ޕާކިސްތާނުގައި ބޭއްވި އިންޓަނޭޝަނަލް މެރިޓައިމް ކޮންފަރެންސް ގައި ރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ އަދި ޕާކިސްތާނުގެ ރައީސް ގުރޫޕް ފޮޓޯފުޅެއް ނަންގަވަނީ.
10 ފެބުރުއަރީ 2019 - 15:19
ރާއްޖެ އޮތް ސަރަހައްދުގެ ސަބަބުން އިގުތިސާދީ ގޮތުން ހުރި ފައިދާތަކާ އެއްވަރަށް ރާއްޖެ އަށް ނުރައްކާތައް ވެސް އެބަހުރި ކަމަށާއި ރާއްޖެ އަށް އެކަން އެނގޭ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން އިއްޔެ ވިދާޅުވެއްްޖެ އެވެެ.
ޕާކިސްތާނުގެ ނެޝަނަލް އިންސްޓްޓިއުޓް އޮފް މެރިޓައިމް އެފެއާޒް އިން ކޮންމެ އަހަރަކު ބާއްވާ "އިންޓަނޭޝަނަލް މެރިޓައިމް ކޮންފަރެންސް" ގައި ވާހަކަ ދައްކަވަމުން ދުންޔާ ވިދާޅުވީ، ރާއްޖެ އޮތީ އިންޑިއާ ކަނޑުގެ މައި މަގުތަކުގެ ތެރޭގައި ކަމަށް ވާތީ ކަނޑުގެ އުދުވާންތަކަށް ހުށަހެޅިފައި ކަމަށެވެ.
"ރާއްޖެ އަށް ރަނގަޅަށް އެނގޭ ރާއްޖެ އޮތް ކަނޑުގެ ސަރަހައްދުގެ ގޮތުން ހުރި ނުރައްކާތަކާ ގޮންޖެހުންތައް. އެންމެ ފާހަގަކޮށްލެވޭ [ނުރައްކަލަކީ] ސޯމާލިޔާގައި ގާއިމްވެ ތިބޭ ކަނޑުފޭރޭ މީހުން. އެމީހުން އަންނަނީ ގައުމުގެ ހުޅަނގުގައި ހަރަކާތްތެރިވަމުން،" ދުންޔާ ވިދާޅުވި އެވެ.
ބައްޕާފުޅު މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި 1988 ވަނަ އަހަރު ރާއްޖެއަށް ބަޔަކު ދިން ހަމަލާ އަކީ އެފަދަ ނުރައްކަލެއްގެ ގޮތުގައި ދުންޔާ ސިފަކުރެއްވި އެވެ. ދެން ވިދާޅުވީ ކަނޑުމަގުން ރާއްޖެ އަށް އަރައި ދިން އެހަމަލާ ނާކާމިޔާބު ކޮށްލެވުނަސް، ރާއްޖެ ފަދަ ކުދި ގައުމުތަކަށް އޮތް ނުރައްކަލުގެ ހަގީގަތް އެ ހާދިސާ އިން އެނގުނު ކަމަށެވެ.
"ހާއްސަކޮށް ކަނޑުގެ ސަރަހައްދު ބޮޑު ގައުމުތަކަށް،" އޭނާ ވިދާޅުވި އެވެ.
މައުމޫނުގެ ވެރިކަން ވައްޓާލަން ނޮވެމްބަރު 3، 1988 ގައި ދިވެހިންގެ ބަޔަކު ރާވައިގެން ދިން ހަމަލާ ނާކާމިޔާބުކޮށްލީ އިންޑިއާ ސިފައިންގެ ވެސް އެހީތެރިކަމާ އެކު އެވެ. އެ ހަމަލާގައި ރާއްޖޭގެ 19 މީހަކު ޝަހީދުވި އެވެ.
ދުންޔާ ވިދާޅުވި ގޮތުގައި ކުދި ގައުމުތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި ދުނިޔޭގެ ފެންވަރުގައި މައުމޫނު ކުރެއްވި ވަރުގަދަ ކެމްޕޭންގެ އަސްލު ސަބަބަކީ އެ ހާދިސާ އެެވެ.
ދުންޔާ ތަގުރީރު ކުރެއްވި ޖަލްސާގައި ޕާކިސްތާނުގެ ރައީސް ޑރ. އާރިފް އަލްވީ އާއި އެ ގައުމުގެ ކަނޑުގެ ސިފައިންގެ ވެރިޔާ އެޑްމިރަލް ޒަފަރު މަހްމޫދު އައްބާސީ ބައިވެރިވެވަޑައިގަތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދަންނަ
11 February 2019
ދިވެހިންގެ ތެރޭގައިވެސް ހާދަ ގަމާރު މީހުން އެބަ އުޅެޭ ދެއްތޯ.އުމަރު ހެދިގެން ތަންދޮރު ވަކިނުވެ ތިބެ ކޮމެންޓް ކުރާ މީހުން ހާދަހާވާ ނުވިސްނައޭ.. ހިންދުސްތާން ގެ ސިފައިން މިގައުމުގައި ޚިދުމަތް ދެމުން ދަނީ އެގައުމުގެ ބަޔަކަށް ނޫން. ޓީޗަރުން ނަރުހުން ޑޮކްޓަރުންވެސް މިގައުމުން ބޭރު ކުރަން ވީނުން. ހާދަހާވާ ތަހުޒީބު ނުވި ބައެކެޭ މި ދިވެހިންނަކީ. އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ބެެލެހެއްޓުން އެއީ ކުރަނ ޖެހެ ކަމެއް.
ނޮވެމްބަރ 3
11 February 2019
"ނޮވެމްބަރު 3، 1988 ގައި ދިވެހިންގެ ބަޔަކު ރާވައިގެން ދިން ހަމަލާ ނާކާމިޔާބުކޮށްލީ އިންޑިއާ ސިފައިންގެ ވެސް އެހީތެރިކަމާ އެކު އެވެ." މި ނުކުތާ މުޅިން ރަނގަޅެއްނޫން. އެދުވަހު އިންޑިޔާއިން މިތަނަށް އައި އިރު އޮތީ ހަމަލާ ނާކާމިޔާބުވެފަ. އޭރު ތަމަޅަައިން ފިލައިގެން ދަނީ. ދިޔައީ "ވަަރުގަދަ" އިންޑިޔާ ފައުޖުގެ ކުރިމަތިން އަަޅާފަ ގާދޫކޮލުން ނުކުމެގެން. ދިވެހިންތަކެއް ޝަހީދުކޮށްގެން އިިންޑިޔާ ސިފައިންނަށް ފަހުން ތަމަޅަައިން އަތުލެވުނީވެސް.
ރާއްޖެ ނެތިދިއުން
11 February 2019
ރަނގަޅުވާހަކައެއް. 3 ނޮވެންބަރުގެ އިތުރުން ވޭތުވިޔަ ތަނުގައި ހިނގާފައިވާ ގިނަ ކަންކަމާއި، މިދިޔަ އިންތިޚާބުގެ ކުރިން ހިނގި ކަންކަމުގެ އަޑީގައި އަވައްޓެރި ގައުމެއްގެ އަތް ބޭނިފައިވަނީ ރައްޔިތުންނަށް މާ ސާފުކޮށް އެނގޭ މިންވަރަށް. 1 ފެބްރުއަރީ އަމުރު ނެރުމާއި އެކު އެގައުމުގެ ހައިކޮމިޝަނަރުގެ ކާރު ކޮޅު ސްޕްރީމް ކޯޓު ވަށައިގެން 3 ބުރު ޖެހީ އިއްތިފާގަކުން ނޫން.
އަހަންމަ
11 February 2019
ދެން އަވަހަށް ވިދާޅުވޭ އިންޑިޔާ ސިފައިން މިޤައުމުގަ ތިބެން ޖެހޭނެއޭ.. އެމީހުންގެ ޢަސްކަރީ މަރުކަޒެއްވެސް މިތަނުގަ ހުންނަން ޖެހޭނެއޭ.. ބައްޕާފުޅުގެ ވެރިކަން ވައްޓާލަން އައި ފައުޖުގެ މީހުންނާއެކު މިހާރު އުޅޭތަން މިފެންނަނީ..
ޜާއްޖެ ޢިސްލާމް
10 February 2019
ނުރައްކާވަނީ އަބަދުވެސް ނުރައްކާ ކުރިމަތިކުރުވާ ގައުމްތަކަށް ފުރުސަތު ދިނުމައް ވަކިބަޔަކު ކެނޑިނޭޅި މަސައްކަތްކުރާތީ މިފަހަކަށް އައިސް އިންޑިއާއިން ނޫނީ މިގައުމަށް އަތްގަދަކުރާކަށް މަސައްކަތެއް ނުކުރޭ އެމީހުންނާވެސް ގުޅުން ބާއްވަން ޖެހޭނެ އެކަމު އެމްޑީޕީ މިރާއްޖޭގައި ވެރިކަން ކުރި 3 އަހަރު އެމީހުންނަށް ވަނީ ހިތުހުރި ގޮތަކަށް ކަންތަށްތަށް ކުރުމައް ފުރުސަތުދީފަ. ޔާމިން އެފުރުސަތު ނުދިނީމަ އިންޑިއާ މަސައްކަތްފެށި ޔާމީންގެ ވެރިކަން ބަދަލުކުރަން
ވާހަކަތަކުރު
10 February 2019
އެހެންވީމާ އަޑިންކޮނެގެން ރާއްޖެ ތަންކޮޅެއްއަރިމައްޗަކަށް ނުވަތަ އިންޑިއާގެ ފަހަތަށް ފެއަށް ޖެހިލަން އެބަޖެހޭތާ! އޭރަށް ހުރިހައިކަމަކާ ލަންކާއިން މަތިވެދާނެތާ. ބޮލަށްއުޑުވެއްޓިދާނެތީވެސް ކަންބޮޑުވެދާނެ
މާސިޔާ
10 February 2019
މާރިޔާ... އަޑުއިވިއްޖެތަ... އެކަަމަނާ ވާހަކަ އެދެއްކެވީ ގައުމުގެއަގު ނުވެއްޓޭ ގޮތަށް ދިވެހިންނަށް ކްރެޑިޓް ލިބޭގޮތަށް
ހފސ
10 February 2019
އެހެން ތަނަކަށް ގެންދަންވީނު މިރާއްޖެ ވާޖަހާފަދަމާލަމާ ބަހީ...އެއީ ދެން މާބޮޑުކަމެއް ނޫނެއްނު
ފިސާރިކަނބަލެއް
10 February 2019
ޒައީމުއަށް 30 އަހަރު ދެވިއްޖެ، ދެން އެހެން މީހުންނަށް މިގައުމު ހިންގަން ދޫކޮށްލާ! ދުލާއި ގަލަމުގެ މިނިވަންކަން ލިބިއްޖެ، އިންސާފު ވެރި ސާފު ޖަޒީރާ ގައުމަކަށް އިބޫއަށް ފުރުސަތު ދެއްވާ
ދަރަވަންދޫ
10 February 2019
1988ގައި ރާއްޖެހިފަން އުޅުނީ ސޯމާލިއާ މީހުންތަ ނޫނީ ދިވެހިންގެ މަދުބަޔަކު ހިމެނޭގޮތައް ތަމަޅައިންތަ؟؟؟ ބައިއަތު ހިފައިގެންހުއްޓަސް ބޮޑުވަރުކަންނޭގެ!
މުޖޫ
10 February 2019
ލަންކާގައި ހުންނަ ސަފީރަކަށް ލާންވީ ދުންޔާ. މަންނިއެއް ނޫން.