ނަޝީދާއި ގާސިމް ބައްދަލުކުރައްވަނީ: ގާސިމް ހުންނެވީ ނަޝީދާ މެދު ވަރަށް ބޮޑަށް ހިތްޕުޅު ހަމަޖެހިވަޑައިނުގެންފައި.---ފޮޓޯ: އެމްޑީޕީ
15 ޖެނުއަރީ 2019 - 23:44
އަންނަ އޭޕްރީލް މަހު އިންތިޚާބު ކުރާ ރައްޔިތުން މަޖިލީހުން ފުރުސަތު ދޭން ޖެހޭނެ ބޭފުޅުންގެ ޝަރުތު އަދި އެ މަޖިލީހުގެ އަޣުލަބިއްޔަތު އެމްޑީޕީން ހޯދަން ޖެހޭނެ ކަމަށް ވިދާޅުވެ، ކުރީގެ ރައީސް މުހައްމަދު ނަޝީދު ދައްކަވަމުން ގެންދަވާ ވާހަކަފުޅުތަކަށް ޖުމްހޫރީ ޕާޓީގެ ލީޑަރު، ރައްޔިތުންގެ މަޖިލިހުގެ ރައީސް ގާސިމް އިބްރާހިމް މިރޭ ހޫނު ރައްދެއް ދެއްވައިފި އެވެ.
ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބަށް އެމްޑީޕީގެ ޓިކެޓު ދޭނެ ކެންޑިޑޭޓުން ކަނޑައެޅުމަށް އަންނަ ހުކުރު ދުވަހު ބާއްވާ އެ ޕާޓީގެ ޕްރައިމަރީގައި ވާދަކުރައްވާ ބޭފުޅުންގެ ކެމްޕެއިން ހަރަކާތްތަކުގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ގެންދަވަނީ މަޖިލީހުގެ އަޣުލަބިއްޔަތު އެމްޑީޕީ އަށް ނުލިބިއްޖެ ނަމަ މި ސަރުކާރުގެ ވައުދުތައް ފުއްދަން ދަތިވާނެ ކަމަށް ވިދާޅުވަމުންނެވެ. އަދި މަޖިލީހުގެ ތެރެއިން ވިޔަފާރިކުރަން އުޅުއްވާ ބޭފުޅުންނަށް ފުރުސަތު ދީގެން ނުވާނެ ކަމަށް ތަކުރާރުކޮށް ނަޝީދު ގެންދަވަނީ ވިދާޅުވަމުންނެވެ.
ކުރީގެ އެކްޓިން ޕޮލިސް ކޮމިޝަނާ އަބްދުﷲ ނަވާޒް ޖުމްހޫރީ ޕާޓީ އަށް ސޮއިކުރެއްވުމަށް މިރޭ ބޭއްވި ހަފްލާގައި، ނަޝީދުގެ އެ ވާހަކަފުޅުތަކަށް ރައްދު ދެއްވަމުން ގާސިމް ވިދާޅުވީ ނަޝީދުގެ ވާހަކަފުޅުތައް ހަމަނުޖެހޭ ކަމަށެވެ. އަދި ނަޝީދުގެ ވާހަކަފުޅުތަކާ ދެކޮޅަށް ތަންދޮރު ދަންނަ ބޭފުޅުން ވާހަކަ ދައްކަވަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
ނަމަވެސް ގާސިމްގެ ވާހަކަފުޅުގެ އެއްވެސް ހިސާބަކުން ނަޝީދުގެ ނަމެއް ވިދާޅެއް ނުވެ އެވެ. އެކަމަކު އެމްޑީޕީގެ ނަން ވިދާޅުވެ އެވެ.
ކުރީގެ އެކްޓިން ކޮމިޝަނަރު އޮފް ޕޮލިސް ނަވާޒް، ޖުމްހޫރީ ޕާޓީ އަށް މިރޭ ސޮއިކުރެއްވުމަށް ފަހު އޭނާގެ ފޯމު އެ ޕާޓީގެ ލީޑަރު ގާސިމާ ހަވާލު ކުރައްވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
ގާސިމް ވިދާޅުވީ، ނަޝީދަށް 2008 ގައި ވެރިކަން ލިބިވަޑައިގަތުމުން ކަންކަން ކުރެއްވި ގޮތް ފެނިވަޑައިގެންފައިވާ ކަމަށެވެ. އަދި ވިދާޅުވީ، އެ ފަހަރު ކަމެއް ރަނގަޅަށް ކުރެވުނު ނަމަ އެކަމުގެ 50 ޕަސެންޓް ހިއްސާ ވަނީ ޖުމްހޫރީ ޕާޓީ ކަމަށެވެ. އެހެންވެ، އެމްޑީޕީ އަށް މަޖިލީހުގެ އަޣުލަބިއްޔަތު ނުލިބޭ ނަމަ ގައުމެއް ނޯންނާނެ ކަމަށް ވިދާޅުވުން އެއީ ވަރަށް ހައިރާންވާ ވާހަކަފުޅެއް ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
"ރައްޔިތުންނަށް އޮޅުވާލަން، ވަކި ޕާޓީ އަކަށް މެޖޯރިޓީ ނުލިބުނިއްޔާ، އާދެ އެމްޑީޕީ އަށް މެޖޯރިޓީ ނުލިބުނިއްޔާ މި ސަރުކާރެއް ނޯންނާނެއޭ. އެވެނި ކަމެއް ނުކުރެވޭނެއޭ. މިވެނި ކަމެއް ނުކުރެވޭނެއޭ. މި ދައްކަނީ ކޮން ވާހަކައެއްތޯ؟،" ހިތްޕުޅު ހަމަނުޖެހިވަޑައިގެން ހުންނަވައި ގާސިމް ވިދާޅުވި އެވެ.
Agulabiyyathaa eku Raees vaudhuthah fudhavai dhevvaane: Nasheed
The most trusted news source in the Maldives
Mihaaru
އެމްޑީޕީއަށް މެޖޯރިޓީ ލިބެން ޖެހޭކަމަށް ނަޝީދު ވިދާޅުވުން--
އެމަނިކުފާނު ވިދާޅުވި ގޮތުގައި، އިއްތިހާދަކުން ވެރިކަމަށް އައި ޕާޓީތަކެއްގެ ތެރެއިން، ވަކި ޕާޓީ އަކަށް މަޖިލީހުގެ އަޣުލަބިއްޔަތު ލިބެން ޖެހޭ ކަމަށް ބުނުމަކީ އަމިއްލަ އެދުން އިންތިހާ ދަރަޖަ އަށް ބޮޑުވުމެވެ. އަދި ގާސިމް ވިދާޅުވީ، މިހާރު ހިނގަނީ ކޯލިޝަން ސަރުކާރެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވާތީ އެ ކަމަށް "ސެލިއުޓް" ކުރައްވާ ކަމަށެވެ. އެހެންވެ، އަދުލުވެރިކަމާ އެކު ކަންކަން ކުރައްވާހާ ހިނދަކު ރައީސްގެ އަރިހުގައި ސާބިތުކަމާ އެކު ހުންނަވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.
"މަނިކުފާނު ވަރަށް ސާބިތުކަމާ އެކު ކެރިވަޑައިގެން ހުންނަވާށޭ. އަޅުގަނޑުމެން މިތިބީ މަނިކުފާނާ އެކުގައި. ކޯލިޝަން އޮތީ މަނިކުފާނާ އެކީގައި. ވަކި މީހަކު އެހެންނޭ، މިހެންނޭ ދެންނެވިޔަސް އަދި ކުލަވަރު ދެއްކިޔަސް ފިކުރު ބޮޑު ނުކުރައްވާ،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހިތްވަރު ދެއްވައި އެކަމަކު ނަޝީދު ދައްކަވަމުން ގެންދަވާ ވާހަކަފުޅުތަކާ މެދު ވަރަށަށް ބޮޑަށް ހިތްޕުޅު ހަމަޖެހިވަޑައިނުގަންނަވާ މޭރުމެއްގައި ގާސިމް ވިދާޅުވި އެވެ.
"ދިވެހި ރައްޔިތުން ތިބީކީ އެންމެ މީހަކު ދައްކާ ވާހަކަ އަޑުއަހައިގެން، އެންމެ މީހަކު ޖަހާހާ ބެރަކަށް ޑާންސް ކުރާކަށް ނޫންކަން. ނަށާކަށް ވެސް ނޫން. އަދި ފާޑުފާޑު އެއްޖެހި ހިފައިގެން ގޯޅިގޯޅި އަށް ބިއްޖެހޭކަށް ވެސް ނޫން."
ގާސިމް ވިދާޅުވީ، ގާނޫނާ ހިލާފަށް ކަންކަން ކުރާ ނަމަ ޖުމްހޫރީ ޕާޓީން އެއްބާރުލުން ނުދޭނެ ކަމަށެވެ. އަދި އޭގެ ނަތީޖާ މިހާތަނަށް އޮންނާނީ ފެންނަން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ދެން ވެސް އެފަދަ ކަމެއް ނުކުރެވޭނެ ކަމަށާއި އެއްވެސް ބޭފުޅަކު "ހުވަފެން ފެނިގެން ނޫޅުއްވުމަށް" ގާސިމް އެދިވަޑައިގަތެވެ.
މިރޭގެ ހަފްލާގައި ގާސިމް ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
"ހިޔާލީ ފޮލާއެއް ކައްކަމުން ދާ މީހަކަށް ކަމެއް ނުކުރެވޭނެ ކަން މުޅި ދުނިޔެ ދަނޭ. މި ދިވެހިރާއްޖޭގެ ރައްޔިތުންނަށް ވެސް އެނގޭ،" ޖޯޝާއި ފޯރީގައި ގާސިމް ވިދާޅުވި އެވެ.
ފައިސާވެރިންނާއި މަހުޖަނުންގެ ނުފޫޒުން ގައުމު ސަލާމަތް ކުރަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވަމުން ގެންދަވާތީ އެ އަށް ރައްދު ދެއްވަމުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ގެންނެވުމަށް އެންމެ ބޮޑަށް މަސައްކަތް ކުރެއްވި އަދި އެންމެ ގިނަ ހޭދަކުރެއްވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ގާސިމް ވިދާޅުވީ ކޮންމެ ކަމެއް ވެސް ފުއްދަން ޖެހުމުން މަހުޖަނުގެ ބޭނުން ޖެހޭ ކަމަށެވެ. އެހެން ކަމުން ޒިންމާއެއް، ސަބަބެއް ނެތި ކަމެއް ނުހިނގާނެ ކަމަށް ވިދާޅުވި އެވެ.
ނަޝީދާއި އެމްޑީޕީ އަށް އިޝާރާތް ކުރައްވައި ގާސިމް ވިދާޅުވީ، އެމަނިކުފާނުގެ ވިލާ ކުންފުންޏާއި އެހެން ވިޔަފާރިތައް ވެސް މިހާރު "އެ ބަޔަކަށް ގޯސްވެފައިވާ" ކަމަށެވެ.
ގާސިމް ވިދާޅުވި ގޮތުގައި، ޚިދުމަތުގައި ތިބި މީހުންނަށް ފާޑުކިޔުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ.
"ހަމަ އައިސް ކަމެއް ޖެހުނީމާ ހޯހޯ... ބަލަ މި ގައުމުގައި އެއްވެސް ތަކުލީފެއް، އެއްވެސް ކަހަލަ ޒިންމާއެއް އަދާކުރަން ނުޖެހޭ. ދަރިން ލިބިފައި އެ ކުދިންގެ ކަންކަން ވެސް ކޮށްދޭން ނުޖެހޭ މީހުންނަށް ތޯ މި ގައުމުގެ ޒިންމާ ހަވާލު ކުރަން ޖެހެނީ،" ޖުމްހޫރީ ޕާޓީގެ އޮފީސް އަދި ޖަގަހަ ހިންގާ މ. ކުނޫޒްގައި ބޭއްވި ހަފްލާގައި ގާސިމް ވިދާޅުވި އެވެ.
"މަހުޖަނުންނޭ. ވިޔަފާރިވެރިންނޭ. އޭއްޗެކޭ މީއްޗެކޭ. ރައްޔިތުންގެ މަޖިލީހަކީ މަގުމަތީ ކުނިކަހަން އޮންނަ ތަނެއް ދޮރެއް ނުދަންނަ ގާނޫނީ ހައިސިއްޔަތެއް ނެތް، ޒިންމާއެއް މަސްއޫލިޔަތެއް ނެތް މީހަކުތޯއޭ އެ ތަނަށް ވަންނަން ޖެހޭނީ. މީހަކު ބުނީމަ ބަޓަނަށް އޮބާ މީހަކު ތޯ އެތަނަށް ވަންނަން ޖެހޭނީ؟ ނޫން."
ކިތަންމެ ރަނގަޅު ގާނޫނުއަސާސީ އަކާއި ގަވައިދުތަކެއް ހުރި ނަމަވެސް ގައުމުގެ ހަމަޖެހުން ގުޅިފައި ވަނީ އެ ގައުމެއްގެ ވެރިމީހާއާ ކަމަށް ގާސިމް ވިދާޅުވި އެވެ.
ސަރުކާރު ހިންގާ ކޯލިޝަންގެ ތެރޭގައި އެންމެ ބޮޑަށް ހިޔާލު ތަފާތުވުންތައް އުފެދެން ފެށީ މަޖިލިސް އިންތިޚާބުގައި ވަކިން ވާދަ ކުރަން އެމްޑީޕީން ނިންމުމެވެ. ކޯލިޝަން ޕާޓީތަކުން ބުނަނީ ވެރިކަމަށް ކުރިމަތިލުމަށް ހެދި އެއްބަސްވުމުގައި މަޖިލިސް އިންތިހާބުގައި ވެސް އެކުގައި ވާދަ ކުރަން އެއްބަސްވެފައިވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްދުﷲ ރުޝްދީ
17 January 2019
ކޯލީޝަން އެއްކޮށް އޮވެފައި ފުރަތަމަ ގާސިމާއި ޖައްސާލީ ނަޝީދު، އެއީ ވެދާނެ ޕާލަމެންޓް ހޯދަންކަމަށް، އެކަމަކު ޕާލަމަންޓް ހޯދުމުގެ ނަމުގައި ނުޖެހޭ ގާސިމަށް ހިތުހުރިހާ އެއްޗެއްގޮވަން، ނަޝީދު އަބަދުވެސް ވޯޓްހޯދަންވީމާ ކޮންމެވެސް އެހެން ސިޔާސީ މީހަކު ކަތިލާނީ، ދެން އޭނާއަށް ތާއިދުކުރާ މީހުންދާނެ އަތްޖަހަމުން
ޒުލްފާ މޫސާ
17 January 2019
ރައީސް ޔާމީނުއަށް މެޖޯރިޓީދީގެން މަޖިލިހުގައި މިދިޔަ 5 އަހަރުގައިތިބީ މަހުޖަނުންތޯ؟ އާދައިގެ މެންބަރުން މަހުޖަނުންނަށް ހެދީ ސަރުކާރުން ޕްރޮޖެކްޓްދީގެން ކޮރަޕްޝަން ހިންގައިގެން، ގާސިމާއި، މައުމޫނުގެ ތާއިދު އަދިވެސް ރާއްޖޭގައި އެބައޮތް، އެކަން ގަބޫލުކޮށްގެން ނަޝީދު އުޅުނީމަ ރަނގަޅުވާނެ
ހަސަން ސައީދުމޫސާ
17 January 2019
ނަޝީދު މަޖިލިހުގެ ކެމްޕޭނަށް ނިކުމެ އެންމެ ފުރަތަމަ ގާސިމާއި ދިމާކުރީ މަހުޖަނޭ ކިޔައިގެން، ދެން އެހިސާބުން އެމްޑީޕީގެ މެންބަރުން މަހުޖަނޭ ކިޔައިގެން ކެމްޕޭން ފެއްޓީ، އެކަމަކު ސުވާލަކީ ރައްޔިތުންގެ މަޖިލިހުގެ ގޮތް ނިންމަންތިބީ ހުސް މަހުޖަނުންތޯ؟ ނުވަތަ ބައެއް ލީޑަރުންގެ ޕަޕަޓުންތޯ؟ ޔާމީނުއާއި އެކުގައިތިބީ މަހުޖަނުންތޯ ނުވަތަ އެމީހުން މަހުޖަނުންނަށް ހެދީ މަހުޖަނުންތޯ ނުވަތަ ދައުލަތުންނޫންތޯ؟
ރާއްޖެ ނެތިދިއުން
17 January 2019
ދެން ބަޢާވާތެއް ނުކުރެވޭނެ. އެމްޑީޕީން ފަތިސްދަޅައިގައި ނިދާނެ ކަމަށް ހީނުކުރާތި، ހޭލާ ތިބޭނީ. 24 ގަޑިއިރު ހޭލާ ތިބޭނީ.
އަބްދުﷲ
17 January 2019
ކިހާ ދެރަކަމެއް ޤާސިމް އިބްރާހީމް މެންނާއިހެދި، މިތާ ސަރުކާރެއް ހިންގިއަކަ ނުދޭން ފައި ވިއްދައިގެން ކޮން ސަކަރާތެއް.
.ރައްދު
17 January 2019
.ރައްދު ދިނީމާ ދިން މީހާތޯ ނުބައިވީ ނަޝީދު އުނބު ވެރޭ ރުކެއް ފަދައިން ރެއާ ދުވާލު ލަޓިމާރު އުކަމުން ދާއިރު އަނގައެއް ނެތް މީހަކު އަނގައެއް ހޯދައިގެން ވެސް އެއްޗެކޭ ބުނާ ވަރު ކުރީމާ ބުނި މީހާތޯ ނުބައިވީ؟؟!
ާއިސްމަލުބެ
17 January 2019
ތިޔަތާކު ސަހަލު ހަމައެކަކުވެސް ނެތް ހައްތާވެސް އަމިއްލައެދުމުން ފޯވެފާތިބި މީހުންތިޔައީ ގައުމަށް ހެެއުއެދޭ ހަމައެކަކުވެސް ނެތް އަމިއްލަ ފޮށިބޮޑުކުރަން އުޅޭ ބައެއް ތިއީ. .
ކުޑަކަތީބް
16 January 2019
ތި އިން ދައްކުވައި ދެނީ މަނިކުފާނުގެ ނާގާބިލްކަން! އަދި ތި ބޮޑާކަމާ ކިބުރުވެރިކަން ދައްކާނީ މަނިކުފާނު ގެންގުޅުއްވާ މުއައްޒަފުންނަށް! ރ.ނަޝީދު ވަކި ބައްޔެއްނުވާނެ މަނިކުފާނަށްވެސް އަދި ޔާމީނަށް ވެސް އަޅާ ލާކަށް، އެކަމަކު އެއްވެސް އެއްޗެއް ވިދާޅެއް ނުވައެއް ނޫންތޯ - އެހެންވީމަ ރައްޔިތުންގެ ލޯތްބާއި ޢިޚްތިރާމް ލިބެނީ
ދޮގެއްތަ؟
16 January 2019
ގާސިމާ ދެކޮޅަށް މުޒާހިިރާ ކުރަން ހޮޓެލް ޖެން ތެރެއަށް ބައިިގަނޑެއް ވައްދައިިގެން އެތިިވަރު ގޮވިީމަވެސް ގާސިިމް އަޅައެއް ނުލާ. އޭގެ ފަހުންވެސް އެމީހާ އެދަނީ ދާހާ ތަނެއްގަ ގާސިމަށް ހުތުރު އެއްޗިިހިި ކިިޔަމުން. ގާސިިމް އެއްޗެއް ބުނީމަ ޖަޒީރާ ރީނދުސްތާނީންނަށް ހާދަ ވަރެކޭ މިިވަނީ. މިިމީހުންގެ ހަމައަކީ އޭނަ ގޮވާނެހާ ކޮހެއް ގޮވަމުން ދުވެ ނަގަންވީ އެހެން މީހުން ވީ އަނގައިިންވެސް ނުބުނަން. ނުވާނެނު ތިިހެނެއް.
ޕްރެޒިޑެންޓް ބަނާނާ މިިލްކް
16 January 2019
ގާސިމްވެސް ވާހަކަ ނުދައްކާ މަޑުން ހުރޭ. ބޯން އުޅުނު ބޮނޑިި އަދިި ރަނގަޅަށް ބޮވޭނީ މަޖިލިސް އިިންތިިޚާބަށްފަހު. 12 ފަހަރަށް ކަށިި ޖެހިިއްޔާ އެނގޭނެތަ؟