ޚަބަރު / ގއ. ވިލިގިލި

ދަންތުރަ މަރު: ހަރުގެ ބަލަހައްޓަނީ އިލެކްޓްރީޝަނެއް

ަކަރަންޓް ދަންތުރާގައި ޖެހި މަރު ސިމާދު: ދަންތުރަ ހެދި ކަމަށް ތުހުމަތު ކުރަނީ ހަރުގެ ބެލެހެއްޓި މީހާއަށް--

ގއ. ވިލިނގިލީގައި ކަރަންޓް ދަންތުރައެއްގައި ޖެހި މިދިޔަ އާދިއްތަ ދުވަހު ހުސެއިން ސިމާދު މަރުވިއިރު އެ ކަރަންޓް ދަންތުރަ ހެދީ އެ ހަރުގެ ބަލަހައްޓަމުންދާ ސައީދު ހަސަން ކަމަށް އެ ރަށު މީހުން ތުހުމަތު ކުރަން ފަށައިފި އެވެ.

ސައީދު ހަސަން އަކީ ތަޖުރިބާކާރު އިލެކްޓްރީޝަނެކެވެ. މިހާރު ވެސް އޭނާ ހުރީ ވިލިނގިލީ ފެނަކަ ބްރާންޗްގެ އިލެކްޓްރިކް ޑިޕާޓްމަންޓް ހެޑަށެވެ. އޭނާ އެ ދާއިރާގައި މަސައްކަތް ކުރާތާ 30 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ ކަމަށް އެ ރަށު ކައުންސިލުން ވެސް ބުނެ އެވެ.

"މި ރަށުގައި ހުރި އެންމެ ތަޖުރިބާކާރު އިލެކްޓްރީޝަން އެއީ. ވަރަށް ދުވަސްވެއްޖެ އެ ދާއިރާގައި އުޅޭތާ،" އެ ރަށު ކައުންސިލް މެމްބަރަކު ނަން ހާމަ ނުކުރަން އެދި ވިދާޅުވި އެވެ.

ތުހުމަތު ކުރެވޭގޮތުގައި ސިމާދު، ކަރަންޓް ދަންތުރާގައި ޖެހުނީ އެ ހަރުގެ އަށް ވައްކަން ކުރަން ވަދެ އުޅެނިކޮށެވެ. އޭނާ އަކީ ވައްކަމާއި މަސްތުވާތަކެތީގެ ކުށުގެ ރެކޯޑް އޮންނަ މީހެކެވެ. އައްޑޫ ސިޓީ ހިތަދު އަށް އުފަން ސިމާދު، ވިލިނގިލީގައި އުޅެނީ އެ ރަށު މީހަކާ އިނދެގެންނެވެ.

Vagun hifan karantu dhanthura nuhedheyne, e'ee adhabu liben jehey kusheh!

Vagun hifan karantu dhanthura nuhedheyne, e'ee adhabu liben jehey kusheh!

The most trusted news source in the Maldives

Mihaaru

ވަގުން ހިފަންވެސް ކަރަންޓް ދަންތުރަ ނުހެދޭނެ ކަމަށް ގާނޫނީ ވަކީލުން ބުނުން--

އެ ހަރުގެ ބެލެހެއްޓުމުގެ ހުރިހާ ޒިންމާއަކާ ހަވާލުވެ ހުރީ އުމުރުން ގާތްގަނޑަކަށް 50 އަހަރުގެ ސައީދު ހަސަނެވެ. އެއީ އޭނާ އަންހެނުންގެ ބޭބެގެ ހަރުގެ އެކެވެ. އެތަނުން ވައްކަން ކުރުން އޮތީ އާއްމު މައްސަލައަކަށް ވެފަ އެވެ. އަދި ތަކުރާރުކޮށް އެކަން އޮތީ ފުލުހުންނަށް ހުށަހަޅައި ނުހުއްޓުވިފަ އެވެ.

ކައުންސިލް މެމްބަރު ވިދާޅުވި ގޮތުގައި އިވޭ ވާހަކަތަކާއި އެ ރަށުގައި ވާހަކަ ފެތުރޭގޮތުން އެ ކަރަންޓް ދަންތުރަ ހަދާފައި ވަނީ ސައީދު ހަސަނެވެ. އޭނާގެ ބޭނުމަކީ އެތަނަށް ވައްކަން ކުރަން ވަނުން ހުއްޓުވުމެވެ.

އެ ތުހުމަތުތަކާ ގުޅޭގޮތުން ސައީދު ހަސަންގެ ބަހެއް ހޯދުމަށް އޭނާއަށް ގުޅުމުން ފޯނު ނިއްވާލާފައި އޮތުމުން އޭނާގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.

ސިމާދު މަރުވެގެން ހަރުގެ ތެރެއަށް ވެއްޓިފައި އޮއްވާ ވެސް ފެނިފައި ވަނީ ސައީދު ހަސަނަށެވެ. ސިމާދުގެ ގައިގައި ކަރަންޓް ޖެހިފައިވުމުން އަތާއި މެޔާއި ކަރުންމަތީގައި ބޮޑެތި ޒަހަމްތަކެއް ފެންނަން ހުއްޓެވެ. އެ މައްސަލައާ ގުޅިގެން މިހާތަނަށް އަދި މީހަކު ހައްޔަރެއް ނުކުރެ އެވެ. ނަމަވެސް ފުލުހުން ވަނީ ސައީދު ހަސަންގެ ބަޔާން ނަގައިފަ އެވެ. އަދި އިއްޔެ ފުލުހުން ވަނީ ސިމާދު މަރުވީ ކަރަންޓްގައި ޖެހިގެން ކަމަށް ބެލެވޭތީ އެފަދަ ދަންތުރަތައް ނުހެދުމަށް ވެސް އަންގައިފަ އެވެ.

ވަގުން ހިފަން ވިޔަސް ދަންތުރަ ޖެހުމަކީ ގާނޫނީ ކުށެކެވެ. އެ މައްސަލާގައި މީހަކު ހައްޔަރު ކޮށްފައި ނުވާތީ ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.

ގާނޫނުލްއުގޫބާތުގެ 110 ވަނަ މާއްދާގެ (ށ) ގައި ބުނެފައި ވަނީ މީހެއްގެ ފުރާނައިގެ އަގަށް އެއްވެސް ފަރުވާލެއް ނެތް ކަމަށް ދައްކުވައިދޭ ހާލަތެއްގައި ކުރާ ފަރުވާ ކުޑަ އަމަލެއްގެ ސަބަބުން މީހަކު މެރުމަކީ ކުށެއް ކަމަށެވެ. މި ކުށަކީ ޖުނަހްގެ އެއް ވަނަ ދަރަޖައިގެ ކުށެކެވެ. އެ ކުށުގެ އަދަބެއްގެ ގޮތުގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް ކަނޑައެޅިފައި ވެ އެވެ.

81 ކޮމެންޓް, 120 ރިއެކްޝަންސް

icon happy icon happy 18%
icon sad icon sad 13%
icon angry icon angry 69%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސަޖޯ

28 February 2019

ކަރަންޓު ދަންތުރަ ހެދިދާނެ އެކަމަކު އެ ހަދާފައި ހުންނަގޮތަކީ، ވަރަށް މަތީ ވޯލްޓޭޖެއް ދީފަ ހުންނާނީ ވަރަށް ދަށް އެމްޕެޔަރ އެއްގަ. ވަރަށް ގަދަ ސޮކެއް ޖެހޭނެ އެކަމަކު ކަރަންޓުގަ ޖެހުނަސް މަރެއް ނުވާނެ. ކަރަންޓު ދީފަ ބަހައްޓަންޔާ އެކަން އެންގުމަށް ނޯޓިސްވެސް ހުންނަންވާނެ.

The name is already taken The name is available. Register?

ޕެރޭޒުދޮންބޭ

28 February 2019

ހަރުގެއިން ވައްކަންކުރާތީ ޕޮލިހަށް ހުށައަޅާގެން ކަމެއް ނުވީމާ ދެން މިހެން ވާނީ، ވަގުން ހުއްޓުވޭނީ ވަގުންނަށް ވުރެ ނުލަފާ ވެގެން. ދެން ތިރަށުގަ ވައްކަން ކުރަން މީހުން ޖެހިލުން ވާނެ ކަމަށް ފެންނަނީ.

The name is already taken The name is available. Register?

ސާދާސީދާ

27 February 2019

އެ ހަރުގެ ބެލެހެއްޓުމުގެ ހުރިހާ ޒިންމާއަކާ ހަވާލުވެ ހުރީ އުމުރުން ގާތްގަނޑަކަށް 50 އަހަރުގެ ސައީދު ހަސަނެވެ. އެއީ އޭނާ އަންހެނުންގެ ބޭބެގެ ހަރުގެ އެކެވެ. އެތަނުން ވައްކަން ކުރުން އޮތީ އާއްމު މައްސަލައަކަށް ވެފަ އެވެ. އަދި ތަކުރާރުކޮށް އެކަން އޮތީ ފުލުހުންނަށް ހުށަހަޅައި ނުހުއްޓުވިފަ އެވެ.

The name is already taken The name is available. Register?

އައިސާދިޔެ

28 February 2019

އިސްލާމީ ހޫކޫމްތައް ތަންފީޒު ނުކުރާތީ ފެންނަ ކަންކަން މީ.. ވައްކަން ކުރީމަ އަތް ކަނޑާނަމަ މިހާރު މަގުމަތިން ފެންނާނީ މުޅިން ވެސް އަތް ފައި ހަމަޔަށް ނެތްމީހުން

The name is already taken The name is available. Register?

ބެއްޔާ އައްޑޫ

27 February 2019

މިއީ ނިކަން ރަގަޅު ރާއްޖެއެއް. ވަގުންނާއި ހެދި އުޅެވޭ ވަރެއްނޫން. ފުލުހުން ބުނާނެ ރިޕޯޓު ކުރާށޭ. ވާކަމެއް ހަރާމުން ހަރާން. މިއިން ވަގަކަށް އެބުނާ ސީން އިން ކަމެއް ކުރިއަސް ކުރި މީހާ ގޯސްވެ ވަގުކަލޭގެއަށް ހިމާޔަތާއި ރައްކާތެރިކަން ލިބެނީ. ދެން އޮތީ ގައުމުގރ އިގުތިސާދު ހަލާކުވަނީ ކަރަޕްޝަނާއި ފަސާދަ ބޮޑުވެގެން. އެކަމަކު ބޮޑެތި ވަގުންނާއި ފަސާދަ ހިންގާމީހުން އާރާއި ބާރުގަ. ބަދަލުވާ ވެރިކަމާއިއެކު މިކަމެއް ބަދަލެއް ނުވޭ

The name is already taken The name is available. Register?

ހަސަނު

27 February 2019

ގާނޫނުލްއުގޫބާތުގެ 110 ވަނަ މާއްދާގެ (ށ) ގައި ބުނެފައި ވަނީ މީހެއްގެ ފުރާނައިގެ އަގަށް އެއްވެސް ފަރުވާލެއް ނެތް ކަމަށް ދައްކުވައިދޭ ހާލަތެއްގައި ކުރާ ފަރުވާ ކުޑަ އަމަލެއްގެ ސަބަބުން މީހަކު މެރުމަކީ ކުށެއް ކަމަށް ބެލޭނެ ބާރަށް ސައިކަލު ދުއްވައިގެން މީހަކު މަރުވިއަސް...

The name is already taken The name is available. Register?

ގޮތްކުޑޭ

27 February 2019

ބާރަށް ސައިކަލު ދުއްވަނީ އަމިއްލަަ މުދާ ސަލާމަތް ކުރާކަށް ނޫން.

The name is already taken The name is available. Register?

ކޮބާ..ކޮބާ

27 February 2019

ވައްކަން ކުރާ މީހާ އަށް ގާނޫން ގެ ތެރެއިން ލިބެންވާ އަދަބު ނުލިބުމަކީ ވެރިންގެ ކުށް.. ވެރިން ކުށް ކުރީމާ ވެރިކަމުން ދުރު ކުރެވޭ ކަމާ އަދަބު ދެވޭ ކަމަށް ވަންޏާ، ހަމަ އެމަގުން ވަގުންގެ ކުށައްވެސް އަދަބު ދެވޭނެ މަގު އޮންނާނެ....އެކަމަކު އޭނާގެ ފުރާނަ އަށް ގެއްލުން ދިނުމެއް ނެތް.

The name is already taken The name is available. Register?

ކޮންކޮބާއެއް

27 February 2019

އެއީ ރައްޔިތުންގެ ކުއް. ވަރަ ކެރިގެން ހުރެމިބުނަނީ.

The name is already taken The name is available. Register?

ނޫރު

28 February 2019

މި ގަވްމުގަ ވައްކަމެއް ނޯންނާނެ.. އެވަރިހަމަ ކޮންމެ ފައިސާއަކުން މުދަލަކުން ވެސް .. ނިކަން ބަލާލަބަލަ އެމް އެމް ޕީ އާރު ސީގެ ވައްކަން .. ވައްކަމަކަށް ވެއްޖެތަ؟ ނުވާނެ ދުވަހަކުވެސް ނުވާނެ.. އެތައް އަހަރަކަށް ފަހު ނިމޭއިރު ވައްކަން ކުރި އެކަކުވެސް ނުހުންނާނެ.

The name is already taken The name is available. Register?

މަހުޖަނޭ

27 February 2019

ގައުމުގެ ހާލަތު. ވަގުންގެ ދިފާއުގައި އެއްގޮތުން ނުވެއްޖީޔާ އަނެއްގޮތުން. ބަލަ އޭނާ ގޭގަ އޮއްވާއެއް ނޫން މީހަކު އަމިއްލަ މުދާ ރައްކާތެރިކުރަން ޖަހާފައި ހުރި ދަންތުރައެއްގައި ޖެހުނީ. ކުށެއް ނެތް ރައްޔަތު މީހާގެ ދިފާއުގައި އަހަރެމެން ތެދުވާނަން ހުރިހާ ނޫސްތަކުން ވަގާއި އެއްކޮޅަށް ދުވާލަކު ލިޔުމެއް ލިޔުނަސް.

The name is already taken The name is available. Register?

އައިސާދިޔެ

28 February 2019

އިސްލާމީ ހޫކޫމްތައް ތަންފީޒު ނުކުރާތީ ފެންނަ ކަންކަން މީ.. ވައްކަން ކުރީމަ އަތް ކަނޑާނަމަ މިހާރު މަގުމަތިން ފެންނާނީ މުޅިން ވެސް އަތް ފައި ހަމަޔަށް ނެތްމީހުން

The name is already taken The name is available. Register?

ބޫމް

27 February 2019

ދަންތުރަ ހެދިމީހާ ކުށްވެރި ކުރަން މަގޭ ޒަމީރު މި ދެކޮޅު ހަދާނީ ކިއްވެބާ؟؟؟؟

The name is already taken The name is available. Register?

ސަމޭދާން އިބުނު ގާތޫރާ

27 February 2019

ކަލޭ އަދި ތިޔަހުރީ ފިތުރަތުގެ މަތީގައި ކަމަށްވީމަ އެއީ.

The name is already taken The name is available. Register?

އިސްމާލި

27 February 2019

މިއީ ހަމައެކަނި ސައީދުއާއި ހިސާބުން ނިންމާލެވޭނެ ކަމެއް ނޫން. ކިތައް ފަހަރުތޯ ޕޮލިހަށް ވައްކަންކުރާ މައްސަލަ ހުށައަޅައި ޕޮލިހުން އަޅާނުލައި ދޫކޮށްލީ. މީހެއްގެ އަމިއްލަ ގެދޮރާއި ފުރާނަ ރަހުނުކޮށްގެން ނަގާ މިލިއަން ރުފިޔާގެ ލޯނު ހިމާޔަތް ކުރުމަކީ ޕޮލިހަށް ނުކުރެވިއްޖެނަމަ އަމިއްލައަށް ވެސް ކުރަންޖެހޭ ކަމެއް. އެހެންނޫނީ މާދަމާ ފެންނާނީ ތި ހަރުގޭގައި ރޯކޮށްލާފައި ހުއްޓާ. ދެން ކާކުތޯ ޒިންމާ ނަގަނީ؟ ޔަގީނުންވެސް ޕޮލިހުން ނުބުނާނެ ތިމަންނަމެނެކޭއެއް.

The name is already taken The name is available. Register?

ޑީ ޑަބަލް ޑީ

27 February 2019

ސައިދު ހަސަން ދަންތުރަ ޖަހާފަ ބޭރަށް ނުދަނީސް ނިދުނުނަމަ އޭނަގެ ހަބަރެއް ނުވެގެން އަންހެނުން ނުވަތަ ދަރިއަކު ގޮސް ދަންތުރައިގަ ޖެހިގެން މަރުވިނަމަ ދެން ކީކޭކިޔާނީ.

The name is already taken The name is available. Register?

ޑީ ހަމަ ޑީ

01 August 2020

އެކަމަކު ނުޖެހެއެއްނު ދޯ! ދެނޯ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454