު ފެއިލް ވީއެއްނޫން. މެކްރޯ މެނޭޖްކުރުމުގައި އިތުރު ސަމާލުކަން ދޭންވީ.
ހަކީމް
15 January 2019
އިންސާނުންނަށް މިވަރު ވާއިރު ކުދިކުދި މަދިރިތަކަށް ވާނެ ގޮތް ހިތަށްވެސް ނުގެނެވޭ .. މަދިރިޔަށް ތިކުރާ އަނިޔާ މިހާރުން މިހާރަށް ހުއްޓަލާފަ ތަންކޮޅެއް ރަހުމު ބަހައްޓައިގެން މަދިރިން ސަލާމަތްވުމައް ގޮވާލަން.
ހެހެހެހެހޮ
15 January 2019
ލޮލް
އައްޑާ
15 January 2019
ރައްޔިތުންގެ ރައްކާތެރިކަމާއި ސަލާމަތް ނުބެލެހެއްޓޭކަން މިއިން އެނގެނީ. ޞިއްޙީގޮތުން ކިހާބޮޑު ނުރައްކަލަކާއި ގެއްލުމެއް. ނަޞީބެއްނު ބޮޑު ގެއްލުމެއް ނުވިކަން! ދެންވެސް ރަގަޅުކޮށްބަލަ އަމީނު ހާސް ނުވެޔޭ ކިޔާފަ އެބަހުރެއެންނު!
އައިމިނާ
15 January 2019
މީ އާއްމުރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ސިއްހީގޮތުން ހޯދަދޭންތިބި މުއައްސަސާގެ ހާލަތު. މަތިމައްޗަށް ފަތިފަށްޗަށް މީހުންދިރިއުޅޭތަނެއްގަ މިބާވަތުގެ އެއްޗިހި ގުދަންކުރުމަކީ ކޮންކަހަލަ ކަމެއްކަންވެސް އެއްމެ ރަނގަޅަށް އެނގޭނެފަރާތަކީވެސް ހެލްތުގެދާއިރާ. ގައިމު ތިލަފުށީގަ މި އެއްޗިހި ގުދަންކުރެވޭވަރުވާނެ ތިޔަ މިނިސްޓްރީއަށް. ދެން ފިޔަވަޅުއަޅާނެ ނިކަންއަވަހަށް. ކަމެއްދިމާވީމަ.
ގިލް
15 January 2019
މިހާރު މިގައުމުގައި ކޮންމެ ފަދަ ބިރުވެރި ކަމެއް ނުރައްކަލެއް ހިނގިއަސް އަޑުއުފުލާނެ އިދިކޮޅު ބަޔަކު ނެތް. ކިހާ ހިތްގައިމު؟ ޔާމީން ސަރުކާރުގަ ނަމަ އިދިކޮޅުން މިހާރު ޓީވީތައް ފުރާލާ މުޒާހަރާކުރަން ފަށާފާނެ.
ގޭސް
15 January 2019
އަޅާފަ ތިހިރަ މާސްކުތަކުން މަގުމަތީގަ ހުރި ހިރަފުހުން ކުޑަކޮށް ރައްކާތެރިވެވިދާނެ އެކަމަކު ކެމިކަލް ވޭޕާއަކުން ރައްކާތެރިވާން އެއްކަމެއްވެސް ނުވާނެ.
ނާލު
15 January 2019
ރޯޝަނީ ބިލްޑިންގްގައި އެގުދަން ވެސް އަދި މިނިސްޓްރީ ވެސް ހުންނަނީ، ކެމިކަލް ލީކްވީމަ ވެރިން ބުނީ ވެމްކޯއިން ކުރި ކަމެކޭ. ފަހުން މިތާ މަސައްކަތު ދައްތައަކަށް އަޑު އިވުނީ ވެރިން ވާހަކަ ދައްކަނިކޮށް ކެމިކަލް ލީކް ވެގެންނޭ ކިޔައިގެން. ދެން އޭނައައިސް ބުނީ ކެމިކަލް ލީކް ވެގެންނޭ އުޅެނީ. އެއިރު މުއައްޒަފުން ހޮޑުލާން ފަށައިފި. ދެމީހަކު އަނބުރައިގެން ވެއްޓުނީމަ ވެރިންނަށް ތިބި މީހުން މުއައްޒަފުން ބޭރަށް ނުކުންނަން ހުއްދަދިނީ.
ގައުމީ ލޯބީގާ
15 January 2019
ހެލްތު މިނިސްޓަރު ގެ އިހްމާލުން ވީ ކަމެއްތީ މީގެ ކުރިންވެސް ތިފަދަ ކަން ތައްތަކެއް އެކްސްޕެއަރ ވެފަ ހުންނަ އެއްޗެހި ނައްތާނުލެވިގެން ތިފަދަ ހާދިސާ ތަކެއްނުހިގާ .އިސްތިއުފާދީ ކަންތައްތައް ނުކުރެވޭމީހުން ދަރަނި ދައްކަން ބޮޑެތި މަގާމުތައް ހޯދައިގެން ތިބޭކަށް ނުޖެހޭ .ނުވާވަރު ކަންތައްކާ ނޫޅުނިއްޔާ ރަގަޅުވާނީ .މިސަރުކާރުގެ އިހްމާލުން ދުވާލުދާ ހަތަރުދަމުން ކަމެއް ނުހިގާ ދުވަހެއް މަދުވާނެ .މިހާރު .