ޚަބަރު / ޑރ. މުހައްމަދު ޖަމީލް އަހުމަދު

ރަސޫލާއަށް ފުރައްސާރަ ކުރާއިރު އެކަށީގެންވާ ފިޔަވަޅެއް ނާޅާ: ޖަމީލް

ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަނީ--- ފޮޓޯ: މިހާރު

ކީރިތި ރަސޫލާ އަށް ނިސްބަތްކޮށް ލާދީނީ ވާހަކަތައް ދައްކާ ފަރާތްތަކާ މެދު އެކަށީގެންވާ ފިޔަވަޅު ފުލުހުން ނާޅާތީ ހިތާމަ ކުރައްވާ ކަމަށް ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރައްވާފައިވާ އަދި އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއިލް (އިބްރާ)، ކީރިތި ރަސޫލާއާ ގުޅުވައިގެން ދެއްކި ވާހަކަތަކެއްގެ ސަބަބުން ދީނީ އިލްމުވެރިންގެ ފާޑުކިޔުން އޭނާއަށް ވަނީ އަމާޒުވެފަ އެވެ. އަދި ސޯޝަލް މީޑިއާގައި ބައެއް ދިވެހިން އިސްލާމް ދީނާ ހިލާފު ވާހަކަތައް ދައްކާ މައްސަލަ ވަނީ ފެންމަތި ވެފަ އެވެ.

ޖަމީލް ކުރެއްވި ޓްވީޓް---

ޖަމީލް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ލާދީނީ ވާހަކަ ދައްކާ ފަރާތްތަކާމެދު ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނުގެ ދަށުން ފުލުހުން ފިޔަވަޅު ނާޅާނަމަ އެފަދަ ވާހަކަތައް ދައްކަނީ ނުފޫޒުގަދަ ބައެއްކަމަށް ބެލެވޭ ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނީ އިސްލާމްދީނާ ގުޅޭ ގޮތުން ސައްހަ ނޫން މައުލޫމާތު ފަތުރާކަމުގެ ޝަކުވާ އާއި ދީނަށް ފުރައްސާރަކުރާ ކަމުގެ ޝަކުވާ ލިބެމުން އަންނަ ކަމަށެވެ. އެފަދަ ވާހަކަތައް ފެތުރުމުން، ދިވެހިންގެ މެދުގައި ޒަމާނުއްސުރެ އޮތް އިސްލާމީ އެއްބައިވަންތަކަމަށް ބުރޫ އަރައި އިސްލާމީ ވަހުދަތު ގެއްލިގެންދާނެ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ. އެފަދަ މީހުން ހޯދައި އެކަން ހުއްޓުވަން މަސައްކަތްކުރާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

Fuluhun Aaniya aa ves suvaalu koffi

Fuluhun Aaniya aa ves suvaalu koffi

The most trusted news source in the Maldives

Mihaaru

ފުލުހުން އާނިޔާއާ ސުވާލު ކުރުން---

މިމަހު ކުރީކޮޅު ފުލުހުން ކުރި ޓްވީޓެއްގައި ބުނީ ނަފުރަތު އުފެދޭ ގޮތަށް، އަދި އިންޒާރު ދީ ސޯޝަލް މީޑިއާގައި ވާހަކަތައް ފަތުރާ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށާއި އެފަދަ ވާހަކަތައް ފެތުުރުމުން ދުރުވެ ތިބުމަށް ދެ ފަރާތަށް ވެސް ގޮވާލާ ކަމަށެވެ. ފުލުހުންގެ ޓްވީޓްގައި ދެފަރާތް ކަަމަށް ބުނެފައި ވަނީ ދީނީ ގޮތުން ހަރުކަށި ވާހަކަތައް ދައްކާ ފަރާތްތަކާއި ދީނާ ދުރު ވާހަކަތައް ދައްކާ މީހުންނަށެވެ.

އެ މައްސަލާގައި މިހާތަނަށް މިނިވަން ރޭޑިއޯގެ ނޫސްވެރިޔާ އާއިޝަތު އާނިޔާ އާއި "ސިރޫ އާޓްސް"ގެ ނަމުގައި ފޭސްބުކް ޕޭޖެއް ހިންގާ މުހައްމަދު ސިރުހާން ވަނީ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލުކޮށްފަ އެވެ. އަދި ޝެއިހު އަލީ ޒައިދު ވެސް ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލު ކޮށްފަ އެވެ.

45 ކޮމެންޓް, 65 ރިއެކްޝަންސް

icon happy icon happy 9%
icon sad icon sad 75%
icon angry icon angry 15%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އިލްހާމް

21 January 2019

ފޭކު އަދާލަތް ޕާޓީ ދީނީ އިލްމުވެރިން ތަކެކޯލަޔޯ

The name is already taken The name is available. Register?

އޮޑިބެ

21 January 2019

ޖަމީލުވެސް ބޭނުންވަނީ ގައުމުގެ ވެރިކަން. އެކަމް ތިމާއަކަށް ގަބޫލެއް ނުކުރެވޭ އެއީ، ﷲ ދެއްވާ ކަމެއްކަމަކަށް. ޔާމީނުގެ ކައިރީގައި މިކަލޭގެހުރިއިރު ކުރީގެ ސަރުކާރުން ހިންގާފައިވާ ހުރިހާ ޖަރީމާ ތަކެއްގައި މި ކަލޭގެވެސް ބައިވެރިވެފައިވޭ. މިއީވެސް ކަމުދާ މީހެއްނޫން. މިއީ، އަހަރެން ވަރަށް ރަނގަޅަށް ދަންނަ މީހެއް. ބޮޑާކަމާއި ކިބުރުވެރިން އިންތިހާޔަށް.

The name is already taken The name is available. Register?

އެމްސް

21 January 2019

އެ ފިޔަވަޅަކީ އަނެެކާ އަނެއް ބަޣާވާތް ބާ؟

The name is already taken The name is available. Register?

ޔާގޫތު

21 January 2019

ތިބޭފުޅުންނަށް ރަނގަޅަށް އެނގި ތިބެ ލާދީނީ ބައިގަނޑަކަށް ރާއްޖޭގެ ވެރިކަން ޙަވާލު ކޮށްފަ ރައްޔިތުންގެ ބޮލުގަ ކޮންޓުކުރިއެއް އަޅުވަން ތިވާހަކަ ތިދައްކަނީ ޖަމީލުމެން ދަދު ކުޑަކަމުން ތިކަހަލަ ވާހަކަ ތިދައްކަނީ ތިތިބީ ކަލޭމެންނަށް މިނިވަން ވެވިފަ. ﷲ ކަލޭމެންގެ ނުބައި ރޭވުން ދެނެ ބޮޑިގެންވޭ. މިކަން ނިމިގެން ދާއިރު ދިވެހި ތާރީޚު ގަ ޤައްދާރުންގެ ލަޤަބުން ކަލޭމެން ނަން ލިޔެވި ދާނެކަމީ ޝައްކެއްނެތް

The name is already taken The name is available. Register?

1111

20 January 2019

ތީ ހުސް ރަސޫލާ ޞ އަށް ފުރައްސާރަ ކުރާމީހުން. ދުލުކުރިން ތިހެން ބުނެވުނީމަ ކަލޭމެނަށް ނިމުނީ. ރަސޫލޭ ސުންނަތޭ ކިޔައިގެން އަނގަ ހުޅުވަން ލަދެއް ނުގަނޭތަ. ފާޑެއްގެ ޑިމޮކްރަސީ އެއްގަ އޮބާގަނެގެން މުޅި ޤައުމު ފަސާދަ ވެގެންދާއިރު ރަސޫލާ އަދި ސުންނަތް ކޮބާ؟ކަލޭމެން ބޭނުންވާ ކަންކަމުގަ އޮންނަ އެއްޗެއްތަ އެއީ.؟

The name is already taken The name is available. Register?

ފާތިހު

21 January 2019

ދެން އެހެންވިއްޔާ ދީނާ ސުންނަތަށް ވަނީ ޑިކްޓޭޓަރޝިޕް ތަ؟ މިގޮތަށް ދީން ދަންނަ މީހުން ތިބެގެން ކިހިނެއްތަ ކަންކަން ރަނފަޅުވާނީ؟

The name is already taken The name is available. Register?

އަލީކޮއެ

20 January 2019

މަޖްލިސް އިންތިހާބަށް އެމްޑީޕީއާ ދެކޮޅަށް އެއްޗެއް ވިއްކަން ރެޑީ ކުރަނީ ހެން ބޮޑައް ހީވަނީ.

The name is already taken The name is available. Register?

އިދުރީސްބެ

20 January 2019

އިބުރާ ދައްކާފައި ނެތް ގޯސް ވާހަކައެއް. އެކީގައި ކިޔާލީމާ ސާފުވާނެ. އޭގެ އެއްބައި މެދުން ނަގައިގެން ކީމާ ނޭގޭނެ.

The name is already taken The name is available. Register?

މޫރިތި

21 January 2019

އޮޅުވާލަން ނޫޅޭ! ކީރިތި ރަސޫލާ ސއވ. ދީނީގޮތުން އަމިއްލަފުޅަށް އެއްޗެއް ވިދާޅެއްނުވާނ!

The name is already taken The name is available. Register?

އަހައްމަދުބެ

20 January 2019

ފުރައްސާރަކުރިއިރު ރަސޫލާވެސް އަދި ޞަޙާބީންވެސް އެމީހުންނަކަށް އަދަބެއް ނުދެއްވާ. ރިވެތިގޮތުގަ ނަސޭހަތްދެއްވާ ހެޔޮމަގު ދައްކަވާތޯ ދުޢާކުރެއްވެވީ. މިކަހަލަ ވާހަކަދައްކާ މީހުންނަށް އަދަބުދިނަކަސް އެކަމެއް ނުހުއްޓޭނެ. އަދި އެކަމަށް އަދަބުދޭކަށް ދީނުގަ އަންގަވާފައެއްވެސް ނެތް. އަދަބުދޭން އޮންނަނީ މުރުތައްދުވުމުގެ ޝަރުޠުތައް ފުރިހަމަވުމުން. އިސްލާމްދީނަކީ މަދުބަޔަކު ނިކުމެ ހިމާޔަތްކުރަންޖެހޭހާ ބަލިކަށި ދީނެއްނޫން! ބަލިކަށީ މީހުންގެ އަގީދާ!

The name is already taken The name is available. Register?

ދޮށީކޮއި ޢަލީގެ މުޙައްމދު

20 January 2019

ދިވެހި ރާއްޖޭގެ ލޮބުވެތި ރައްޔަތުންނޭވެ މިޤައުމުގައި ހުރިހާ ދީންތަކެއްފެތުރުމުގެ މަސައްކަތް ދިވެހިންގެ ބަޔަކު އިސްކޮށް ތިބެގެން ކުރާތާ ކިތަންމެ ދުވަހެއް މިޤައުމަށް ސްޕޭން ނުކިޔެއް ކަމަކު އެހެން ކޮންމެވެސް ނަމެއްގައި ދިރިތިބި ބަޔަކަށް ފެންނާނެ މިހާރުވެސް މިސްކިތްތައް ފަޅުފިލުވަނީ ދިވެހިންގެ މަދު މުސްކުޅިން ކޮޅަކާއި ބަންގާޅު މީހުން މީ ލައްކަ ވާހަކަ

The name is already taken The name is available. Register?

އމމނ

21 January 2019

މިވާހަކައަކަށް އެއްބަހެއް ނޫން. ދީންވެރިވިޔަސް ތުހާ ނެގެޓިވް ނުވެ ވެދާނެ.

The name is already taken The name is available. Register?

ކަރީމް

20 January 2019

ހުލާސާ އަކީ މިއީ: އިބުރާ އެހީ ރަޖަމް ކުރުން ކީރިތި ގުރުއާނުގައި އެބަ އޮތްހޭ. ޝޭހަކު ބުނެފައި އޮތީ ރަޖަމުގެ ހުކުމް ކީރިތި ގުރުއާނުގައި ކުރިން އޮތޭ، ފަހުން އެ އާޔަތް ވަނީ މަންސޫހް ކުރައްވާފައޭ، އަކަމަކު ހުކުމް ބާތިލެއް ނުވެއޭ. އިބުރާ ބުނީ ކަލޭ ތިޔަ ބުނަނީ ގުރުއާނުގެ އާޔަތެއް ތަނެއްގައި ފޮރުވާފައި ނުދައްކާ އެބަ އޮތޭހޭ؟ އެއީ ކިހިނެއްވާނެ ކަމެއްހޭ. އަދި ތިޔަ އާޔަތް ނިކަން ކިޔައިދީ ބަލާށޭ.

The name is already taken The name is available. Register?

މަންސޫރު

20 January 2019

މިއީ އަސްލު މިކަން ވީ ގޮތް. މިތަނުން ރަސޫލާއަށް އަދި އިސްލާމް ދީނަށް ފުރައްސާރަ ކުރިއްޔާ ކުރި މީހާ ނިކަން ސާފު.

The name is already taken The name is available. Register?

ކާސިމު

20 January 2019

މަންސޫރު... އޭނަގެ ޓްވީޓުތައް ބަލާބަލަ..އޭރުން ފެންނާނެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454