ކުރީގެ ރައީސް ނަޝީދު އެމްޑީޕީގެ ބައެއް މެމްބަރުންނާ އެކު: ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވާ ކުދިންގެ ފޮތްތަކުގައި ރުޅިވެރިކަމާއި ނަފުރަތު އުފައްދާ ވާހަކަތައް މިހާރު މާ ގިނަ ކަމަށް އެމަނިކުފާނު ވިދާޅުވި.---ފޮޓޯ: މިހާރު
30 އެޕްރީލް 2019 - 23:51
އިސްލާމްދީނުގެ ނަމުގައި ހިންގާ ކަންކަމަށް ބަލައި، ރާއްޖޭގެ މުސްތަގުބަލް ސަލާމަތް ކުރަން މި ވަގުތަށް އެންމެ މުހިންމު އެއް ކަމަކީ ސްކޫލްތަކުގެ މުގައްރަރު އިސްލާހު ކުރުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.
ސީރިއާގެ ހަނގުރާމަވެރި ކޭމްޕްތަކުގައި ހާލުގައި ޖެހިފައިވާ ކަމަށް ބެލެވޭ ދިވެހިންނާއި އެ ތަނުގައި އެ މީހުންނަށް ލިބިފައިވާ ދަރިން ކަމަށް ބުނާ ކުދިންތަކެއްގެ ލިސްޓެއް ސޯޝަލް މީޑިއާގައި އިއްޔެ އާންމުކޮށްފައި ވަނިކޮށް، އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ޓެގު ކުރައްވައި ނަޝީދު ލިޔުއްވި ޓުވީޓެއްގައި ވިދާޅުވީ، ދަރިވަރުންގެ ފޮތްތަކުގައި ރުޅިވެރިކަމާއި ނަފުރަތު އުފައްދާ ވާހަކަތައް މިހާރު މާ ގިނަ ކަމަށެވެ.
ރާްއްޖޭގެ ސްކޫލްތަކުގެ އާ މުގައްރަރެއް 2015 ވަނަ އަހަރުން ފެށިގެން އަންނަނީ ތަފާތު ކީ ސްޓޭޖުތަކަކަށް ބަހާލައިގެން ތައާރަފު ކުރަމުންނެވެ. ތައުލީމީ ދާއިރާގެ ތަޖުރިބާކާރުންގެ އެހީތެރިކަމާ އެކު ތައްޔާރުކޮށްފައިވާ އާ މުގައްރަރުގެ ކޮންމެ ކީ ސްޓޭޖަކާ އެކު ކިޔަވައި ދިނުމުގެ އާ ގޮތްތަކާއި އާ ފޮތްތައް ތައާރަފު ކުރާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފަ އެވެ. އަދި އެއީ ކިޔަވައި ދިނުމުގެ މުޅި ނިޒާމު އެއްކޮށް ކަހަލަ ގޮތަކަށް ބަދަލުކޮށްލާ މަރުހަލާތަކެއް ކަމަށް އެ މިނިސްޓްރީން ކުރިން ބުނެފައި ވެ އެވެ.
އިސްލާމްދީނުގެ ނަމުގައި ސީރިއާ އަށް ދިވެހިންގެ ގިނަ ބަޔަކު ގޮސްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކާއިރު، ރާއްޖޭގައި ދީނީ ހަރުކަށި ފިކުރު އިތުރުވާ މައްސަލައިގައި އެތައް ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަަމުންނެވެ.
ނެޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ) ން މިދިޔަ ފެބުރުއަރީ މަހު ބުނެފައިވާ ގޮތުގައި، ހަނގުރާމައިގައި ބައިވެރިވާން 61 ފިރިހެނަކު ސީރިއާ އަށް ދިޔަ ކަމުގެ މައުލޫމާތު ލިބިފައިވެ އެވެ. އޭގެ ތެރެއިން ބައެއް މީހުން ފުރީ އަނބިދަރިން ގޮވައިގެން ކަމަށް ބުންޏަސް ތަފްސީލު އަދަދެއް ހާމައެއް ނުކުރެ އެވެ.
ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ލިސްޓުން އެނގޭ ގޮތުގައި އުމުރުން އެއް މަހުން ފެށިގެން 10 އަހަރާ ދެމެދުގެ ކުދިން ސީރިއާގެ ހަނގުރާމަވެރި ކޭމްޕްތަކުގައި ވަނީ ހާލުގައި ޖެހިފަ އެވެ. ބައެއް ކުދިންގެ މަންމަގެ ނަން ލިސްޓުގައި ހިމަނާފައި ވިޔަސް ބައްޕަގެ ނަމެއް ނެތެވެ. އެ ލިސްޓުގައި ޖުމްލަ 33 ނަން ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބުރާ
17 October 2019
ރާއްޖެ ސަލާމަތް ކުރަން މިހާރު އެއްމެ މުހިއްމީ ތިޔަބޭފުޅުން އިސްލާހުވުން
ނަސްރު
03 May 2019
މުގައްރަރޭ ކިޔައިގެން ތިޔައުޅެނ ދީނީ ތައުލީމު ފޮލެހަންވެގެން..
ރީތި މޫސަ
02 May 2019
އެންމުހިއްމުކަމަކީ ޔަހޫދީ ޚިޔާލުގެ މީހުން މިޤައުމުން ބޭރުކޮށް ޤައުމުއިސްލާޙްކުރުން މިފަދަ މީހުންވާނުވާނޭގިތިބެތަޅާ އަގައިން ޤައުމުގެ މުސްތަޤުބަލް ދަނީ ބަނަވަމުން ބޮޑުވަމުންއަންނަ ޅަދަރިން ދަނީ ގެއްލިހަލާކުވަމުން މިކަން ނުހުއްޓުވިއްޖެނަމަ ރާއްޖެއިން ފެނިގެންދާނީ ހުސް ދީނަށް ހުރައްސާރަކުރާމީހުން
ހަސަނު
01 May 2019
ޖިހާދުގެ ނަމުގާ އަތުންފައިން ގޯސް ނަހަދާނެ ޖީލެއް ބިނާކުރެވޭނީ ރަނގަޅު ތައުލީމު ދީގެން....
އެސް
01 May 2019
މުޤައްރަރު ގައި އޮތީ ކޮން މައްސަލައެއް. އިސްލާމް ފޮތަކު ނުހުންނާނެ ނަފުރަތު އުފައްދާ ވާހަކައެއް ، އަސްލު ވާހަކަ ބުނަން ނުކެރިގެން ތިއުޅެނީ ކީއްވެ ، އަސްލު ވާގޮތަކީ ޔަހޫދީންނާ ނަޞާރާއިންގެ ޙަޤީޤަތް ޤުރުއާނުގައި ބަޔާންވެންވާތީ އެކަން ހަޖަމު ނުވެގެން އެފަދަ އާޔަތްތައް މުޤައްރަރުން އުނިކުރުން މި އުޅެނީ ، ނަޝީދު އަށް ފަންޑު ދޭ މީހުން ރުއްސަން ، ކިތަންމެ މަސައްކަތެއްކުރިޔަސް މުސްލިމުންގެ ހިތަކުން އެއާޔަތްތައް ފުހެނުލެވޭނެ ،
ޒުލޭހާ
01 May 2019
ކޮބާހޭ ފުލެޓު ކޮމިޓީ... ކޮބާހޭ ފުލެޓު ކޮމިޓީ.. ކޮބާހޭ ފުލެޓު ކޮމިޓީ... މުސާރަ އެމީހުންނަގާ ބަރާބަރަށް.. ވާކަމެއް ނޯވޭ
ބިސްބޭ
01 May 2019
އައިސް އައެސްގެ ފިކުރަކީ މުސްލިމުންނަށް ނުރައްކަލާއި ނާމާންކަންގެއްނަ ފިކުރެއް. މީގެ އެޑްވާންޓޭޖް ލާދީނި ފިކުރުގެ މީހުންނަގަމުން އަބދުވެސްދޭ. ޢަދި އެވެރިންގެ އަލްމާނީ ޕްރޮޕެގެންޑާފަތުރަން މަގުކޮށަނީ މިކަހަލަ ގޮތަކަށް! ޙޭލާ!
އަލީ!
01 May 2019
އަލްމާނީ އަކީ ކޮބައިތަ؟ އެނގޭމީހަކު ބުނެދީބަލަ..!
ތެދުވެރިޔާ
01 May 2019
ދިވެހިން މިތިބެނީ ނޭގުމެއްގެ ތެރޭން. ނަޝީދާ އެމްޑިޕީ އަކީ މިރާއްޖެއަ ހެވެއްނޭދެނެ ބައެއް.
ރުމާލު10
01 May 2019
އެއީ ކީއްވެތޯ އެމީހުން މިރާއްޖެއަށް ހެވެއް ނޭދެންވީ؟ އެއީ އެހެން ގައުމަކުން އައިސްތިބިބައެއްތަ؟!
މަންޑޭލާ
01 May 2019
ރާއްޖެ ބަދުނަމު ކުރަމުން މިދާ އިރުގަވެސް ނަޝީދަ ތާއީދުމިކުރަނީ ހާދަ ގަމާރު ބައެއްކޭ.
ޝޮކްތެރަޕީ
01 May 2019
ނަޝީދު ވަނީ މި ޤައުމަ ގައްދާރުވެފަ. އިންޑިޔާ ސިފައިން މި ރާއްޖެއަ ގެނައީ ނަޝީދު. އެދަނީ އައްޑޫގަ އަސްކަރީ މަރުކޮޒެ ހަދަމުން. ދިވެހިންނަ ދެރަ.
ތިޔަލޯބިވާ
01 May 2019
ހެޔޮނުވާނެ އައްނި ނޫންގޮތެއް މިލޮބުވެތި ވަތަނަށް