ހުޅުމާލެ
05 ޖޫން 2019 - 11:17
މިދިޔަ ހަފުތާގެ ބުދަ ދުވަހުގެ ރޭ ހުޅުމާލޭގައި މީހެއްގެ އަތުން 15،000 ޑޮލަރާއި 150،000ރ. (381،300ރ.) ފޭރުނު މައްސަލައިގައި އަދިވެސް މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފޭރުނު ފައިސާ ވެސް ހޯދިފައި ނުވާ ކަމަށެވެ.
ހުޅުމާލޭގެ ސިޓީ އޮންލައިން އޭޝިއާ ކައިރިން އެ ފައިސާތައް ފޭރިގަތީ ދެ ސައިކަލެއްގައި ދިޔަ ހަތަރު މީހަކު ކަމަށް ފުލުހުން ބުނެފައިވެ އެވެ. ހެލްމެޓު އަޅައިގެން ތިބި އެ މީހުން ފޭރުނީ މާލެ އިން ހުޅުމާލެ އަށް ދިޔަ މީހެއްގެ އަތުން ކަމަށް ވެސް ބުންޏެވެ.
އެ ހަތަރު މީހުން ފޭރުނީ ފުލުހުން ބުނިގޮތުގައި މާލެ އިން ހުޅުމާލެ އަށް ދިޔަ ސައިކަލްގެ މަޑިދަށުގައި ހުރި ފައިސާތަކެކެވެ. އެ ފައިސާތަކާ އެކު، އެ މީހާ ހުޅުމާލެ އަށް އެރިތަނުން އޭނާގެ ހެލްމެޓުގައި އެއްޗަކުން ޖަހައި ވައްޓާލުމަށް ފަހު، ސައިކަލްގެ މަޑި ހަލާކުކޮށް، ފައިސާތައް ފޭރުނީ އެވެ.
ހުޅުމާލެ އާއި ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ދާދި ފަހުން އާދަޔާ ޚިލާފަށް ބޮޑެތި އަދަދުތަކުން ފޭރުން ވަރަށް ބޮޑަށް އާންމުވި އެވެ. ފޭރުމުގެ އެ ޖަރީމާތަކުގައި އެތައް މިލިޔަން ރުފިޔާއެއް ގެއްލިފައި ވާއިރު އޭގެ ތެރެއިން މަދު މިންވަރެއް ނޫނީ ހޯދިފައެއް ނުވެ އެވެ.
ފޭރުމުގެ މައްސަލަތަކުގައި ހިމެނޭ ފައިސާގެ ތެރެއިން މިހާތަނަށް ފެނުނު ކަމަށް ފުލުހުން ބުނެފައިވަނީ މަސް ކުންފުނި އެންސިސްގެ 2.3 މިލިއަން ރުފިޔާ އާއި ބީއެޗްއެމްގެ 1.3 މިލިއަން ރުފިޔާ އާއި މިފްކޯގެ ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ތެރެއިން ހަތް ލައްކައެއްހާ ރުފިޔާ އެވެ. މި މައްސަލަތަކުގައި ގިނަ ބަޔަކު ހައްޔަރުކޮށް ބައެއް މީހުންގެ މައްޗަށް ވަނީ ދައުވާކޮށްދިނުމަށް އެދި ފޮނުވައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޮނިޓައްޕު ހަސަނު
06 June 2019
ޖަލަުގައި ބައިތިއްބަން ޖެހޭ ބޮޑެތި ވަގުން ގޭބަންދުގައި ބައިތިއްބާނަމަ ތިކަންތައް ކުރިޔަށް ދާނެ.
ޣައްދާރު ހަމިއްޓޭ
06 June 2019
ތަނަކުން ކޮންމެސް .މީހަކު ދަމާ ހަލާ ގެންގޮސް ކޯޓު ތެރެއަށް ވައްދާ. ދެން ދޫކޮށްލީމަ ކޯޓަށް ބަވާ. އޭރުން އެއޮތީ ހަމަޖެހިފަ.
މަގުފުޅާޓިނު
05 June 2019
ޔޫތުސިޓީ ދެއްތޮ، ތިތާ އުޅޭ ބައެއް ޒުވާނުންނަކީ ވަރަށް ހިފި ނުހުރެގެން އުޅޭ ބައިގަނޑެއް، އެމީހުނަށް ހީވާކަހަލަ އެތަނަކީ އެމީހުންގެ މިލްކިއްޔާތެކޭ، ފޭރުމާ ވައްކަންކުރުން އިންތިހާ، ތީ ފޭރޭސިޓީ.
ކސ
05 June 2019
ފްލެޓް 137 އެހެން ނުބުނޭ. މުޅި މިގައުމުގެ ފުލުހުންގެ މުއާސަސާ އިސްލާހު ކުރަންވީ. ދެން ޝަރުއީ ނިޒާމްވެސް އިސްލާހް ކުރަން ޖެހޭ.
ދޮންބެެ
05 June 2019
ޢިސްލާމީސަރިޔަތްގާއިމުކުރޭ
ބަބުރަންޖީ ހާޖީ
05 June 2019
ޖިންނީންގެ ގުރޫޕެއް ކުރިކަމެއްބާ؟
އަދުރޭ.ފ
05 June 2019
ތިވަރު ވާނީ. އާދައިގެ ސޮރެއް ނަމަ ހޯދޭނެ
ޛާކަސް
05 June 2019
މިކަމަށް ކުރެވޭނެ ކަމެއް ނެތް.... ރެޑްކޮށް ހިފައިފިއްޔާ ގާޒިންގެ ސޮއި ނެތިގެން ދޫކޮށްލާން ޖެހެނީ.... އެހެން ނޫނީ ޕޮލިހުންނަށް ހެކި ނެތިގެން ދޫކޮށްލާން ޖެހެނީ
ފްލެޓް 137
05 June 2019
ހުޅުމާލެ ޕޮލިހަކީ ވަރަށް ފަރުވާކުޑަ މީހުން އުޅޭ ތަނެއް.. މިތަނުގެ މަތިން ފެށިގެން ތިރިއަށް އިސްލާހުކުރަންޖެހޭ..
ފުލުސްނުކުމެވަގުހިފުން
05 June 2019
ތިޔަކަން އެނގޭނެ ނިކަން މުޒާހަރާއެއް ކުރަން ނިކުމެބަލަ. ފުލުހުންނަކީ އުޅޭ ބައެއްކަން ފިސާރި ރަނގަޅަށް އެނގި ފެނިގެންދާނެ. މިރުސްދުމާއި ޝީލްޑާ އައްޑަނަޔާ މުގުރާ ހިފައިގެން ނުކުމެ ހަބޭހަށް ހަޅޭއްލަމުން އެތުރި މުޒާހަރާ ރޫޅާފަ ދަޅު ބޮއެގެން އެnބުރި ހޮރަށް ވަންނާނެ. ވައްސަލާމް. ފުލުހުންނަކީ ސިޔާސީ ބޭފުޅުންގެ ހިމާޔަތާ ރައްކާތެރިކަމުގައި އަވަދިނެތި އުޅޭ ބައެއް. ކުލަ ހެދުމާއި ޔުނިފޯމުގައި ވެސް އުޅޭނެ. ބޮލާއި ތުނބުޅި ދިގުކޮށްވެސް އެމީހުން(ސިއްރު)ކުދިން.