ހުޅުމާލެ..-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
17 ފެބުރުއަރީ 2019 - 16:19
ހުޅުމާލޭގައި ހިންގާ ފިހާރައެއްގެ ގިނަ އަދަދެއްގެ ފައިސާ ބޭންކަށް ޖަމާކުރަން ދަނިކޮށް، މޫނު ނިވާކޮށްގެން ތިބި ބަޔަކު ވަޅިން ބިރު ދެއްކުމަށް ފަހު އެ ފައިސާތައް މިއަދު ފޭރިގެންފި އެވެ.
ހުޅުމާލޭގައި ބޭންކުތަކަށް ޖަމާކުރަން ގެންދާ ފައިސާ ފޭރިގަތުމުގެ މައްސަލަ ފަހަކަށް އައިސް ވަނީ ވަރަށް ބޮޑުވެފަ އެވެ.
ފުލުހުން ބުނީ މިއަދު ހެނދުނު 10:15 ހާއިރު ފޭރިގެންފައި ވަނީ ހުޅުމާލޭގެ ރޫޓް ފިހާރައިގެ ތިން ލައްކަ އަށް ވުރެ ގިނަ ރުފިޔާ ކަމަށެވެ. ފައިސާތައް ފޭރިގެންފައި ވަނީ ބޭންކަށް ޖަމާކުރުމަށްޓަކައި ފައިސާ ހިފައިގެން ވޭނަށް އަރަނިކޮށް، ސައިކަލެއްގައި މޫނު ނިވާކޮށްގެން ދިޔަ މީހަކު ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރެއް ނުކުރެ އެވެ.
މި ހާދިސާއާ ގުޅިގެން، ފުލުހުން ވަނީ ގިނަ އަދަދެއްގެ ފައިސާ އާއި ޗެކުތައް ހިފައިގެންދާ ނަމަ، ފުލުހުންގެ ސެކިއުރިޓީއާ އެކު ނޫނީ ނުދިއުމަށް އިލްތިމާސްކޮށްފަ އެވެ.
ފަހަކަށް އައިސް، ހުޅުމާލޭގައި ފޭރުމާއި ވައްކަމުގެ ހާދިސާތައް ގިނަ އެވެ. އެގޮތުން، ހުޅުމާލޭގައި ހިންގާ ފިއުލް ސަޕްލައިގެ އޮފީހުން އިސްލާމިކް ބޭންކަށް ފައިސާ ޖަމާކުރަން ގެންދިޔަ މީހާގެ މޫނަށް ސްޕްރޭ ޖަހައި ގިނަ އަދަދެއްގެ ފައިސާ މިދިޔަ މަހު ވަނީ ފޭރިގެންފަ އެވެ. އެ މައްސަލައިގައި މީހަކު ހައްޔަރުކޮށްފައިވެ އެވެ.
ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މަސް އެކްސްޕޯޓް ކުރާ އެންސިސް ކުންފުނިން، ހުޅުމާލޭ ސެންޓްރޯ މޯލްގައި ހުންނަ މޮރިޝަސް ބޭންކްގެ ބްރާންޗުން ގިނަ އަދަދެއްގެ ފައިސާ ނަގައިގެން ވެހިކަލަށް އަރުވަނިކޮށް މިދިޔަ އަހަރު ވެސް ވަނީ ފޭރިގެންފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަރޭމިތުރު
18 February 2019
ވައްކަންކުރީމާ ވައްކަންކުރީއޭ ބުނާނެ! ވައްކަންކުރެވެނީ ވައްކަންކުރެވޭނެ މަގު ފަހިކޮށްދީފައި އޮންނާތީއޭ އަހަރެން ކަނޑައެޅިގެންބުނާނީ! ސަބަބު؛ ކީއްވެތޯ؟ ފައިސާ ގެންދަންޖެހޭއިރު ސަލާމަތައް ކުރިކަންކަންކޮބާ؟. ފައިސާގެންދާއިރު 3މީހުން މަދުވެގެން ތިބެންޖެހޭނެ. ތަނެއްގައި ފައިސާ ބަހައްޓަންޏާ ސެކިއުރިޓީ ގާޑުން ތިބެންޖެހޭނެ. ސަލާމަތަށް ބޭނުންކުރެވިދާނެ ބައެއްތަކެތި އތަނުގައި ތިބޭބަޔަކަށް ބޭނުންކުރުމަށް ސަރުކާރުން ހުއްދަދޭންޖެހޭނެ!
އަލީ އަހުމަދު
18 February 2019
ހުޅުމާލޭގަ އަދި އެކަށީގެން ވާ ވަރަށް ކެމެރާނެތުމުން މިހާ ގިނަމިވަނީ.
.ފޭރުން
18 February 2019
.މިހާރު ފޭރުމުގެ އަމަލުތައް ނުހުއްޓުވެނީ ކީއްވެތޯ މިހާރުވެސް ވެރިކަމުގާ ހުރީ ރޔާމީންތޯ ؟ ކޮންމެ ނުބައި ނުލަފާކަމެއްގެ އަސްލަކީ ބުރިޖުތޯ ؟ ތީގެ މާނައަކީ ބުރިޖުން ދަތުރު ކުރަނީ ހައްތަހާ ވެސް ވަގުންނާ ފޭރޭ މީހުނާ މީހުން މަރާމީހުނޭތޯ އަހަރެންނަކީ ތި ބުރިޖުން ދަތުރު ކުރާމީހެއް ދުވަހަކުވެސް ތިފަދަ ނުބައި ކަމެއް ކޮފައެއް ނޯންނާނެ ތިފަދަ އިލްޒާމުތައް މީހުންގެ ބޮލުގާ އެޅުވުމަކީ ކޮންފަދަ ފާފައެއް ލިބޭނެ ކަމެއްބީ ؟ ރޔާމީން އެޅުއްވި މިސްކިތްތައް ކިހިނެތްބާ؟
ބޮޑުމީހާ
17 February 2019
ބަލަގަ ބުރިޖާ އެކީ ތިޔަކަހަލަ ހުރިހާ އެއްޗެއްވެސް ފެތުރޭނޭ މާލޭއިން.
އިހުސާން
17 February 2019
މާލެ ހުޅުމާލޭގެ އަމާންކަމަށް ބެނުމީ ކެމެރާ ހަރުކޮށް ކުއްވެރިން ވަގުތުން އަތުލައިގަނެ ހަރުކަށި އަދަބް ދެވޭނެ ގާނޫނުތަށްހުރެ އަދި ތަންފީޒުކުރުން. އެހެންނޫންނަމަ ސުލްހަވެރި އަމާން މުޖްތަމައެއް ބިނާވެގެންދާތަނެއް ނުފެންނާނެ.
ރެހިމް
17 February 2019
މިސަރުކާރު އައި ފަހުން ވައްކަމާއި، ފޭރުމާއި، މީހުން މެރުމާއި، ގޮތް ނޭނގޭ މަރުތައް ފާލުން ނައްޓައިފި. މިއީ އަހަރެން ބުނާ އެއްޗެއް ނޫން، ނޫސްތަކުގައި ލިޔެފައި ހުންނަ ހަބަރު ކޮންމެ ދުވަހަކު.
ވާލުސޮރު
17 February 2019
ތީ ވަރަށް ރަނގަޅު ވާހަކައެއް. ކުރިން ޓައީ އަޅައިގެން ފިނިކޮޓަރީގަތިބެ ބޮޑެތި ވައްކަންކުރި އެތައްބަޔަކު މިހާރު އެތިބީ މަގުމަތިވެފަ. އެމީހުންނަށް އުޅެވިފަހުރި ގޮތުން ހަލާލު މަސައްކަތެއް ކޮށްގެން އުޅޭކަށް ނުކެރޭ. އެހެންވެ ދެންޖެހޭނީ ކާކުކަން ނޭނގޭގޮތަށް ނުކުމެ ފޭރޭކަށްނު. އެހެންވެ މި ސަރުކާރު އައިފަހުން އެކަންކަން އެހާ ގިނަވެގެން އެއުޅެނީދޯ؟
އަހުމަދުބޭ
17 February 2019
މިކަން ހުއްޓުވޭނެ އޮތީ އެންމެ ގޮތެއް، ރާއްޖޭގައި އުޅޭހުރިހައި ގޭންގްތަށް ވަގުތުން އުފުރާލައި ފާޑް ފާޑް އުޅޭއެންމެން ހިފައި ހައްޔަރުކޮށް އެކަށީގެންވާ އަދަބުދީ މުޖުތަމައިން ބާކީކުރަންވީއެވެ. މިނޫން އެއްވެސް ގޮތެއް ނޯންނާނެ ތިކަންކަން ހުއްޓުވޭނެ، ވާހަކަ ދެއްކިދާނެ، ކިހިނެތްތޯ މިރާއްޖޭގައި ތިބި ހުރިހައި ފިހައިރަތަކަށް ލިބޭލާރިޖަމާކުރަން ފުލުހުން ދާނީ،
އަހަންބާ
17 February 2019
މިކަމެއް ނުހުއްޓުވޭނެ. އެވެރީތިންގ އިޒް ޕްލޭންޑް. ހަރުކަށި އަދަބުތައް ދޭންވީ. ގޭންގް ތަކަށް ނޭވާވެސް ނުލެވޭ ވަރު ކުރީމަ ހުއްޓުވޭނީ. - ލާރިގަނޑެއް ކާލެވޭތޯވިއްޔަ އެންމެންވެސް ބަލަނީ.
ނަރީމާ
17 February 2019
މިއީތޯ ޖަޒީރާ ރާއްޖޭގެ މަގުތަކުގެ އަމާންކަމަކީ! މިހާރު މިދަނީ ހުރިހާ އުންސުރުތަކެއް ފުރާ ފުރިހަމަވަމުން. ހޯމް މިނިސްޓަރު ޒިންމާއެއް މަގުތަށް އަމާންކުރުމަކީ އެންމެންގެ ވޯޓް ތިލަ ފަތަށް.
ާކަރީމް
17 February 2019
ބަލަގަ ފުލުހުން އެއޮތީ އެގޮތަށް ފައިސާ ނުގެންދަން އެދިފަ. ދެން ބަޔަކަށް ދޭން ފައިސާ ހިފައިގެން ދިޔައިމަ ބަލާ އައިސް ތިބޭ ވަގުން އެ ގެންދާނެއެއްނު. އޭގަ ފުލުހުންނާ ހޯމް މިނިސްޓަރަށް ކުރެވޭނެ ކަމެއް ނޯންނާނެ.
ހުތްކިބަ
17 February 2019
ދުވަސް ކައިރިވިކައިރިވިހެން ތިކަން ގަދަވާނެ. ތިޔައީ ޔޫތުސިޓީ! އަދިވެސް ތޮއްޖެހެންދޭ!