ޚަބަރު / މެންޓަލް ހެލްތް

ނަފްސާނީ މައްސަލަތައް ބައްޔެއްގެ ގޮތުގައި ނުބަލާތީ ހައްގުތައް ގެއްލޭ: ފަސްޓް ލޭޑީ ފަޒްނާ

'ނަފްސާނީ ދުޅަހެޔޮ ރާއްޖެ' ކެމްޕެއިން އިފްތިތާހުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ފަސްޓް ލޭޑީ ފަޒްނާ އަހުމަދާއި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

ނަފްސާނީ މައްސަލަތަކަކީ ބައްޔެއްގެ ގޮތުގައި ގަބޫލު ނުކުރާތީ، އެ މައްސަލަތައް ތަހައްމަލުކުރާ މީހުންގެ އިންސާނީ ހައްގުތައް ގެއްލޭ ކަމަށް ފަސްޓް ލޭޑީ ފަޒްނާ އަހްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

ނަފްސާނީ މައްސަލަތަކާ ބެހޭގޮތުން ހޭލުންތެރިކުރަން "ނަފްސާނީ ދުޅަހެޔޮ ރާއްޖެ" ކެމްޕެއިން އިފްތިތާހު ކުރެއްވުމަށް ފަހު ފަސްޓް ލޭޑީ ފަޒްނާ ވިދާޅުވީ އެ ބަލިތައް ތަހައްމަލުކުރާ މީހުންނަށް ސިއްހީ ފަރުވާ ބޭނުންވާ ކަމަށެވެ. އަދި އެ މައްސަލަތަކަކީ ސިއްހީ މައްސަލައެއް ކަމަށް ބަލައނުގަންނާތީ، އެ މީހުންނަށް ބޭނުންވާ ސިއްހީ ފަރުވާ ނުލިބޭތަން އަންނަ ކަމަށާއި ސިއްހީ ފަރުވާ ހޯދުމަކީ ކޮންމެ މީހަކަށް ވެސް އޮންނަ އިންސާނީ ހައްގެއް ކަމަށް ވިދާޅުވި އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ބައިވެރިވި ދެ ޒުވާނަކު ވާހަކަ ދައްކަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

"[ނަފްސާނީ ބަލިތަކަކީ] މިއީ ބައްޔެއް ކަމަށް ބައެއް މީހުންނަށް ގަބޫލެއް ނުކުރެވޭ. އެހެން ދެކުމުގެ ސަބަބުން، ނުވަތަ ސްޓިގްމަޓައިޒޭޝަންގެ ސަބަބުން މެދުވެރިވާ އެންމެ ބޮޑު ކަމަކީ އެމީހުންގެ އިންސާނީ ހައްގުތަށް ކަށަވަރުކޮށްނުދިނުން. ހާއްސަކޮށް ބޭސްފަރުވާ ދިނުމުގައި [ކަށަވަރުކޮށްނުދެވުން]،" ފަޒްނާ ވިދާޅުވި އެވެ.

މި ކެމްޕެއިން އިފްތިތާހުކޮށްދެއްވީ ފަސްޓް ލޭޑީ ފަޒްނާ އާއި ހެލްތު މިނިސްޓަރު އަބްދުﷲ އަމީނެވެ. މި ގައުމީ ކެމްޕޭން އެއް އަހަރު ދުވަހަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ކުރިއަށް ގެންދާނެ އެވެ.

ފަސްޓް ލޭޑީ ފަޒްނާ އަހުމަދު (ކ) އާއި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން "ނަފްސާނީ ދުޅަހެޔޮ ރާއްޖެ" ކެމްޕެއިން އިފްތިތާހުކުރައްވަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ކެމްޕެއިން އިފްތިތާހުކުރަން ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި ފަޒްނާ ވިދާޅުވީ ޖިސްމާނީ ބަލިތަކެކޭ އެއްފަދައިން ނަފްސާނީ ބަލިތަކަށް ވެސް ބޭސްފަރުވާ ބޭނުންވާ ކަމަށެވެ. އަދި ހަކުރުބަލި ފަދަ ބަލިތަކަށް ދާއިމީ ފަރުވާ ބޭނުންވާހެން، ނަފްސާނީ ބަލިތަކަށް ވެސް ދާއިމީކޮށް ފަރުވާ ދޭންޖެހޭ ހާލަތު އަންނަ ކަމަށް އެކަމަނާ ވިދާޅުވި އެވެ.

"ހަކުރު ބަލި ގޮތަށް ބައެއް ނަފްސާނީ ބަލިތަކަކީ ބޭހާއި ތެރަޕީގެ އެހީގައި މެނޭޖް ކުރަން ޖެހޭ ބަލިތަކެއް. އަދި ހަމަ ހަކުރުބަލި ހުންނަ މީހުން ފަދައިން ނަފްސާނީ ބަލި ރަނގަޅަށް މެނޭޖްކުރެވިއްޖެ ނަމަ އޭނާއަށް ވެސް ރަނގަޅު ދިރިއުޅުމެއް ލިބޭނެ،" ފަޒްނާ ވިދާޅުވި އެވެ.

ނަފްސާނީ މައްސަލަތަކަށް ފަރުވާ ދޭން ތިބޭ މީހުންނަކީ އެކަށީގެންވާ ތަމްރީނު ލިބިފައިވާ ބަޔަކަށް ހަދައި ޖިސްމާނީ މައްސަލަތަކާއި ނަފްސާނީ މައްސަލަތަކަށް، ތަފާތުކުރުމެއް ނެތި ފަރުވާ ދޭން ޖެހޭނެ ކަމަށް ފަޒްނާ ވިދާޅުވި އެވެ.

ފަސްޓް ލޭޑީ ފަޒްނާ އަހްމަދު "ނަފްސާނީ ދުޅަހެޔޮ ރާއްޖެ" ކެމްޕެއިން އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި މިއަދު ވާހަކަފުޅު ދައްކަވަނީ.--- ފޮޓޯ: ނިޝާން އަލީ/ މިހާރު

މި ކެމްޕެއިނުގެ ތެރެއިން ހިންގަން ރާވާފައިވާ ހަރަކާތްތަކުގެ ތެރޭގައި، ސިއްހީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ނަފްސާނީ މައްސަލަތަކާ ގުޅޭ ތަމްރީން ދިނުން ހިމެނޭ ކަމަށް އެޗްޕީއޭގެ މެންޓަލް ހެލްތު ޔުނިޓްގެ އެސިސްޓަންޓް ޕަބްލިކް ހެލްތު އޮފިސަރު ސަނީފާ ހަސަން ވިދާޅުވި އެވެ. އަދި އެ ކަންކަމާ ގުޅޭގޮތުން ހޭލުންތެރިކުރުމަށާއި އެ މައްސަލަތައް ދެނެގަނެ އަވަހަށް ފަރުވާ ދިނުމުގެ މުހިއްމުކަން އަންގައިދޭން ހުރިހާ އުމުރުފުރައެއްގެ މީހުންނަށް ޕްރޮގްރާމްތަކެއް ހިންގަން ރާވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނަފްސާނީ ދުޅަހެޔޮ ރާއްޖެ" ކެމްޕެއިން އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވި ބައެއް މީހުން -- ފޮޓޯ: ނިޝާން އަލީ/ މިހާރު

މީގެ އިތުރުން މިއަހަރު ފަހުކޮޅު "ޖަޒީރާ މެންޓަލް ހެލްތު ސާވިސަސް"ގެ ހިދުމަތްތަކެއް ގދ. އަތޮޅުގައި ފަށާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މި ޕްރޮގްރާމުގައި ގއ. އަދި ގދ. އަތޮޅުގެ ސިއްހީ މަސައްކަތްކުރާ މީހުންނަށް ތަމްރީން ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަފްސާނީ ބަލިތަކަށް ފަރުވާދޭން އެކަމަށް ހާއްސަ ސެންޓަރެއް ގާއިމުކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދެކެވެ. މިދިޔަ މަހުގެ 25 ގައި އެ ވައުދު ފުރިހަމަކުރުމަށްޓަކައި އައިޖީއެމްއެޗުގައި އެކަމަށް ހާއްސަ ސެންޓަރެއް ރައީސް ހުޅުއްވައިދެއްވި އެވެ.

10 ކޮމެންޓް, 32 ރިއެކްޝަންސް

icon happy icon happy 66%
icon sad icon sad 6%
icon angry icon angry 28%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހުންކޮށި

16 April 2019

ދިވެހި ރާއްޖޭގެ އެންމެންނަކީ ނަފްސާނީ ބަލި ހުންނަ މީހުން.މުޅި އާބާދީ އަކީ ހަގީގަތާ ޚިލާފު ވަހުމުތަށް ހަގީގަތުގެ ގޮތުގާ ފެންނަ މީހުން. އެޔަށް ކިޔަނީ ހުންކޮށި. ހުންކޮއްޓަ ކީދާނެ އައިލޭންޑަސް ސިންޑޮރޮމް އޭވެސް.

The name is already taken The name is available. Register?

ހޭބަލިމިތުރު

15 April 2019

ނަފްސާނީބައްޔަކީވެސް ޖެހޭއެއްޗެއް، އެކަމަކު ގިނައިން ފެންނަމީހުންނައް ޖެހިފަތިބެނީ ހޭބަލި. އެމީހުންގެ ބަލި ގަބޫލުކޮއްފިއްޔާ މާދަމާ ގައުމުގެ ހުރިހާ ކުއްވެރިންނަކީ ބަލިމީހުނައް ބަދަލުވާނެ.

The name is already taken The name is available. Register?

ޟާޜަ

15 April 2019

2000ރުފިޔާ ދިނުމުގައި ކެންސަރަށް ދާއިމީކޮށް ފަރުވާކުރާމީހުންނަށް ދިނުން އެދެން

The name is already taken The name is available. Register?

ޜާއްޖެތެރޭމީހާ

15 April 2019

އަހަރެމެން ރާއްޖެތެރޭ ގިނަ ރައްޔިތުން އަސާސީ ޙައްޤުތަކުން މަޙްރޫމް ވެފައި މިތިބެނީ ކޮން ކޯއްޗެއް ޤަބޫލުނުކުރާތީތޯ...

The name is already taken The name is available. Register?

ހިގޮ

15 April 2019

ވަރަށް ރަގަޅު ވާހަކަފުޅެއް ފަސްޓުލޭޑީ ތިވިދާޅުވީ...ކުރިޔަށް އޮތީ ރޯދަމަސް ކަދުރު ގެންނާނެ ހަދާންކޮށްދިނީމި...ކުރީގެ ފަސްޓު ލޭޑީ ބޮލުގަ ތުހުމަތެއް ކަމަށް ޝައްކުވާ ވާހަކަ އެއްއޮތީ އަޅުވާފަ

The name is already taken The name is available. Register?

ހަސަން ނުވަވަނަ

15 April 2019

ބައެއް ކުދިން ނަފްސާނީ ވެެގެން ޕޫލްތެރޭ ފޮޓޯ ނަގާފަވެސް އެބަހުރި.

The name is already taken The name is available. Register?

ދޮންވެލިބީޗް

15 April 2019

ނަފްސާ ނީ ބަލި ބޮޑުވަނީ އެއް ކޮޓަރީގަ ދެމަފިރިންނާ 3 ކުދީން އުޅެން ޖެހުނީމައެވެ. ވަޒީފާ ނުލިބުނީމައެވެ. ވެރިކަމަށް އަންނަ ޕާޓީ ތަކުން ހެސް ކިޔާފަ ކޮރަޕްޝަންގެ އަމަލުތައް ހިންގާ ގައުމު ދަރަނި ވެރި ކުރުވާތީއެވެ. ނަމާދު ނުކުރާތީއެވެ. ކައިވެނިން ބޭރު ގުޅުން ހިންގާތީއެވެ. އަދިވެސް ވަރަށް ގިނަ ކަން ކަމާ ހެދިއެވެ.

The name is already taken The name is available. Register?

3965

15 April 2019

ނަފްސާނީބައްޔަކީ ވ އާއްމު ނުރައްކާތެރި ބއްޔެ އެކަމަކު ގިނަމ ިހުން ވަނީ އެބައްޔާދޭތެރޭ ޢާފިލުވެފަ އެއީ ވަރަށް ދެރަކަމެއ

The name is already taken The name is available. Register?

0000

15 April 2019

މެޑަމޫ ނަފްސާނީ ބަލީގައި އުޅޭ ފިރިހެނުން ވަރަށް ގިނަ. އެހެންތާ ވާނީ މުސާރައޭ ކިޔާ ރިސޯޓުން މިދެނީ ނަކަސް. އެއިން އަނބިމީޙާ 2 އިރު 2 ދަޅަކަށް އެބަ ހަޅޭލަވާ ކަންކަން ނުވާތީ. އެކަމުގެ ސަބަބުން އަތް އިސްކުރެވޭ! ހެލްޕް

The name is already taken The name is available. Register?

ބޭނުން

15 April 2019

އަތް އިސްނުކުރޭ ކެތްތެރިކަން ިއސްކުރޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454