20 ޖެނުއަރީ 2019 - 11:36
އެކްސިޑެންޓްވެ، ފުނޑުފުނޑުވެފައިވާ ސައިކަލުން ވެއްޓިފައި އޮތް ޒުވާނާ އޮތީ މަރަށް "ތެޅިތެޅި" އެވެ. އެތައް ޒަހަމުތަކަކާ އެކު އޮތް އެ ޒުވާނާ ފުންނޭވާލަމުން ދަނީ އެވެ. އޭނާ ވަށައިގެން ގިނަ ބަޔަކު ތިބިއިރު އެ މީހުން ބިޒީވެފައި ތިބީ ފޮޓޯ ނެގުމާއި ވީޑިއޯ ކުރުމުގަ އެވެ.
މާލޭގެ މަސް މާރުކޭޓު ސަރަހައްދުން ބޮޑުތަކުރުފާނު މަގުގައި ޕާކް ކޮށްފައި އޮތް ޕިކަޕެއްގައި ސައިކަލެއް ޖެހި އިއްޔެ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަހުމަދު އަބްދުލް ބާސިތު، 17، މަރުވެފައިވާއިރު ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކުރިކަމަކީ އޭނާ ވެއްޓިފައި އޮއްވައި ފޮޓޯ ނަގައި ވީޑިއޯ ކުރުމަށް ގިނަ ބަޔަކު އުޅުނު ނަމަވެސް ފަރުވާ ދިނުމަށް އެ މީހުން ނޫޅުމެވެ.
ބާސިތު ވެއްޓިފައި އޮއްވައި ފެންނަ ވީޑިއޯ އިން އަޑުއިވޭ ގޮތުގައި އެއްވެ ތިބި މީހުން ތިބީ ހަދާނެ ގޮތަކާ މެދު ބަހުސެއްގެ ތެރޭގަ އެވެ. އޭގެ ތެރެއިން އެކަކު، "އަދި މަރެއް ނުވޭ، ޕޮލިހަށް ގުޅާ" މިހެން ބުނާއިރު ދެން ތިބި މީހުން ބުނަނީ "އެމްބިއުލާންސް އަށް ގުޅަންވީ" މިހެންނެވެ.
އެކަމަށް ފާޑުކިޔާ ކަންބޮޑުވުން ފާޅުކޮށްފައިވާ ޕޯސްޓްތައް ސޯޝަލް މީޑިއާގައި ވަރަށް ގިނައިން އެބަ ދައުރުވެ އެވެ.
BREAKING: Accidentvi 17 aharuge kujjaa maruvejje
The most trusted news source in the Maldives
Mihaaru
އިއްޔެ ހިނގި އެކްސިޑެންޓްގައި ކުޑަ ކުއްޖާ މަރުވުން--
"ފޮޓޯ ނަގައި ވީޑިއޯ ކުރަން ނުވަތަ ފުލުހުން ސީނަށް ދަންދެން "ޑިސްކަސް" ކުރަން ތިބުމުގެ ބަދަލުގައި އަވަހަށް އެޓެންޑް ކުރެވުނު ނަމަ އެ ކުއްޖާގެ ފުރާނަ ސަލާމަތް ކުރެވުނީސް ކަން ނޭނގޭ. ވަރަށް ދެރަ. [މީހުން] ހޭލުންތެރިވާން ޖެހޭ،" ކުރީގެ ނޫސްވެރިޔާ ހީނާ ވަލީދު ފޭސްބުކްގައި ލިޔެފައި ވެ އެވެ.
މިއީ މިފަހުން ހިނގާ އެފަދަ ހާދިސާތަކާ ގުޅިގެން ވަރަށް ގިނައިން ފެންނަ މަންޒަރެވެ. ތަފާތު ސަބަބުތަކާ ހުރެ އަވަސް ފަރުވާ ދިނުމަށް އެތައް ހުރަސްތަކެއް އެބައޮތެވެ. ސުވާލަކީ އޭގައި ރަނގަޅު ގޮތަކީ ކޮބާތޯ އެވެ؟
އަވަސް ފަރުވާ ދެއްވާ ޑޮކްޓަރުން ވިދާޅުވާ ގޮތުގައި އެކްސިޑެންޓެއްގައި ގިނަ އަނިޔާތަކެއް ލިބިފައިވާ މީހުން އުފުލަން ޖެހޭ ހާއްސަ ގޮތްތަކެއް ހުންނައިރު އާއްމުން އެކަން ކުރުމަކީ ރައްކާތެރި ގޮތެއް ނޫނެވެ. އެހެންވެ، އޭގައި އެންމެ ރަނގަޅު ގޮތަކީ އަވަހަށް އެމްބިއުލާންސަށް ގުޅުން ކަމަށް ޑޮކްޓަރުން ވިދާޅުވެ އެވެ.
"އެފަދަ އެކްސިޑެންޓެއްގައި އަނިޔާވެފައިވާ މީހެއް ގުޑުވުން ރަނގަޅެއް ނޫން. މައިބަދަ ގުޑުވޭ ގޮތަކުން މުޅި އުމުރަށް ޕެރަލައިޒް ވުން ފަދަ ކަމެއް ދިމާވުމުގެ ފުރުސަތު ބޮޑު. އެހެންވީމާ ކޮންމެ ކޮންމެ މީހަކު އަނިޔާވި މީހާ އުފުލުން ރަނގަޅެއް ނޫން،" ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކި ޑޮކްޓަރަކު ވިދާޅުވި އެވެ.
ހާދިސާ ހިނގާތާ އެތައް އިރެއްފަހުން އެމްބިއުލާންސަށް އެ ހިސާބަށް ދެވުމަކީ ވެސް އެތައް ބައެއްގެ ފުރާނަ ގެއްލެން ދިމާވާ ސަބަބެކެވެ. މާލޭގައި އައިޖީއެމްއެޗާއި އޭޑީކޭއިން އެމްބިއުލާންސްގެ ހިދުމަތްދޭއިރު އެ ދެ ހޮސްޕިޓަލް ހުންނަނީ މާލޭގެ ދެކޮޅުގަ އެވެ. ޓްރެފިކް ބާރުބޮޑުވުމުގެ ސަބަބުން އަވަހަށް ހިދުމަތް ދިނުމަށް އެމްބިއުލާންސްތަކަށް ވެސް ގިނަ ގޮންޖެހުންތަކަކާ ވަނީ ކުރިމަތިލާން ޖެހިފަ އެވެ.
އެކިއެކި ހާދިސާތަކުގައި އަނިޔާ ލިބޭ ގިނަ މީހުން ޓެކްސީ ކާރާއި ޕިކަޕުތަކުގައި އުފުލާއިރު އެކަމުގައި ވެސް ގިނަ ގޮންޖެހުންތަކެއް ހުރެ އެވެ. އަނިޔާ ލިބިފައިވާ މީހާގެ ގައިގައި ލޭ ހުރެއްޖެ ނަމަ ޓެކްސީތަކަށް އަރުވައިނުދިނުމަކީ ވެސް އާންމު މައްސަލައެކެވެ. އޭގެ ސަބަބުން އަވަސް ފަރުވާ ދިނުމަށް ހުރަސް އެޅެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
16 February 2021
މިފަދަ މައްސަލަ ދިމާވަނީ ޤާނޫނުއަސާސީގެ 72 ހ އަދި ށ ކަޑައެޅުގެން ނުބައިކޮށް މާނަކޮށްގެން އުޅޭތީ. # ޤއ އިސްލާޙްކުރީ މަލްޑިޕާޓީ ޑިމޮކްރަސީއަށާއި ލާމަރުކަޒީ ނިޒާމަށް އިސްކަންދީގެން ދާއިރާތަކުގެ މަޖިލީހުގެ ގޮނޑިތައް "ދާއިރާގެ ރަށްވެހިންނަށް" ކަޑައަޅާ ޔަޤީންކޮށްދެމުން. އެހެންވެ ޤއ ގައި ލިޔެފައިވަނީ "ކޮންމެ އިދާރީ ދާއިރާއަކުން" މެންބަރަކު ހޮވާންވާނެކަމަށް. އެހެންނޫންނަމަ ޤއ ގައި ލިޔެފައި އޮންނާނީ ކޮންމެއިދާރީ "ދާއިރާއަކަށް" މެންބަރަކުހޮވާން ވާނެކަމަށް.
MOHAMED SAEED
22 May 2020
17 އަހަރު ކުއްޖާ ސައިކަލް ދުއްވުމަކީ ފުރަތަމަ ގޯހެވެ. ހުއްޓާފަ އޮތް ޕިކަޕެއްގައި ޖެހުމާއި ސައިކަލަށް ލިބިފައިވާ ގެއްލުން ފެނުމުން ސައިކަލް ދުއްވުނު ބާރުމިން އިހްސާސް ކުރެވެއެވެ.
އަޙުމަދު
22 January 2019
ފޮޓޯނަގާތީ އެއްބަޔަކަށް ގޯސްވީ، ރޯމާދުވާލު އެހާހާރުބާރު ބޮޑު ހިސާބެއްގައި ދުއްވާފައި ދިޔަ މީހާ އިނީ ހަމަހޭގަ ތޯއެވެ ؟ ނޫން ނަމަ އެސަރަހައްދާ އެކަށީގެންވާ ސްޕީޑެއްގަތޯ ދުއްވާފަ ދިޔައީ ؟ މިވެސް ވަރަށް ފޫންކޮށް ވިސްނާލަން ޖެހޭކަމެއް،
ލަކުޑި ހަމީދު
22 January 2019
ފާޑެއްނޫން ކިޔަންވީކީ. ޖެހޭނެ އަދަބުވެސް ދޭން.
ޏސހދޔރުހ
22 January 2019
ފޮޓޯ ނެގުމަކީ މުހިންމު ކަމެއް. ޔަގީނުންވެސް އެންމެންނެއް ނުތިބޭނެ އެ ދަނޑިވަޅުގަ އެކުއްޖާއަށް ވާނެއެއްޗެއްވާން ދޫކޮށްފަ ފޮޓޮނަގާކަށް.
އަމާ
21 January 2019
ހަދަންވީގޮތަކީ އޭޑީކޭ އައިޖީއެމްއެޗްގެ އެންބިއުލާސް ހުއްޓާލާފަ ރެޑް ކްރެސެންޓްއަށް ބަދަލުކުރަންވީ ފްރީ ޓޯލް ލައިންއެއްގަ. މާލެ ހުޅުމާލޭގެ ތަފާތު ދިމަދިމާލުގަ ސްޓޭޝަން ކުރާގޮތަށް. ކޯލް ސެންޓަރަށް ގުޅާލީމަ ހާދިސާ ދިމާވި ސަރަހައްދަކާ އެންމެ ކައިރީގަ އިންނަ ސްޓޭޝަނުން އެޓެންޑްވާ ގޮތަށް. އެންމެކައިރީގަ އިންނަ ހޮސްޕިޓަލްއަށް ގެންދާނީ. ރެޑްކްރެސެންޓުގަ ތިބޭނެ ފަސްޓް އެއިޑް އޮފިސަރުން. މިހާރައްވުރެން އެމީހުންގެ މެންޑޭޓް ބޮޑުކުރަން ފެނޭ.. ހިޔާލެއްމީވެސް
ބިރު
21 January 2019
ނުކެރޭނެދޯ ކައިރިވާކަށް، އޭރުން އެ ކައިރިވިމީހަކު ކަންނޭނގެ ކުށްވެރިވާނީ... 17 އަހަރުގެ ކުއްޖެއް ހަމަގައިމުވެސް ނޯންނާނެ ލައިސަންސް... ކުއްޖާ ނިޔާވުމުން ހިތާމަކުރަން، އެހެނަސް އަޅުގަނޑުމެން އެބަ ވިސްނާލަންޖެހޭ ލައިސަންސް ނެތީސް ސައިކަލެއްލިބުމުގަ އެހީވިބައެއްގެ އިހުމާލު ނެތްބާއޭ މިކަމުގަ؟ އަދި ޕާކްކޮށްފަ ހުންނަ ވެހިކަލްތަކުގަ އެއްވެސް ކޮންޓްރޯލެއްނެތި ދުއްވާފައައިސް ޖެހުނު އިރު މީހެއްގެ ގައިގަ ޖެހުނުނަމަ ކިހާވަރެއްވީސްހޭ؟
ލައިސަންސް
21 January 2019
އެކުއްޖާއަކީ 17 އަހަރުގެ ކުއްޖެއްކަން އެހާދިސާ ހިނގި ސަރަޙައްދުގައި ތިބި މީހުންނަށް އެނގެނީ ކިހިނެއް؟ މަރުވި ކުއްޖާއަށް ފާފަ ފުއްސަވާ ރަހްމަތްލައްވާން ދޭއްވެ. އާމީން.
ރޭޑް
20 January 2019
ނުކެެރޭނެތާ ގާތްވާކަށް. ފުލުހުން ބުނާނެ ސީން ރޫޅާލީއޭ. މީހުންނަށް ހީވަނީ ކުށްވެރިވެދާނޭ
ހާމަ333
20 January 2019
ހީނާ ބުންޏަސް އާންމުން ހޭލުންތެރި ކުރުވޭނީ ދައުލަތަށް...ކޮންމެ މީހަކީ ނޫސްވެރިއެއްވެސްނޫން ހަމަ އެގޮތަށް ކޮންމެ މީހަކީ ފަސްޓްއެއިޑް ދަންނަ މީހެއްވެސްނޫން...މި މުޖުތަމައު ހޭލުންތެރިކުރުވޭނީ ދައުލަތުގެ ލާރިގަނޑާ ހެދި މިއުޅޭ ސިޔާސަ މީހުން ހަމަޔަކަށް އެޅުނު ދުވަހަކު...
ބަރުބަރީ
20 January 2019
ޑޮކްޓަރުން އެބުނަނީ އަނިޔާވެފައިވާ މީހުން ކޮންމެ ކޮންމެ މީހަކު އުފުލުމަކީ އެމީހާގެ ފުރާނަޔަށް އިތުރަށް ނުރައްކާ ވެދާނެ ކަމެކޭ. ދެން އެހެންތިބޭ އިރު ފޮޓޯ ނަގައި ވީޑިއޯވެސް ކުރާނެ މިޒަމާނުގަ. ވަގުތުން އެމްބިއުލާންސާއި ޕޮލިހަށް ގުޅަންޖެހޭނެ. ފުވައްމުލަކުގަ އަހަރުތަކެއް ކުރިން ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވީ އޭނާ ނަގައިގެން ދިޔަ ގޮތުން ފުއްޕާމެޔަށް ލޭ އެޅިގެން.