މަންދު ކޮލެޖުގެ ބިއްލޫރިގަނޑު އިއްޔެރޭ ވަނީ ތަޅާލައިފަ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
23 ޖެނުއަރީ 2019 - 12:20
މަންދު ކޮލެޖަށް ހަމަލާ ދިނީ ރާއްޖޭގައި އިިލްމު ފަތުރަން ކުރާ މަސައްކަތަށް ހުރަސްއަޅަން އުޅޭ ބަޔަކު ކަމަށާއި އެކަން ކުށްވެރިކުރާ ކަމަށް އެ ކޮލެޖުން ރޭ ބުނެފި އެވެ.
ކޮލެޖުގެ މައި ދޮރުގެ ބިއްލޫރިގަނޑު ތަޅާލައި ގެއްލުން ދިނުމާ ގުޅިގެން ނެރުނު ބަޔާނުގައި ބުނީ ތައުލީމު ފޯރުކޮށްދިނުމުގެ 20 އަހަރުގެ ތެރޭގައި ގިނަ ގޮންޖެހުންތަކާ ދިމާވެފައިވާ ކަމަށެވެ. ކޮންމެ ފަހަރަކު ވެސް އެކަންކަމުން އަރައިގަތުމުގެ ހެޔޮ ތައުފީގު މިންވަރުކުރައްވާ ކަމަށާއި ކޮލެޖުގެ މުވައްޒަފުން ތިބީ ދަރިވަރުންނާއި ގައުމަށް ހިދުމަތް ކުރުމުގެ އަޒުމުގައި ކަމަށް އެ ބަޔާނުގައި ބުންޏެވެ.
މަންދު ކޮލެޖު ކައިރިއަށް އެއްވެ އެތަނަށް ހަމަލާދީފައިވަނީ، އެ ކޮލެޖުގެ ޗެއާމަން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އިބްރާހިމް އިސްމާއިލް (އިބްރާ) އިސްލާމްދީނާ ދެކޮޅަށް ވާހަކަ ދައްކާ ކަމަށް ބުނެ އެ މައްސަލަ ހޫނުވެފައި ވަނިކޮށެވެ. މިދިޔަ ހޯމަ ދުވަހުގެ ރޭ އެ ތަނަށް ބަޔަކު އެއްވެ އިބުރާއާ ދެކޮޅަށް އަޑު އުުފުލި އެވެ. ކޮލެޖަށް ހަމަލާ ދިނީ އެ ރޭ ދަންވަރު އެވެ.
މިދިޔަ ހޯމަ ދުވަހު ކޮލެޖު ހުޅުވަން ދިޔަ މުވައްޒަފުންނަށް ތިން މީހަކު ހުރަސްއެޅި ކަމަށާއި އެހެންވެ އެތަން ހުޅުވަންޖެހުނީ ފުލުހުންގެ އެހީގައި ކަމަށް ވެސް ބަޔާނުގައިވެ އެވެ. އަދި ކޮލެޖު ހިންގާ އިމާރާތް ކައިރިއަށް ބަޔަކު އެއްވެ ދަރިވަރުންނާއި ކޮލެޖުގެ މުވައްޒަފުންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދާފައިވާ ކަމަށް ވެސް ބުންޏެވެ.
ބަޔާނުގައި ބުނީ އެއްވެސް ބަޔަކު، އެބައެއްގެ އަމިއްލަ ކަމެއްގައި އެ ކޮލެޖަށް އަމާޒުކޮށް އެބާވަތުގެ ކަންކަން ހިންގާތީ ހިތާމަކުރާ ކަމެކެވެ. އަދި އެފަދަ އަމަލުތަކަކީ ރާއްޖޭގެ އިލްމު ފަތުރަން ކުރާ މަސައްކަތަށް ހުރަސްއެޅުމަށް ހިންގާ ފިނޑިއަމަލެއް ކަމަށް ބުންޏެވެ. މިއީ ދަރިވަރުންގެ އުނގެނުމަށް ހުރަސްއަޅައި ކޮލެޖުގެ ނަން ކިލަނބުކުރުމަށް ބަޔަކު ރާވައިގެން ހިންގާ ކަންތައްތަކެއް ކަމަށް ބުނެ އެކަން ހުއްޓާލުމަށާއި އިލްމަށް ލޯބިކުރުން އިތުރުކުރުމަށް މަސައްކަތް ކުރަން ވަނީ އިލްތިމާސްކޮށްފަ އެވެ.
"މި ދަނޑިވަޅުގައި، ކޮލެޖުގެ އެންމެހައި ދަރިވަރުންނާއި އަލަށް ކޮލެޖަށް ގުޅުމަށް އެޕްލިކޭޝަން ފޯމް ހުށަހަޅާފައިވާ އެންމެހައި ދަރިވަރުންނަށް އެ ކުދިންގެ އުނގެނުމަށް ހުއްޓުމެއްނައިސް، ރައްކާތެރި މާހައުލެއްގައި އުނގެނެމުން ދިއުމުގެ ފުރުސަތު މާތްﷲގެ ވާގިފުޅާއެކު ކޮލެޖުން ތަނަވަސްކޮށްދީ، މި ކޮލެޖުގެ މަސައްކަތް ފަސްޖެހުމެއްނެތި ކުރިއަށް ގެންދާނެކަމުގެ ޔަގީންކަން ދެމެވެ،" ބަޔާނުގައި ބުންޏެވެ.
މަންދު ކޮލެޖުން ބުނި ގޮތުގައި، ރާއްޖޭގެ އިޖުތިމާއީ އަދި ސިޔާސީ މާހައުލަށް ބޮޑެތި ބަދަލުތަކެއް އައި ނަމަވެސް އެ ކޮލެޖަކީ އެއްވެސް އިރެއްގައި ސިޔާސީގޮތުން ވަކި ފަޅިއެއް އިހުތިޔާރުކުރާ ކޮލެޖެއް ނޫނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރީތި މޫސަ
24 January 2019
އުސޫލެއްނެތި ހިތުހުރިގޮތަކަށް ހިތުހުރިއެއްޗެއްކިޔާ މީހުން ރުޅިއެރުވީމަ ހިގާކަންކަން
ރާއްޖެ
23 January 2019
ގޫގްލް އިން ކޮޕީ ޕޭސްޓް ކުރަން އެނގުމަކިީ އިލްމެއް ނޫން. ޢެއީ ތިކަަހަލަ ގިނަ ކޮލެޖް ތަކުން ކިޔަވައިދޭ ގޮތް.
އުފާވެރި
23 January 2019
100% މުސްލިމުން އުޅޭ ގައުމެއް މި ނޫނިއްޔާ ދުނިޔެއަކު ނެތްކަންނޭގެ.
ބޭބެ
23 January 2019
އިބުރަ މިހާރު ހައްޔަރު ކުރޭ...
އަލްޖިބްރާ
23 January 2019
ކަލޭމެން ތިތިބީ މޮޔަވެފަ ! މީގެ ކުރިންވެސް މިމާލޭގައި ކޮލެޖްވެސް ހުރޭ ! އަދި މިހާރު ޔުނިވަރސިޓީވެސް އެބަހުރި ! މީހުން އެތަންތަނަށް އުދަގޫ ކުރާކަށް ނުދޭ ! ކަލޭމެން ހީކުރީ ތިޔަޒާތުގެ އިލްމު ފެތުރީމަ މިރާއްޖޭގެ މީހުން ބަލައިގަންނާނެ ކަމަށްތަ ؟ އަދި މިރާއްޖޭގައި އޮތީ އިސްލާމްދީން ! މިދީން މިތާ އޮތްހާ ޒަމާނަކު ތިޔަ ޒާތުގެ އިލްމެއް ނުފެތުރޭނެ !ތިކަހަލަ ނުބައި ނުލަފާ ބަޔަކަށް މިއިސްލާމްދީން މިތަނުން ފޮހެއެއްވެސް ނުލެވޭނެ !
ކަރީމުއްދީން ބާޝާ
23 January 2019
އިލްމަކަށް ހަމަލާއެއް ނުދޭ. ޖާހިލުކަމާ މަގުފުރެދުމަށް ހަމަލާދިނީ.
ފޮނިޓައްޕު ހަސަނު
23 January 2019
އިބުރާ ތިކަހަލަ އިލްމް ނުފެތުރިއްޔާ ރަނގަޅީ.
ހުއްޓާލާ
23 January 2019
ބައެއް "ޢިލްމުވެރިން" ރަސޫލާއާ ދީނަށް އެކުރާ ފުރައްސާރަ ހުއްޓާލުމަށް ގޮވާލަން. ދެއާ އާރ ނޯ މިސިންގ އޯ އެބްރޯގޭޓެޑް އަންއެކައުންޓެޑް ވާސަސް އޮފް ޤުރުއާން.
ކައިލާ
25 January 2019
ކަލޭ ދޮގުހެދުން ހުއްޓާލާފަ ދީނީ އިލްމު އުނގެނެން ދޭބަލަ. އެބްރޮގޭޓެޑްގެ މާނަ އެނގޭތަ ކަލޯ! އެއީ މިސިންގ ނޫނީ އަންއެކައުންޓެޑް އެއް ނޫން.
ބެއްޔާބެ
23 January 2019
ދަރިވަރުން ވަދެ ނުކުމެ އުޅޭއިރު ކޮލެޖް ދޮރިމަތީ ކޮލެޖްގެ ވެރިޔާ ދުންފަތުގެ އިސްތިއުމާލް ކުރަން ހުރުމަކީ ރަގަޅު ކަމެއް ނޫން. މިގޮތަށް އިބުރާ ސިނގިރޭޓުބޯން މަނދު ކޮލެޖް ދޮރުމަތީ ހުއްޓާ ނަގާފަ އިން ފޮޓޯއެއް ފެނުނީމަ މިހެން މިބުނީ
ޗިއްލޫ
23 January 2019
މިކަހަލުގެ ތަންތާ ސިގްރެޓް ބުއިމަކީ ހުއްދަކަމެއްތޯ؟؟؟ ގާނޫނު ހަދާމަޖިލީހުގަ ހުރެފަ ނިކުއްއިރު ތިމަންމެން ހެދި ގާނޫނުމަތިން ހަދާނެއްނެތް!
ގޮތްކުޑޭ
25 January 2019
ދޮރެއްގެ ބިއްލޫރި ތަޅައިލީމަ މައްސަލަޔަކީ. ވިހަ ދުން ބޮއެފަ އެތަނުން ވަދެ ނުކުމެ ހަދާ މީހުނާ މަގު ހިނގާ މީހުންނަށް ވިހަ ދުން ބޯންދިނުން އޯކޭ!
އަހްމަދު
23 January 2019
އަމިއްލައަށް ކުރާކަމެއް